އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެފައި ނުވާތީ އާއި ރައީސް އޮފީހަށް އެ ސްކޫލްގެ މައްސަލަތަކާއި ގުޅޭގޮތުން ހުށަހެޅި ސީޓީތަަކަށް ޖަވާބު ލިބިފައި ނުވާތީ އެސްކޫލްގެ ބެލެނެވެރިންނާއި ސްކޫލްގެ ޕީޓީއޭއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީސް ދޮށަށް ދާން ނިންމައިފިއެެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ވަރަށް ބޮޑަށް ވަނީ ރެނދުލައިފައެވެ. އެހެންވެ ބެލެނިވެރިން ގެންދަނީ އެސްކޫލަށް ދަރިވަރުން ފޮނުވަން ޖެހިލުންވާކަން ހާމަކުރަމުންނެވެ. މިގޮތަށް ބެލެނެވެރިން ހާމަކުރުމާއި ގުޅިގެން އެ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި ހުޅުމާލޭގައި މިހާރު އަޅަމުންދާ ސްކޫލެއް އަރަބިއްޔާއަށް ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ.

އަރަބިއްޔާ ސްކޫލް - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މިކަމާއި ބެލެނެވެރިން ދެކޮޅެވެ. ބެލެނެވެރިން ބުނަނީ އިއްޒުދީން ސްކޫލާއި، މި ސްކޫލަކީ ދެ މީޑިއަމްއަށް ކިޔަވައިދެމުންދާ ސްކޫލަކަށް ވާއިރު، އުނދަގޫތަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި އެ ސްކޫލްގައި އަރަބިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ކިޔަވާދޭނެ ޖާގައެއްވެސް ނުހުންނާނެ ކަމަށް ބެލެނެވެރިން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މިގޮތަށް ނިންމުމާއި ގުޅިގެން އެ ސްކޫލްގެ ބެލެނެވެރިންނާއި ޕީޓީއޭއިން ވަނީ ރައީސްއާ ބައްދަލު ކުރަން ބޭނުންވާކަަމަށް ބުނެ އަންނަ އާދީއްތަ ދުވަހު ރައީސް އޮފީހަށް ދިއުމަށް ނިންމާފައެވެ.

މިއަދު ބޭއްވި މުޒާހަރާއަށްފަހު މީޑިއާއާ ބައްދަލުކޮށް ވާހަކަދެއްކި އެ ސްކޫލްގެ ޕީޓީއޭގެ ނައިބް ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު، ރައީސްއާ ބައްދަލު ކުރުމަށް ދިއުމަށް މިހާރު މަޖުބޫރު ކުރުވާފައިވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ އަޑެއް ނޭއްސެވި".

އަރަބިއްޔާ ސްކޫލްގެ ބެލެނެވެރިންނާއި، ޕީޓީއޭގެ ބައެއް ބޭފުޅުން - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އޭނާ ވިދާޅުވީ، އެ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީގެ މަގާމަށް އައްޔަންކޮށްފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއާ ބައްދަލުކޮށްފައިވާނެ ކަމަށެވެ. އޭނާއާ ބައްދަލުކުރައްވާ މާލެއިން ބިމެއް އަރަބިއްޔާ ސްކޫލަށް ދިނުމަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ތި ހުށަހެޅުންތައް، ރައީސްއަށް އަދި ނައިބް ރައީސްއަށް ދަންނަވާނަމޭ، އެހެންވީމަ އަޅުގަނޑުމެން ރައްޔިތުން ދެކޭނީ އަޅުގަނޑުމެންގެ ވެރިންނަށް ތިއްބަވާ ފަރާތްތައް އަޅުގަނޑުމެންނަށް ބުނާ ބަހުގެ އިތުބާރު، އަޅުގަނޑުމެން އުއްމީދު ކުރަނީ ރައީސްއާ ހަމައަށް ރައްދުކުރައްވާފައިވާނެ ކަމަށް". ޝާދިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާތަނަށް ރައީސްއާ ބައްދަލު ކުރުމަށް ރައީސް އޮފީހަށް ހަތަރު ސިޓީއެއް ވަނީ ލާފައެވެ. އެހެން ނަމަވެސް އޭގެން އެއްވެސް ސިޓީއަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އާދީއްތަ ދުވަހު ދާނަން ރައީސް އޮފީސް ދޮށަށް، އަޅުގަަނޑުމެން ދާނީ އެ ސިޓީގެ ޖަވާބު ހޯދަން، މަޖުބޫރު އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކުދިންގެ ހައްގުގައި". ޝާދިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ނިކުންނަނީ އެ މީހުންގެ ގެދޮރު ހޯދަން ނޫން ކަމަށާއި، 800 ކުދިންގެ ހައްގު ހޯދުމަށް ކަމަށެވެ.

