ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑޫ ސިޓީގައި ބޭއްވި ރެލީއަށް ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ލިބިއްޖެއެވެ.

އޭޝިއާ ސަރަހައްދުގެ ހަބަރުތައް ގެނެސްދިނުމުގައި އެންމެ އުހުގައި ހަރަކާތްތެރިވާ އެއް މީޑިއާ ކަމުގައިވާ "ނިއުސްއިން.އޭޝީއާ" އިން އިއްޔެ ރިޕޯޓު ކުރި ގޮތުގައި، "މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ"ގެ ނަމުގައި މެޑަމް ފާތުން އައްޑޫގައި ބޭއްވި ރެލީގައި އެތައް ހާސް ރައީސް ޔާމީންގެ ސަޕޯޓަރުން ބައިވެރިވިއެވެ.

އަދި އެކަމަނާ އައްޑޫ ސިޓީއަށް ވަޑައިގަތުމުން ޕީޕީއެމް އަދި ރައީީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުން މަރުހަބާ ކިޔަން ދިޔަ ކަމަށް އެނޫހުން ރިޕޯޓު ކުރިއެވެ.

އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުން
އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުން

މީގެ އިތުރުން، އައްޑޫ އަކީ މީގެ ކުރިން އިނގިރޭސީންގެ މިލިޓަރީ ބޭސްއެއް އޮތް އަދި އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ތަނެއް ކަން އެނޫހުން ފާހަގަ ކުރިއެވެ. އެހެން ކަމުން އިންޑިއާ ސިފައިން ރާއްޖެ އައިސް ރާއްޖޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އިޝާރާތް ކޮށް އެނޫހުން ސިފަ ކުރީ އައްޑޫ އަކީ "މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ" މި ޝިޔާރުގެ ދަށުން އެއްވުމެއް ބާއްވަން އެންމެ އެކަށީގެންވާ އެއްތަން ކަމުގައެވެ.

"މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ" ނަމުގައި ބޭއްވި ރެލީގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އައްޑުއަށް ވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެންވާރްމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. އަދި އައްޑުއަށް ވަޑައިގެންނެވި މަޖިލީސް މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސައިން މަނިކާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ފަސްޓްލޭޑީ، ތިން ދުވަހުގެ ދަތުރުފުޅެއް އައްޑުއަށް ވަނީ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ެައައްމަޑޭ

  ކޮބާ ތަމެންނަށް ހީވޭތަ ކަމެއްހެން. ގަންޖާބޯ ފެއިލް ބޮޑުތަނުން. ??

  • ބެއާ

   މީހުންގެ އަދަދު މަދު ކަމަށް ބުނެ މާލެއިން އައި ވަފްދު ކަންބޮޑުވީ

 2. ާަރައްޔިތުން

  މާދަމާ އިންތިހާބެއް ބޭއްވިޔަސް ޕީޕީއެމް ބަލިވާނެ. ވަރިހަމަ މެޑަމް ވާދަކުރިއަސް ބަލިވާނެ. ހެހެހޭ

 3. ާބޫސުފުޔާން

  ޚަލޯގެއާ މަހޭނެތިދާނެ....ދެންކީކޭބާކިއާނީ

 4. ކ

  ޚަރަދުކުރިތަނެއް އެނގިގެމްދިޔާމަ އަދި މީގެ ފޯރިގަދަވާނީ

 5. ޙަފްޞާ / މާލެ

  ރިޔާސީ އިންތިޚާބުގެ ވޯޓުގަވެސް އައްޑޫގެ ރައްޔިތުން ތިގޮތުގައި ރައީސްޔާމީނާއެކު ތިއްބެވުމަކީ މުޅި ޤަވްމު އައްޑޫރައްޔިތުންނަށް ގޮވާލާ ގޮވާލުމެކެވެ. މުޅި ދިވެހި ޤަވްމަށް ކުރިއެރުމާއި ފާގަތިކަން އިތުރުކުރުމަށެވެ.

