2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ހުރިހާ އިދިކޮޅު ޕާޓީތަކުން ކަނޑައަޅާ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން، މިހާރު ކާށިދޫ - ގާފަރު ދާއިރާގެ މަޖިލިސް މެމްބަރު، ފައިސަލް ނަސީމް ކަނޑައަޅައިފިކަން ވަރަށް އިތުބާރު ހުރި ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފިއެވެ.
އެގޮތުން ޖުލައި 13 ވަނަ ދުވަހު އިދިކޮޅު ކެނޑިޑޭޓް އިބޫގެ ރަނިންމޭޓެއް ގޮތުގައި ފައިސަލް ނަސީމްގެ ނަން އިއުލާން ކުރައްވާނެކަން ވެސްވަނީ އެ ފަރާތުން ކަށަވަރު ކޮށްދެއްވާފައެވެ.
އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓު އިއުލާން ކުރުން ދިގުލައިގެން ދިޔަނަމަވެސް މި ނިންމުމަކީ ގާސިމް އިބުރާހިމް ނިންމެވި ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށް "ވަގުތު" އަށް މައުލޫމާތު ދެއްވި ފަރާތުން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން "ވަގުތު" ން ކުރީގެ ކާށިދޫ - ގާފަރު ދާއިރާގެ މެމްބަރު އަބްދު ﷲ ޖާބިރު އަށް ގުޅާލުމުން ވިދާޅުވީ ފައިސަލް ނަސީމަކީ ވަރަށް ގާބިލު ބޭފުޅެއްކަމަށެވެ. އަދި ކާށިދޫ - ގާފަރު ދާއިރާ ގެ އިތުރުން ފުވައްމުލަކު ހުރިހާ ރައްޔިތުންވެސް ފައިސަލް ނަސީމްގެ ފަހަތުގައި މަސައްކަތް ކޮށްދިނުމަށްއެދޭ ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ވަރަށް ރަނގަޅު ޗޮއިސް އެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކާއިއެކު ފައިސަލް ނަސީމް މަސައްކަތް ކުރެއްވުމުން ވަރަށް ރަގަޅު މަސައްކަތެއް ކުރެވިގެންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަބްދު ﷲ ޖާބިރަކީ ކުރީގެ ރައީސް ނަޝީދު ގެ އެޑްވައިސަރުގެ އިތުރުން ޖުމްހުުރީ ޕާޓީގެ ރައީސް ގާސިމް އިބުރާހިމާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި އިދިކޮޅު ކޯލިޝަނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއްކަންވެސް ފާހަގަ ކޮށްލެވެވެ.
ފައިސަލް...ތިނުންމީހަކު ހަމަނެތީބާ ހަމަ. ވަރަށްދެރަ ކޮންމެ އަކަސް.
ދޮގެއްއޮއްވަ އެއް މިބައި މީހުންތެދެއް ނުހަދާނެ
ރާއްޖޭގެ ތާރީޚް ގައި ފުވައްމުލަކު މީހުން ރަނިންގް މޭޓް އަކަށް ކަނޑައެޅުން އެއީ ވަރަށް ރަނގަޅު ފާލެކެވެ. ބާ އަތޮޅު މީހުންނަކީ އެއީ ޕޮލިޓިޝަނުން ނޫނެވެ. އެއީ ބަތްޕެނ ކައްކައިގެން ފުޓްބޯޅަ ކުޅޭޓިމަށް މަރުހަބާ ކިޔަން އައި ކަނޑުކޮހުން ތިބި އަތޮޅެކޭ މަމެން ވުނަން ނެތީމުދޯ.
ފައިސަލް ނަގައިފިއްޔާ މަށެއް ނުލާނަން އިދިކޮޅަށް ވޯޓެއް...އަހަރެމެން އެމްޑީޕީގެ އުންމީދު ފެނަށް ހަދާކަށް ނޭދެން...
މަ ލާނަން ފައިސަލް އަށް ވޯޓް.. މަވެސް އެމްޑީޕީ
އަވާސް ފައިސަލު ނައިބް ރައިސަކުށަ ވޭފަހެނާ. ޔާމީނުށަ ވޯޓު ނިދެންނޭ.. އެއު އަކީ ސިޔާސި މީހަކަށް
މަވެސް ނުލާނަން ފައިސަލް އަކަށް ވޯޓެއް
އިދިކޮޅުން ކެޑިނެއެޅި މަސައްކަށްކުރަނީ ޔަހޫދީނާއި ގުޅިގެން ދިވެހިގައުމްގެ މިނިވަންކަމާއި އިސްތިގުލާލް ނެތިކޮށްލުމައް
ކަލެއަށް ހާދަ އިނގެޔޭދޯ!!
