ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު އަމުރެއް ނެރުމުން އެއަމުރު ނެރުނު ފަނޑިޔާރުން ހައްޔަރު ކުރަން ސުޕްރީމް ކޯޓުގެ "ޓިނު" ނެގުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފިއެވެ.

ރޭ އިދިކޮޅުން މާލޭގެ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ "ކޮތަރު ކޮށި" ޖަލްސާގައި ޔާމީން ވިދާޅުވީ ސުޕްރީމްކޯޓުގެ ޓިނު ނަގަން ޖެހުނީ އޭރު ކުއްލި ނުރައްކަލުގެ ހާލަތުން މެނުވީ ގާނޫނުތައް ސަސްޕެންޑު ނުކުރެވޭނެތީ ކަމަށެވެ.

އޭރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެގެން ދިޔަކަން ފާހަގަކުރައްވައި ޔާމީނު ވިދާޅުވީ، އެބޭފުޅުންނަށް އޭރު ފައިސާ ލިބިފައިވަނީ ކިހިނެއްކަންވެސް ސާފު ކުރެއްވި ކަމަށެވެ. އަދި ކޮރަޕްޝަން މައްސަލަތައް ބެލުން ލާޒިމުވެގެން ދިޔަ ކަމަށާއި، އޭރު މަނީ ލޯންޑަރިން ގާނޫނެއް އޮތްނަމަ، އެ ޙާލަތު ރަނގަޅަށް ފެތޭނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ޔާމީން ދައްކާވަފައިވާ ވާހަކައިގެ ހަބަރެއް ޓްވިޓާގައި ޝެއާކުރައްވާ މާރިޔާ އުފެއްދެވީ ދިގު ސުވާލެކެވެ.

މާރިޔާ ވިދާޅުވީ ޔާމީން އެވިދާޅުވީ އެމަނިކުފާނުގެ އެކައުންޓުގައި އާމްދަނީއާ ނުބައްދަލު ފައިސާ ހުރި ކަމަށް ހުކުމްގައި އޮތަސް، ގާނޫނުން ސާބިތު ނުވާތީ ޔާމީން ދޫކުރަން ހުކުމް ކުރެއްވި ފަނޑިޔާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހުކުމް ކުރެއްވި ފަނޑިޔާރުން ހައްޔަރު ކުރާނެ ވާހަކަތޯ ކަމަށެވެ.

"ރައީސް ޔާމީންގެ ސުޕްރީމް ކޯޓުގެ ހުކުމުގައި އެބަ އޮވޭ ރައީސް ޔާމީން ކަން ކުރެއްވީ ގައުމެއްގެ ރައީސަކު ކަން ކުރަންވާނެ ގޮތަކަށް ނޫން ކަމަށް. ވީމަ، ޗެކް ނަންބަރު ދިމާ ނުވެ މަނިކުފާނު ދޫވީމަ މަނިކުފާނު ކުއްލި ނުރައްކާ ހިންގާ ޖަލަށްލުން ގާނޫނު ހުއްދަ ކުރާ ކަމަށްތޯ ތި ވިދާޅުވަނީ،" މާރިޔާ ވިދާޅުވިއެވެ.

ޔާމިން ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުންތަކެއް މިނިވަން ކުރަން ސުޕްރީމް ކޯޓުން، އެމަނިކުފާނުގެ ވެރިކަމުގައި ނެރުނު އަމުރު ތަންފީޒު ކުރަން އިންޑިއާ ސަރުކާރުން ނުފޫޒު ފޯރުވިއެވެ. އަމުރު ނެރުމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ރާއްޖޭގެ ހާލަތު އިންޑިއާ އަށް އޮޅުންފިލުވައިދެއްވުމަށް އިންޑިއާ އަށް ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އިންޑިއާ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓަރާއި ބައްދަލު ނުކުރެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ. ފޮރިން މިނިސްޓަރުގެ އެދަތުރުފުޅަށް ފަހު އިންޑިއާ އިން ރާއްޖެ އަށް ތިން ސިޓީއެއް ފޮނުވި ކަމަށެވެ. ތިން ސިޓީގައި ވެސް އިންޑިއާ އިން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ބާރު އަޅުއްވާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމް އިއްވީ ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. އެ މައްސަލައިގައި ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ޔާމީން މިނިވަން ކުރުމަށެވެ. ޔާމީން މިނިވަން ވިޔަސް، އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ އިތުރު ދައުވާތަކެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. ސަޒާ

