އިންޑިއާ ސިފައިން ރާއްޖޭގެ ނޫސްވެރިން ބަންދު ކުރުމަށް އަންގަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ކ.ތުލުސްދޫ އަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ރައްޔިތުން ބޭނުން ނުވާ ކަމަށާއި މިފަސްގަނޑުގެ އިންޗެއް ވެސް ބޭރު ބަޔަކަށް ދޭން އެއްވެސް ދިވެއްސަކު ބޭނުން ނުވާ ކަމަށެވެ.

އިންޑިއާ ސިފައިން މިގޮތަށް އައިސް ތިބުމަކީ ނުރައްކާތެރި ބިރުވެރި އަދި ނާތަހުޒީބު އަމަލެއް ކަމަށާއި އެއީ ރަހުމަތްތެރިކަމަކާއި ދޭތެރޭ ކަންކަން ކުރަން ޖެހޭ ގޮތެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ސަރުކާރުގެ ފަރާތުން މިހާރު ރާއްޖޭގެ ދާހިލީ ކަންކަމަށް ބާރު ފޯރުވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ނޫސްވެރިން ބަންދު ކުރަން އަންގަމުން އެބަދޭ. އަދި އަޅުގަނޑުމެންނަށް އެކި އެކި ފިއްތުންތައް މެދުވެރި ކުރުމަށް މި މަސައްކަތް ކުރަނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއަކީ ރާއްޖޭގެ އަވަށްޓެރި ގައުމެއް ކަމަށާއި ދިވެހިންގެ ކަންކަން ކުރުމަށް އިންޑިއާއަށް ބަރޯސާވާ ކަމަށް ރައީސް ޔާމީން ވިދާޅުުވިއެވެ. އެހެން ނަމަވެސް އެއީ އެއްވެސް ގޮތަކަށް ދިވެހިންގެ މިނިވަން ކަމާއި ދީން ނެތިގެން ދިއުމަށް ފުރުސަތު ދީގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް އޭ ކިޔައިގެން ދިވެހިން ނުކުތީމަ މި ސަރުކާރުގެ ވެރިން ދައްކަމުން އަންނަނީ އިންޑިއާ އައުޓް ނުކިޔޭނެ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅުން ކުރިއަށް ގެންދާ އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގައުމު

  މިއީ ކަޝްމީރެއްނޫން. އިންޑިޔާއިން ބޭނުންހާ ގޮތެއްނުހެދޭނެ. އިބޫ އެންމެރަގަޅީ އިސްތިއުފާދީފަ ދިއުން ތިހިރީ ރަގަޅައް މަޅީގަޖެހިބާރުވެފަ. ދެންޖެހޭނީ އަމިއްލަގައުމުގަތިބި އާއިލާމީހުންވެސް އެމީހުންބުނެފިއްޔާ ހަވާލުކުރަން. ވިސްނިއްޖެތޯ.

  38
  3
  • ނިކަ

   އިންޑިޔާއިން ކީއްކުރަން ބަޔަކު ބަންދު ކުރަން އަންގަންވީ؟؟ މި ޤައުމުގަ ރޯގެ އޭޖެންޓުން ބައިވަރު އުޅޭކަމަށް އަޑު އަރާފަ އޮންނަނީ.. އެމީހުން ބޭނުން ވަގުތަކު މިޝަންއެއްޖައްސާފަ ނިޒާމުން ގެއްލުވާލަންވެސް ކަމެއް ނޫންތާދޯ؟؟

   4
   4
 2. ކަރުނަ ފޮދު

  އިބޫ މިހާރު ވ ރޯނެ. އެއިރުވެސް މަބުނިން އިބޫއޭ ތިއެއްޗެހީގަ ތިގޮތައްސޮއިނުކުރާށޭ ތި ލިޔެފަހުރީ އިގިރޭސިން ވިޔަސް ތިލިޔުންތައް ކިޔަންއެގޭމީހަކުލައްވާ ރަނގަޅައްބަލާށެ. އިގިރޭސިބަސް ރަގަޅައްނޭގޭކަން ފަޅާއެރިޔަސް ފަހުން މާދެރަގޮތެއް ކުރިމަތިވެދާނެޔޭ ތިމީހުންނަކީ ވ މަކަރުވެރި ބަޔެކޭ. މީހުންދޭނަސޭހަތް އަޑުނާހާތީ ވާގޮތް ތިޔައީ. މިހާރުދެން ނުނިދިން އުޅޭނެކަމރއްނެތް. ދެން ސިއްކީމު ވާހަކަ ކިޔާލައިގެން ހިންހަމަ ޖައްސާލާ.

  12
 3. ބިރުވެރިވަގު

  ނޫސްވެރީން ހައްޔަރުކުރަން ދަސްކޮށްދެވޭނެ މީހަކަށް މިގައުމުގައި ތިބީ ކަލެއާއި މައުމޫނު. ދުަވަހަކުވެސް ހަދާން ނުނެތޭނެ ބޮޑުވަގެއްތީ.

  6
  21
  • Anonymous

   ޔާމީނު ޖަލުން ސަލާމަތްވި ދުވަހުންފެށިގެން މިސަރުކާރުގަ ތިބިމީހުން ތުރުތުރު އަޅަން ފަށައިފި

   18
   3
 4. ކޮއްޔާ

  އިންޑިޔާ އައަުޓް / އިންޑިޔާ އައުޓް // މިދިވެހި ފަސްގަނޑުން އިންޑިޔާ ސިފައިން ބޭލޭނެ ދުވަސްފެންނާނެ އިންޝާﷲ //

  15
 5. މެޒީ

  ތިވާހަކަދަށްކަން ތާހިރު ވަގެއްތީ

  3
  12
 6. Anonymous

  ޔާމީނު ޖަލުން ސަލާމަތްވި ދުވަހުންފެށިގެން މިސަރުކާރުގަ ތިބިމީހުން ތުރުތުރު އަޅަން ފަށައިފި

  13
  1
 7. އާދަމްބެ

  ހަޖަމްވިޔަސް ނުވިޔަސް ޗިސްޗިސްކޮށްލިޔަސްއިންޑިއާއައުޓު
  ކިޔާނަން