މީ އެގެންޖެހޭ ކަމެއްނޫނޭ ފާޅުގަ ފެންނަ ކަންކަމޭ
ކަލެޔަށް އެޔަށްވުރެ ބޮޑަށް އިނގޭ
ތާއުލީމީ ޤާބިލު ބޭފުޅުން އެކަހެރިކޮށް، އެއްވަރުގެ 02 މީހުން، އިދިކޮޅު ކޯޅޭޝަން ފޭލްތިވީ،
ކަލެއަށް ފައިސަލްގެ ތައުލީމީ ފެންވަރު އަދި ނޭނގިފަ ތިހިރީ!
ކަލެއަށް ވަރަށް އެގޭ
އެމް.ޑީ.ޕީ މެނިފެސްޓޯގަ ވާގޮތަށް ދޮޅު އަހަރު ދުވަހަށް އެންމެ ރަގަޅު ތި ޗޮއިސް. 5 އަހަރު ދުވަހަށް ކަމަކު ނުދޭ
ފޫހި މީހެއްތީ. ކާށިދޫ އަންހެން ކުދިން އިދިކޮޅަށް ވޯޓު ދިނުމުގައި ދެވަނަ ވިސްނުމަކަށް ދާންޖެހޭ. ޔާމީން ޕެއާ މާރަނގަޅު ކަމަށް ވިސްނެނީ
މިކަމުން އެނގެނި އިދިކޮޅުގަ އާރެއް ބާރެއް ނެތްކަން، އެއްވެސް އުރައްޕެތް ހުރި ބަޔަކު ނެތްކަން، ޤާނުނީ ހަމައެއް ދަންނަ ބައެއް ނެތްކަން.
ނިކަން ޕްރޮފެޝަނަލް ވެބަލަ.
ތާއުލީމީ ޤާބިލު ބޭފުޅުން އެކަހެރިކޮށް، އެއްވަރުގެ 02 މީހުން،
އިދިކޮޅު ކޯޅޭޝަން ފޭލްތިވީ
ފައިސަލް އަކީ ތައުލީމީ ޒުވާނެއް
ފައިސަލް އަކީ ތައުލީމީ މީހެއް ވިއްޔާ ޖާބިރ އަކީވެސް ތައުލީމެއް
ކިހާ ތަޢުލީމެއް ހުރިމީހެއްތަ ތިފައިޞލަކީ؟؟؟
ސާބަސް ކަލޭމެންނަށް! ރައީސް ޔާމީން އެއްބުރުން އިންޝާއަﷲ!
ان شاء الله
ان شاء الله
ކީކެ ބުނާނީ، މިގައުމުގަ މިނޫން ބަޔަކު ނެތީތަ، އިބޫއަކި ތަނެއް ދޮރެއް އުޑެއް ބުޑެއް އނެގޭމިހެއްނޫން، ކިހިނެތް ޤައުމެއްގެ ވެރިއަކަށް ކުފު ހަމަވާނި، ދެން ހުރީ ފައިސަލް ނަސިމް ، އެނަ ކޯޗެއް ކިޔަވައިގެން ހުރި، ދެން ބުނާނެ ވެރިކމަށް ކުރިމަތިލާކަށް ނުޖެހޭ ތައުޅިމީ ފެންވަރެއް، އެކަމަކުވާ ވެރިކަމުގެ ތިބޭ ބަޔަކަކީ މުޅި ދުނިޔެއަށް ހުޅުވިފައިވާ ބަޔަކަށްވާތި ކޮންމެވެސް ވަރެއްގެ ތައުލީމީ ފެންވަރެއް ހުންނަންޖެހޭ ކަންނޭނގޭ،
މިމީހުންގެ ޕްރޮފައިލް ބޭނުނުން ބަލާލަން، ޢިލްމީ ފެންވަރާއި ތަޖުރިބާއާއި އަޚްލާޤީ ފެންވަރު ދެނެގަތުމަށް،
ލިޔާ މީހާވެސް ތިމާގެ އަމިއްލަ ފެންވަރާއިމެދު ވިސްނާލާ. ފައިސަލްގެ ތައުލީމީ ފެންވަރަކީ މާސްޓަރސް. ހިންގުމާއި އެހެން މީހުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަކީ މުޅި އުމުރު. މަޖިލީހަށް ހޮވޭ ކޮންމެ ދާއިރާ އެއްގައި ރައްޔިތުންގެ ތަރައްގީ އާއި ކުރި އެރުމަށް ބޮޑެތި ހޭދަތަކެއް ކޮށް މުހިންމު ގިނަ ކަންތައްތަކެއް ކޮށްދޭ. އެދާއިރާއެއްގެ ހުރިހާ ރައްޔިތުންގެ ތާއީދާއި ލޯބި ހޯދާ. ޑިސިޕްލިންގ ރަނގަޅު ޒުވާނެއް. ޔާމީނުގެ ކޮންކަމެއް ފައިސަލް އަށްވުރެން ފުރުހަމައީ ؟ އެއްކަމެއް ބުނެދީ !