  ސްޕްރިމްކޯޓުމް ޔާމީނަށް ހުކުމްކުރީ މައްސަލަ އިސްތިއުނާފް ކުރުމުން ވަރަށްގިނަ ކަންކަން ސާފުކުރުމަށްފަހު. ޢެކަމު ތުބުނާ 1 ފެބުރުއަރީގެ އަމުރަކީ ކުއްލުއަކަށް ނެރުނު އަމުރެއް މާރިޔާއަށް މިކަން ސާފުނުވަނީތޯ

  101
  1
 2. Anonymous

  މާރިޔާ (ފިނދަނަ) އަށް.
  ޗެކް ނަންބަރު ދިމާނުވީމަ ޗެކް ހުށަހަޅަން ޗެކް ބަލައިގެން ބޭންކަށް ސުޕްރީމް ކޯޓުން އެންގުމަށް ކުއްލިނުރައްކާ އިއުލާނުކުރެވިދާނެތޯ؟

  115
 3. Anonymous

  އެފްޕީއައިޑީގެ މައްސަލަ ތަހްގީގު ކުރަން ސަޓޯއާ މާރިޔާ ހައްޔަރު ކުރުމަށް ކުއްލިނުރައްކާ އިއުލާނު ކުރެވޭނެތޯ މާރިޔާ ވިދާޅުވެ ބަޢްލަވާ

  130
 4. Anonymous

  ގައުމުގައި ތިބި އިންޑިޔާ ސިފައިން ބާލަން ކުއްލުނުރައްކާ އިއުލާނު ކޮށްބަލަ.

  137
 5. Anonymous

  ގާނޫނު އަސާސީން މާރިޔާއަށް ތިފަދަ ބާރެއް ލިބިފަ އޮތްނަމަ މޯދީ ރުއްސަންވެސް ތި ފިނދަނަ ދައިތ އެކަން ކުރާނެ.

  121
 6. ތެދު

  ފިނދަނަމާރިޔާ އިންޑިޔާއައް ގައުމުވިއްކާފަ، އެފްޕީއަޑީ ގެލާރިގަނޑުންއުދުހުނީމަ އަދިﷲއިރާދަފުޅު ދިގުމުއްދަތަކައް ޖަލައްލެވޭދުވަހު
  ވަރައް އުފާކުރާނަން.

  112
  • ދޮން އާމިނަ

   ހަމަ ޔަޤިނުންވެސް ޖަވާބުދާރީވާން ޖެހޭ ދުވަހެއް އެބައޮތް

   83
 7. ލުޓޭރުންގެ ސަރުކާރު

  މާރިޔާއ އަށް ދެވޭނެ ރަ އްދެނެތް މާރިޔާ އަކީ ގަ އުމަށް ގަ އްދާރުވެފަހުރި ގަ އްދާރެ ޙާ އިނެ މި އީ ދެން ތާރީޙުގަ ލިޔެވޭނެގޮތް މި އެ އް ދެން ބަދަލެނުކުރެވޭނެ. ގާނޫނުގެ ވާހަކަ އަމުދުން ނުދެ އްކޭނެ ގާނޫނަށް ފަ އިން އަރާފަ ގާނޫނު އޮޅާލާފަ އިންޑިޔާ އަށް ގަ އުމުވި އްކާފަ..މާރިޔާ އަ އުޓް އިންޑިޔާ އަ އުޓް..

  60
 8. ފިނދަނަ މާމަ

  ފިނދަނަ އޭނުކިޔަބަލަ ރާއްޖޭގެ ޑިފެންސްމިނިސްޓަރަކަށްވެހުރެ، ވަރަށް ހުތުރު ﷲކަލިއްމަ ފުލު ލިޔުއްވާފައިވާ ރާއްޖޭގެ ގާނޫނު އަސާސީ އަށް ކޮޅުފައިން އަރައިގެން ހުރެ ވާހަކަދައްކަން