މީގެ ކުރިންވެސް އަރަބިއްޔާ ސްކޫލަށް މިފަދަ މައްސަލަތަކެއް ދިމާވުމާއި ގުޅިގެން 2012 ވަނަ އަހަރު ތެރޭގައިވެެސް އެ ސްކޫލްގެ ބެލެނެވެރިންތަކެއް ވަނީ ރައީސް އޮފީސް ދޮށުގައި މުޒާހަރާކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ސސ

  ސަރުކާރުތަކުގެ ޢަމަލު ހުންނަގޮތް ނިކަންބަލާބަލަ، މަޖީދިއްޔާ ދެބައިކޮށްލާފަ ދަރުމަވަންތަ އުފައްދާ މަޖިދިއްޔާގެ ބާއިމާރާތަށް ދަރުމަވަންތަ ބަދަލްކޮށް އެތަން ބާވެގެން ތަޅާލަން ވެގެން ދަރުމަވަންތަ ވަގުތީ ތަނަކަށް ބަދަލްކޮށްފައި ވަނިކޮށް ދަރުމަވަންތައަށް ބޮޑުބިމެއްދީ ބޮޑުކޮށް އަޅަމުންދަނީ، އެކަމަކު ޢަރަބިއްޔާ ހުރިބިން ނަގާފަ އެޔަށްވުރެން ކުޑަތަނެއްގައި ބިލްޑިންގެއްހަދާފަ މާގިނަދުވަހެއްނުވެ އެތަންވެސް ތަޅާލަން ޖެހި ސުކޫލް ހިންގާނެ ގޮތެއްނެތި ދަރިވަރުން މަގުމަތިވަނީ ! މާލޭސިޓީ ކައުންސެލްގައި ހުރި ބިންތަކުގެ ތެރެއިން ބިމެއް އަރަބިއްޔާ ހިންގަން މިވަގުތު ދިނުމަކީ މައްސަލަ ހައްލުވާނެ ގޮތެއް!

  49
  2
 2. ލަމަ

  މި ސްކޫލް މަރާމާތު ކޮށްލެވޭހާ ލާރި ސަރުކާރުގަ ނެތީތަ؟

  19
  2
 3. ދާނިޝް

  އަރަބިއްޔާ ސްކޫލަށް ރަގަޅު އިމާރާތެއް ދީ

  28
  1
 4. މުރާސިލް

  ސާބަހެވެ. ހިތްވަރު ކުރައްވާށެވެ. އާދީއްތަ ދުވަހު ތިޔަ ބޭފުޅުންނަށް ހިތްވަރު ދިނުމަށް ﷲ އިރާދަކުރެއްވިއްޔާއި އަޅުގަނޑުވެސް ދާނަމެވެ.

  31
  2
 5. ބަޑަންޑޫ

  ބެލެނިވެރިން އުޅޭ ސްކޫލެކޭދޯ ރަގަޅު އެއްގޮތެއްވެސްނެތް މިމީހުންނަކަށް

  2
  7
 6. ޓުކުރީ

  މި ސަރުކާރަކީ ފެއިލް ވަމުން ގޮސް ރަތް ރޮނގުވެސް ފަހަނަޅާފައިވާ ސަރުކާރެކެވެ. ޢެންމެ ބޮޑަށް މިމަންޒަރު ދައްކުވާދޭ މުވައްސަސާއަކީ ތައުލީމާބެހޭ ވުޒާރާައާއި ވަޒީރުންނާއި ދެބްވެސްތިބިނަމަ ތިބި ބައެކެވެ. އެޑިއުކޭސަންގެ ރަންޒަމާނަކީ އައިސްތު ޝިހާމް ހިންގެވި ހަރުދަނާ 5 އަހަރެވެ. 5 އަހަރުތެރޭވެސް އެއްވެސްކަމެއް އުނބަށް ޖަހާފަނުވޭ. ދެންވެސް މިނިސްޓަރ އައިޝާވެސް ދީނީ ކަންކަމުގަ ލަފާދޭ މަޖިލިހަކުން ކަންކަން ނިންމަވާށެވެ. ނިންމެވުމަށްފަހު އެގޮތުގައި ދެމިހުންނާށެވެ. ދެބޯގެރި ނުދުއްވާށެވެ. މިސާލު، އިސްލާމް ފޮތުން އާޔަތަށް ރިފަރެންސް ދީފަ އާޔަތް ނެތި ތަރުޖަމާ ހިމެނުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެއީ އެކަން ކުރެވިދާނެގޮތެކެވެ.

 7. ބަލަމާ

  ލާރިގަޑު ކާލައިގެން އަޅާދިން އަރަބިއްޔާއަށް މިވީއަދި 10އަހަރު. އަހަރުމެން ކުޑައިރު އަމީނިއްޔާގެ އިމާރާތްތައް ްްއަދި ތަޅާލީއެ. އޭރު އިނާރާތް ކުރަން ދޭ ލާރިގަޑު ކައެއްނުލާ. ކޮންމެވެސް ނޫހެއްގެ ފަލަ ސުރުިީގަ އޮއްވާދުށިން އެ.ޑީ.ޕީ މަޖިލިސް މެމްބަރެއްގެ ފިރިމީހާ ހިއްސާވާ ކުންފުނިއަކުންނޯ އަރަބިއްޔާ ހެދީ. އޭރު އެއީ އެމް.ޑި. ޕީ ސަރުކާރު