ވައްކަން
ޢިލްމީ
ދުުރުވިސްނުން
އިކްތިސޯދީ މާހިރެއް.
ބޮޑެތި ބަގާވާތްތަކަކުން ގައުމު ސަލާމަތް ކުރެއްވި
ޢަދި؟
މިފަހަރު ދިވެހިން ވޯޓުލާނީ އަނިޔާވެރިކަމާ ދެކޮޅަށް... ޔާމީނަކަށް މެޖޯރިޓީއެއް ނުލިބޭނެ
ކުށްކުރީމަ ޝަރުއީ ކޯޓުތަކުން ހުކުމްކޮށް ހައެއްކަ ސިޔާސީމީހުން ޖަލަށްލުމަކީ އަނިޔާއެއް ނޫން. އެއީ އިންޞާފު. ރައްޔިތުން މިފަހަރު ވޯޓުލާނީ ލާދީނިއްޔަތާއި ދެކޮޅަަށް ތަރައްގީއަާށް. އިންޝާﷲ ރައީސް ޔާމީން އެއްލަކިން
ރައީސް ޔާމިން އެއްބުރުން
ޔާމީނަށް މެޖޯރިޓީ މިހާރުވެސް ލިބިފަ އެއޮތީ......، އެއްލަކިން ޔާމީން - ޝަހީމް އިންޝާﷲ
ކަލޭ ބ.އަތޮޅުގެ ބައްޕެން ކެއިންތަ؟
އަސްތާ! މަނިކުފާނުގެ ބަތްޕެންގަނޑު ހާދަ ހަރޭ! އެހެންވެގެންތާ ކާނީ. އަހަރެމެން ބަތްޕެން ބޮނީ.
ހާާހާހާ...ހީހީ ބަނޑަށް ތަދުވެއްޖެ...ހުސޭނުބޭވެސް ދޯ...
އަޅުގަނޑު ވިލުފުށީ އިބްރާހިމް ގޯލްޑަންހައުސް ގެ ފަރާތުން ސަހީމް އައް ވަރައް ހޫނު މަރުހަބާއެއް ކިޔަން.
މަރުޚަބާ
ޑރ ޝަހީމާ އެކު ވ ސަލާމް
ތައުލީމީގޮތުންނާއި އިލްމީގޮތުންނާއި ތަޖުރިބާގެގޮތުންނާއި ހިންގުމުގެގޮތުންނާއި އަޚްލާޤީގޮތުން ފާހަގަކުރެވޭ ޑރ.މައުސޫމު ހުއްޓާ ތިނެގުނީ އެންމެ ރަނގަޅު ޗޮއިސްއެއްނޫން. އެކަމަކު އެއޮތީ އެކަންއެގޮތަށް ވެފައިތާދޯ. އަޅުގަނޑު ތިކޯލިޝަންދެކެ ފޫހިވެއްޖެ.
މައުސޫމަކީ ކިޔަވައިގެން ހުންނެވި ރަގަޅު ބޭފުޅެއް. އެހެނަސް ހިންގުންތެރިކަމެް ނެތް ބޭފުޅެއް. ކިޔަވއިދެއްވަން ވަރަށް މޮޅުވާނެ. އަމަލީ ގޮތުން އެހާ ހިންގުންތެރިއެއްނުވާނެ.