  85
  1
 9. Anonymous

  ރައީސް ޔާމީނެއް ގުޑުގުޑެއް ނާޅާނެ ތިކަހަލަ ފިނދަނައަކު ފިޔަތަޅައިގަތަކަސް. ފިވެހިންގެ ޝިޕިންގ ކުއްފުނި އެކީ ދިރުވާލައިގެން ހުރިއިރުވެސް ތި ފިނދަނަ ތިއުޅެނީ ނުފުރިހުރެގެން. އެހެންވެ ތިޒާތަށް ތި ޒާތީވަނީ.
  ސަރުކާރުން ނޫންތަ ސުޕްރީމް ކޯޓަށް ހެކި ހުށަހަޅަނީ. ޕީޖީން ބުނި ގޮތުން ޕީޖީގަ ޗެކް އޮތް. އެކަމަކު އެޗެކް ހުށަނޭޅީ ސަރުކާރުން ކޯޓުތަކަށް ދޮގުމައުލޫމާތު ހުށަހަޅައިގެން ރައްޔިތުންނަށް އަނިޔާދޭތީނު.

  50
  • ޅަ ޖަނގިޔާ

   ފިރުއައުނުވެސް ގުޑުގުޑެއްނާޅާ ނިމިދިޔައިރުވެސް. ޢެސޮރުވެސް ގަދަބާރު ދެއްކޭތޯ އެއްމެ ފަހުވަގުތުވެސް.

   10
   40
 10. Anonymous

  ޕީޖީގެ މައްޗަށް ދައުވާކުރަން ކުއްލިނުރައްކާ އިއުލާނުކޮށްބަލަ. ޗެކަކީ ވުޖޫދުގަ އޮތް އެއްޗެއް. ސުޕްރީމް ކޯޓަށް ޗެކްގެ އަސްލުވެސް ހުށަހެޅުމުގެ ބާރު ދައުލަތަށް އޮންނާނެ. އެކަމަކު ހުށަނޭޅުނީ އެއީ ވުޖޫދުގަ ނެތް އެއްޗަކަށްވީމަ. ދައުލަތުން ކޯޓުތަކުގައި ހަދަނީ ދޮގުކަން ފަޅާއާރާފި. ކަލޭމެނަށް ރައްޔިތުން ދެން އިތުބާރެއް ނުކުރާނެ.

  45
 11. Anonymous

  މާރިޔާ، މަ ހާދަ ބިރެއް ގަނެއްޖެއޭ! ތިހެން ބިރުނުދައްކާހެޔޮނުވާނެ!
  ހާދަހަޔާތްކުޑަ މުސްކުޅި ދައިތަގަނޑެކޭ މިއިނީ. ހުރެބަލަ އެފްޕީއައިޑީގެ މައްސަލައިގަ ޗެކް ނަންބަރު ޖަހާލާނަން. އަހަރެމެންވެސް ދަންނަން ބަދަލުހިފަން. ބަދަލުހިފާލާނީ ދެވަނަ ފަހަރަށް މީހުންގެ އަބުރަށް އިއްޒަތަށް ކަލޭމެންނަށް އަރައިގަންނަން ނުކެރޭނެވަރަށް. އަދި ރައްޔިތުންގެ މުދާ ކައިގެން ކަލޭމެނަށް ތިހެން ނުތިބެވޭނެވަރަށް.

  44
 12. Anonymous

  ކީރިތި ޤުރުއާނުގެ އިސްމުފުޅު އެކުލެވިގެންވާ ގާނޫނު އަސާސީ މަތްޗަށް ފައިންއެރި ލާދީނީ މާރިޔާ އަކަށް ނެއެނގޭނެ ރ.ޔާމީނު ވިދާޅޔވާއެއްޗަކަށް ގަދަ ސުވާލުކުރަން، އެމަނިކުފާނު ވިދާޅުވީ ސުޕްރިންކޯޓްގައި ތިބެ ގާނޫނާއި ޚިލާފު އަމުރުނެރެމުންދިޔަ ރިޝްވަތުބޮބޑި ފަނޑިޔާރުންތަކެއް އެއިރެއްގެ ނެތް ގާނޫނެއް އެމީހުން އަމިއްލްއަށް ހަދައިގެން ޖުޑިޝަރީގެބާރު ކަނޑުވައި އަމިއްލައަށް އަމިއްލަ ނަފުސުގެމަތްޗަށް އަމިއްލައަށް ޖަޖުކުރަންއުޅުނު ނާތަހުޒީބު ޖަރީމާއެއް ހިންގުމުން ގާނޫނުގެތެރެއިން ކުއްލިނުރައްކާނެރެ އެ އައްދާރުންނަށް ފިޔަވަޅު އަޅަން ޖެހުނީއޭ، ކަލޭކަހަލަ ރޯނު އެދުރުންނަށް ރ.ޔާމީނަށް ފާޑުނުކިޔޭނެ، ކިތައްމެވަރަކަށް ރައްޔިތުން އޮޅުވާލަންއުޅުނަސް އެކސމެއްނުވާނެ، ކަލޭ އިންޑިއާ ގެރިމޯދީގެ ފައިގަ ބޮސްދޭން ދޭބަލަ###

