އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބޭނުމަކީ ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތި ކުރުވުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ޖަލްސާއެއް ބާއްވާފައި ވަނީ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު ދެއްވުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ތަކުލީފު ކުރިމަތިވާނެ އެއްވެސް ކަމެއްގައި ދިވެހި ރައްޔިތުން ބައިވެރިނުވަން އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން އަދި އިންޑިއާގެ ނަން ވެސް ނުގެނެސް، އާޒިމް ވިދާޅުވީ އަވަށްޓެރި ގައުމަކާ މެދު ނަފުރަތު އުފައްދައި ދިވެހި ރައްޔިތުން އެ ގައުމަކާ މެދު ޖައްސަން ވެގެން ކުރީގެ ރައީސްއަކު އުޅުއްވުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި އެތައް މައްސަލައެއްގެ ތަހުގީގު ހިނގަމުންދާ ކަމާއި، ބައެއް މައްސަލަތައް ޝަރިއަތަށް ހުށަހެޅިފައިވާ ކަން ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.

"[ރައީސް ޔާމީން] ނުކުމެ އަޅުގަނޑުމެންގެ ދޭދޭ ގުޅުން އޮތް ގައުމަކާ [އިންޑިއާއާ] މެދު ޖައްސަން އުޅުމަކީ ވަރަށް ވިޔާނުދާ ކަމެއް،" އާޒިމް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތާއި ގަތަރުއާ ގުޅުން ކަނޑާލި ކަމާއި، ދުނިޔެއާއި ބައިނަލް އަގްވާމީ މުޖުތަމައުން ވަކިވުމުން އޭރު ވެސް ދިވެހި ގައުމަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް އާޒިމް ވިދާޅުވިއެވެ. އަލުން އެމަނިކުފާނު ނުކުމެ ހުންނެވީ ހަމަ އެ މަގުން ތަކުލީފުތައް ކުރިމަތި ކުރުވަން ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި ސިޔާސީ ބޭނުމަކުއެއް ވެސް ނޫން އެ އުޅުއްވަނީއެއް، އެމަނިކުފާނުގެ ވެރިކަމުގައި ވެސް ކޮމަންވެލްތުން ވަކިވެ، ދުނިޔެއާ ވަކިވުމުން ދިމާވި ދަތިތައް، އަނެއްކާ ވެސް ދިވެހި ރައްޔިތުންނަށް ޖައްސުވަން ވެގެން އެ އުޅުއްވަނީ،" އާޒިމް ވިދާޅުވިއެވެ.

އިންޑިއާއާ މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ކަންބޮޑުވުން އެބަ އޮތެވެ.

މި ކަމަކީ ޚާރިޖީ ދާއިރާގެ ބައެއް ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް މައްސަލައެކެވެ. އިންޑިއާ އަދި ޗައިނާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. ލޫޓުވާ

  އިންޑިޔާގެ ޕަޕެޓުން. ވަރަށް ޑޮލަރުލިބިގެން ތިއުޅެނީ. ބޭނުނީ އިންޑިޔާ މިލިޓަރީ ބޭރުކުރުން. ކޮބާ ކަޅުދަބަހުގަ ގެންދިޔަ ދިޔާއެތި. މިއީ އިންޑިޔާ އެންބަސީގެ ތަރުޖަމާނުން.

  68
 2. ރަދީފް ހުސެން

  ކަމެއް ފޮރުވިފަ ނޫނީ ގޯހެއްނޫޅޭނަމަ މުޅިސަރުކާރު ހުއްޓި އެންމެން ޑިފެންސައްފައިބައިގެން މިއުޅެނީޔޯ؟؟؟؟ އިންޑިޔާ ޢައުޓް

  65
 3. ހަސަންކޮއި

  ކަލޭމެން އއ އިދިކޮޅުގަ އިތިބި އިރު ރާ އްޖޭގެޓު އަރިޒަމް
  ބޮ އިކަޓްކުރަންގޮވީ ސަ އުދީރަ އްޔިތުންނަ އް ނިކަމެތި
  ކަންދޭންތޯ؟

  60
 4. އަލީ

  އިންޑިޔާގެ ސިފައިން މިޤައުމުން ފައިބާށޭ މިކިޔަނީ! ވައިޑޯންޓްޔޫ ޓްރައިޓު އަންޑަސްޓޭންޑު