ޑީޑީ ކަލެއަށް ތިނޭގެނީ އެބޭފުޅާގެ ހިންގުންތެރިކަން
ތިއީ އެމްޑީޕީ ޢަންމު މެންބަރުން ބަލައިގަންނާނެ މީހެއްނޫން. ސަބަބެއްކަމަށް އެމީހުން ބުނަނީ އެމީހުންގެ ވެރިންކަން 2012ގައި ވައްޓަލުމުގައި އޭނާގެ ދައުރުވެސް އޮތަތީކަމަށް. ވަރަށް ދެރަދޯ ؟/؟؟؟؟
އައްޗީޑި ކެރީމާ
އިދިކޮޅު އެމްޑިޕީން ޤަބޫލުކުރާއެއްޗެއް ނޫން ކޯލިޝަން އަކީ. އެހެން ނޫނަސް މި މީހުން މިއުޅެނީ ބައިކުޅަބައި ވެރިކަމެއްކުރަން. އިބޫ ފެކްޝަނުން ބޭނުމެއް އަސްލުނުވޭ ދައުރު ކުރުކޮށް ވެރިކަން ކުރާކަށް. އަދި މި އަލިފާންގަނޑު ހުޅު ފަޅައިގެންދާނެ އިރާދަ ކުރެއްވިއްޔާ، ބަލަންތިބޭ. ކާކުތަ ރައްޔިތުންނަށް ޚިދުމަތްކުރަން ލިބޭ ފުރުސަތު ނަގާލާނީ. 2008 ގަވެސް ދައުރު މެދުތެރޭން އިންތިޚާބެކޭ ކިޔައިގެން ވެރިކަމަށް އެރީ. ދައުރު ދެބައިވީ، މިކަމަށް އެއްބަސްވެސް ނުވާކަމަށް އަންނިހެދީ. މީ ހާލަކީ. ޕަކާސް
ސޭޓް އަކީ ސިޔާސީ ދާއިރާގައި ބާރުގަދަ މީހެއްކަމުަގއިވިޔަށް ސޭޓް އަކީ އިލްމީގޮތުން ސުމެއް ،، ސޭޓް ނިންމާ ނިންމުމަށް އިލްމީގޮތުބް ރަގަޅު ބޭފުޅުން ކައިރީގައި އަތްޖަހާލަ ޖަހާލާއި ތިބޭތަން ފެނުނީމަ މަ ހަމަކޮސްވޭ،،،
ރިސޯޓެއްގައި މަސައްކަތް ކޮއްލީމަ ޤައުމެއް ހިންގިދާނެކަމަށް ހީވަނީތަ؟
ކޮބާ ފައިސަލް ކިތައް އަބިން ތިބަޭބާ؟؟ ރީދޫ ކުދިން ބަލާލިބާ.
ކަޑަ ވަރަށް ކަޑަ
ވެރިކަމުގެ މައިގަޑު ސިފައަކީ އެކަކުގެ އަތުން އަނެކާއަށް ވެރިކަން ބަދަލުވެގެން އައުން މީހަކަށް ފަހު މީހަކު ކޮންމެ މީހަކުވެސް އަނެކާއަށްވުރެ މޮޅަށް އެކަން ކުރާނެ. ރާއްޖޭގެ ވެރިކަން ނުކުރެވޭނެ އެކަކުވެސް ރާއްޖޭއަކު ނެތް ހުރިހާ މީހުންނަކީ އެކަމަށް އެންމެ އެކަށީގެންވާ މީހުން ހަަމަ އެކަނި އިސްތިސްނާ ވަނީ ގާނޫނީ ގޮތުން އެކަމަށް ކުރިމަތި ނުލެވޭނެ މީހުން.
މަގޭވޯޓް ކޯލީޝަނަށް ދޭނަން. އިންޝާﷲ
މަނުދޭނަންް ފައިސަލް އަށް ވޯޓެއް
މައުމޫނު އަށް ލިބޭބައެއް ނެތްތަ ކިހާދެރަކަމެއް ބަހާނިމޭއިރު ހުސްއަތާ ދާންޖެހެހުނީތަ
މަ ފައިސަލް އާ ދެކޮޅު ބޭނުމީ ކިޔަވައިގެން ހުރި ސިޔާސީ ދާއިރާ އަށް ހޭލުންތެރި އެންމެންގެ އަލީ
މަ ފައިސަލް އާ ދެކޮޅު ބޭނުމީ ކިޔަވައިގެން ހުރި ސިޔާސީ ދާއިރާ އަށް ހޭލުންތެރި އެންމެންގެ އަލީ.
Mithaa comment kuri meehunah vaanuvaa neygunas bodu varu . Koacheh maa molhah kiyavaigen thibe tha Faisal ge thauleemee fenvarey
thi kiyanee
އަހަރެމެން އެމްޑީޕީ އައްދޭން އޮއްވޯޓު މިހާރުކެންސަލްވީ ތިފައިސަލް ރަނިންމޭޓަކައްހޮވީމާ އަހަރެމެންދެންވޯޓުދޭނީ ޔާމީނައް
ތީ ހަމަ ގަމާރެއް ، މިނޫން މީހަކު ނެތީތަ ،،،،،،،،،