ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެމްބަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސައިިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސިޔާދު ހަމަޖައްސާފައި ވަނީ ނޮން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިވަގުތު ހަ މެންބަރުން ތިއްބަވައެވެ.

އެމްއޭސީއެލްގެ ބޯޑު މެމްބަރުން

  • މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) - ޗެއާމަން
  • އިބްރާހިމް ނޫރައްދީން - ޑިރެކްޓާ
  • ޑރ. އިބްރާހިމް މަހަފޫޒް - ޑިރެކްޓާ
  • އައިޝަތު އަރުޝާ - ޑިރެކްޓާ
  • އަހުމަދު އިމާން މޫސާ - ޑިރެކްޓާ
  • ސިޔާދު ގާސިމް - ޑިރެކްޓާ

ސިޔާދު މިހާތަނަށް ހުންނެވީ ވިލާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެގްޒެކެޓިވް ބޯޑް މެންބަރުކަން ކުރައްވައިފައެވެ.

  • އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ސިޔާދު އައްޔަން ކުރެއްވި އިރު އެކުންފުނީގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ވަނީ މިދިޔަ މަހު މަގާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އުގުރި

    އެބޭފުޅުންގެ އައި ނުވަތަ ބޯ ނުކޮފާ ތަނެއް ނުހުއްނާނެ މި ދިވެހިރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ދަރިން މިތަން ތަނައް ލީމާ މަސްލަހަތު ގެއްލޭނީ

    18
    1
  2. ނަނަނަ

    ގާސިމް ދަރިއެކޭ؟ ތީ ގާސިމް ދަރިއެއް ނޫން.

    5
    8
  3. ޢިއްތިހާދު

    2008 ވެރިކަމުގަ މިހާރުސިޔާސީޕާޓީތަކުގެވެރިން ހާއްސަކޮއް އެމްޑީފީ އިންނިކުތީ އާއިލީވެރިކަން ނިމުމަކައްގެނައުމައް އޭރުގެރައީސްއާދެކޮޅައް މިއަދު އެމްޑީފީ އިންހުދުމުހުތާރުވެރިންނާއެކު ކުރަނީއާއިލީވެރިކަމެއް ނޫންތޯ؟ 1 އިބޫ އާއިލާ 2 މައުމޫނުގެ 3 ނަޝީދު 4 ގާސިމް 5 އިމްރާން 6 ޝާހިދު 7 ފައިސްލް މިމީހުންގެ އަނބިން ދަރިން ފިރިން ޅިއަނުން ފަހަރިން ކޮއްކޮ ބޭބެ ރައްޓެހިން ކޮންކަމެއްތޯ އިސްލާހުކުރެވުނީ އެމްޑީޕީއައް ވޯޓްދިނީމަ އެއްމެކަމެއް އިސްލާހުކުރަނީ އެކަމެއް ކޮއްފަ ބުނާނެ ވިސްނިއްޖެއޭ ގޯހެއްކަން 2023 ގަވެސް މިތިބީ މިމީހުހުން އިސްލާހުކުރަން ނިކުމެ ވޯޓްހޯދަން މިފަހަރުވިއްކާނީ ކޯޗެއްބާ؟ ރައްޔިތުންނައް އައުޓް ބޯޑްއިންޖީނެއްބާ ތެޔޮނާޅާ.

