އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެން ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކިގެން ނުވާނެ ކަމަށް ހުޅުމާލެ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަންނަ ހުކުރު ދުވަހުގެ ރޭ "ކޮތަރުކޮށި ޖަލްސާ" ނަމުގައި ޖަލްސާއެއް ބާއްވަން ޕީޕީއެމް ޕީއެންސީން ވަނީ ނިންމައިފައެވެ. ނަމަވެސް އެޗްޑީސީގެ ހުއްދަ ނަގާފައި ނެތް ކަމަށް ބުނެ އެ ޖަލްސާގެ ތައްޔާރީތަކަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރަން ފާސްކޮށްފައެވެ. އެއާއެކު މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އިދިކޮޅުގެ ޖަލްސާއަށް ހުރަސް އެޅުމާއެކު، ޝުޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމަށް ޓަކައި އެމްޑީޕީގެ ދެ ރައީސުން ވެސް ތިއްބެވީ ލާމަރުކަޒީ ނިޒާމު "ފުނޑާލައިގެން" ކަމަށެވެ. އަދި އެ ދެ ރައީސުންނަށް ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެން ނުދެއްކޭނެ ކަމަށެވެ.

"ލާމަރުކަޒީ ވެރިކަން ކުރަން ވެސް ދަންނަނީ [ޕީޕީއެމް ޕީއެންސީގެ ލީޑަރު] ރައީސް [އަބްދުﷲ] ޔާމީނަށް." ޝުޖާއު ލިޔުއްވާފައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ޖަލްސާއެއް ބާއްވަން ޕީޕީއެމުން ނިންމީ، ރައީސް ޔާމީން ގާއިމްކުރި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ އެމަނިކުފާނު ބައްދަލު ކުރެއްވުމުގެ ބޭނުމުގައެވެ. މި ޖަލްސާ ބާއްވަން ނިންމީ އަންނަ ހުކުރު ދުވަހުގެ ރެއަށެވެ.

އެޗްޑީސީގެ ހުއްދަ ނުލިބުނަސް، އެ ބިމުގެ ބެލެނިވެރިކަން އޮންނާނީ މާލެ ސިޓީ ކައުންސިލަށް ކަމަށް ބުނެ އެ ޖަލްސާ ބާއްވަން ޕީޕީއެމް ޕީއެންސީން ނިންމާފައިވެއެވެ. މާލެ ސިޓީ ކައުންސިލުން އެކަމުގެ ހުއްދަ ދީފައިވާ ލިޔުމެއް ވެސް ރައީސް ޔާމީނަށް ފޮނުވާފައިވެއެވެ.

މި ކަމާއި ހިތްހަމަނުޖެހިގެން އެޗްޑީސީން ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ. އަދި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމުން އެޗްޑީސީއަށް ލިބޭނެ ގެއްލުމުގެ ބަދަލު ހޯދަން ވެސް އެދޭނެ ކަމަށް އެ ކުންފުނިން ރޭ ނެރުނު ބަޔާނެއްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ދިވެހިގައުމުގާ މި އޮތް ލާމަރުކަޒީ ނިޒާމަކީ ގެއްލުންހުރި ނިޒާމެއް. ކުރިން އެޓޮލްސް މިނިސްޓްރީ އަށް ބާރުތައްޖަމާކުރިއޭ ގޮވާ ހަޅެއްލެވި މީހުން ލޯކަލް ގަވަރމެންތް އޮތޯރިޓީ ހަދާ ހުރިހާބާރެއްޖަމާ ކޮށްފަ އެވަރުންނުވެގެން ކޮންމެ އަތޮޅެއްގަ ގައުމި އިދަރާ ކިޔާ އޮފިހެއްހަދަ ހުރިހާކައުންސިލެއްގަ ހުރި ރައްޔިތުންގެ ފައިސާ ނަސިދު ވަނީ ކާލާ ހަޖަމް ކޮށްފަ. އެފައިސައަކީ ދަވްލަތުގެ ފައިސާއެއްނޫން. އެފައިސާ ރައްޔިތުންނަށް އަބުރަ ދޭންޖެހޭނެ މިހާރު މިއޮތް ލާމަރުަޒީނިޒާމް ގަ ކައުންސިލަރުން އިންތިހާބް ކުރުން އުވަލަންޖެހޭ. އެއީ ގައުމުގެ ތަރައްގިއަށް ހުރަސް އެޅޭ ދަވްލަތުގެ އާމްދަނީއަށް ރައްޔިތުންދައްކާ ޓެކްސް ފައިސާ ބޭކާރު ކުރުވާކަމެއް.

  2. ފުޑުފުޑު

    މުޅި ގައުމު ފުޑާލައިގެން ތި އުޅެނީ ތި ދެބައިގަޑުވެސް ވެރިކަމާ ހެދި. ތިއިން ކޮންމެބަޔަކުވެސް ވެރިކަމަށް އައިސް 5 އަހަރުން އެމީހަކަށް ކެވުނު ވަރަކަށް ދައުލަތުގެ ހަޒާނާ ބަޑުއަޅާލަނީ ވެރިކަމުން ދުރުގަ ތިބޭ 5 އަހަރަށް ވާވަރަށް. އިހުލާސްތެރި ވެރިޔެއް އަދި މިގައުމަކުން ނުފެނޭ.

    2
    3