ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކޮށްލުމަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ޕެޓިޝަނަށް ގިނަ ބައެއްގެ ތާއިދު ލިބެމުން އަންނަ ކަމަށް އިދިކޮޅުން ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުން ވެސް އިންޑިއާ އައުޓް ކެމްޕޭނަށް މިވަގުތު ބޮޑު ތާއިދެއް ލިބެމުން އަންނަ ކަމަށާއި އެތަންތަނުގައި މި ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

"އޮންލައިންކޮށް ވެސް ވަރަށް ގިނަ ފަރާތްތަކުން ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދޭ." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ޕެޓިޝަންގެ ތަފްސީލީ މައުލޫމާތު ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހިއްސާ ކުރާނެ ކަމަށެވެ.

އިންޑިއާ އައުޓް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ ކަންކަން އިދިކޮޅުން ކުރިއަށްގެންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުން މިނިވަންވުމާއި އެކީ މި ހަރަކާތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. އެގޮތުން ރަށްރަށުގައި ވެސް މިވަގުތު މި ހަރަކާތް ވަނީ ފަށާފައެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަނީމަނީ

    ދެންއިންޑިޔާއިން މިމީހުންގެ އައުޓައް ގޮވަންވެއްޖެއްޔާ މިމީހުން ކިކިނެތްހަދާނީ

    1
    10
  2. ރިވެތި

    ބަލަ މިއުޅެނީ މިދިވެހިރާއްޖޭގެ ދާހިލީ ކަންކަމުގެތެރެއައް އިންޑިއާ ސިފައިން ވަންނާތީ

    9
    1
  3. ހަސަދު

    ގައުމެއްގެ ރައީސަކު ނިކުމެ އިންޑިޔާ އައުޓޭ ގޮވުން އެއީ ވަރަށް ފެންވަރު ދަށް ކަމެއް. ޑިޕްމަސީ ކުޅޭނީ ވާހަކަ ދައްކައިގެން. ރައްޔިތުން ގުބޯ ހައްދަން ރައީސުން ނިކުމެ ދެން އިންނަ ގައުމަށް އަުޓޭ ގޮވޮވުން ދައްކުވައިދެނީ ސިޔާސީ ގޮތުން ކުފޫ ހަމަ ނުވާކަން. އިންޑިޔާ އައުޓު ހިންދީ ފިލްމު އިން، ހިންދީ ސީރީޒް އިން، ، ބޭހަށް އިންޑިޔާ އަށް. އިނަޑިޔާ އިން މޯލިޑްވްސް އައުޓޭ ގޮވާ ދުވަހު ކިހިނެއްބާ ވާނީ؟؟؟؟

    1
    1