ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރޭ ގައުމުތަކުގެ ލިސްޓަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ރާއްޖެ އިތުރުކޮށްފިއެވެ.

މި ހަފްތާގެ ހޯމަ ދުވަހު ސީޑީސީން ނެރުނު ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ ހަތަރު ވަނަ ލެވެލްގައެވެ. އެ ލެވެލްގައި ހިމަނަނީ ހައި ރިސްކު ނުވަތަ ކޮވިޑް އެންމެ ބޮޑަށް ފެތުރޭ ގައުމުތަކެވެ. ލިސްޓުގައި މި ސަރަހައްދުގެ ގައުމުތަކުގެ ތެރޭގައި ހިމަނާފައިވަނީ ހަމައެކަނި ރާއްޖެއެވެ. ހަތަރު ވަނަ ލެވެލްއަށް އިތުރުކުރި ގައުމުތަކުގެ ތެރޭގައި ޔޫރަޕް އަދި އޭޝިޔާ ބައްރުގެ ގިނަ ގައުމުތައް ހިމެނެއެވެ. އޭގެ ތެރޭގައި ސިންގަޕޫރް މެލޭޝިއާ އަދި ސައުދިއަރަބިޔާ ހިމެނެއެވެ.

އެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުނުކުރަން ސީޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރަން ޖެހިއްޖެނަމަ ދަތުރުކުރުމުގެ ކުރިން ވެކްސިން ފުރިހަމަވެފައި ހުރިތޯ ޔަގީން ކުރަންވެސް ވަނީ އެދިފައެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ ދަތުރުވެރިންނަށް ވެސް ކޮވިޑްގެ އައުވޭރިއަންޓް އޮމިކްރޮން ފެތުރުމުގެ ނުރައްކާ އޮންނާނެ ކަމަށް ސީޑީސީން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުންވެސް އެނބުރި އެމެރިކާއަށް ދިޔުމަށް ފަހު ތިން ދުވަހާ ފަސް ދުވަސް ތެރޭގައި ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެއެވެ. ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފައިނުވާ ދަތުރުވެރިންގެ ޓެސްޓު ނައްސި ވިޔަސް ހަތް ދުވަސް ވަންދެން ގޭގައި ކަރަންޓީނު ވާން ޖެހޭނެއެވެ.

ރާއްޖެއިން ކޮވިޑްގެ އައުވޭރިއެންޓު ވަނީ ފެނިފައެވެ. ވޭރިއެންޓް ފެނިފައިވަނީ ދެކުނު އެފްރިކާއިން ރާއްޖެއަށް އައި ފަތުރުވެރިއެއްގެ ފަރާތުންނެވެ. ވޭރިއެންޓާ ގުޅިގެން އިތުރަށް ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކުރިއަށް އޮތީ ސްކޫލު ބަންދު ދުވަސްވަރު ކަމަށްވާތީވެ ބޭރު ގައުމުތަކަށް ދަތުރުކުރާއިރު އެ ގައުމުތަކުގެ ކޮވިޑްގެ ހާލަތު ރަނގަޅަށް ބެލުމަށް ފަހު ނޫނި ދަތުރުނުކުރަން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އޮމިކްރޯން ވޭރިއެންޓާއެކު ވެކްސިންގެ ބޫސްޓަ ޑޯޒް، ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭން ވަނީ ފަށާފައެވެ. މި މަސް ތެރޭގައި އިތުރު ކެޓަގަރީތަކަށްވެސް ވެކްސިން ޖަހަން ހުޅުވާލަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޒާ

  ކޮވިޑާއި، އަދީބާއި، ޒިޔަތަކީ ރައީސް ސޯލިހުގެ ވެރިކަން ނަގަހައްޓައިދޭ މައިތަނބުތައް.