 6. ޙދ

  މާލެއިން 4000 ހެހެހެ ވަރައްގިނަ

 7. ސ ނުން ސޮނިބެ

  ދައުރުގެ ބޮޑުބައި އައްޑޫގަ... ދެންތިބީ އަޅުންވީމަ ވޯޓަށް އެކަނި ފެންނާނީ

 8. އައްޑޫ މީހާ

  ތިކިޔާ އައްޑޫ އަހަރުމެން ވެސް.. އަހަރުމެން ހަމަ އަޑު އެހިތާނގަ މި ތިބީ.. އެހެނެއް ނޫން މީހުން ރުޅި ގަދަވެގެން މަގުމައްޗައް ނިކުމެ ހަޅޭއް ލަވާ ހެދި

 9. ވޮޗިންގް

  ފާޑު ކިޔާ ބަޔަކު ފާޑު ކިޔަންވީ ޑިފަމޭޝަން ގާނޫނާއި ޚިލާފު ކަމެއް މާލޭގެ މަގުމަތީގައި މުޒާހަރާ ކުރުމަކީ. ދެން އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފު ކަމެއް މާލޭގެ މަގުމަތީގައި ސަރުކާރު ވައްޓާލަން ފާޅުގައި ގޮވާ މުޒާހަރާ ކުރުމަކީ. އަދި އެމެން ތަންފީޒު ކުރަން ގޮވާ ސްޕްރީމް ކޯޓުގެ އަމުރަކީ އެއީ ބާތިލް އަމުރެއް. ކަން މިހެން ހުރުމުން އެމްޑީޕީން ގޮވަނީ އެއީ ބާތިލް ކަންކަން ކުރަން ކަން އެއީ ހަމަ ޔަގީން ކަމެކޭ. އެވްރީ ރޫލް ޔޫ ބްރޭކް އެވްރީ ލޯ ޔޫ ބްރޭކް ވީ ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ. އޯއް ކާންޓް ޔޫ ސީ އިޓް.

  • ކީކޭ؟

   ޑެފަމޭޝަން ޤާނޫނަކުން މުޒާހަރާ ކުރުމަކަށް ހުރަހެށް ނާޅާނެ. ބާކީ ފާހަގަ ކޮށްފައި ހުރި ޤާނޫނުތައް ކިޔަން ވިސްނާނީ ފުރަތަމަ ނުކުތާ ރަނގަޅުކުރީމަ.

   ވަރަށް ޤާނޫނާއި އަހުލުވެރިކަމަށް މި ފެންނަނީ

 10. އަލީ

  މަތިން ފޮޓޯ ނަގާލި ނަމަ ވ ސަޅިވީސް. ވަރަށް ވާހަކަ މިބުނެލީ.

 11. ސަދާ

  ކަލޭމެނަށް ތިހާ ޔަޤީން ވާ އިރު މަގުމައްޗަށް ނުކިމެ ކޮނސަކަރާތެއް ތިޖަހަނީ. ވޯޓާ ޖެހެނދެނ މަޑުކުރަނ ވީނު.

 12. ސައުތު

  ސިޓީއުރަބެހީމައައިމީހުން

 13. ރާއްޕެ

  އަޅޭ ފަހެ މިނީލަން ކިޔަނީތަ؟؟؟

 14. ާޕީޕީއެމް( ޑެޑީ)

  ފަޚުރުވެރި ދިވެހީންގެ ޤައުމީ ރޫހު އާލާކޮށްލަމާހޭ
  މެޑަމް ގޮވާލި ގޮވާލުމަށް އައްޑޫއިން ފުރިހަމަ ތާއީދު .ސާބަސް މާހާރެހެންދި .

 15. ޓާކިޔާ

  ޢަދިމީހަކުއެއްވިނަމަ ހުންނާނެތަކަމެއްދޯ ތިޔަތިބީ ވިއްސަކައްމީހުންވިއްޔަ ދޯ އެވެސްމާލޭން ގެންދިޔަމީހުންކޮޅާ އެއްކޮއް ލަދެއް ހަމައެއްގޮތަކައްވެސް ނުގަންނާނެ ޕިންކް ޕޭންޓާ އެމްޑީޕީ މީހުންކަމެއް ބާއްވައިފިއްޔާ އެތަނައް ފަހުންދާމީހަކައް އިށިއިންނާނެ ގޮނޑި ގަނޑެއްވެސް ނުލިބޭ ޕީޕީ ގޮނޑިފަތުރައިފިއްޔާ ގޮނޑިތައް އޮންނަނީ ހުހައް މިހާރު އެހެންވެ ޕީޕީ ކުދިންނައް ލަދުންމިހާރު ގޮނޑިއެއްވެސްއްތުރާލަންނުކެރޭ މިހާރުދޯ ފޮޓޯނަގާއިރު ފޮޓޯއައް ހުސްގޮނޑިތައް އަރާފަ އޮންނާތީ ލަދުންބޯ ހަލާކުވެއްޖޭ ޕީޕީ ކުދިން މަމޭން ބުނަން ނެތީމު