  43
 13. Anonymous

  ފިނދަނަ ހޫނު ފެން އެއްޗަކަށް ވެއްޓިއްޖެ. ޗައިވާލާ ނުކުމެ ފިނދަނަ ބުރިގަ ހަންމުއްޓަކުން ޖަހައިފި.

  78
  • އަމަން

   ޅޮލް

   13
 14. އެމެރިކާ

  ސުވާލަކީ. އަވައްޓެރި އެހެން ގައުމުތައްވެސް ހުއްޓާ އިންޑިޔާއިން މިގައުމުގެ ކަންތަކާބެހެން ސިޓީ ފޮނުވަނީ ކިހިނެއްވެގެން!؟

  79
 15. އަބްދޫ

  އެސް އޯއެފް އަށް އެފައިސާ ޖަމާވިކަން ސާބިތު ނުވަނީސް އެސްއޯއެފުން ދޫކުރި ޗެކެއްގަ އެފައިސާ ހިމެނޭކން ސާބިތު ނުކުރެވޭނެ. ދަވްލަތަށް އެކަން ސާބިތު ކޮށްދެވިފައެއްނެތް. ޗެކަކީ ގާނޫނީ ލީގަލް ޓެންޑަރެއް. ޗެކެއްގަ ހުންނަފައިސާ އެއްވެސް ފަރާތެއްގެ އެކައުންތަށް ޖަމާ ވުމުގެ ކުރިން ޗެކްގެ މިލްކުވެރިޔަކީ ޗެކް ދޫކުރިފަރާތް. އެޗެކް އެހެން މީހެއްގެ އެކައުންޓަށް ޖަމާވުމަށްފަހު އެ ޗެކާއި ޗެކްގަ ހުރިފައިސާގެ މިލްކުވެރިފަރާތަކީ ޖަމާވި އެކައުންޓްގ ވެރިފަރާތް. މީހެއްގެ އެކައުންޓްގަ ހުރީ އެމީހާގެ އަމިއްލަ ފައިސާ ނޫނކަން ކަނޑައެޅޭނީ ސަރުއީ މަރުހަލާގެތެރޭން ނެރޭ ހުކުމަކުން.

  33
  1
 16. ހާމިދު ޝާޙިދު

  މާރިޔާ ސީދީ ސުވާލު އުފައްދާ އުފައްދާ ހުއްޓާ ވެރިކަން ނިމި، ދެން އަންނަ ބަޔަކު ތިބޭޅާ އާ ދެކޮޅަށް "ގައުމަށް ގައްދާރު" ވިކަމަށް ދައުވާ ކޮށް، ހުރިހާ ކަމެއް ނިމުމަކަށް ގެންނެސް ދިގު މުއްދަަތަކަށް ޖަލަށް ލާނެ. ނުވަތަ، ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޯގޮތަށް ހުކުމް ކުރާނެ. މިހާރު ވެސް ތި ހުންނެވެނީ އެއްޗަކަށް "ފައި އެރިފައި". ރައީސް ޔާމީނާ ދިމާނުކޮށް، ޑިފެންސަށް ފައިބައި ގެން އުޅުމަށްވުރެއް ރަނގަޅުވާނެ، ބެންޗުޓީމު އަރުވާފައި ދަނޑުން ފޭބިއަސް.

  64
  1
  • Anonymous

   ސައޫދީ ގައި ހިނގަނީ އިސްލާމީ ގާނޫނު. އިސްލާމީ ގާނުނުގައި ހާއިނުންނަށް މަރުގެ އަދަބު ދެވޭ.

