އެމެރިކާގައި ދިވެހިރާއްޖެ އާއި މެދު ދެކޭގޮތް ބަދަލުކޮށް އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ ތާއީދު ދިވެހި ސަރުކާރަށް ހޯދުމަށް އެމެެރިކާގެ ބެލާޑް ޕާޓްނާސް އާއި އެކު އެމްއެމްޕީއާރްސީ އިން އެއްބަސްވުމެއް ގާއިމު ކޮށްފި ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބެލާޑް ޕާޓްނާސް އަކީ ހީވެސް ނުކުރާ ގޮތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުންފުންޏެވެ. ޓްރަމްޕްގެ ކެމްޕޭން ކުރިއަށް ގެންގޮސްފައި ވަނީ ބެލާޑް ޕާޓްނާސް އިންނެވެ. ކެމްޕޭންގެ ހުރިހާ ކަމެއް ރާވާ ޓްރަމްޕް ދައްކަވަން ޖެހޭ ވާހަކަތަކާއި އަމަލުތައް ބަހައްޓަވަން ޖެހޭ ގޮތްތައް ކިޔައި ދިނީ ބެލާޑް ޕާޓްނާސް އިންނެވެ.

އެހެންކަމުން އެކުންފުންޏަކީ ކުންފުނީގެ ޚިދުމަތް ހޯދާ މީހުން ބޭނުންވާ ނަތީޖާ ނެރުމުގައި އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް ހޯދާފައިވާ ކުންފުންޏެއްގެ ގޮތުގައި މިހާރު ގިނަ ފަރާތްތަކުން ސިފަ ކުރެއެވެ.

ދިވެހި ސަރުކާރުގެ ޕީއާރް ކުންފުންޏަކަށް ބެލާޑް ޕާޓްނާސް ހަމަޖެއްސުމާއި ބެހޭ ގޮތުން އެމްއެމްޕީއާރްސީ އިން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ނުދެއެވެ.

ޕީއާރް އަދި މާކެޓިން ޚަބަރުތައް ގެނެސްދޭ "އޯޑީ ވަޔާސް" އިން ބުނީ އެމްއެމްޕީއާރްސީ އިން ބިލާޑް ޕާޓްނާސް އާއި މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހަ ލައްކަ ޑޮލަރުގެ އަގަކަށް ކަމަށެވެ. އެކުންފުންޏާ ހަވާލުކޮށްފައި ވަނީ ސްޓްރެޓެޖިކް ކޮންސަލްޓެންސީ ދިނުމާއި އެމެރިކާ ސަރުކާރުގެ ތާއީދު ދިވެހި ސަރުކާރަށް ހޯދައި ދިނުމަށް މަސައްކަތް ކޮށްދިނުން ކަމަށް އެވެބްސައިޓްތަކުގައި ވެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރުކާރުތަކުން ޕީއާރް ކުންފުނިތަކާއި ހަވާލުކޮށްގެން ރާއްޖޭގެ މޫނުމަތި ރީތި ކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަކީމު

    ޔާމީން ގެ ކެމްޕޭނަށޭ ނުބުނަން މޫނުމައްޗޭ ކިޔަނީ.

  2. މޯޑީ

    ވައްކަން ފޮރުވޭތޯ... ނުވާނެތިކަމެން ޓޮރިލިއަން ހަރަދުކުރިޔަސް.

  3. ދިވެހިވިންދު

    އޭ ގައުމުގެ ފައިސާ ތަޅާ ނުބާލާ އަވަހައް ދާންއުޅޭ ތިމާގެ މޫނު ސާފްކުރޭ.

  4. ާބޫސުފުޔާން

    ޙަޖަމްނުކުރެވިގެން ނޫޅޭ ސާބަސްޔާމީން

  5. ސަދުން

    އަންނިވެސް ބޭރު ކުންފުނިތައް ބޭނުންކޮށްގެން "މޭކަޕް" ކުރޭ. ޔާމީނަށްވެސް މޭކަޕްކުރެވެންޖެހޭނެ.

  6. އާދިލް

    ދޮގެއްތީ

  7. Anonymous

    ލައުނަތް ލައްވަވާށި ކަލޭމެނައް