ކުރިއަށް އޮތް 2022-2023 ގެ ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު، އެ ފޮތްތަކުގައި މިހާރު ހުރި ޤުރުއާނުގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ އެކަމާަި ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން ޖަނާބް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިޔަށް އޮތް ދިރާސީ އާ އަހަރަށް ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވައިދޭން ބޭނުންކުރާ އިސްލާމާއި ޤުރްއާން މުޤައްރަރު ޗާޕްކުރާއިރު އެ ފޮތްތަކުގައިވާ ޤުރުއާންގެ އާޔަތްތައް އުނިކުރުމަށް އެޑިއުކޭޝަނުން އަންގާފައިވާ އެންގުމަކީ ޤުރުއާނާއި އިސްލާމު މާއްދާއަށް ދަރިވަރުންގެ އަހަންމިއްޔަތުކަން ކުޑަކުރާ ކަމެއް ކަމަށެވެ.
އަދި މިއީ ދުރު މުސްތަގުބަލެއްގައި އިސްލާމްދީނާއި ދިވެހި ދަރީން ދުރުކޮށް ބީރައްޓެހި ކުރުމުގެ އަމާޒު ހިފުމެއް ކަމުގައި ނޫނީ ނުވާނެ ކަމަށް އެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
2022-2023 ވަނަ ދިރާސީ އަހަރު، ގްރޭޑް 1 އިން 12 ގެ އިސްލާމާއި ޤުރްއާން މުޤައްރަރު ޗާޕްކުރާއިރު އެ ފޮތްތަކުގައިވާ ޤުރްއާނުގެ އާޔަތްތައް އުނިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގާފައިވާ އެންގުމަކީ ޤުރްއާނާ އިސްލާމްގެ އަހައްމިއްޔަތުކަން ކުޑަކޮށް، ...
— Abdullah bin janaab (@binjanaab) December 13, 2021
އަދި މި ސަބަބާއި ގުޅިގެން މިނިސްޓްރީގެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"ދުރުމުސްތަޤްބަލެއްގައި އިސްލާމްދީނާއި ދިވެހި ދަރީން ދުރުކޮށް، ބީރައްޓެހިކުރުމުގެ އަމާޒްހިފުމެއްކަމުގައިނޫނީ ނުވާތީ، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެމްޑިއެންގެ ލާދީނީސިޔާސަތު ތަންފީޒުވަމުންދާ ދިއުމާމެދު ދިވެހިރައްޔިތުން، ޚަބަރުދާރުވުމަށް އިލްތިމާސްކުރަން" އަބްދުﷲގެ ޓްވީޓުގައި ލިއެފައިވެއެވެ.
މިފަދަ ކަމެއް ކުރަން އުޅޭ ކަމަށް ވިދާޅުވެފައިވައިވާއިރު، އިސްލާމް ފޮތްތަކުގައި ލިއެފައިވާ ޤުރުއާނުގެ އާޔަތްތަކުގައި ބޮޑެތި ކުށްތަކެއް ހުރި ގިނަ މައްސަލަތަކެއް މިއަހަރު ފެންމަތިވިއެވެ.
މި މައްސަލައާއި ގުޅިގެން އިލްމުވެރިންނާއި، ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިގުރޫޕަށް ވެގެންވައްޏާ މިގައުމުގައި ކީރިތި ގުރުއާން ގެންގުޅުންވެސް މަނާކުރާނެ ، ދެން މިއީ ލާދީނީ ބަޔެކޭ ނުކިޔާ ކީކޭތަ ކިޔަންވީ ، މިއީ ހަމަ ލާދީނީ ބައިގަނޑެއް ...
މިނިސްޓަރ ވެސް މިހުއްނަނީ އޮރިޔާމުން ، ދެން އިސްލާމްދީނަން ކަމޭހިތާނެވަރު ހިތަށްއަރުވާލާ
ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ އިޔާޒޫ ކީކޭތޯ މިކަމާ ވިދާޅުވަނީ
މިވެސް ރައީސް ޔާމީންގެ މައްސަލަ އެއްތޯ
ދިވެހިންގެ ދީނާއި ދިވެހިންގެ މިނިވަންކަން
ދިވެހިލެއަށް އަސަރުކުރާނެ. ޔާﷲ އަޅަމެންގެ ވެރިނަށް އިސްލާމް ދީނުގެ ތެދުމަގުގައި ޤައުމު ހިންގުމުގެ ޤާބިލްކަން މިންވަރު ކުރައްވާނދޭވެ އާމީން
ޢަބްދުއްލޯ މަހަށްދޭބެއަ
ކަލޯ ސޭކާ ކަލޭތިބުނަނީ ގުރުވާން ފިޔަވާ ދެން ސްކޫލްތަކުގަ ކިޔަވަދޭ މާއްދާތަކަކީ ލާދީނިއްޔަތޭތަ؟
ތިޔަފަދަ ކޮންމެ ބަދަލަކީ ދިވެހި ދަރިން ދީނާ ދުރުކުރަން އަޅާ ފިޔަވަޅެއްކަން ކަށަވަރު. އެހެން ނޫންނަމަ، ޤުރުއާނުގެ އާޔަތްތައް އުނިކުރުމާ ޢަޤީދާއާއިގުޅޭ ބައިތައް މަދުކުރުން ފަދަ ކަންކަމެއް ނުކުރާނެ.