   37
   1
 17. މާރިޔާ

  ކޯލިޝަންގެ ހުރިހާ އެންމެން އެއްވެގެންވެސް ޔާމިން ނުހިފެއްޓިގެން ތިއުޅެނީ ކީއްވެތަ. ބޯހަލާކު. އެމްޑީޕީގެ ތާއީދު މިހާރު މިގައުމުގައު ދުވަހަކު ނުދާހާ ދަށަށާް ހިގައްޖެ.. އެހެންތަ ވާނީ ރައްޔިތުންނަށް ކޮންމެ ފަހަރު ދެނީ ދޯކާ. ފަސްއަހަރު ގެއްލިގެންދަނީ. އަނެއްކާވެސް އަންނާނެ ހުޅަގުގެ މޮޅެތި ވައުދުތައް ހިފައިގެން . މިތާ ދިވައުދތައް ފުއްދަން އުޅޭނެކަމެއް ނެތް ދެން..
  އަހަރެންވާ ސަލާން އެމްޑީޕީ.

  68
 18. ފިނދަނަ ކަމަނާ

  ތީ އެއްވެސް ވަރުގަދަ ސުވާލެއް ނޫން...ކުޑަކުދިން ކރާކަހަލަމޮޔަ ސުވާލެއް
  މ ހެޑިން ހެދިމީހަކު ނޫސް ވެރިކަމުގެ އބ ވެސް ނޭންގޭ

  36
 19. Anonymous

  ރައީސް ޔާމީން ޖަލަށް ލެވޭނެނަމަ ކަލޭމެން ކުއްލިނުރައްކާ މިހާރު އޮންނާނީ އިއުލާނު ކޮށްފަ.
  ރ.ޔާމީން މިނިވަންވީފަހުން ސަރުކާރުން ޑިފެންސަށް ފައިބައިގެން ތިކުޅޭ ކުޅުމަކީ ހުތުރު ކުޅުމެއް. ހުރިހާބާރެއްއޮވެ ތިއުޅެނީ ގޯލު ކުރިމަތީ ފާރު ރާނައިގެން ވިއްޔަ. ލަދުވެތިވެބަލަ. ރައްޔިތުންނަށް މިސަރުކާރުން ކަމެއް ކޮށްނުދެވޭތީއާ ގައުމުގައި އިންޑިޔާ މިލިޓަރީ ތުކުރުވާތީއޭ ދިވެހިން މިސަރުކާރުދެކއ ރުޅިއަންނަނީ.

  36
 20. 2023ޔާން

  ޢިންޝާﷲ

  23
 21. ކައުންސެލަރު

  ވާހަކަ ދައްކާނީ ވާހަކަ ދެއްކޭ ފެންވަރުގެ ފަސްބައިރީތި މީހުން. ރައީސްޔާމީނަށް އެތިވަރުގޮވަން މީދެން ކާކު؟! މަށެއް ގައިމުވެސް އަހުރެން ހެއްދެވި މާތްﷲ ގެ އިސްމުފުޅު ލިޔެފައޮތް ފޮތަކަށް ފައިން އަރާ އެމަތީ ކޮޅަކަށް ނުހުންނާނަން. ލަދުކޮބާ؟

  40
 22. ޗާރިޔާ

  ތިޔަ ކުރީ ވަރުގަދަ ސުވާލެއް ނޫން. ތިކުރީ އެއްވެސް ތާކުންތާކުނުޖެހޭ ސުވާލެއް. ހުކުމުގައި ކިތަންމެ ބައިވަރު ވާހަކައެއް އޮތަސް ޔާމީން ދޫކޮށްލީ ސުޕްރީމް ކޯޓުން. އެކަން އިހަށް ހަޖަމުކުރަންވީ. މާރިޔާ ތިޔަ ކިޔާ ގޮތަށް ބަލަަންވެއްޖެނަމަ ގާޒީއެއް ގަވައިދާ ޚިލާފަށް އެކަހެރިކުރި މައްސަލައިގަ ހައްޔަރުކުރަންވީ މީހަކުވެސް މިގައުމުގަ އެބަހުރި، ކުއްލި ނުރައްކާ އިއުލާންކޮށްފަ.

