ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެއެވެ.

މެންބަރު ހުސައިން ވަހީދު އަވަހާރަވެފައި ވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ކެންސަރުގެ އާލާސްކަންފުޅަކަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު ދެއަހަރެއްހާ ދުވަސް ވެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މެންބަރު ހުސައިން އަވަހާރެވެފައި ވަނީ މިރޭ 1:25 ހާއިރުއެވެ.

އާލާސްކަންފުޅާ ފަރުވާ ހޯއްދެވުމަށް އަހަރެއްހާ ދުވަހު ބޭރުގައި ގިނަ ދުވަހު އުޅުއްވުމަށް ފަހު މި އަހަރުގެ މާޗް މަހު މަޖިލީހުގެ ޖަލްސާއެއްގައި ވަނީ އޭނާގެ ހާލު ބެއްލެވި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެ ދުވަހު ވެސް އޭނާ ވަނީ މުޅިން ހާލު ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ.

"ބޭސްފަރުވާއެއް ކުރަމުން މިއަދު މި ހިސާބަށް އައިސް އަނެއްކާވެސް ތިޔަ އެންމެ ބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން އަޅުގަނޑު ހަމަ މާތްﷲ ސުބްހާނަހޫ ވަތައާލާ އަށް ހަމްދާއި، ޝުކުރުކުރަން،" ހުސައިން އެ ދުވަހުވިދާޅުވެފައި ވެ އެވެ.

އުމުރުފުޅުން 53 އަހަރުގައި ހުސެއިން އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ހުސެއިން އަވަހާރަވުމާއި ގުޅިގެން މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އެކި ބޭފުޅުން ގެންދަވަނީ އޭނާ އަށް ހެޔޮ ދުއާކޮށް، އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

ހުރިހާ ބޭފުޅުން ވެސް ފާހަގަ ކުރައްވާ ގޮތުގައި ހުސެއިން އަކީ އެންމެންނާއި ގުޅޭ، ވަރަށް ހެޔޮލަފާ ބޭފުޅެކެވެ.

ހުސެއިންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަޙުމަދު

    إنا لله وإنا إليه راجعون މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން

    83
  2. ޢަލީ

    މަރުހޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި . އާއިލާ އަށް ކެތްތެރިކަން ދެއްވާށި ، އާމީން

    73
  3. ޢެމް

    إنا لله وإنا إليه راجعون

    57
    1
  4. ފާ

    إنا لله وإنا إليه راجعون މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން

    55
  5. Anonymous

    إليه راجعون މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން

    12
  6. Anonymous

    Avas shifaaeh minvaru kurahvaashi eve Aameen

    6
    5
    • އަހުމަދު

      މަރުވެއްޖެޔޭ.......

      1
      1
  7. ޣ

    إنا لله وإنا إليه راجعون

    10
  8. ޢަބްދުލްމުހައިމިން

    إنا لله وإنا إليه راجعون މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި އާއިލާ އަށް ކެތްތެރިކަން މިންވަރުކުރަށްވާށި. އާމީން

    11
  9. ވ

    إنا لله وإنا إليه راجعون

    13
  10. Anonymous

    إنا لله وإنا إليه راجعون

  11. ނީޝް

    إنا لله وإنا إليه راجعون

  12. ހަސަނު

    إنا لله وإنا إليه راجعون

  13. ނޮން

    إنا لله وإنا إليه راجعون

  14. ގަލަން ތުނޑު

    إنا لله وإنا إليه راجعون

  15. ސަލް

    إنا لله وإنا إليه راجعون

  16. ޙ how

    إنا لله وإنا إليه راجعون