ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން މަސައްކަތް ފެށުމުން ފުލުހުން އެކަމަށް ހުރަސް އަޅަމުން ގެންދާތީ ޓްރާންސްޕޭރެންސީ އިން ފުލުހުންގެ އަމަލުތައް ކުށްވެރިކޮށްފިއެވެ.

ޓްރާންސްޕޭރެންސީން ކުރި ޓްވީޓެއްގައި ބުނީ އެއްވުން ބާއްވަން ހުރަސް އަޅަން ގާނޫނު އަސާސީ އާއި ހިލާފަށް އެކުލަވާލާފައި އޮތް ގާނޫނެއް އޮތްނަމަ އެގާނޫނެއް އުވާލަން ވެސް ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށެވެ.

"ސުލްހަވެރިކަމާއި އެކު އެއްވެއުޅުމަކީ ގާނޫނު އަސާސީންނާއި އަދި ބައިނަލްއަޤުވާމީ އެތައް އެއްބަސްވުމަކުން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް" ޓްރާންސްޕޭރެންސީން ބުންޏެވެ. ސަރުކާރުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކޮށްދޭ ބައިނަލްއަޤުވާމީ އެއްބަސްވުންތަކުގެ ތެރޭގައި ޔުނިވާސަލް ޑެކްލަރޭޝަންސް އޮފް ހިއުމަން ރައިޓްސް އަދި އިންޓަނޭޝަނަލް ކޮންވީނަންޓް އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އިން ވެސް ކަށަވަރު ކޮށްދޭކަން ޓްރާންސްޕޭރެންސީ އިން ފާހަގަ ކޮށްފައި ވެއެވެ.

ހުކުރު ދުވަހުގެ ރޭ ޕީޕީއެމް އިން ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ނިންމުމުން އެޖަލްސާ ނުބޭއްވޭނެ ކަމަށް ފުރަތަމަ ބުނީ އެޗްޑީސީންނެވެ. ޖަލްސާގެ ތައްޔާރީތައް އިއްޔެ ހަވީރު ފެށުމާއިއެކު ޖަލްސާ ބާއްވާ ސަރަހައްދަށް އެޗްޑީސީގެ ވެހިކަލްތަކެއް ވައްދާ، އެކަމަށް ފުރަތަމަ ހުރަސް އެޅީ ވެސް އެޗްޑީސީންނެވެ. އަދި ފަހުން އެސަރަހައްދަށް ފުލުހުން ގޮސް ޖަލްސާ ބާއްވާ ސަރަހައްދުގެ ވަށައިގެން ބެރިކޭޑް ޖަހައި، އެސަރަހައްދުގެ ވަށައިގެން އެސްއޯ ފުލުހުން ފޯރިވެސް މަރަން ފެށިއެވެ.

ޕީޕީއެމްގެ ޖަލްސާ ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ ވަރަށް ގިނަ އާއްމުން ވެސް ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސޫއޫދު

  އައްނަރިޔާސީ އިންތިހާބުަގަ ވާދާކުރާ ކުންވުނިތަކާ މުއައްސަސާތަކާޓީވީތައް ކުރިއައްއޮތަނުގަ ފެއްނާނެ މިއައްވުރެފުޅާކޮއް ކޯލިޝަނެއްގެ ގޮތުގަ މިނިވަން ވަނީނިކަމެތިރައްޔިތުމީހާ ގާނޫނުއިސް ލާހުކޮއްފަ ރައީސަކައް ހުއްނަމީހާއައް އައްޔަންކުރެވޭ އަދިބާރު ދެވޭ މުއްސަސާތައް މަދުކުރަންވީ ފުލުސް މީމުޅިރައްޔިތުން ހަމަހަމާކަމާއެކު ކުރަންއޮއްނަތަނެއް ވީމަ ސިޔާސީ ވެރިންނައް އައްނުބޭނޭގޮތައް ރައްޔިތުންގެ ވޯޓަކުން މަގާމުހަވާލުކުރެވޭ ގޮތަކައް އެތަންހަދަންޖެހޭ ވައްކަންކުރަންވީމަ އެމެރިކާ ޔޫރަޕްވަރެއްނެއް ބާރުތައްދޫކޮއްލަންވީމް މުގާބޭމެން މައުމޫނު ސައްދާމް ކާނަލަގައްޒާފީ މެންވަރެއްނެއް މިހާލަތުބަދަލް ނުކުރާނަމަ އަބަދުތިބެންޖެހޭނީ މުޒާހިރާގަ އިސްލާހުކުރަންގޮވާލަގޮވާލަ ވެލްކަމްކިޔާނީ މުގުރާ މިރުސްދުމުމުން ތިބޭނީކުރުވަން ފަހަރިމެން ޅިއަނުން

  17
 2. ފާ ތި މާ

  ޓްރާންޕޭރެންސީ ނިދިން ހޭލީބާ؟

  19
  1
  • ލޮލް
 3. Anonymous

  ޑިމޮކްރަސީގެ ފެނިގެން ނުވާނެފަދަ ދަށު ދަރަޖައިގެ ނާތަހްޒީބު އަމަލުތައް މިފެންނަނީ.

  28
 4. ކޮތަރު އާއިލާ

  ކަލޯ ނަމުން ޑިމޮކުރަސީ ލައިކް ޑިމޮކްރަޓިކް ނޯތުކޮރެއާ! ޕަކާސް.ހުވާ ހާދަ ބިރެއް މި ގަންނަނީ!.ކަލޯ ތެޅުނުވަރަކަށް ހުޅުބު ދާނި!.ޖަލްސާ ބާއްވާނަށް.ކޮތަރު ކޮށީގައި ތިބި ކޮތަރުތައް ރައީސް ޔާމީންކޮށްދިން އަގުނުކުރެވޭ ކަނަތއް ،މަމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިން ލީޑަރ ގެ ަގު ވަޒަންކުރާނެ. މިތާނެ ކުލި މިއީ 5500 ރުފިޔާ .މިވެސް ޑަބަލްކޮށް ރައްޔިތުން ފެލާ ވެރިޔަކަށް މަމެން ބުނާނީ ސޮރީ. ޔާމީން އަށް ކޮތަރުކޮށިން ރަތްދޫލައިގެ މަރުހަބާ ކިޔާނަށް.އިންޝާﷲ.ޖަލްސާ އަށް ދާނަށް.ނުހުއްޓުވޭނެ.އިންޝާﷲ

 5. ބޫން

  އެއްވެ އުޅެން ވަކި ތަންތަނެއް ހަމަ ޖެހެން ޖެހޭ … އާއްމު ރައްޔިތުން ދިރި އުޅޭ ސޯސަލް އެންމެ ކާރޫބާރޫ ބޮޑު އެއްތަނުގެ މެދުގައި އެއްޗެ ހަޅޭއްލެވީމަ އެތާގަ އުޅޭ ކިތަންމެ ބަޔަކައް އެކަމުގެ ބަލާ ޖެހޭނެ

 6. ޒާ

  ބިރުން ބަނޑުކައްކަނީ

 7. ގަލަން ތުނޑު

  ފުލުހުން ކީއްވެތީ އތާ ދިރިއުލޭ މީހުންގެ މުދަލާ ސަލާމަތްތެރިކަން ނުބަލަހައްޓަނީ ..ހަމަ ސިޔާސީ މީހުން ބުނީމަ 24ގަޑިއިރު ފޯރިމަރަން.. މީވަރަށޤ ދެރަކަމެއް

 8. ބަދަންއަލީ

  ތިމުއާހަދާތައް އޮތޭ މީގެ 10 އަހަރުކުރިންވެސް