މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ތިން ޖަލެއްގައި ތިބި ގައިދީންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކަރެކްޝަން އިން ވިދާޅުވީ، ކޮވިޑްގެ އަލާމާތް ހުރެގެން ނެގި ސުންކު ތަކުން ހުޅުމާލެ ޖަލުން އެއް އޮފިސަރަކާއި މާލެ ޖަލުން އަށް ގައިދީއެއްގެ އިތުރުން މާފުށި ޖަލުން އެއް ގައިދީ އަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އަދި މިވަގުތު އިތުރު އޮފިސަރުންނާއި ޤައިދީންގެ ސުންކު ނެގެމުގެ މަސައްކަތް ކުރަމުންދަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ.

މީގެ ކުރިންވެސް މި ޖަލުތަކުގައި ގިނަ އަދަދެއްގެ ގައިދީންނާއި އޮފިސަރުން ކޮވިޑަށް ފައްސިވެފައި ވެއެވެ.

ޖަލުތަކުގައި ކޮވިޑް ފެތުރެމުން އަންނާތީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ހައި ރިސްކް ގިނަ އަދަދެއްގެ ގައިދީން ވަނީ ގޭބަންދަށް ބަދަލު ކޮށްފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ. ނަމަވެސް ގޭބަންދަށް ބަދަލު ކުރި ގައިދީންގެ އަދަދެއް ހާމައެއް ނުކުރެއެވެ.

މިދިޔަ މަހު ކަރެކްޝަނަލް ސާވިސް އިން ބުނީ ގޭބަންދަށް ބަދަލު ކުރި ގައިދީން އަނބުރާ ޖަލަށް ގެންދިއުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.