އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަ އަށް ޝަރީފް ރައްދު ދެއްވައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރު ކޮށި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިޚާބުގައި އޮޅުވާލި ކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އަންނަ ދުވަހަކުން އެކަމުގެ ހަގީގަތް އެނގޭނެއެވެ.

"މިކަން ފެށުނީ 2018 ގައި. އިންތިޚާބުން ބަލިނުވާނެކަން ބަލި ނުކުރެވޭނެކަން ޔަގީންވީ ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށީ. އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރާ ގޮތަށް އެއީ މި މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް." ޔާމީން ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި، ޝަރީފް ވަނީ "މަށާ ބެހިނުލާ ހަމަ ނުހުރެވޭދޯ" ކަމަށް ވިދާޅުވެ ސުވާލެއް ކުރައްވައިފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައި ވަނީ 130،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެމަނިކުފާނާ ވާދަކުރެއްވި ޔާމީނަށް ލިބިވަޑައިގެންނެވީ 90،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ބުނެ ޕީޕީއެމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.

އެ މައްސަލައިގައި އިދިކޮޅުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވައިފައެވެ. އިދިކޮޅުގެ އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވީ ވެސް ޝަރީފަށެވެ.

އެކަމަކު، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މީގެކުރިން ޝަރީފް ވެސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލާފައި ނުވާނެ ކަމަށެވެ.

ޔާމީން އެހެން ވިދާޅުވެފައިވާއިރު، ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާޗް މަހުގައެވެ. ޝަރީފް އީސީ އަށް ވަޑައިގެންނެވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހުއެވެ. އެކަމާ ގުޅިގެން ޝަރީފަށް ބޮޑެތި ފާޑު ކިޔުންތަކެއް ވެސް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ސަނައްޓޭ

    އާން ކަލެއާ ބެހޭނަން މުޅި އުމުރަށް. ކަލޭ ތީ ފިރުއައުނަށް ވުރެވެސް ނުބައި މީހެއް. ކަލެއާ ހެދި އަހަރުމެން މިހާރު ހާނާ ވަނީ މި

    32
    2
  2. ބޭބެ

    ކަލެއާ ބެހެންޖެހޭ! ސަބަބަކީ ވޯޓް އޮޅުވާލާ ވޯޓުން ވައްކަންކުރީތީ!! ކަލެއާ އަދި ބެހުން އަޮތީ ކުރިއަށް!! އެއީ ގާނޫނީގޮތުން!! ދިވެހިރައްޔިތުންގެ ގިނަ ސުވާލުތަކެއް އެބަހުރި ކަލެއާ ކުރަންޖެހޭ!! ޣައްދާރުންގެ ލިސްޓުގެ އެންމެކުރީގައި ކަލޭގެ ނަން އެބައޮތް!! ގިނަބަޔަކު ގަބޫލުކުރާ ޣައްދާރުންގެ ލިސްޓް! ކިނބޫ، ބުރުމާ، މާމޫނު، ނަމުން ޝޭޚު އިމަރާނު، ޝާހިދު، ނަޝީދު، މާރީޔާ، ޝާމާލް، އީސީ ޝަރީފް، ކުރީގެ ފަނޑިޔާރު ސަޢީދު އަދި ހުދު ބޮކްސާ ހަމީދު! މިއީ މުގޫ!! ދެން ތިބީ މިމީހުންނަށް އެހީތެރިވެދިން މީހުން! އެލިސްޓްވެސް އެބައޮތްކަމަށް ވަނީ!!

    27
  3. މ ޢަބްދު ﷲ

    ޝަރީފަކީ ޚާއިނުންގެ ތެރެއިން އަރާ ހުރި ޚާއިނެއް: ރައީސް ޔާމީން

    33 މިނެޓް ކުރިން ( ޑިސެމްބަރު 11, 2021 )

    ޝަރީފް، ޔާމީން އަށް: މަށާ ބެހިނުލާ ހަމަ ނުހުރެވޭދޯ!

    18 މިނެޓް ކުރިން ( ޑިސެމްބަރު 11, 2021 )

    ކަލެއާ ބެހެންވީއަކީއެއްނޫން ކަލެއަށް ހައްގު އަދަބުދޭންވީ. މިދައުލަތް ރޭޕްކުރިމައްސަލާގައި.