  34
  1
 23. ދޮގު ވަގު

  ޔާމީނު ނެތޭ އެބުނާ ގާނޫނު ތަސްދީގު ކުރީ ޔާމީނު އަތުން. ދީންވެރި ވުމަކީ ކަނޑައެޅިގެން ދޮގު ހެދުމުންވެސް އަތްޖެހުންތަ؟

  10
 24. ޙަަަހަ

  ނަޝީދު ބަލިކަމަށް ހެދިގެން ލަންޑަނަށް ފިލާގެންދިޔައީ ކުށްކުރެވިގެން ސަލާމަތްނުވަނެކަން ޔަޤީންވާތީ ދޯ ، ޖަރީމާހިންގާއިރު ޤާނޫނުއާއި ކުރިމަތިލާން ނުކެރެނީ ކޮންބަޔަކަށްބާ ، އަދި ކަލޭމެންނާ އެއްކޮޅަށް 1 ފެބްރުއަރީގައި ކަމެއް ނިންމީމަ އެކަން ރަނގަޅުވެފަ ، ޔާމީންގެ ކުށެއްނެތްކަން ކޯޓުން ނިންމި ނިންމުން ހަޖަމެއްނުވަނީ ކީއްވެބާ

  30
 25. Anonymous

  މާމޮޅަށް ކިޔަވައިގެން ވިސްނޭ މީހަކަށް ވެގެން އުޅޭނެ ކަމެއްނެތް.. ސުވާލު އުފައްދައްންޔާ މިއޮތީވެސް 2 ސުވާލު...1 ކަމަކާއި ހިތްހަމަ ނުޖެހުނީމަ ގާނޫނު އަސާސީ މައްޗައް ކޮޅުފައިން އަރާފަ ތިޔަ ދެއްކީ ޅަޖީލުތަކަށް ހެޔޮލަފާ މިސާލެއްތޯ؟..2 ރުޅިއައިސް ހިތްހަމަ ނުޖެހުނީމަ ކީރިތި ގުރުއާނުން ކަނޑައެޅިގެން ފެންނަން ހުރި ކަންކަމަށްވެސް ރިއާޔަށް ކުރުމެއްނެތި ދުލައް އައިހާ ވާހަކަ ދެއްކި ދާނެތޯ؟..

  31
 26. ސަމްިސިއްޔާ

  ދިގެހި ސިފައިންނަކީ ފިނޑި ފިނދަނަތަކެއް ކަމަށް ބުނި މީހާ ޑިފެންސް މިނިސްޓަރުކަމަށް. އިނޑިއާއަށް ގޮސް ނޫހަކަށް އިންޓަވިއުދެމުން އިންޑިއާ ބޭނުންވެއްޖެ ކޮންމެ އިރެއްގައިވެސް ރާއްޖެހިފިދާނެކަމަށް ބުނެ ބަރިބަރިއަށް އިނޑިއާ ސިފައިން ރާއްޖޭގައި. ބަލަ އިނޑިއާ މީހުންތިޔަހާ ހެވިއްޔާ މަލިކުގައި އެއަރޕޯޓެއް އަޅައިދީބަލަ. ކީއްވެތަ މަލިކުގައި ހެލިކޮޕްޓަރެއް ނޯންނަނީ؟؟ އެމީހުން ބަލިވީމަ ދާނެޖެހެނީ 16 ގަޑިއިރު ދުއްވާފައި ކޮޗިންއަށް/.

  12
  1
 27. ރައްޔިތެއް

  މާރިޔާ ދީދީ އާ އެފް ޕީ އައި ޑީ ގެ އެބޮޑު ވައްކަމާ
  ގުޅުމެއް ވޭތޯ؟ އެއީ ވައްކަމެއް ކަމަށް ވާނަމަ އެކަން
  އިންސާފުގެ ކުރިމައްޗަށް ނައިސްގެ މިއުޅެނީ ކީތްވެތޯ؟
  ސަރުކާރުން ބޭނުންވަނީ ވޮޑަމުލާގެ ފައިސާ އެކަނިތޯ؟

  18
 28. ޝަމީމް

  ފެބުރުއަރީ 2018 ގެ މާކުރިން 2014 ގަ އޮތީ މަނީލޯންޑަރ ކުރުމުގެ ޤާނޫނު އޭރުގެ ރައީސް ޔާމީން ތަސްދީގު ކޮއްފަ ވީމާ ބޮލުރޮދި ކެނޑުނީ ކާގުގެ ކަން ކުރީގެ ރައީސް ޔާމީން ކޮތަރުކޮށި ޖަލްސާގަ ދެއްކިވާހަކައިން އެބައެގޭ

