އައްޑޫ ސިޓީގެ ފޭދޫގެ ދެ މިސްކިތަކަށް މީހަކު ބޮޑުކަމުދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ބޮޑު ކަމުގޮސްފައި ވަނީ ފޭދޫގައި ހުންނަ މަސްޖިދުލް އަމާން މިސްކިތަށާއި މަސްޖިދުލް ނަސްރިއަށެވެ. އެކަން އެނގުނީ ރޭ ފަތިހު އެދެ މިސްކިތަށް ދިޔަ ބަޔަކަށެވެ.
ބޮޑުކަމު ގޮސްފައި ހުރީ މިސްކިތުގެ އިމާމް ނަމާދު ކުރަން ހާއްސަ ތަނަށެވެ. ބޮޑު ކަމު ދިއުމަށް ފަހު، އޭގެ މަތީގައި މުސައްލަ ބާއްވާފައިވާ ކަމަށްވެއެވެ.
މިސްކިތަށް ބޮޑުކަމު ދިޔަ މީހާ، އެވަގުތު މިސްކިތުގައި ތިބި މީހުން ކައިރީގައި ބުނެފައި ވަނީ އޭނާ އެގޮތަށް ކަންތައް ކުރީ "ޝައިތާނާ" ބުނެގެން ކަމަށެވެ. ދެ މިސްކިތަށް ވެސް ބޮޑުކަމު ގޮސްފައި ވަނީ އެކަކު ކަމަށްވެއެވެ. މިސްކިތަށް ބޮޑު ކަމު ދިއުމުގެ އިތުރުން މިސްކިތް ހަޑިކޮށް ގެއްލުންތަކެއް ވެސް ދީފައިވާ ކަމަށްވެއެވެ.
ފޭދޫގެ ދެ މިސްކިތަކަށް ބޮޑުކަމު ދިޔަ މައްސަލައެއް ފެންމަތިވި އިރު، ރައީސް އޮފީހުގެ ދޮރުމައްޗަށާއި، ހުކުރު މިސްކިތަށާއި، އިސްލާމީ މަރުކަޒަށާއި، ޖުމްހޫރީ މައިދާނަށް ގަސްތުގައި ކުޑަކަމުދިޔަ މައްސަލައިގައި މީހަކު ވަނީ ޖަލަށްލައިފައެވެ. އެމައްސަލައިގައި ޖަލަށްލީ މ. ޝޭޑީހޯމް، ހަސަން ޒިޔާދުގެ މައްޗަށެވެ.
ސިހުރު ހަދާ މީހަކަށް ވެސް ވެދާނެ.
ދިހަވަރަކަށްްފަހަރު ތަކުރާރުވަންދެން އަޅާނުލާ ފޮޓޯނަގަނަގާތިބޭ !!
ހަމައެކަނި މީހުންގެ ބޮޑުކަމުދާތަކެތި ގައިގަ ހާކައިގެން ނޫނީ ރަނގަޅު ނުވާނެ ނުރައްކާތެރި ބައްޔެއް އޭނާއަށް ޖައްސަވައިފިއްޔާ؟؟
އޭނާ އެއީ ޝައިތާނަކީ، ރައްޔިތުން ނުކުމެ، ރަގަޅަށް ހުކުމްކޮށް ހައްގު އަދަބު ދޭންވީ. މިފެންނަނީ ދުވަހަކުވެސް މިޤައުމުން ފެނުނު މަންޒްރެއްނޫން. ޝެއިޚް އެކޭ ބުނާ ޖހލކ މިހުރީ ހޯމް ހިންގަން،
ލާދީނީ ސަރުކާރެއް ވީމަ މިހުރިހާ ކަމެއް ހުންނާނީ މެކުހުގަ، މިސަރުކާރުގަ ވަނީ މިސްކިތުގެ ހުރުމަތް ކެޑުން މުކުހަށް ޖަހާފަ
ތީހަމަ ގަސްތުގާ އެނގިހުރެ ރޭވިގެން މިސަރުކާރާ އިންޑިއާ އަޑީގަ އޮވެގެން ދިވެހިންތިބީ ކޮންގޮތަކަށް ބަލަންކުރާކަމެއް
މީ ބަރާބަރު ކޮމެންޓެއް
ޝައިތާނާ ކުއްވެރިކޮށްފަ ސަލާމަތްވާނެ ކަމަށް؟؟؟
ކަންކަން މިދަނީ ގޯހުން ގޯހަށް. ނުބައި ނަތީޖާތަކެއް ނިކުމެދާނެ ކަންކަން މިހިނގަނީ. މުޖުތަމައުގެ ރައްކަލަކަަށްްވުރެ މިމީހުންގެ ރައްކަލަކަށް މިމީހުން ހައްޔަރުކުރޭ.
މުޅިން ވެސް ރާވައިގެން ހިންގޭ ޓެސްޓްތައް. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ބައިމީހުންގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާންދޭވެ. އާމީން
ތިޔައީ ލާދީނީ ބޮޑުން އަޑީގައި ތިބެގެން ލާދީނީ މީހުން ލައްވާ ކުރުވާ ލާދީނީ ކަންކަން. އިރާދަކުރެއްވިއްޔާ ނިކަން ނަޖިސް ގޮތަކަށް ލާދީނީ މީހުންގެ ކަންތައް ނިމިގެންދާނެ.