    India out # India out # India out #
    India out # India out # India out #
    India out # India out # India out #

    24
  4. Anonymous

    ޔާމީން އެވިދާޅުވީ ތެދުފުޅެއް ، މޑޕ ވެރިކަމައް ގެންނަން ވޯޓް އޮޅުވާލާ ވޯޓް ފޮށިތައް އެނދީ މި ނުލަފާ ސަރީފޫ.

    30
  5. ސާހިލް

    ކަލެޔާއި ބެހިލާނެދުވަސް އެބަ ގާތްވޭ..

    29
  6. އަލީ

    ތިޔަފަދަ ބޮޑެތި ޙާއިނުންގެވާހަކަ ދައްކާނެ މިގައުމު މިއަދު އަޅުވެތިވެގެން މިދިޔައީ ތިޔަގައްދާރުގެ ސަބަބުން.

    25
  7. ދަރަނި ދަންތުރަ

    އީސީ ވަގުސަރީފަށް ދިވެހިންބެހޭނެ ކަލޭގެ ވަގުކަމުން ރީނދޫގުރޫޕު ވެރިކަމަށް އައިސް މުޅިގައުމު ފުނޑާލީ ތިއީ ހަމަ ހާއިނެއް ގައްދާރެއް

    21
  8. އަޙްމަދު

    ކާންދިން އަތިގައި ދަތް އެޅީދޯ!

    24
  9. ޑައެލޯގް

    ކަލޭތީކާކު ޝަރީފު މީހަކުބެހޭވަރުމީހެއްނޫން؟ރީތިނަމަތާ ބެހޭނީ. އެހެންނަމަވެސް ގައުމަށް ގައްދާރުވީމަ އެކަން ރައްޔިތުންނަށް ހާމަކޮށްދިނީއެވެ.

    42
  10. ޝިޔަރޫޝީ

    ބާ ސަރިކުރާ ބުނަނީ ބާ ތެލީގެ ފޫ އޮތީ ދެލިއަރާ ކަޅުވެފަޔޭ.

    21
  11. އައްޑޫ މީހާ

    ޝަރީފޫ ބުނަން ކަލެއާއި ނުބެހެންވީ ސަބަބެއް ނެތް ކަލޭތީ މިހާރު މިގައުމުގެ ރައްޔިތުންނަށް ޖެހިފައިވާ މިބަލާވެރިކަމުގެ އަސްލަކީ ކަލޭ ތެޅިގަނެގެން ވޯޓް ކަރުދާސް އަންދާނުލައި ރައްޔިތުންނަށް ހައްގު ކަށަވަރުކޮށް ދިންނަމަ މިހަރު އަހަރުމެން ކިޔާނެ އެއްޗެއް ނޯންނާނެ އެކަަކު ކަލޭ ވޯޓުން ވައްކަން ކުރިކަން އެބަ އެނގޭ ވަރަށް ފާޅުކޮށް

    20
  12. Anonymous

    ކަލެއާނުބެހި ދިވެހިން ނުތިބޭނެ ކަލޭތީ ވޯޓް އޮޅުވާލި ޙާއިނު ކަލޭދެކެ ޔާމިނު ބިރނުގަންނާނެ ޙާއިނު ވަރައް ސަލާމް

    38
  13. Anonymous

    ތީދެން ބެހޭއަރު މީހެއްތައް.

    30
  14. ނާދިރާ

    ތީ ގައްދާރެއް، ހާއިނެއް، ރިޝްވަތު ނަގާ މީހެކޭ ރައްޔިތުން ގޮވާ ނަގަނީ

    34
  15. ަައިބޫ

    އަސްލުގަވެސް ޚާއިނުންގެ މުއްލާއެއް ޝަރީފަކީ

    34
    1
  16. ކައުންސެލަރު

    ބެހެން ޖެހުނީމަ ބެހޭނެ. އެއްފަހަރެއްނޫން އަބަދުވެސް... ދުނިޔޭގެ އުމުރަށް ބެހެންޖެހޭ މީހެއްތިޔައީ. ވޯޓް އަނެކަތި ވޯޓް އަނެކަތި ކީ ހަނދާނެއްނެތްތަ މިހާރު. ލިބުނު ރުފިޔާ ގަނޑު ކޮބާ؟ މުލު..

