"އިންޑިއާ އައުޓް" އާއި "އިންޑިއާ މިލިޓަރީ އައުޓް" ޝިއާރުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ގެންދާ ކެމްޕޭން ހަރަކާތް ހުއްޓުވަން ސަރުކާރުން ކުރެވުނު ކަމެއް ކުރަން ގޮވާލައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، އެމްޑީޕީގެ މާލެ ސިޓީގެ ދާއިރާތަކުގެ ރައީސުން މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުވާން ބާއްވާ ހަރަކާތުގައި އާޒިމް ހުށަހެޅުއްވި ގަރާރުގައި ދެ ކަމަކަށް ގޮވާލައިފައެވެ.
ފުރަތަމަ ކަމަކަށް އޮތީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ނަޝީދުގެ ވެރިކަމުގައި ފެށި "ވެށިފަހި މާލެ" ޕްރޮގްރާމް އަލުން ފަށައިގެން ކުރިއަށް ގެންގޮސް މާލެ މީހުުނަށް ގޯތި ދިނުމެވެ. ދެވަނަ ކަމަކަށް އޮތީ "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް ހުއްޓުވުމަށެވެ.
އާޒިމްގެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްދަނީ ރާއްޖޭގެ ސުލްހަ މަސަލަސް ކަމާއި ހަމަޖެހުން އޮތުމުގެ ސަބަބުން ކަމަށެވެ. އެކަމަކު އަވައްޓެރި ގައުމަކާ ދެކޮޅަށް އެ ގޮތަށް ކެމްޕޭން ކުރުމަކީ އެ ކަމަށް އަސަރު ކުރާނެ ކެމްޕޭނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސްވާނެ ގޮތަކަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ގޮތުގައި އާޒިމް އެ ކަން ސިފަކުރައްވިއެވެ. މި ކެމްޕޭން ނަތީޖާއަކަށް ވާނީ އިންޑިއާ ފަދަ ގާތް އަވައްޓެރި ގައުމެއްގެ އެހީ ގެއްލި، ދުނިޔޭގެ ސަފުގައި ރާއްޖެ އެކަހެރިވުން ކަމަށް އާޒިމް ވިދާޅުވިއެވެ.
"އިންޑިއާގެ ރައްޔިތުންނަށް ނިސްބަތްކޮށް އެ ގައުމުގެ ކުޑައިމީސްވާ ގޮތަށް އަޑުއުފުލުމަކީ ވަރަށް ނާތަހުޒީބު އަމަލެއް، ނަތީޖާއަކަށް ވާނީ އަވައްޓެރިންގެ އެހީ ގެއްލި، ދުނިޔޭގެ ސަފުން މި ރާއްޖެ އެކަހެރިވެގެން ދިއުން،" އާޒިމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ބައެއް ގައުމުތަކާއި ދިވެހި ދައުލަތުން ބޭއްވި ސިޔާސީ ގުޅުން ކަނޑާލާފައި އޮތް ކަމާއި ކޮމަންވެލްތުން ރާއްޖޭން ވަކިވުން ފަދަ ކަންކަން ކުރުމުން ދިވެހި ދައުލަތް އޭރު ވެސް ކަނޑައްތު ކުރީ ދަތި ދަތުރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
"އިންޑިއާ އައުޓް ސްލޯގަން ހުއްޓުވަން ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރަން އަޅުގަނޑު މި ގަރާރު އެބަ ހުށަހަޅަން،" އާޒިމްގެ އެ ގަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވިއެވެ.
އިންޑިއާއާ މެދު އުފެދިފައިވާ މައްސަލަ؛
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.
އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.
މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.
މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.
ސަރުކާރު ވެއްޓުންނޫން ކަމެއްނުވާނެ ތިޔައީ ފެށުން ނިމުން ހިތިވެދާނެ ވިސްނައިގެން ތިބޭތި .