  62
 5. އާޒިމުގެ ބިސް

  އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބޭނުމަކީ ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ކުރިމަތި ވެދާނެ ތަކުލީފުތަކުން ސަލާމަތް ކުރުމެވެ. އާޒިމަކީ ދިވެހިން ނިކަމެތި ކޮށްލަން ބަޔަކު ހިންގާ ނޭއްގާނީ ކަންކަމުގައި ބައިވެރިވެ ގައުމަށް ގައްދާރުވުމަށް ފިނދުބެރަށް ފޫގަޅާއިގެން ހުންނެވި މީހެކެވެ. މިކަލޭގެ ދަރިންގެ ދަރިން ހިތާމަ ކުރާއިރު މިކަލޭގެއަށް ނިކަން ފެންނާނެތާއެެވެ. ވަގުތީ ފައިސާކޮޅެއް އިންޑިއާއިން ހޯދުމަށް އަނގަ ނުގަޅާ ހުރުމުން ދަރިންގެ ދަރިންނަށް މިނިވަން ކަމާއިއެކު ގައުމުގައި އުޅެލެވިދާނެކަން ނޭގޭ ގަމާރުން މަޑުން ތިބުން ބުއްދިވެރިވާނެ.

  54
  1
 6. އެރރ

  އާޒިމް.. އިންޑިޔާއިން ރިލޯޑްވީ ދޮތަ؟

  އަހަރުމެންނަކައް ދައްޗެއް ނުވާނެ! ހާސްނުވޭ!

  48
  1
 7. ރަބަރޭ

  އިންޑިޔާގެ މިލިޓަރީ ސިފައިން މިތަނުން ބާލައިގެން ވާނެ ދައްޗެއް އޮތްހެން ހިއެއް ނުވޭ

  54
  1
 8. ަގުމްރީބެ

  އާޒިމް ކަލޭ ތީ އިންޑިޔާ މީހެއްތަ؟ .....އެހެންވެތާ ދިވެހި ޤައުމު މަތިން ހަނދާން ނެތޭނީ...
  އެފް.އޭ.އެމުން ގެއްލުނު 25000 ޑޮލަރުގެ މައްސަލަ އެބައޮތް އެއަށް ވީގޮތް އާޒިމް ބުނެލަދީޔާ ވަރަށް ރަގަޅު... ފެންކޮޅަކާ ނުލާ ދިރުވާލި ގޮތް ކިޔާލަ ދީބަލަ. މިވާހަކަ ދޮގު ކުރާކަށް ނުކެރޭނެ ވަރަށް ޔަޤީންކޮށްފައި މި ބުނަނީ

  42
  1
 9. އައްޑޫ މީހާ

  މިއީދެން ކާކު ރައްޔިތުންނަށް ދަތިކުރަން ރޭވީ އޑޕ އިން ކިތަންމެ ވަރަކަށް ރައްޔިތުންގެ ބޮލަށަ ސަވާރުވާން ކަލޭމެން އުޅުނަސް އެކަމެއް ނުވާނެ ހޭބަލިވާން ޖެހޭނީ ކަލޭ ހީކުރީތަ ޔާމީނު ކަހަލަ އެތަކެއް ޔާމީނެއް އެތަކެއް މުޙައްމަދު ތަކުރުފާނެއް ދޮން ބަންޑާރައިން ހުސެއިން އާދަމް އަލިރަސްގެ ފާނެއް މިގައުމުގައި އެބަތިބި އިންޑިއާ މިލިޓަރީ އައުޓް މިބުނީ ކަލޭ ކަހަލަ ގައްދާރު އެތަކެއް ހާއިނުން ތަކެއް މިގައުމަށް އުފެދިއްޖެ ހަމަ ބަލިވެގެން ދާންޖެހުނީ މިފަހަރުވެސް ހާއިނުން ބަލިކުރާނަން އެމް.އެމް.ޕީއާރުސީ އިން ނެގި ފައިސާ ދިވެހީންނާއި ހަވާލު ކުރޭ މިހާރު

  38
 10. ޟުރާރު

  ބަލަ ކަލޭމެން މޑޕ މީހުންދޯ ޔާމީނު ހުދުކާފޫރަށް ހެދީ އިސްޕިރޭނު ކޯޓުގެ ކަރަޕްޓު ޤާޒީން ރިސްވަތުނަގައިގެން އުންސުރާ ފަންސުރު ހަމަނުވެގެން ކުޑަ އޮޅުމަކުން ހިސާބު އަކުރެއް އިސްފަސް ވެފާ ލިޔުމުގާ ހުރެގެންނޭ ކިޔާފަ ޔާމީނު އަތުން މިލިޔަން ޑޮލަރު ކައްވާލަިގެން ހުކުމް ބާތިލްކުރީ ހު!