    32
  17. Anonymous

    އީސީ ޝަރީފޫ "މަށާ ބެހިނުލާ ހަމަ ނުހުރެވެޔޭ" ކިޔާ ކަލޭ ފެލި ހޭރެމުން ރ.ޔާމީނަށް ކަލޭ ރައްދުދެނީ ރައްޔިތުންގެ ކުރިމަތީގާ އަމާނާތްތެރި ސާފު ހުދު ފޮތިކޮޅަކަށް ވާނެކަމަށްތަ؟؟ އެކަމެއްނުވާނެ، ކަލެއަކީ ރިޝްވަތުގެ އެދުމުންފޯވެގެންހުރެ މިގައުމުގެ އެތައްހާސް ރައްޔިުންގެ ހައްޤުތައް ނިގުޅައިގަނެފައިވާ އައްދާރު ޖާހިލެއް، ވަގުވޯޓް އިއުލާންކުރިއިރު ބުނީ މިއީ މިގައުމުގައި ބާޠިލުވޯޓްގެ އަދަދަު އެއްމެ ބޮޑުތަނުން އިތުވި އިންތިޚާބެވެ. މިފަހަރުގެ ބާޠިލުވޯޓް އެތަށްހާސްގުނައެއް އިތުރުވެއްޖެއޭ، މިގައިމުގައި ލިޔަންކިޔަން ނެއެނގޭ އަދި ގޮޅިއެއްގައި ހެޔޮފާހަގައެއްޖަހަން ނެއެނގޭ ކިތައްހާސް ރައްޔިތުންތޯތިބީ ބުނެލަދޭން ކެރޭނެތަ؟؟އެބާޠިލު ވޯޓުތަކަކީ ރައްޔިތުން ކާކަށް އަޅާފައިވާ ވޯޓްތަކެއްތޯ ބުނަން ކެރޭނެތަ؟؟ ވައްކަން ފަޅާއަރައި ޝަރީއަތަށް ވެއްދީމަ އަވަސް އަރުވައިގެން ގާނޫނާއި ޚިލާފަށް ވޯޓްކަރުދާސްތަށް އަންދާލި މިފަދަ ޖަރީމާތައް ކަލޭގެގައިގައިވަނީ އައްދާރު ޚާއިނެއްގެ މެޑަލްޖަހާފައި ދުވަހަކުވެސް ފޮހެވިގެންނުދާނެ.

    16
  18. ޙަަަހަ

    އާނ ! ޝަރީފް ހީކުރީތަ ރައްޔިތުން ކަލޭކުރިކަންކަން މިހާރު ހަނދާންނެތްކަމަށް ، އޭކުށްހީއެއް ، އަދި ޤާނޫނުއަރާހަމަކުރާނެ

    32
  19. ޖަނާ

    ކަލޭވަރުގެ ޣައްދާރެއްގެ ވާހަކަ ޤައުމު ދެމިއޮތްހާ ހިނދަކު ބޮޑެތި ޣައްދާރުންގެ ލިސްޓް ކިޔާ ކޮންމެ ފަހަރަކު ކިތާނެކަން ޣައްދާރު ވީއިރު ނޭނގުނީތީ ހިތާމަ ކުރަން. މިއަދު ތިމާހުރީ މާވަރުފަދަ ސިޔާސީ ޕާޓީއެއްގެ ނިވަިދަށުގައޭ ހީކުރިއަސް، މާތްﷲ އިރާދަކުރައްވާފައިވާ ވަގުތު ޖެހުމުން ކުރެވުނު ގިނަގުނަ ނުބައި ކަންކަން ތިމާގެ ކުރިނަތީގައި ފިލްމެއްހެން ސިފަވެގެންދާ ވަގުތު އައުމުން ނުފުއްޕޭނެ!