އެޑިޔުކޭޝަން މިނިސްޓަރަކީ ލާދީނީ މީހެއް. ހުންނަ ގޮތުން ވެސް އެނގޭ އިސްލާމްދީނުގެ ކަންފުޅެއް ވެސް ނެތްކަން.
ޑރ އިޔާޒަށް ހުވަފެނުގަވެސް ފެނުން އެންމެ އެންމެ އެންމެ އެންމެ ރަނގަޅު ވެރިކަން މީ.
ދިވެހިރާއްޖެ ދުށް އެންމެ ގޯސް އެޑިޔުކޭޝަން މިނިސްޓަރު މިއީ، ވަރަށް ބޮޑަށް ރޭވިގެން ވަރަށް އެހެންގޮތަކަށް ކަންކަން ފުރޮޅަން މަސައްކަތްކުރަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި މިނސްޓަރު ފާހަގަކުރެވެނީ. އިސްލާމް ފޮތާއި އިސްލާމް ޓީޗަރުންގެ ވާހަކަ މާ ބޮޑަށް ދެކެވޭ ކޮންމެވެސް ނުބައެއް އެބަވޭ. ޖެހިހާ ބެރަކަށް ނަށަމުން ބުނިކޮންމެ ގޮތަކަށް ދީލަމުން ދާ އެޑިޔުކޭޝަން މިނިސްޓަރެއް މި ނޫނީ ދިވެހި ޤައުމު އަދި ދުވަހަކު ވެސް ދެކެފައިނުވޭ. ސިޔާސީކަންކަމުގައި މީގެ ކުރީގެ ހުރިހާ ސަރުކާރެއްގައި ވެސް އެންމެ ދުރުހެލި މިނިސްޓަރަކީ އެޑިޔުކޭޝަން މިނިސްޓަރު. ނަމަވެސް މިހާރު ފާހަގަވަނީ ހަމަ އެންމެ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރޭ
މިއީ އެޑިއުކޭޝަން މިނިސްޓަރ ގެ ކަމެއް ނޫން . އޭނާގެ ކަމަކީ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރުން އެކަން އޭނާ އެކުރަނީ އިބޫ ސާލިހާ ކެރަފާނަޝީދުގެ ނިންމުން މީ. ވަރަށް ސަޅިވާނެ އެޖެންްޑާ ނަވާރަ. ކެރަފާ ނަޝީދުގެ ވެރި ކަމުގަ އުޅުނެއްނު ޔަހޫދީން ނަކީ ވެސް ވަރަށް ރަގަޅު ބަައެއްކަމަށް ދިވެހި ކިޔަވާކުދިންނަށް ވިސްނައި ދޭން ވެގެންވެސް. މިހާރު އެއުޅެނީ ގާނޫނު އަސާސީ އެކީގަ އިސްލާހް ކުރަން.އެކަން ނިމޭއިރު ދިވެހިންގެ ދީނަކީ އިސްލާމް ދީން ކަމުގައި އޮންނަ އޮތުންވެސް އުނި ކުރާނެ ކަމަށް އަހުންގެ ވިސްނުމަށް އަންނަނީ. އެއީ އެމްޑީޕީގެ އިސް މީހުން އެވާހަކަ ރާއްޖޭން ބޭރުގެ އެކި ގައުމުތަކަށް ކުރި ދަތުރު ތަކުގައި ކިތަައްމެ ފަހަރަކު ދައްކާ ފަައިވާތީ .
