ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލު ކުރައްވާ ޑިމޮކްރަޓިކް ހަމަތަކާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގަބޫލު ކުރައްވާ ހަމަތަކާއި ތަފާތެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ޕީޕީއެމް އިން ހުޅުމާލޭގައި ބާއްވަން މަސައްކަތް ކުރަމުން ގެންދާ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ ކުރެއްވި ޓްވީޓެއްގައެވެ.
ސައީދުގެ ޓްވީޓްގައި ވިދާޅުވީ އަމިއްލައަށް ޑިމޮކްރަޓިކް ކަމަށް ބުނާ އެމްޑީޕީން އިދިކޮޅު އެއްވުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.
ސައީދުގެ ޓްވީޓްގައި ވަނީ ކެނެޑާ އިން އެމްބަސީ އާއި، އޮސްޓްރޭލިއާ އެމްބަސީ އާއި އީޔޫގެ އެމްބަސީ އަދި އެމެރިކާގެ އެމްބަސީގެ ޓްވިޓާ ހޭންޑަލްތައް ވެސް ޓެގް ކުރައްވާފައެވެ.
The self proclaimed Democratic Party of #Maldives @MDPSecretariat blocking the opposition rally. Kim Jong Un’s Democracy notes & @ibusolih’s no big difference @MohamedNasheed! @CanHCSriLanka @AusHCSriLanka @EU_in_Sri_Lanka @USAmbSLM pic.twitter.com/BdJXCR08Yw
— Mohamed Saeed (@em_saeed) December 9, 2021
ސައީދު ރައީސް ސޯލިހާއި އެއްހަމަ ކުރި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި ދުނިޔެ އިން ވެސް ގަބޫލުކުރާ ވެރިއެކެވެ. އުތުރު ކޮރެއާގައި ޒަމާނުއްސުރެ ކުރަމުން އަންނަނީ ހުދުމުހުތާރު ވެރިކަމެކެވެ. ނަމަވެސް އެގައުމުގެ ރަސްމީ ނަމެއްގެ ގޮތުގައި ބޭނުން ކުރަނީ ޑިމޮކްރަޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ އެވެ.
ޕީޕީއެމް އިން ހުޅުމާލޭގައި ބާއްވަން އުޅޭ ޖަލްސާ އަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ޖަލްސާގެ ތައްޔާރީތައް ވަމުން ދަނިކޮށް ފުލުހުން ގޮސް އިއްޔެ ހަވީރުން ފެށިގެން ވަނީ ޖަލްސާގެ ތައްޔާރީތައް ހުއްޓުވާފައެވެ. ނަމަވެސް ޕީޕީއެމް އިން އަދިވެސް ބުނަމުން ދަނީ ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ.
ސައީދު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ ހުދުމުހުތާރު ވެރިއެއް އެކަމަކު ތަފާތު އޭނަ ގައުމު ވިއްކައެއް ނުލާ އަދި ގައުމުގެ ދިފާއުގާ މަސައްކަތް ކުރަނީ އެކަމަކު ނަމުން ސޯލީހު ވެގެން އިންޑިޔާ ސީފައިން އަރުވާގެން ގައުމު ވިއްކާލަނީ ސޯލިހަކީ ބޮޑު ހާއިނެއް އަދި ބަފާބެ ކާރިން ތަމްރީނުވެފާ ހުރި ބޮޑު ގައްދާރެއް!!!!!!!!
ނޫން ސައީދު އެއީ ސޯލިޙް ނަމުން ނަން އައިސްފައި ހުއްޓަސް ހަމަ ފިރުއައުނު، އަބޫޖަހުލެއް. ހަމަ ސީދާ ގައްދާރެއް،
ކަލޯ ސައީދު ގަމާރާ. އިބޫގެ ބޮލާ ކޮމް ގެ ބޮލާ ހުރި ތަފާތު ބަލާލަ ބަލަ. ތަފަތެއް ނުފެނޭ ދޮ. ލޯވެސް އަދިރީ ވަކިވަރަކަށް ނޫނިއްޔަ
އެއީ ބަރާ ބަރު ވާހަކަ އެއް~!~~~~؟
ސޯލިހަކީ މުސްލިމެއް ކިމް އަކީ ކާފަރެއް. ތަފާތު ފެނޭތަ ފިނިފެންމާ
ބަލަ ސައީދޫ "ފުއްގިރި ވަގު ޔާމީން " ވަކި ސަހަލު ރަނގަޅު މީހެއްތަ ؟
ނުނނު މިހާރު އެމްއެންޕީއާރުސީ ދިޔައީތޯ؟ މިހާރު ފުއްގިރި ތީ ހަމަ ހަމީދުގެ ހުދު ޖަނގިޔާ ގޮވާފައި މިހާރު ރީންދޫ ޖަނގިޔާ އަށް ބަދަލް ވީމަ ކާފުރަށް ވީހެން ދޯ ތިވަނީ. ތީހަމަ އެމްޑީޕީ ގުންޑާ އިން ގެ ވައްތަރު.
ސައީދު އާއި ފިނިފެން މަލަކާއި އެއްވެސް ތަފާތެއް ނެތެވެ.
ވަގަކާ އެއްކޮށް އުޅޭނީވެސް ވަގުން ކަމަށް މުސްކުޅިން ބުނެއުޅޭ.
ގަމާރު ވިޔަސް ތަންކޮޅެއް ބޮޑުވަރު. ދަުއުލަތުން އެތައް ގިނަ ފައިސާތަކެއް ވަގަށް ނަގައިގެން އެފައިސާތައް ތަޅާ ބުރުދާން އަރުވަން ތަންތަނަށް މީހުން އެއްކޮށް ބޮލަކަށް 2000 ރުފިޔާ ދީގެން ހިތައްއެރިހާ ގޮތަކަސް އުޅޭކަ ނުޖެހޭ ހުލުމަލެ ކީއްކުރަން އެއްވެސް ަނެއް ދޭކަށް. އަހަރުމެންނަށް ޖަލްސާތައް ނުބޭއްވިގެން އުޅެނި އަހަރުމެން އަތަކުނެތް ހަރާމް ލާރިއެއް. މިކަން ކަލެއެއަށްވުރެން ބޮޑަށް އެގޭނމިހަކު ނުހުންނާނެ.