    16
  20. ހަލާކު

    ތީ މިގައުމަށް މިޖެހިގެން އުޅޭ އިންޑިޔަގެ ބަލާޔާމުސީބަތުގެ ބައިވެރިޔެއް ކަލެޔަށް ހައްގު އަދަބު ލިބޭނެ ހީނުކުރާތި ވައްކަމާ ރިސްފަތުން ސަލާމަތްވެގެން ރާޖޭންބެރުގަ ހުރެވިދާނެކަމަށް އިސްތިއުފާދިނީ އަވަހަށް ސަލާމަތްވާން ވެގެން ވޯޓުން ވައްކަންކޮށް ވޯޓްތަށް އަންދާލި ބޮޑު ޙާއިނެއްތީ ގާނޫނުގެ ދިގު އަތްއަރާ ހަމަކުރާނެ އިންސަ ﷲ ތިކަހަލަގެ ގައްދާރުން ގެ ރޭވުން ބެޒަރުވެ ހައްގު އަދަބު ލިބޭނެ ދުވަސް ދައްކަވާށީ ވޯޓު ފޭރިގަތް ވަގެއްތީ a

    13
  21. ސަންފަ

    ކަލޭގެ ވާހަކަ ނުދައްކާނެ މީހަކު މި ދިވެހިރާއްޖެއަކު ނުހުންނާނެ. އަވަސް އަރުވާލައިގެން ވޯޓްކަރުދާސްތައް އަންދާލީ ކިހާ މަކަރުވެރި ގޮތަކަށްކަން އެންމެނަށް އެނގޭ. މިހާރު ތި ހުންނަނީ މަތީމަގާމަކަށް ފައި ނަގައިގެނެއްނު.

    13
  22. ޢަލީ

    ބެހެންޖެހޭ ސަބަބު ތަކުގެ ތެރެއިން އެއްސަބަކީ ވޯޓްކަރުދާސްތައް ޖެހިގެންއައިދުވަހު އަންދާލާފައިވާތީ، މިރާއްޖޭގައި ނުވަތަ އެހެން ރާއްޖެއެއްގައިވެސް އެއީ އެކަން ކުރާ ގޮތެއްނޫން. މިއިން ވަރަށްބޮޑު އެއްޗެއް އެނގެގިންދޭ.

    25
  23. ބެއްޔާ

    ކަލެޔާ ބެހެން ކޮންމެހެންވެސް ޖެހޭ. އެއީ ވޯޓްކަރުދާސްތައް އަންދާލީމާ. ކަލެއަކީ ހަމަ އަރާހުރި ފައްކާމައްކާރެއް. އެމައްސަލަ އަދި ބެލޭނެ. ހީކޮށްގެން ނުވާނެ ވޯޓްކަރުދާސްތައް އަންދާލާފާ ތިޔަހެން އަބަދު ހުރެވޭނެކަމަށް. ﷲ އިރާދަކުރެއްވިއްޔާ އެދުވަސް އަންނާނެ.

    14
  24. މިރުސް

    ޝަރީފް ތިބޭފުޅާއާއި ބެހެންޖެހޭ މިގައުމައް މިހާބޮޑު ގެއްލުމެއް ދިނުމުގެ އެންމެ އަޑީގައިހުރީ މީހަކީ ކަލޭވީމާ

    27
  25. މަލޫ

    ކަލެއާ މީހަކު ބެހޭތައެބަ ކަލޭބެހިފަ ތިހުރީ ރަތްޔިތުންލީ ވޯޓުތަކާ

    29
  26. ސަމް

    އެއްލައްކަ އެތައްހާސް ރައްޔިތެއްގެ ވޯޓާ ބެހުނީމަ ( އަންދާލިމަ) ވެސް އަޅާ ނުލާ ތިބެންވީތޯ، މައްސަލަތް ބަލާނެ ، މި ހުރިހާ ދުވަހު ޝަރީފް ގެ ނަން ނުކިޔާ ތިބީ މަ ވަރަށް އުފަލުން ދޯ ތހުރީ، އަދި ފިލްމް ނުނިމޭ "އީސީ ޝަރީފް" ކިޔާ ފިލްމެއް 23 ގަ ބޮޑު ސިނަމާ އެއް ހަދާފަ އަޅުވާނެ،،،

    29
  27. Anonymous

    ހިޓްލަރާ ވެސް ނުބެހި މީހުނަކަށް ނުތިބެވެއެއްނު.

    24
  28. ތެދު

    ގައުމަމް ގައްދާރުވި މީހަކައް ޝަރީފްނުވާނެގޮތެއްނެއް.؟! ވޯޓްކަރުދާސްތައް ނައްތާލި، ފޯންކޯލް ލީކްވި އަދިﷲއަރާދަކުރައްވައުފިނަމަ މައްސަލަބެލޭނެ..

