ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެެވެ

ރާއްޖޭގެ މޫސުމާއި ބެހޭ ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ ހއ.އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މޫސުން ގޮސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 5:30 އަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެެއެވެ.

މެޓް އޮފީހުން މި އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ނެރެފައިވާ ރިޕޯޓްގައިވާގޮތުން މިއަހަރުގެ ޑިސެމްބަރުގައި އެންމެ އުތުރުގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވާރޭ ވެހުން އެކަށީގެން ވެއެވެ. ނަަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވޭ ކަަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.