މާލެ އިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިއުމަށް އާންމުން ކުރާ ޕިކަޕް ދަތުރުތަކުގެ އަގުތައް ކަނޑައެޅޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީތާ މަހެއްވީ އިރު ވެސް އަދި މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ ޕިކަޕް ދަތުރުތަކުގެ އަގު ޓްރާންސްޕޯޓް އިން ކަނޑައަޅާފައެއް ނުވެއެވެ. އެހެންކަމުން މިހާރު ސެންޓަރުތަކުން ގެންގުޅެނީ އެ ކުންފުނިތަކުގެ އަމިއްލަ އަގެކެވެ. މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިއުމަށް ބޮޑު ޕިކަޕެއް ނަގަނީ 500ރ. އެވެ. އަދި ބައެއް ސެންޓަރުތަކުން 600ރ. ވެސް ނަގައެވެ.

ދަތުރުތަކުގެ އަގު އަތްނުފޯރާ ފަށަށް ގޮސް ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވުމުން، އެކަމަށް ހައްލެއް ގެނައުމަށް އަގުތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ މަހުގެ ކުރީކޮޅު ޓްރާންސްޕޯޓުން ވަނީ ވިދާޅުވެފައެވެ.

އަގު ކަނޑައެޅުމުގެ މަސައްކަތް މިހާރު ގޮތްފައި އޮތް ހިސާބެއް ސާފުކުރަން "ވަގުތު" އިން ގުޅުމުން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހިދާޔާ ނަސީރު ވިދާޅުވީ ޕިކަޕް ދަތުރުގެ އަގުތައް އަދި މިހާތަނަށް ކަނޑައެޅިފައިނުވާ ކަމަށެވެ. އަދިވެސް އަގު ކަނޑަނޭޅި އޮތް ސީދާ ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުން އަގުތައް ކަނޑަޅޭނިގެން އުޅެނީ ރައީސް އޮފީހުން ގޮތެއް ނުނިންމާތީއެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ ތިން މަސް ދުވަސް ވެގެން ގޮސްފައި ވާއިރު މާލޭގައި ދިރިއުޅޭ މީހުން ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަން މުދާ އުފުލުމަށް ބޮޑު ހަރަދުތަކެއް ވަނީ ކުރަން ޖެހިފައެވެ. ނަމަވެސް ސަރުކާރުން އެކަމަށް ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ބަލަ ތިން އަހަރު ވީއިރު ކުރެވުން ކަމެއް ކިޔާބަލަ ޤައުމު ވިއްކާލުން، ޤައުލުއަޅުވެތި ކުރުން ، ދީނަށް ފުރައްސާރަ ކުރުން ފިޔަވާ؟ ބަލަ މީ މިޤައުމުގެ ރައްޔިތަކަށް ކަމެއް ކޮށް ދޭން އައި ސަރުކާރެއްނޫނޭ .ރަންރިހި ފަތިހަކަށް އީސީ ޝަރީފު ލައްވާ އިރު އެރުވީ އިންޑިއާ މީހުނަށް ހިދުމަތްކޮށް ޤައުމު ވިއްކާށޭ. އެކަން ކުރާލެއް ކިހާ ފުރިހަމަ. އެޖެންޑާ 19 ތަފާތުވާނޭ ބުނީ އެހެންވެ.

  2. ހަސަންދި

    އަވަސް ރައިޑް ސައިކަލް ތަކުން ވެސް ނަގަނީ އެމީހަކު ބޭނުން އަގެއް. އެކަމަށްވެސް އަގެއް ކަނޑައެޅިފައި މިހާރު އިންނަންވާނީ.!! އުއްމީދު ކުރަން ނިކަން އަވަސް މުސްތަގުބަލެއްގައި އަގު ކަނޑައެޅިގެންދާނެ ކަމަށް...!!

  3. Anonymous

    މޑޕ ވާހަކަ މިދައްކަނީ 5 އަހަރު ވިއިރު ބަޖެޓް ކެއުން ނޫންކަމެއް ކުރަން ނޭނގުން ބައެއް.

  4. ލީބިޔާ

    ބަލަ މިހިރި ނަހުލާ އެދުވަނީ ޑުބާއީއަށާ އެކިގައުމުތަކައް ބުރުމާގާސިމުހޯދަން ލާރިޔާހެދިހޭބަލިވަނީ ޓްރާންސްޕޯޓްވަނީ މީންދުވަހަކުނުދާވަރައް ކަރަޕްވެފައި މިހިރަނުލާއަންހެނާގެނާފަހުން ޅަކުދިން ބޭނުންގޮތަކައްއުލެބާލަނީ ކޮބައި ދެންމިގައުމު ފާޑެއްގެ ބުރުމާގާސިމާހެދިބޮޑުނުހުރުއްޕާނަކައްވެއްޖެ މިގައުމު ިވެރިންކިބައިސާމަތްވާންވެއްޖެ؟؟

  5. ހުސޭނުބޭ

    އެކަމަކު ބަރިބަރިއަށް ފުލުހުން އެބަ ފޮނުވާ ޖަލްސާ ހުއްޓުވަން

  6. ގަލަން ތުނޑު

    250 މިހާރުކޮށްދޭ