    30
  29. މޯދީގެ އަމާ

    އަސްކަރީމީހުންވެސް ބޭނުންފުޅުވަނީ އިންޑިޔާގެ ދަށުގަ ތިބެންކަމަށް ވެދާނެ! އެހެންކަމުންތާ ވަތަނީ މީހަކު ވެރިކަމުން ބާލަން އުޅޭނީ!

    27
    1
  30. މުގުރި

    5 މިލިޔަން ޑޮލަރު ލިބުނީމަ ދެން ޔާމީނަކަށްވެސް ބެލެން ނޯންނާނެ!

    23
  31. Anonymous

    ރައީސްޔާމީންގެ ވެރިކަން ވަގަށްނެފި ކަލޭގެއާބެހޭނެދޯ. ތިއީ 57 މިއަނަށް ގައުމު ވިއްކާލި ބޮޑު ހާއިން. މިގައުމުން ކަލޭ ބޭރުކޮށްލާދުވަސްވ.ކައިރި. އިންޝާﷲ

    25
  32. Anonymous

    ރައްޔިތުންގެ ވޯޓްތަކު ބަލައްކާރު ކުރި ޝަރީފުއާ ބެހެން ޖެހޭނެ. ބެހެވޭނއ. ބެހޭނަށް. ރައްޔިތުންނަށް ދޯކާދީ ހިންދުވަތާއަށް ދިވެހިން ވިއްކާލި ބޮޑުހާއިނު ހަމަ ތިއީ.

    26
  33. އއ

    މިހިރަމީހާ ޔާމިންއެކަންޏެއްނޫން ކަލެއާއިބެހޭނީއަކީ މިގައުމުގައި ކަލެއާއި ބެހޭނެކިތައްމެ މީހުނެއްވެސް އެބަތިބި ސަބަބަކީ ކޯއްޓުގައި މައްސަލައޮވާ ވޯއްޓު ކަރުދާސްތައް އަންދާލުން!!!!!

    14
  34. ޢަހު

    ﷲ ގެއިރާދަފުޅާއެކު ތިޔަ ޝަރީފްގެ ކޮރަޕްޓް ކުޅިގަނޑު ފަޅާއަރާ ގާނޫނު ވެސް އަރާ ހަމަކުރާނެ

    14
  35. ހުސެން

    ކަލެއާ ބެހޭނެ ކަލޭތީ ޤައްދާރެއް.އެކަން 2023 ގައި އެގޭނެ

    15
  36. ެހެ

    ޔާމީން ބިރެން ނުގަންނާނެ ތިކަހަލަ މީހަކު ދެކެ.ކަލޭ ހީކުރީތަ ތިހެން ހުރެވޭނެ ކަމަށް.ކަލޭ ހިތުން ދިވެހިރަޢްޔިތުންނަށް ކަލޭ ކުރިކަންތަކެއް ނޭގޭނެ.އިންސާފު ކަލެޔާވެސް އަރާހަމަ ކުރާނެ.

    12
  37. ނަންނަ

    ކަލޭތީ މިގައުމު ވިއްކާލަން އިންޑިއާ އިން ދިން ރިޝްވަތު ކާލައިގެން ހުރި ބޮޑު ކާހިނެއް. ކަލޭ ތީ ރޔ ރައްދު ދެޗޭ ވަރަށް ވުރެން ފިނޑި ގޮލައެއް. ޯޯޯޯޯޯޯޯޯ

  38. Anonymous

    މީހުން ބެހެން ހުރި މީހެއްވިއްޔަތީ އެހެންވީމަ ބެހޭނުން.

  39. އީސީސީ

    އީސީ ސަރީފޫ. މި ރިޕޯޓު ކިޔާފަ ވަރަށް ގިނަ މީހުން ކަލެއާ ބެހިލާހިތް ވަނެ. ކަލޭވެސް އެ ކިޔާލަބަލަ.

  40. Happy 123

    2018 ގައި ޕޕއމ ވީ ބޮޑު ބައްޔެއް... އެކަން ހަޖަމު ނުކުރެވިގެން އަދިވެސް ތި އުޅެނީ😩😅

    1
    4
  41. ކޮއްޔާ

    ތި ވޯޓް ކަރުދާސްތަށް އަންދާލި “ ވޯޓް ވަގު // ،،،