  6
  22
 11. ހަންޑި

  ބޯގޯސް ފެށީ

  34
 12. Anonymous

  ހުސް ދޮގުވާހަކަ ފަތުރާ ބައެއް މޑޕ އަކީ.

  24
 13. އަޙްމަދް

  ކަލޭމެން އެމްޑިޕީން އިނޑިއާއި އެއްކޮޅުވެ ތިހިންގާ ޖަރީމާއަކީ ދިވެހިންނާއި ދިވެންގެ ރާއްޖެ އަޅުވެތިކުރުން ނޫންތޯއެވެ.
  އެއްވެސް ޝައްކެއްނެތް އިނޑިއާގެ އަޅުވެތިކަމަށް
  ކަލޭމެން އެމްޑީޕިން މިޤައުމު ވިއްކާލައިފީމުއެވެ.
  ކަލޭމެން އެމްޑިޕީން ނަކީ މިޤައުމުގެ އިސްލާމީ ވަޙްދަތާއި މިނިވަންކަމަށް ނުހަނު ހަސަދަ ވެރިބަޔަކީމުއެވެ.

  21
 14. Anonymous

  މިހިރަ ޖާހިލު މީހާ އަހަރެމެން މިއުޅެނީ އިންޑިޔާ ސިފައިން ބާލުވަން.

  25
 15. ދިޔާ ތަކެތި އާޒިމް

  ޗައިނާ އަކީ މިހާރު ދުނިޔޭގެ އެންމެބޮޑު އިގްތިސޯދު. އިންޑިއާގެ ހަަތަރު އިންޑިއާއައްވުރެ ޗައިނާ މުއްސަނދި. އިންޑިއާ ދަތިކޮއްފިއްޔާ ޗައިނާ އެހީވާނެ. ހަމައެކަނި އަސަރު ކުރާނީ އާޒިމްކަހަލަ ބުރޯ ކައިރިން ދަބަސް ހިފައިގެން ދިޔަކަން ފަޅާ އެރުމުން ގެންދިޔައީ ރަލޭ ބުނާ މީހުންނައް އެކަނި. އެމްޑީޕީގެ ކޮރަޕްޓް އިންޑިއާ ޕަޕެޓުންނައް.

  25
 16. ލުޓޭރުންގެ ސަރުކާރު

  މޑޕ ޗައިނާ ޖެހިގަނެގެން ދިވެހިންނަ ގެއްލުމެ ނުވަންޏާ އިންޑިޔާ ޖެހިގެންވާނެ ގެއްލުމެނެގެއްލުމެނެތް.. ސައުދީއާ ޖެހިގެން ދިވެހިންނަ ގެއްލުމެ ނުވަންޏާ އިންޑިޔާ ޖެހިގެން ގެއްލުމެނުވާނެ...ކަޅު ދަބަހުގަ ދިޔާއެއްޗެ ގެންދެވެންޏާ އިންޑިޔާއާ ޖެހިގެން ގެއްލުމެ ނުވާނެ...

  22
 17. ހަސަން ރަހާ / ފޭދޫ

  ދިވެހިންނަށް ދަތިކުރުން. މީނަ މިސިފަކުރަނީ
  ކިހިނެއްތަ؟ މުޅިދުނިޔޭގަ ދިވެހިންގެ އަގުވައްޓާ ދިވެހިންނާމެދު ނަފުރަތުއުފައްދަން އެމްޑީޕީ & އުތެމަ & އެމްޑީއެމް ހަޅޭލަވަމުން މުޅިދުނިޔެ އަށްފުނާއަޅަމުންދުވިއިރު މިސޮރު އޮތީހޭބަލިވެފަތަ؟ ނޫނިއްޔާ ވަހީދު އާއެކު ދަނޑިމާރު ބަންނަންތަ؟

  22
 18. 2012 - 2018

  2012 އިން 2018 އާއި ހަމައަށް އެމް.ޑީ.ޕީ އިން ދިވެހިންނަށް ދަތި ނުކުރޭބާ؟

  24
 19. ނަޝީދު

  ބަަލަ ހޭބައްޔާ ކަލޭ މޮޔަވެގެން އުޅުނަސް ދިވެހިންނައް އިނގޭ ކަލޭމެން އިންޑިޔާ އެމްބަސީން ކޮންމެ މަަކު ޑޮލަރު ބިނޑު ނަގާކަން..

