ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، މިއަދު ހެނދުނު ދިހައެއް ޖަހާކަށް ހާއިރު އޭނާ ދޫކޮށްލައިފިއެވެ.
ޖާބިރު ދޫކޮށްލާފައިވާ ކަން އޭނާ ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އަދި އޭނާއާ މެދު އަމަލު ކުރީ ވަރަށް ބޭއިންސާފުން ކަމުގައި ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ދޫކޮށްލާފައި ވަނީ ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ފަހު، ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.
ޖާބިރު ހައްޔަރު ކޮށްގެން ގެންދިޔައީ ގދ. އަތޮޅު ފަޅު ރަށެއްގައި ހުންނަވަނިކޮށެވެ. އެއީ ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރެއް ތަންފީޒު ކުރަން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ޖާބިރު ހައްޔަރު ކުރުމަށް ފަހު، އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފުލުހުން އެންގި ކަން އެ އިދާރާއިން ވެސް ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ޖާބިރު ހައްޔަރު ކުރީ އޭނާގެ ކުންފުނި ޔޮޓް ޓްއާސްއާއި ދެކޮޅަށް ދައުވާ ކޮށްފައިވާ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ޖާބިރު ދޫކޮށްލި ސަބަބާއި ގުޅޭ ގޮތުން އަދި އިތުރު ތަފްސީލެއް ނުލިބެއެވެ.
އަމުރު ތަންފީޒު ކުރެވުނީތޯ..؟ 13:15 ވާއިރު ކޯޓަށް ގެންދަން ހައްޔަރު ކުރި މީހަކު 10:00ގައި ދޫކޮއްލުމަކީ އަދުލު އިންސާފު.. އާންމު ނިކަމެތި ރައްޔިތެއް ނަމަ ބަރާބަރު ގަޑިޖެހެންދެން ބަހައްޓާނެ
ކޮންމެ ސަރުކާރެއްގައިވެސް ޖާބިރު ހައްޔަރުކޮށްގެން ފުލުހުން އުޅެންޖެހޭ ،،
އިންޑިއާ މީހުނާއި އެމްޑީއެން އެމްޑީޕީ ލާދީނީ މީހުނަށް ޤާނޫނު ނުހިގާނެ
މިކަހަލަ ދަޅަދައްކަންޏާ ރިޔާސީ ދައު ރު ދިގުދަންމާލަން ޖާބި ރު އެދޭނެ މަޖިލިސް މެންބަ ރުން ޗާޓުން ބޭ ރުން ދުވަންވީ
ދުނިޔެމަތިން ވެސް ލާރި ގިނަވެގެން އުޅޭމީހުންނަށް މިފަދަކުރިމަތި ލުންތަކާއި ދިމާވާނެ. މޮޅުގޮތަކީ ތި ހުރިހާއެއްޗއް ފަގީރުންނަށް ދީ ހުސްކޮއްލުން.
މިކަލޭގެ އެބަޖެހޭ މިހާރު ޓެސްޓްކުރަން. އޭނާ ހިނދުކޮޅު އަންނަނީ ކީޢްވެތޯ ބަލަން ޖެހޭ އެބަ.