އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ނިކުންނަވާ ރަނިންމޭޓް ކަނޑައަޅާ ދުވަސް އަވަސް ކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ރިޔާސީ ކެންޑިޑޭޓް އަކަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިކުންނައިރު ރަނިންމޭޓަކަށް ނިކުންނަވާނީ ޖޭޕީގެ ބޭފުޅެކެވެ.

އެންމެ ފުރަތަމަ ޖޭޕީގެ ފަރާތުން ރަނިންމޭޓެއް އިއުލާނުކުރަން ނިންމީ މާދަމާއެވެ. ނަމަވެސް ފަހުން އެ ތާރީޚު މިމަހު 14 އަށް ލަސްކުރުމަށްފަހު މިރޭ ވަނީ ތާރީޚު މިމަހުގެ 13 ވަނަ ދުވަހަށް އަވަސް ކޮށްފައެވެ.

ޖޭޕީއިން ވިދާޅުވާގޮތުގައި 118 ވަނަ ކައުންސިލް ބައްދަލުވުމުން 117 ވަނަ ބައްދަލުވުމުގައި ރަނިންމޭޓެއް ކަނޑައަޅަން ހުށެހަޅުއްވީ އެ ޕާޓީގެ ރައީސް އަލީ ވަހީދުއެވެ. އަދި މިއަށް ކައުންސިލް މެމްބަރ މަހްމޫދު ރަމީޒް ވަނީ ތާއީދު ކުރައްވާފައެވެ.

ރަނިންމޭޓް ކަނޑައަޅާ ދުވަސް އަވަސް ކުރުމަށް ފާސްވީ 34 ވޯޓުންނެވެ.

ޖޭޕީއިން ވިދާޅުވާގޮތުގައި ރަނިންމޭޓެއް އިއުލާނުކުރާ ޖަލްސާ އޮންނާނީ 13 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ައަހުމަދު ގު

    ކޯލިޝަންގެ ރަނިންމޭޓަކީ ޝެއިޚް އިލްޔާސް ހުސައިން

  2. އިންތި

    އިލިޔާސް ހުސައިން މަޤާމެއްބޭނުމެއްނުވާނެ

  3. އަހަންމާ

    ޝޭހު އިޔާޒު

  4. ސަލީމު

    ބޮނޑިބަތްޖަމީލު