    17
    1
  4. ޝަމީމް

    ދެން ކޮންމެވެސް ސިޔާސީ މީހެއްގެ ދަރިކަލަކައް ނޫނީ ކޮއްކޮ ބޭބެ ދައްތަ އަަކައް މި ވެރިކަމުގައި މަގާމު ލިބެނީ. ހަގީގީ ކޮމްޕީޓެންޓި އަދި ހީވާގިކަމާއިއެކު އިންޑަސްޓުރީގައި އުޅެ ކުރިއަރައި މަތީ ތައުލީމު ހާސިލް ކުރި އިޚްލާސްތެރި މުއައްޒަފުން ޖެހެނީ މި ކަހަލަ ކޮންމެވެސް ސިާސީ ދަރިޔެއްގެ ފުލުގައި އޮންނަން. 1960 މި ފަދަ ނޭއްގާނީ އަދި ނާތަހުޒީބު ގޮތްގަނޑު މިސަރުކާރުން ގެނެސް ދަމަހައްޓަތަން މި ފެންނަނީ. މިއީ މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުގެ ވެސް ކަންތައްތައް ހުރި ގޮތް. ވީމާ ޑިމޮކުރަސީއޭ ކިޔައިގެން އެޅުވި އަނދުންގަނޑު މިއޮތީ ފިލާފަ.

    3
    1
  5. ގަލަން ތުނޑު33

    ގާސިމް ނަހުލާ ސިޔާދު ހަމަ ގުންޑާއިން

  6. ލަންޑޭލާޑޭ

    ދެން އޭނާއަށް ސީއީއޯގެމަގާމް ދޭންވީނު.

  7. ސަމާހު

    މީނާ އެމްއޭސީއެލް އާއި ހަވާލުވީމަ އެއީ ކޮންފުލިކްޓް އޮފް އިންޓުރެސްޓު ހުރި މީހަކައް އެމަގާމު ހަވާލުކުރުމެއްނޫންތޯ.؟

    • ޔެސް

      ރަނގަޅު ވާހަކައެއް

  8. އަހުމަދު

    އިންތިޚާބު ކައިރިވަމުން ދާ ކަމުގެ އަލާމާތެއް. މިފަހަރު ވޭތުވެ ދިޔަ އެއްވެސް ސަރުކާރަކަށް ވޯޓު ނުދިނުމަކީ ވަރަށް ބޮޑު އެދުމެއް. އާ ކެނޑިޓޭޓެއް ނަންގަވާ. ކުރިން ވެރިކަން ކުރި ފަރާތްތަކަށް އިބުރަތަކަށް ވާނެ ގޮތަށް ރައްޔިތުން ވިސްނަން ވެއްޖެ. ހިތައް އައިހާ ކަމެއް ކޮށްދޭނަމޭ ބުނެ އައިސް ރައްޔިތުން ހަނާ ކުރީމަ ރައްޔިތުންވެސް ހިތް ހަމަ ނުޖެހޭ ކަން ދައްކަން ދަސްކުރަން ވެއްޖެ. ކޯކު ފުޅިއަކަށް ނުވިކި ގައުމުގެ ކުރިމަގަށް ވިސްނުން ގެންގުޅުއްވާ. ތިމަންނަގެ ލީޑަރު ބުނެގެން ވޯޓު ލުމުގެ ބަދަލުގައި މުޅި ގައުމުގެ ފައިދާ އަށް ކަންކަން ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް އޮތް މީހަކަށް ވޯޓު ދެއްވާ.

    1
    2
  9. ނައިނ

    އެހާ ފަގީރު އާއިލާއެއްގެ މީހެއްވީމަ އެފަދަ މަގާމެއް ދޭންޖެހޭތާ. ޔާމީނުގެ ވެރިކަމާ ތޮޅިގެން ޖަލަށްދިއުމަކީ ފަހުން ބޮޑު މަގާމު ލިބެންޖެހޭ ކަމެއްވިއްޔަ.

  10. އިބްރާހިމް

    އެމްއޭސީއެލް ބަދަލުވަނީ ވިލާސީއެލަށް

  11. ޝަފާ

    މޯލްޑިވިޔަން ހަލާކުކޮއް ބަނގުރޫޓު ކުރުމުގެ ފަހަތުގައި އޮތީ ގާސިމުގެ އެޔާލައިނައް ޖާގަދިނުންހެން ހާދަ އެބަހީވެޔޭ. ޕިސް ޕިސް.. ގާސިމު ކަލޭ ނާންނާތި ވޯޓު ހޯދަން.