އެމްޑީއެން އިން ކުރުވާ ކަންތައް
ބޮޑަށް ވައްތަރީ ސަރުކާރު ބަލިކަށިކުރަން އިދިކޮޅުން ކުރާކަމަކަށް.
ސަރުކާރު ބަލިކަށި ކުރުވަން އިދިކޮޅުން ކުރާ ކަމެއް ވިއްޔާ ކީއްވެ އެކަން ކުރާ މީހުންގެ މައްސަލަ ނުބަލަނީ.. އެމްޑީއެން މީހުންނަކީ އިދިކޮޅު މީހުން ދޯ؟ ޤުރުއާން އުނިކުރަން ސިޓީ ފޮނުވީ ވެސް އިދިކޮޅު މީހުން ދޯ؟ އެހެންވީމާ ޞާލިޙް ބެއަކީ ވެސް އިދިކޮޅު މީހެއް..
ﷲމޮޅަށް ދެނެވޮޑިގެންވާނީ.. އަ އްޑޫ ރަ އްޔިތުންނަ ތަރަ އްގީފެންނަން ފެށީ..ރާ އްޖެ ހަލާކުވާކަށްނެތް ހަލާކުވެ އްޖެ..ދުނިޔޭގެ ވަގުތީ މަންފާ އަށް ދީނާ ގަ އުމު ވި އްކާފި.. އިންޑިޔާގެ އަތެ އްނެތި ތިކަމެ ނުހިގާނެ...ފަ އިސާ އަ އްޓަކާ ތިމާމެން ހޭބު އްދިފިލީމަ ދީނެ އު އްމަތެ މި އްލަތެ އަމަޔެ ބަފަޔެ އް ވަކިނުވާ ދަރަޖަޔަށްމިތިބީ ގޮ އްސަ.. އަ އްޑޫ ރަ އްޔިތުންގެ ވާޖިބެ މިހާރު ހުރިހާ ރަ އްޔިތުން ނުކުމެ އިންޑިޔާ ސިފަ އިންބޭރުކުރަން ނުކުންނަންވެ އްޖެ...ތިމާމެންގެ އަމި އްލަ ގެދޮރުން ނެރެނުލަސީ އަ އްޑޫ ސަލާމަތްކުރަން..ﷲ އަށް ބިރުވެތިވޭ އާ އްމުވެގެންވާ ކޯފާ އެ އް ނާންނަނީސް..
މިހާރު މިދަނީ އަތުނުޖެހޭ ހިސާބައް، މިފަދަ ލާދީނީ ވެރިކަމެއް އޮތަދީގެންނުވާނެ، ދައުލަތް ނުހިންގޭތާގައި އަމަންވެސް ނުބެލެހެއްޓުވޭ.
ތިޔަ ކަމުގެ އަޑިގަ ހުރި ބަޔަކު ހޯދަން ޖެހެ އެވެ. އެމީހުންގެ މައްސަލަ ބަލާ ތަހުގީގު ކުރަން ވީ އެވެ. އަޑީގަ ބަޔަކު އުޅޭހެން ހީވެ އެވެ. ކުރީގަ ވެސް ރާ ބޯ މީހުނާ ޑަރަގްސް ބޭނުންކުރާ މީހުން އުޅެ އެވެ. މިކަހަލަ ކަންކަން ނުކުރެ އެވެ.
މިއީ ރޭވިގެން ލާީނިސްޓުން ހިންގުވާ ޖަރީމާ.ސިޔާސީ ބަޔެއް ބާރާއި ނުފޫޒުން ހިންގޭ ބޮޑޫވެގެންވާ ޖަރީމާއެއް.މިކަމަށް ފިޔަވަޅުއަޅަން ރައްޔިތުންނަށް މަޖުބޫރު ނުކުރޭ ސަރުކާރު.
ސުބްހާނަﷲ.
އެމީހާގެ ފޮޓޯއާއެކު ހާމަކުރޭ
އެޖެންޑާ 19 ރީތިކޮށް ތަންފީޒްވަމުން މިދަނީ ބަޔަކު
މިކަމުގެ އަޑީގަ އި ތިބެގެން ރޭވުންތެރިކަމާ އެކު ޕްލޭން ކުރެވިގެން ކަމަށް ބެލެވެ އެވެ މި އީ ވަރަށް ބިރުވެރި
ނުރައ އްކާތެރި ބަދަލަކަށް ރާ އއްޖެ ފޮރޮޅާލުމުގެ ތެރެ އިން
ހިންގާޖަރީމާ އަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ މިބާވަތުގެ
ކަންކަން ފުނަށް ތަހްގީގުކޮށް، އަޑީގަ އި ފޮރުވިގެންތިބި
ބަޔަކުނެރެ ހާމަކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
ސަރުކާރަށް ކަމެއްކުރެވޭނީ 100 ދުވަސްވެގެންނު! ދުވަސްހަމަވީމަ ބަރިބަރިޔަށް ޙުކުމްކުރާތީފެންނާނެ! އިންތިޒާރުކޮށްލަށްވާ! 100 ދުވަސްހަމަވާއިރަށްކުރަންޖެހޭ ހުރިހާކަމެއްބާރަށްކުރިއަށްދާތީނުފެނުމަކީ ސިކުނޑިތަރައްގީ ނުވެތިބީމަފެންނަގޮތެކެވެ.
