މާލޭގައި މިއަދު ހެނދުނު މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:21 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަނިޔާވެފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ އަށް ހަމަލާ ދިނީ ކޮންއެއްޗަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުންނެވެ. ހަމަލާ ދިން ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ވެސް ހުއްޓެވެ.

މިމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އަދި މިހާތަނަށް މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރިކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖާނޭ

    ތިވާނީ ކުރީ ސަރުކާރުގެ ކަމަކަށް. މިމީހުން ބުނާނީ އެއީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުންވި ކަމެކޭ.

    15
  2. Anonymous

    ބޮޑު ބޮސް ޖަލުން ނިކުންކަން އެގިލައިފި

    1
    7
    • Anonymous

      ނޫނޭ މީގެ ކުރިން ނެތް ރަށުތެރެއަކު ޖަރީމާއެއް ހިނގާފައެއް

      2
      1
  3. ކާފަރު ޖިންނި

    ފަތިސް ނަމާދުން ފައިބައިގެން ގޮސް ކޮށްލި ކަންތައް

  4. މިީ

    މިކަން ހުށްޓުވުމަށް ޓެކްސް ފައިސާ އިން ބޮޑު އިންސައްތަ އެެށް ހަރަދު ކުރޭ .. މިކަމާ ހަވާލު ޥެއުޅޭ ބަޔަކުވެސް އުޅޭ

  5. ޖުއްބާ

    ފުލުހުން އެބައުޅޭ ޕީޕީއެމް އޮފީސް ވަށާލައިގެން. ވަރިހަމަ މާލެތެރޭ މީހުން މަރަމަރާފަ މަތިމަތިން އުކިޔަސް.