ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ އެ މައްސަލަ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް އެންގުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގޮތަށް ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ތިއްބެވި ހަތް މެމްބަރުންގެ ވޯޓުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް ނިންމި އިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓަށް ފަހު ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރަން ފެންނަ ކަމަށް ވެސް އެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ ނިންމުން މިގޮތަށް މިއައީ މި ސަރުކާރުގައި އޭސީސީއަށް އައްޔަންކުރި މެމްބަރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އާންމުން ފާޑު ކިޔަމުން އަންނަ ދުވަސްވަރެއްގައެވެ. ހާއްސަކޮށް މަސައްކަތްތައް ލަސް ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

މީގެކުރިން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ވަނީ އޭސީސީގެ މެމްބަރުން ވަކި ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ މަސައްކަތްތައް ލަސްވުމުގައި އެކަށީގެންވާ އަދަދެއްގެ އޮޑިޓަރުން ނެތުން ހިމެނޭ ކަމަށެވެ. އެހެންވެ، މިދިޔަ އަހަރު ވެސް ތަހުގީގުތައް ހިންގަން އުނދަގޫވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަން އޮތުމުން ވެސް މަސައްކަތް ކުރަން ހުރަސް އެޅުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެނގޭތީ ބުނީމޭ

    ޕީޖީއަށް ކޮވިޑް ޖެހިގެން މިވަގުތު ގޭގަ އޮތީ. ދެން ކަމެއް ނުވާނެއެންނު

    8
    1
  2. Anonymous

    މަގާމުން ވަކިކޮއްފަ މަހޭގެ ދުވާ ޓްރެކަށް ދުވަން ފޮނުވާ.

  3. ާައަހުމަދު

    އަވަސް ގޮތަކުން ޕީޖީ ބޭރުކުރޭ.

  4. އޮމިކްރޯން

    ތިވީގޮތުން އެންމެ އަވަހައް ސަރުކާރު ހުޅުވޭ ދުވަހު ކޮންމެވެސް ކަމެއް ހިލުވާލާނެ

  5. ވިސްނާލުމަށް އެދެމޭ

    އޮހޯހޯ ރޔާމީން މިނިވަންވީމަ ހުރިހާ މު އަ އްސާ އެ ގޯސްވެ އްޖެ މޑޕ އަށް...ސްޕުރީމް ކޯޓު ފަޑިޔާރުންނާ ނުކުޅެ ތިކަންނިމޭނެބާ..

  6. މ ޢަބްދުﷲ

    ޕީޖީގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް

    1 ގަޑިއިރު ކުރިން ( ޑިސެމްބަރު 9, 2021 )

    އަނހަނ މިއޮތް ވާގޮތެއްދޯ ؟ މަހުލޫފު ބަހަށްޓާފަ އަނެއްކާ މިކަލޭގެ އެހެލަނީބާ ؟؟؟

    ހާދަ ހީވޭ މިޮހެން ވެދާނެހެން.

    India out # India out # India out #
    India out # India out # India out #
    India out # India out # India out #
    India out # India out # India out #
    India out # India out # India out #

  7. ސސ

    ދައުލަތުގެ އެއްވެސް އޮފީހަކުން އެންމެ އެދެވޭ އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ !

  8. ލލ

    މިވީގޮތަކީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތާއި ވެންޓިލޭޓަރު ހިޔާނާތުގެ އަޑީގައިވެސް ތިބީ އެމްޑީޕީގެ ވިޔަފާރި ކުދިން އެކަން ފަޅާއަރާފާނެތީ ތެޅިބާލަނީ !

  9. އުގުރި

    އަޅެ މަގުމަތިން ފެނުނީމަ ވަސް ބަލާލަބަލަ ފަހަރެއްގައި
    ގައިން އެމްއެމްޕީއާރުސީގެ ވަސް ދުވާފާނެ.

  10. ދދ

    ވާނުވާ އުންސުރު ހަމަ ނުވާ ޕީޖީ ވެސް އުޅެނީ ވާނުވާގައި !

  11. އިހްސާނު

    މިކަން މިހެން ނުވާންވީ ސަބަބެއްނެތް. ޔާމިނު ދޫވީކީ ވައްކަން ނުކުރާތީކި ނޫން. ޕީޖީގެ ފަރުވަާ ކުޑަކަމުން ޗެކް ނަމްބަރުވެސް ދިމާވާތޯ ނުބަލައި ކޯޓުކޭސް ހިންގަން ފޮނުވި ދެކޯޓު މަރުހަލާ ނިމުމުން. ލަދުގަންނަންޖެހޭނެ ޕީޖީ. ފުކެއް ބޮޑުވަރު. ދައުލަތުގެ ޕީޖީ އަކަށް މިވަރު ކުޑަކުއްޖަކު ހުރެގެން ނުވާނެ. އަދި ކޮބާ ކެންސަލް ކޮސްފަ ހުންނަ ޕާސްޕޯޓު ހިފެހެއްޓުމާ އެހެންގޮސް ހުސް ފަރުވާކުޑަކަން މިފެންނަނީ. އަވަހަސް ބޭރު ކޮށް ރަގަޅަށް ހިންގޭނެ މީހަކު ލައްވަން ވީ.