މިސްކިތަށް ގެއްލުންދީ ހުރުމަތްކެނޑުންފަދަ މިކަހަަލަ ކަންތައްތައް މިސަރުކާރު އައިފަހުން މިވަނީ މެކުހުގައި. މީ ގަސްތުގައި ބަޔަކު އަޑީގައި ތިބެގެންރާވައިގެން ހިންގާ ޖަރީމާ! ބޭނުމަކީ މިސްކިތުގެ ހުރުމަތްކަޑައި ގެއްލުންދިނުން ނޯމަލައޒްކުރުން. މާބޮޑުކަަމެއްކަމަށް އާންމުން ނުދެކި އަޅާނުލާ ދޫކޮށްލަންދެން މިފަދަ ގެއްލުންދީ އޭގެފަހުގައި ސެކިއުލަރިޒަމް މިތަނަށް ގެނއުން. ތީގެ އަޑީގައި އުތެމާ، ޝަހިންދާ އަދި މިހާރުގެ ސޕީ ވެސް ހުރެދާނެ. މިމިހުންނާ ގައުމު ހަވާލު ކުރީމަ ވާނެ ހައެތި މިވަނީ! އަހަރެމެންގެ ކެތްތެރިކަން މިހާރު ކޮޅުންލާހިސާބަށް މިދަނީ!
ރައްޔިތުން ނިކުމެ މިކަންވީ. ޢެނޫންގޮތެއްނެތް!
މިސްކިތުގެ ވެރި ފަރާތަށް ނުވީތަ ކަލޭމެން ނުކުންނަން ޖެހުނީ؟
އަނެއް ދިވެހިރާއްޖެގެ ބޮޑުމަންޒަރު ޖަޒީރާ ދިރިއުޅުމުން ފެއްނަމުން މިދަނީ އަދި އިންޑިޔާގެ ބިޔަ މަޝްރޫޢުތަކައި ދީލަތި އެހީތަކުގެ ފައިދާ މިސްކިތްތަކުން ފެނިގެން މިދަނީ!!!
އެބުނާ ތިލަފަތަށް ހަމަހަމަ ކުރުމުގެ ސިޔާސތުގައި ކުލަޖެހެމުން މުދަނީ!!!
ލޮލް ތިވާނީ ރައިސް ޔާމިނު ރާވާ ހިންގާ މަޝްރޫއަކަށް
މިއީވެސް ކުރީ ސަރުކާރުން ކަންކަން ކުރި ގޮތުންތޯ މީހުން މިސްކތުގެ ޙުރުމަތް ކަނޑަނީ.
ޢިސްލާމް ފޯބިއާރް ހަރަކާތް ހިންގާ ހިންދޫ ގުރޫޕްތަކެއް އެބައުޅޭ އަވައްޓެރި ޤައުމުތަކުގައި ދިވެހިން ވިސްނާލަންވާ!
ވޭންދެނިވި ގަދައަޒާބު ދުނިޔެމަތީގައިވެސް ދައްކަވާނދޭވެ. އާމީން
އެހެންޏާ ވެސް ޑުރަގު ބޭނުން ކުރާ މީހުން އުޅޭ އެކަމު މި ވައްތަރަށް އުޅޭ ތަނެއްނުފެނޭ... ލަފާ ކުރެވޭ ގޮތުގަ ބަޔަކު އަޑީގަ ތިބެގެން ޓެސްޓެއް ކޮއްލަނީ.. ދިވެހިން ދީނީ ކަންކަމާ މެދު ކިހާވަރަކަށް ޝައުގުވެރިކަން ހުރިތޯ ބަލަން ވެގެން.
މިިސްކިތުގެ ހުރުމަތް ކަނޑާލި މީހާ ފުލުހުންނަށް ހަވާލު ކުރަންވާނީ އާއްމު ރައްޔިތުން ނުކުމެ އެ ޝައިތޯނާ ރަށުގަ ގަނުހިންގުވާފަ.
މާތްކަލާކޯ މި ގައުމެއްވާ ނެތް މި ލާދީނީ ބައިގަނޑާ ހެދި އާމުވެގެންވާ ކޯފާއެއް ނުފޮނުއްވާނދޭ އާމީން
މިވެރިން ރާވައިގެން ތިޔަކަހަލަ ކިތަންމެ ޖަރީމާއެއް ހިންގާނެ.. މުޅިންވެސް ޓެސްޓްތައް..
ޔާމިނު ބޮޑުވަގު ބުނެގެން އުޅޭ ގޮތެއް