 2. Anonymous

  މިދެން ކޮންކަމެއް؟ ފަސްލައްކައިގެ އާބާދީއަކުން 45 މީހުން ޕޮޒިޓިވް ވީމަ މިވަރު ގިނަވެގެންތަ މިއުޅެނީ؟
  އަސްލު އެހެނެއްނޫން އެވަނީ. ބިރުވެރިކަން އުފެއްދުން މީގެ އެންމެ ބޮޑު ބޭނުމަކީ. މެންޓަލީ ސިކް ބަޔަކަށް އިންސާނުން ހެދުމާއި، މިވެރިން އުފައްދާ ބޭހާއި ވެކްސިން އިންސާނުންގެ ކާނާއަށްވުރެ އިތުރަށް ބޭނުންކުރުން މަޖްބޫރުކުރުވާ އެއްޗަކަށް ހެދުމަކީ މި ބިރުވެރިކަން އުފެއްދުމުގެ އެންމެ އިސް މަގްސަދަކީ.

 3. Anonymous

  ވެކްސިންއަކާ އަޅައިގަނެގެން ނުނެއްޓެވިގެންތޯ މިއުޅެނީ؟ ނުވަތަ މި މަޖުބޫރު ކުރުމުގައި ފޮރުވިފައިވާ ބިރުވެރި ނާމާން އެހެން ކަމެއް އޮތީބާ؟

  2
  1
  • ޖަވާބު

   "އެހެން ކަމަކީ" ރާއްޖޭ ގެ ރައްޔިތުންނަށް މޮޅު ވެކްސިން އެއް ޖެހުން. މިހާރު މޮޅު ވެކްސިން އެއް ގެނެސްފި. ނަމަވެސް ޖަހަނީ ބޫސްޓަރ ޑޯޒް ގެ ގޮތުގައި. އިންޑިއާ އަށް ވެސް އެމެރިކާ އިން މޮޅު ވެކްސިން ދިން. އިންޑިއާ އިން ބޭނުން ނުކުރީ ވެކްސިން ވިޔަފާރި ހިންގަން ވެގެން. ރާއްޖޭ ގައި މި ގަނޑު ދެން ގަންނާކަށް ނުކެރޭނެ. މި ރާއްޖޭގައި ހުރިހާ ކަމެއްވެސް ވަނީ، "އަޅައިގަނެގެން ނުނެއްޓުނީމާ".

 4. މަރީ

  ޖޯކެއްދޯ ، ދުވާލަކު 100 ވަރަކަށް މީހުން ފައްސިވުމަކީ ބާރަށް ފެތުރުމެއްތަ

  6
  1
 5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

  ރާއްޖޭ ގައި ޖަހަނީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ފެންވަރު-ދަށް ވެކްސިން ކަން އެމެރިކާ އަށް އިނގެއެވެ. މި ވެކްސިނަކީ %63 ޔަޤީންކަން އޮތް ވެކްސިން އެއްކަންވެސް މުޅި ދުނިޔެ ދަނެއެވެ. މި ވެކްސިން ޖަހައިގެން ޔޫރޮޕް ގެ ގިނަ ޤައުމު ތަކަކަށް ނޭރެޔެވެ. އެމެރިކާ އަކަށް ވެސް ނޭރެޔެވެ. މި ވެކްސިން ރާއްޖެ އަށް ގެނައީ ވެންޓިލޭޓަރ ގެނައި އުސޫލުން، އެތެރެއިން "ކަޓު" ނަގައިގެން ކަމާއިމެދު ވަރަށް ބޮޑަށް ޝައްކު ކުރެވެެއެވެ. މި ގޮތަށް ޝައްކު ކުރެވެނީ، މި ވެކްސިން ގަތް އަގު އިބޫ ހާމަ ކުރެވެން ނެތް ކަމަށާއި، އެއީ "ސިއްރެއް" ކަމަށް އިބޫ ބުނެފައި ވާތީ އެވެ. އިބޫ އަކީ އޮޅުވާލައި، ބޮޑެތި ދޮގު ހަދާ މީހެކެވެ.