ދުނިޔެއިންވެސް މަދުން ނޫނި ފެންނަ ބައްޔެއް ކަމަށްވާ، ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ ހުންނަ ޏ. ފުވައްމުލަކަށް އުފަން ނުވަ މަހުގެ ޔޫނުސް ލަޔަކް ފަރާހުއަށް އެހީވުމުގެ ގޮތުން މިހާތަނަށް އެއް މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ އާއި އެކީ ދުނިޔެއަށް އުފަންވާ ކުދިންގެ ހަމުގެ ބޭރުގައި ހުންނަނީ ބޯ ހަންތަކެއް ލެވިފައެވެ. މިކަންކަމުގެ ސަބަބުން ކުއްޖާގެ ލޮލުގެ އެސްފިޔަތަކާއި، ނޭފަތާއި، އަނގައާއި، ކަންފަތް އަދި ކަންފަތްތަކުގެ ބައްޓަންތަކަށް އަސަރުކޮށް ދެފައިގެ މޫވްމަންޓް ލިމިޓް ކުރެވެއެވެ. ބޮލުގައި ރިހުން މަނާކުރުމުން ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.

ލަޔަކްއަށް ފަރުވާ ހޯދަން އެދި، އޭނާގެ މަންމަ ހައްވާ އުލާ އިބްރާހިމް ފޭސްބުކްގައި ޕޯސްޓެއް އާންމުކުރީ މީގެ ހަފްތާއެއްހާ ކުރިންނެވެ.

އުލާ "ވަގުތު"އަށް މިއަދު ބުނީ ދަރިފުޅަށް އެހީވާން އެދި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 1،002،300 ރުފިޔާ ލިބިފައިވާ ކަމަށް އުލާ ބުންޏެވެ. އަދި މިހާތަނަށް އެންމެ ގިނައިން މީހަކު ކޮށްފައިވަނީ 15،000 ރުފިޔާ ކަމަށް ވެސް އުލާ ބުންޏެވެ.

އާއްމުންގެ ގިނަ ބަޔަކު ލަޔަކްގެ ފަރުވާއަށް އެހީވާން ފައިސާ ހަދިޔާ ކޮށްފައިވާތީ އުލާ ވަނީ ހަދިޔާ ކުރި އެންމެންނަށް ޝުކުރު އަދާ ކޮށްފައެވެ.

"އަޅުގަނޑުމެން ހީނުކުރަން މިހާ ބޮޑު އަދަދެއް ލިބޭނެ ކަމަށް. ލަޔަކްގެ ފަރުވާއަށް އެހީ ދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އުލާ ބުންޏެވެ.

ލަޔަކް އަށް ފަރުވާ ހޯދަން އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ތައިލެންޑްގެ ބެންކޮކްއަށް ފުރުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އުލާ ބުންޏެވެ. ލައިކްގެ ބައްޕަ ވަޒީފާ އަދާކުރަމުންދަނީ ރިސޯޓެއްގައެވެ. އޭނާއަށް ޗުއްޓީ ހަމަޖެހެންވަނީ ޖެނުއަރީ މަހުއެވެ.

ލަޔަކްއާ އެކު މި ވަގުތު އުލާގެ ތިބީ ދެ ކުދިންނެވެ. އުލާ ކިޔައިދިން ގޮތުންގައި އެ ޑިސްއޯޑާ ހުންނަ ދެވަނަ ކުއްޖަކު ލިބުމުގެ ފުރުސަތުވެސް އޮންނަ އެނގުނީ ލަޔަކް އުފަންވި ފަހުން ކަމަށެވެ. ދަރިފުޅު އުފަންވި ދުވަހުން ފަށައިގެން ކުއްޖާގެ މަންމައާ ބައްޕަ ގެންދަނީ އޭނާއަށް ފަރުވާކުރުމުގެ މަސައްކަތުގައެވެ. މިއީ އެހާ އާންމު ބައްޔަކަށް ނުވާތީވެ ރާއްޖޭގެ ޑޮކްޓަރުންނަށްވެސް ބައްޔާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެކަމަކު އާސަންދައިން މިހާރުވެސް އެހީތެރިކަން ލިބެމުންދާ ކަމަށް އުލާ ބުންޏެވެ.

ލަޔަކް އެންމެ ތުއްތުއިރު ކާންދޭއިރު ހޮޑުލަވާތީވެ މިހާރު ކާންދެނީ ސިރިންޖެއް މެދުވެރިކޮށެވެ. ދަރިފުޅުގެ ވިހެއި ދުވަހުގެ ފޮޓޯއެއް "ވަގުތު" އާ ހިއްސާކުރުމަށް ފަހު އުލާ ބުނީ އެންމެ ތުއްތުއިރާ މިހާރާ އަޅައިބަލާއިރު، ވަރަށް ބޮޑަށް ބޭސް އުގުޅަމުންގޮސް ހަންތަކަށް ކޮންމެވެސް ވަރަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.

އުލާގެ އެކައުންޓު ނަންބަރު: 7730000205317

އިތުރު މައުލޫމާތު: ހައްވާ އުލާ އިބްރާހިމް: 9689122

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަމްދު

    އަލްޙަމްދުލިﷲ! ﷲ ގެޙަޟްރަތުން ލަޔަކް އަށް ފުރިހަމަޝިފާއެއް މިންވަރު ކުރައްވާށި! އާމީން

    120
    1
  2. ސަނައްޓޭ

    ހީކުރަން ޔުނާންއާ ރިހުލާއާ ދެމީހުން އެމީހުންގެ ދަރިއަށް ހޯދި ލާރިއަށް ހެދި ގޮތް ނުހަދާނެ ކަމަށް. ކާރެއް ގަނެލައިގެން ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް އާކޮށް ލިބުނު ލާރި އެހެން ކަންކަމަށް ހުސް ނުކުރާނެ ކަމަށް. ލަޔަކް ބޭބީއަށް އަވަސް ޝިފާއެއް ދެއްވާށި

    116
    6
    • މަ

      އޯކެެެ

      5
      1
  3. ދިވެހިން

    ދީލަތިކަމުގެ ނަމޫނާ!!

    27
  4. މުފައްކިރު

    ސަރުކާރުގެ ދައުރަކީ ކޮބާބާ؟ ޢާއްމުން އެހީވިޔަސް ސަރުކާރުގެ ދައުރެއްވެސް އޮންނަން ވާނެ.

    27
    1
  5. ހުވަދޫ އަލިބެއްޔާ

    ޖެނެޓިކް ކަންކަމަކީ ބޭހަކުން ފަރުވާ ކުރެވޭނެ ކަންކަމަށްވުރެން ދުރުގަ އަދި އޮތް ކަންކަން.. އަޅުގެ ދުޢާ އަކީ ދަރިފުޅަށް ހެޔޮ ސިއްޙަތެއް މިންވަރު ކުރެއްވުން..

    19
  6. ކޮވިޑް

    އަލްޙަމްދުލިﷲ! ހޮތްފަޅައިގެންދާ ވަރު ވޭ ލޯބި ލޯބި ލަޔަކް ބޭބީ ފެނުނީމަ. ﷲ ގެ ހެޔޮ ރަޙުމަތާ އެކު ލަޔަކް ބޭބީ އަށް އަވަސް ޝިފާ އަކަށް އެދެން. އާމީން