ތިޔަހިސާބުން ތިކަން ނިންމާނުލާ ތިޔަކަމުގެ ޙަޤީޤަތް ހޯދުމައް މަސައްކަތް ކުރެއްވުމައް ގޮވާލަން
މީ ބޮޑު އިބިލީސް ސަރުކާރެއް
ތިޔައީ ރޭވުންތެރިކަމާއެކު ކުރިޔަށް ގެންދާ ކަމެއް. ޗާޕް ކޮށްގެން ގެނަފޮތްތަކުގައި ދެލިބައި ނެތި ހުސް މޮނީޓަރު ފޮތަށް ވެއްޖެނަމަ ދަރިވަރުން އިސްލާމް ނުކުޔަވައި އަހަރެއް ފާއިތުވެގެންދާނެ.
އިޔާޒު އާއި އަލީޒައީދު މެން މިވަރުގެ ކަމެއް ހިގާއިރު ހަމަ ގާމުވެސް ނުތިބޭނެ މަޑަކުން
ރައީސަށް ސަނާ ކިޔައް ހަދައިގެން ވެދާނެ ހަދާނުން ނެތެނީ ކަމައްވެސް.
ބައެއް ފަހަރު ބައެއް ކަންތައްތަކުން ހަމަ ހަދާން ނެތޭ.
ތިޔައީމިހާރުމިޤައުގަމިއުޅޭ ގިނަޝޭޚުންނަށްއެއްވެސް މައްސަލައަކަށްނުވާނެ! އެޝޭޚުންނަށްމައްސަލައަކަށްވާނަމަ ކީރިތިމާތްނަބިއްޔާއަށާކީރިތިޤުރްއާނަށްފުރައްސާރަކޮށްބަޔާންނެރެ ފާޅުގައިކަންތައްކުރާއިރު ޙައްޤުބަސްނުބުނެއަތްޖަހާކަށްނުތިބޭނެ ލިބޭމާލީމަންފާއަށްޓަކައި ދީންވިއްކާޝޭޚުންނަށްބައިބޮޑުކުރުމަށް ހުރިހާކަމެއްވެސް އޯކޭވާނެ! ﷲއަށްބިރުވެތިވާންގޮވާއިރު ކުރާއަދިކުރުވާއަމަލުތަކުން؟؟؟؟؟؟؟؟؟؟
ތީޅަދަރީން ހަލާކު ކޮށް ‘ އިސްލާމްދީން ނެތިކުރާ މިނިސްޓަރު // ދެންބުނާނީ އެެއީ ހިސާބުފޮތޭ !!
އިސްލާމްދީނަށް ކުދިބަޔަކުގެ ތެރޭން މަދުކުއްޖަކު ލޯބި ޖެހިދާނެތީ ވެސް އެތިބެނީ މޭކަރަކަރާ. . ޤުރްއާން ދެކެ މިހާ ބިރުގަންނަ 'މުސްލމް' ތާކިހާ އެޅި ހަތުރުންނަށް މނިސްޓަރުކަން ދީގެން މިތިބެނީ އަތެއް ފަޔެއް ގުޑުވާނުލައި.
އިސްލާމް ދީނުގެ ޢަދުއްވުން އަދި 10 އަހަރަކަށް ނޫން 20 އަހަރަށް މި ލާދީނީ ބައިގަނޑު ބައިތިއްބަން ގޮވާނެ.
މި މުސީބާތެއްފަދަ ވެރިކަމުން އަޅަމެން ނަޖާކުރައްވާށި. އާމީން
އިސްލާމް ފޮތަށް، އިސްލާމް ފޮތޭ، ކިޔުނީ އޭގަ ގުރުއާނާއި ހަދީޘްތައް ހިމެނިފައިވާތީ،
ޢެއްގޮތަކުން މީ ގޯސކަމެކޭވެސް ނެއްބުނެވޭކަށް އެ ފޮތްތަކުގަ ގުރުއާން ލިޔެފަ އުކާފަ ހުރީމަ މާދެރަވޭ ނުވިތާކަށް ފޮތުގަ އޮތަސް ކިޔަވައިދެނީ މުސްހަފު ތަކުން ނޫނީ ޓެބުލެޓން. ގުރުއާން ލިޔެފަ ހުންނާތީ އުކާލަން ނުކެރިފަ ހުރި ގުރުއާން ފޮތާ އިސްލާމް ފޮތްތަށް މިހާރުވެސް އެބަހުރި ބައިވަރު
މި ގައުމު މިދަރަޖައަށް ވައްޓާލަން މަގުފަހުވާނޭ މަގުން ވޯޓުދީ މިސަރުކާރު ގެނައި ބަޔަކު ބޭނުންވީ ގޮތަށްތާ ކަންކަން ރޭވިހިނގަމުންދާނީ. އެކަމަކު ޔަގީން ކަށަވަރު ކަމަކީ ﷲ ގެ ރޭއްވެވުން މާމަތިވެރިވެ، ތަންފީޒުވެގެންދާނެކަން.