 29. ސަދަގާތު ފާތުން

  ޔާމީނު ތަސްދީގު ކުރި ގާނޫނެއް އޮންނާނެ. ބީތާއަކަށް ވެރިކަން ލިބުނީމަ ވާނެ ގޮތްވީ. އަދީބު ދިން އެއްޗެއްގަ ވިއްޔާ ތާސް ކުޅެން އިނދެ ސަޮއި ކުރީމާ ވާނެ އެތި ވީ. މިހާޜުވެސް އުޅެން ތިއުޅެނީ ހަމަ އެހެން. އިބުރަތް ނުލިބެނީތަ؟

 30. ޤާނޫން

  ޤާނޫން އަސާސީ އަށް ފައިން އެރީމަ އެމް އެންޑީ އެފް ގެ ވެރިޔަކަށް ވުމުގެ ޝަރުތު ހަމަވީ

  18
  1
 31. ހުއްބު އަލް ވަތަން

  ގައުމެއްގެ ގާނުނުހަދާ މަޖްލީހުގައި އެގައުމުގައި ބޭނުންކުރެވެމުންދާ ގާނޫނު އަސާސީއަށް ފައިން އަރައި ޢިހާނެތިކޮށް ކަންކަންކޮށްފައިވާ މީހަކަށް އެގައުމުގެ ދިފާއީ ބާރުގެ އެންމަހައި އޮފިސަރުންނާއި ސިފައިން ސެލިޢުޓްކުރަންޖެހޭ ފަދަ މަގާމެއް ހަވާލުކުރުމަކީ ކޮންކަހަލަ ކަމެއްތޯ!

 32. ޥަތަންގެ ދުލުން

  ގައުމެއްގެ ގާނުނުހަދާ މަޖްލީހުގައި އެގައުމުގައި ބޭނުންކުރެވެމުންދާ ގާނޫނު އަސާސީއަށް ފައިން އަރައި ޢިހާނެތިކޮށް ކަންކަންކޮށްފައިވާ މީހަކަށް އެގައުމުގެ ދިފާއީ ބާރުގެ އެންމަހައި އޮފިސަރުންނާއި ސިފައިން ސެލިޢުޓްކުރަންޖެހޭ ފަދަ މަގާމެއް ހަވާލުކުރުމަކީ ކޮންކަހަލަ ކަމެއްތޯ!

 33. ޢިޔާބު

  ބުނަން ބޭނުންވާ ވާހަކަ ބޭނުުންވަ ގޮތަށް ނުބުނެވޭނެތީ ނުލިޔުނީ.

 34. އަދުހަމް

  މާރިޔާ އަނގަމަޑުންލައިގެން ހުރުން ބުއްދިވެރީ.އެއީ ކަމަނާއަކީ ބޮލުގައި ތެތްކަމެއް ނެތް ތިމާއާ އެކަށީގެންނުވާ މަގާމެއް ލިބުމުން ވާނުވާނޭގި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދިޔުމުގައި މުޑުދާރު ރޯލެއް ކުޅެމުން ގެންދާ ޣައްދާރެއް.

 35. ރަންނަމާރި

  ﷲ ގެކަލިމަ ފުޅު ލިޔެވިފައިވާ ގާނޫނު އަސާސީއަށް ފައިންއަރާ ހުރި މީހަކަށް ވަޒީފާދިން ފަރާތް ކުއްވެރިކުރަން އަދި އެމީހަކާއި މިއަންހެންމީހާއާއި ދެމީހުންނަށް ގާނޫނު އަސާސީގެ ދިގުއަތުން ހިފާ ހަށްޔަރު ކުރަންޖެހޭ..

 36. ރާއްޖެތެރެ

  އެމްޑީޕީ މުޅި ލީޑަޝިޕް ބަދަލުކުރަންޖެހޭ. ފީކަޅާ ބައެއް

 37. މުރައިދޫގޭ ކަނބިލި

  މާރިޔާ ބުނީ އަޅުގަނޑުމެން އަމުރެއް ނެރުނީމަ އެޔައް އަމަލުނުކުރިވާހަކަ މީކޮންކަހަލަ ވާހަކައެއްތޯ ބޭޒާރުވަނީ ތިޔަ އިންޑިޔާ ރާއްޖެ ހިފަންގޮވާ ގާނޫނައް ކޮޅައްއަރާ ވަރައްތާހިރު