އިންޑިޔާ އެންބަސީން ސަރުކާރަށް ޕްރެޝަރކުރާވަރުން މިހާރު ތެޅިބާލަނީ!! ތެޅޭ ވަރަކަށްދާނީ ހަމަހުޅުނބު!! އިންޑިޔާ މިލިޓަރީ މިގައުމުން ބޭރުކުރަން ހަމަ ދިވެހި ކޮންމެ ރައްޔިތަކަށް މިހާރު މަޖުބޫރު!! ލަސްނުކުރަައްވާ އިންޑިޔާ އައުޓު ކެމްޕޭން ބާރަށް ކުރިއަށް ގެންދަން ފެންނަނީ!! އިންޑިޔާ މިގައުމާ ދޭތެރޭ ގެންގުޅޭ ވިސްނުން ރަގަނޅެއްނޫން!! އެވިސްނުން ރަގަނޅުނަމަ ޔާމީންގެ ސަރުކާރުން އޭރު އެމީހުން ފައިބަން އެންގީމަ ފޭބީސް!! ވިސާ ނުދިނީމަވެސް ހަމަ ނުފައިބާތިބީ!! އަދި އެމީހުންގެ ސިޔާސީ މީހުން އެކިއެކި ފޯރަމްގަ ވާހަކަ ދައްކަފަ އެބަހުރި 3 ނޮވެމްބަރ 1988 ގައި އޭރު ތަމަޅައިން ރާއްޖެ އެރީމަ އެހީތެރިވާން އައި ސިފައިން ރާއްޖެއިން ފޭބީމައޭ މައްސަލައަކީ ނުފޭބިނަމަ ރަގަނޅުވީހޭ ކިޔާ ވާހަކަތައް ދައްކާފަ!! ޙަގީގަތަކީ މިރާއްޖެ އަޅުވެތިކުރަން އިންޑިޔާއިން އުޅޭކަން!! މިކަން ގަބޫލުކުރައްވާ ރައްޔިތުންނޭ!! އިންޑިޔާއިން ފައިސާ އަޅައިގެން މިހާރު އެމަސައްކަތްކުރަނީ ދިވެހިންގެ އަނގަ ބަންދުކުރެވޭތޯ! އެފުރުސަތު ރައްޔިތުން ދީގެންނުވާނެ! ސަރުކާރުން ބިރުދައްކާނެ!!
އިންޑިއާއަކީ ގުޅުންބާއްވަން ކަމުދާ ގައުމެއްނޫން ްްްްްްްްްްްްްްްްްްްްްްްްްް އެމީހުން ވެކުސިނެއްތަށްޔާރު ކުރިއަސް ކާމިޔާބު ވެކުސިނެއްތޯ ނުވަތަ ނޫންތޯ ބެލުމަށް އަބަދުވެސް (އަޖުމަބެލުމަށް) ބޭނުންކުރަނީ ދިވެހިން މިއީ ހަގީގަތެއް ރާއްޖޭގެ ބައެއްޑޮކުޓަރުންނަށް މިކަން އެނގޭނެ ބޭސްގުޅަވެސް ތަށްޔާރުކޮށް އަޖުމަބެލުމަށް ދިވެހިން ބޭނުންކުރޭ އަދިމީގެ އިތުރުން ދިވެހިންނަށް ކެންސަރުވެސް ޖެހެނީ އިންޑިއާގެ އުފެއްދުންތަކުގެ ބޭހާއި އިންޖެކުސަންގެ ސަބަބުން މިއީ ހަގީގަތް.
ހުލިވަމުން ހުލިވަމުން ދާތީ ހަމަ ނީސްތައްޓަށް އަރަނީ. ކޮށިއަރާ ގާކަހާ ގޮތްގޮތްވަނީ.
ކަލޭ ގޭގެ ޓެރަސް އޭ ކިޔަން ވީނު.
އިންޑިޔާއައުޓް އިންޑޔާއައުޓް
ތިތެޅޭގޮތުން ވަރަށްސާފް ވަރަށްބޮޑު ގޯހެއް އުޅޭކަން. ހަމަ އައުޓް.
ހާދަ ބައިވަރު ބަޔަކޭ ޔާމީނު ބިރުން ފިއްކެޑޭނެ
އިންޑިޔާ އައުޓް // އިންޑިޔާ އައުޓް // އެކެމްޕޭންއެއް ނުހުއްޓުވޭނެ // މާލޭމީހުން އަށް ވެށިފެހި ގޯތި ދިނުން ފަށަން 3 އަހަރުގެ ވެރިކަން ނިމުނީ // ތީ ވޯޓަށް މާލޭ މީހުން ރުއްސަންޖަހަން އުޅޭ މަޅިއެއް // ޖަޒީރާ ފެއިލް //
އެލަވަންސް ނުލިބުނީތާ
އައްނިއާއި އާޒިމުމެން އިސްވެ ތިބެ ޓްއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވިހަނދާންވޭތަ؟ އޭރު ކޮބާ ސުލްހަ މަސަލަސްކަން.
ހެހެއްހެއް ބިރު ހީވަނީ ބިރު ހީވަނީ ވާންކުރާވަރަކަށް އެބަތެޅޭ. ވަރަށް އެބަ ގުޑުގުޑު އެބައަޅާ. އެނގިދާނެތާ.
އިންޑިޔާ އައުޓް ގިނަގިނައިން ގޮވާށޭ އިންޑިޔާ އައުޓް ޓީސާޓް ލައްވާށޭ.ކިޔާ ލިޔެފަ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ އެބައޮތް. ގައުމުދެކެ ލޯބިވާ ދިވެއްސަކުނަމަ އިންޑިޔާ އައުޓްގޮވާ އިންޑިޠާއައުޓް ޓީސާޓް ލެއްވުމަށް ދަންނަވަން.