ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100 ކިލޯ މަސްތުވާތަކެތި ހޯދައި އެކަމުގައި ތުހުމަތުކޮށް ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް އެތަނުން ދެ މީހަކު ފުރަތަމަ ދޫކޮށް ބަންދަށް ބަންގްލަދޭޝްގެ ދެ ރައްޔިތަކާއި ހަ ދިވެހިން ވަނީ ލާފައެވެ. އޭގެ ފަހުން އަނެއްކާ ވެސް ތިން ދިވެހިން ވަނީ ދޫކޮށްލާފައެވެ.

އެމައްސަލާގައި މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ބަންދުގައި ތިން ދިވެހިންނާއި ދެ ބިދޭސީ މީހުން ތިބިއިރު، އެމީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އެދުވަހު ކްރިމިނަލް ކޯޓުން ވަނީ ބަންދުގައި ތިބި ތިން ދިވެހިންނާއި އެ މަސްތުވާތަކެއްޗާ ގުޅާލެވޭނެ އެކަށީގެންވާ ހެކި ހުރި ކަމަށް ނުފެންނާތީ އެ ތިން މީހުން ދޫކޮށްލާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި އިއްޔެ 10 މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ:

  • ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
  • ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ޙަބީބު
  • ކ. މާފުށި، ސްވީޓްމީޑް، އަޙްމަދު މާހިރު
  • ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ ޑީއެމް މޮބިން
  • ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ
  • ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު
  • ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް
  • ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ:

  • ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުޙަތު އިބްރާހީމް
  • ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުޙާން ޝަމީމް
  • ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ
  • ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު
  • ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް

ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ:

  • ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

ފުލުހުން މި ތަކެތި އަތުލައިގަތީ 10 ތަނެއް ބަލައިފާސްކުރުމަށް ފަހުގައެވެ. އެއީ އދ. އަތޮޅުގެ އެކި ސަރަހައްދުތަކެވެ. މި ތަކެތި އަތުލައިގަތުމަށް ފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ އދ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމަށް ތައުރީފް ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބްރޯ ބުރޯ

    ގާޒީން އާ ޑީލްހަދައިގެން ސަލާމަތްވާނެ.

  2. ޖަޕާނު މީހާ

    އިންޑިޔާގެ މޮޅެތި ޑްރަގް ޓްރެފިކިން ވަސީލަތްތަކާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިންޑިޔާގެ ރާޑަރުތައް ބަހައްޓާއިގެންނާއި އިންޑިޔާގެ ބޮޑު ލަޝްކަރެއް އޮވޭ ޑްރަގް މި ރާއްޖެއަށް އެތެރެވިޔަނުދޭން. އެކަމު ރާއްޖެ އެތެރެވާފަހުން އަތުލާއިގަންނަ ޑްރަގް މިހާރު އިތުރުވަނީ... ކަނޑުމަތިން ޑްރަގް އެތެރެވުމުގެކުރިން އަތުލައިނުގަނެވެނީ ކީއްވެ.؟