އިސްލާމް ފޮތުގައި ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުރެފައި އަހަރު ނިމުނީމާ އެފޮތް ކުނިގޮނޑަށް އެއްލާލާކަމީ ގުރުއާނަށް އިހާނެތިވުންކަމަށްވާއިރުވެސް އެގޮތަށް ފޮތް އެއްލާލާ މީހުން އަދި އެފޮތަށް ކުޑައިމީސްކުރާމީހުން ވަރަށް ގިނަ. ކަން އެހެން ހުރި އިރު އެފޮތުގައި ގުރުއާނުގެ އާޔަތްތައް ނުލިޔުނަސް ގުރުއާން ކިޔަވައިދޭން ގުރުއާން ފޮތް ބޭނުން ކުރަންވީ ނޫންތޯ. ގައިމުވެސް ޚަތިމް އެއްލާލާތަނެއް ނުފެނޭ.
ގްރުއާން އިސްލާމް ފޮތްތަކުގަ މިހާރު ހުންނަނީ އުމުރާނުގްޅޭ މާބޮޑެތި އެއްޗެހި ބޮޑެތިސޫރަތްތަކުގެ މާނަހިތްދަސްކުރަންޖެހޭ ގުރޭޑް 3،4 ގަ އުޅޭކުޑަކުދިންވެސް އަންގަޔަށްއަޅާދީގެން ކިޔުއްވިޔަކަސް އެކުދިންނަށް ކޯޗެއް މީގެންއެންގޭނީ މިކަންތަކާހެދި އަހަރެންގެ ދަރިވެސް އެންމެ ފޫހިވާ ދެސަބުޖެކްޓްމީ އަހަރެންގެ ދަރިވެސް ނުލާހިކް ރީތިކޮށް ބަލައިގެން ތަޖުއީދުން ފަރިތަކޮށް ޤުރުއާންކިޔަވާ އެކަމް ބޮޑެތިސޫރަތްތަތް މާނަޔާ އެށްކޮށް ހިތުދަސްކުރަންވީމަ އެކުދިންފޫހިވަނީ އަހަރެމެން ކިޔެވިއިރުމިކަންތައްގަނޑެއްނުޖެހޭ ވައްޅުހާއިން ތިރި ހިތުދަސް ކުރަންޖެހެނީ ޕުލީސް ޗެންޖު ދިސްތިންގްސް
ޑރ އިޔާޒް، މިއީ ވެސް ޔާމީން ގެ ސަރުކާރުން ޔާމީން ކުރިކަމެއްތޯ؟ ނޫނީ ކުރީ ސަރުކާރުން ކުރަން ނިންމާފައި އޮތްކަމެއްތޯ؟ މިކަން ސާފުކޮށްލަން ބޭނުން ވެއެވެ.
މިއިވޭ ވާހަކަތަކަކީ ހާދަ ބިރުވެރި ވާހަކަތަކެކޭ.
ޢަރަބިއްޔާ ސްކޫލު ވިރާނަވެގެންދާ ދޫކޮށްލާފަ. އާބާތުރަ ފިލުވުމުގެ އެއްވެސް ވިސްނުމެއް ނެތް.
ﷲ ކަލާމްފުޅު ކުދިންގެ ހިތްތަކުން ނެތިކޮށްލަން މަސައްކަތްކުރިޔަސް އެއީވާނޭ ކަމެއް ނޫން.
ކަންކަން ރަގަޅު ގޮތުގައި ކުރަން ނޭނގެންޏާ އެނގޭ ބަޔަކާ ޙަވާލުކޮށްފައި ވަޑައިގަންނަވާ.
މަންޖެ ބުނެބަލަ އިސްލާމްފޮތުން ގުރުއާނުގެ އާޔަތްތަށް ބަދަލުކުރީމަ އެފޮތްވާނެތަ އިސްލާމްފޮތަށް ބަލަ ދީނަކީއިސްލާމްދީން އެފޮތުގަވާނީ ދީނާބެހޭ ކަންތަށްތަކާއި ކީރިތި ރަސޫލާ މުހަށްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ ކީރިތި މޫރިތި ހަދީޝްތަށް އެބައިނެތްނަމަ އަހަރުމެން ތިޔަކަށް އިސްލާމްފޮތެކޭ ނުކިޔާނަން މަންޖެއާއި އެމްޑީޕީ މީހުން ތިޔަށް ކިޔާނެއެއްޗެއްކިޔާ.