  22
 20. ސަމް

  ރައީސް ޔާމިން މިއަދާ ހަމަޔަށް ދައްކަމުން ދާ ވާހަކަ ތަކަކީ ވުޖޫދުން ފެންނަށް ހުރި ވާހަކަތަކެއް. އެކަމަކު ތި ދެ ބަންތިހާރު ވެފަ ތިބި ބައިގަނޑު ރައްޔިތުން ނަށް ދެއްކީ ދޮގާ މަކަރާ ހީލަތްތެރި ވާހަކަ ކަން ފެންނަށް ެބަހުރި.
  ޗައިނާ މިލިޓަރީ އެއްމެ މީހަކުވެސް ނެތް
  ޗައިނާ މީހަކަށް ބޭކަރު ވާރކް ވިސާ އެއް ނުދޭ
  ޗައިނާ މީހަކު ދިވެހިން ރޭޕްކުރި އަދި ފުރައްސާރަ ކުރި މަގު މަތީ ރާބޮއި، މިސްކިތައް އަރާ މީހަކަށް އަނިޔާކުރި ، ހަތިމް ހޫރީލި މިއިން އެއްވެސް އަދެއް ނާހަން.

  24
 21. ރައްޔިތުމީހުން

  ކޮބާ.. ދިޔާ އެތިކޮޅެއް އުފުއްލާލަންދާންވީނު..

  25
 22. މުފައްކިރު

  އިންޑިއާ މިލިޓަރީން މިގައުމުން ބޭރު ކުރަން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުން. ރައީސް ޔާމީނެއްނޫން. އިންޑިއާ މިލިޓަރީ މިގައުމުގަ ބާއްވަން މަސައްކަތް ކުރަނީ ގައުމުގެ ޣައްދާރުން .ޢިއްޒަތްތެރި މަޖިލިސް މެމްބަރ އަކީ ރައްޔިތުންގެ ހައްޤުގަ މަސައްކަތް ކުރައްވާ ބޭފުޅެއްނަމަ އިންޑިއާ މިލިޓަރީ މިގައުމުން ބޭރު ކުރުމަށް މަސައްކަތް ކުރައްވާ. :

  26
  1
 23. ކެޔޮޅު

  އެމްޑީޕީގެ2ވެރިކަމައްވުރެން ދިވެހިންނައް ދަތި އުނދަގޫ ދުވަސްތަކެއް ނުދަކެން!!!

  28
  1
 24. ހާމިދު ޝާހިދު

  ކަލޭމެންގެ ވެރިކަން ވެއްޓޭދުވަހުން ކަލޭމެން ހިތާމަ ކުރާނެ އެދުވަހުން ކަލޭމެނަށް އެހީތެރިވާކަށެއް ތިޔަ ރޯ އިންނާއި އިންޑީއާ ސިފައިންނެއް ނާންނާނެ. ﷲ އިރާދަފުޅުން 2023 ގައި އަލަށް ގައުމާ ހަވާލުވާ އިދިކޮޅުގެ ވެރިން، އިންޑިއާ މިލިޓަރީ ގަދަކަމުންނަމަވެސް ބާލާ އެއްލާލާނެ.

  9
  1
 25. ފަވާޒް

  ޔާމީނު ދޯމިއުޅެނީ ދިވެހިންނައް އުނދަގޫ ކުރަން.. ބަލަގަ ޔާމީނެއްނުން އެއޮތީ ދިވެހިންނައް ފަސޭހަ ކުރަން ބުރިޖު އަޅާދީ ހިޔާ ފުލެޓު އަޅާދީ އެޔާޕޯޓު ތަރައްގީ ކޮއްދީ ދަރުމަންތަ ހޮސްޕިޓަލް އަޅާ އަފި އައްޑޫގެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކައް ބަދަލު ހުރިހާކަމެއް ކޮއްދިނީ. ކޮބާތަ މިސަރުކާރާއި އިންޑިޔާވެގެން ކޮއްދެވުނު ކަމެއް..؟

  11
 26. ޙަަަހަ

  މިކަމުގައި މީހަކަށް ދަތިވާނެކަމެއްނެތް ، އެއްވެސް ޤައުމެއް ރައްޔިތުންގެ ރުހުމާއިނުލާ އެހެން ޤައުމެއްގެ މިލިޓަރީ ބާރަކަށް ނުތިބެވޭނެ ، މީ އދ .ގެ ޤާނޫނޫން ނިންމާފައިވާ ކަމެއް ، އދ އަކީ ޔާމީން ތަނެއްތޯ

 27. މާމީ

  ކަލޭމެން ތިވަރައް މޭކަރައިގެން މަރައް ތިތެޅިބާލަނީ ކިހިނެއް ވެގެތޯ ހިތައް އަރާ ... އިންޑިއާ އެންބަސީ އިން ކޮންމެ މަހަކު ދޭ މުސާރަ ނުލިބޭނެތީ ތިވަރުން ތި ތެޅިބާލަނީ.. ފުޅިބޯމީހުނައް ވާނެ ތިހެން

 28. މިތާފް

  ހަމަ އިންޑިޔާ އައުޓް. ކަލޭމެން ތިތެޅޭ ގޮތުންވެސް އެނގޭ އިންޑިޔާ ނުފޫޒް ފޯރުވާވަރު.

 29. ހުސޭނުބެ

  ޔާމިނު ޖަލަށްލާ!

  2
  13
 30. ޑައެލޯގް

  ބަލަ ބުރާންޗާ ދިވެހިންނަށް ދަތިކުރީ އިންޑިޔާއެވެ. ވިސާނުދީ ދަތިކުރިހަދާންނެތުނީދޯ

 31. އިބްރާހީމް

  ކަލޭމެން ހާދަ ވަރަން ތިޔަވަނީ އެހެއްވާނެ ކޮންމެ މީހަކަންވެސް ތިމާގެ ޖީބު ހުސްވަނީ

 32. އަހުން

  ޔާމީން ވެރިކަމުގައި އަހަރެމެންނަށް އިނގުނޭ ކޮންބައެއްކަން ދިވެހިންނަށް ދަތިކުރަން ގޮވީ އަމިއްލެ އެދުމާއި ވެރިކަމަށްޓަކައި...... މައްސަލައަކީ މި އާޒިމްމެން ލަދު ނުގަންނަކަން މިކަހަލަ ވާހަކަ ދައްކަން.

 33. އައުޓް

  އިންޑިއާ ނެތިއްޔާ މާބޮޑަށް ދިވެހިންނަށް ރަނގަޅުވާނެއޭ އާޒިމް މެންނަކީ އެއީ ބޮޑުވާއިނގިލިން ވިސްނާ ކަނޑުކޮހުން ކަމަށްވާތީވެ އެމެންނަށް ވާނުވާ ނޭގޭނެއޭ އިންޑިއާގެ ސަބަބުންނޭ ރާއްޖެ ތަރައްގީ ނުވެގެން އުޅެނީ އިންޑިއާ ޖެހޭނީ ބޭރުވާން އަދި އިންޑިއާ އަށް ބޭސްފަރުވާ ކުރަން އާސަންދައިން ދޭ ފައިސާ ބަދަލު ކުރަން ޖެހޭނީ ތައިލެންޑަށޭ އިންޑިއާ ޖެހޭނީ އެއްފަރާތް ކުރަން އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  5
  1
 34. ނަސީ

  އާޒިމް ދެން މީކާކު ޔާމިން އެއުޅެނީ އާޒިމްމެން ކަހަލަ ދަންދޮރު ނޭނގޭ މީހުން ކޮއްފައި ހުރި ރައްއިތުންނައް ގެއްލުން ދީފައި ހުރި ކަންކަން ރަގަޅުކުރަން ، ހެންވޭރު
  ދާއިރާއިން މިކަހަލަ ގަމާރު މީހުން ދެން ނުހިވާތި

  4
  1
 35. ގައުމީ

  ފާފުއަތޮޅު ޕޮރުޖެކުތު ހުއްޓުވީމާ ދިވެހިން ބަޑައްޖެހުނުތޯ. ޙަގީގައްހާމަކުރާއިރު މިހުރީ ބަލާލަން ރަގަޅު ކަން ތައްތައް

  1
  1