މ. ދިއްގަރުގައި ދައުލަތުން ޚަރަދުކުރައްވައިގެން ބިނާކުރައްވާފައިވާ ބަނދަރާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް، ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ނިޒާމު އިފްތިތާޙު ކޮށްދެއްވީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

އެރަށުގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަޅާފައިވާ ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮށްފައިވަނީ ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިންނެވެ.

އެރަށުގައި އެކުންފުނިން ޑިޒައިން ކޮށް އަޅާފައިވާ ނަރުދަމާ ނިޒާމުގައި ދެ ޕަމްޕިންގ ސްޓޭޝަން އާއި ދެ ސީ އައުޓްފޯލް ޕަމްޕިންގ ސްޓޭޝަން އަޅާފައިވާކަމަށް، އެކުންފުނިން ބުނެފައިވެއެވެ. އަދި، 4.3 ކިލޯމީޓަރުގެ ވިއުގައަކާއެކު 249 ގޭބިސީއަށް ޚިދުމަތް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިއީ 26 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ ނިޒާމެއްކަމަށްވާއިރު، މި ނިޒާމުގެ ޚިދުމަތް. އެރަށުގައި ދޭނީ ފެނަކަ ކޯޕަރޭޝަން އިންނެވެ.

މީގެއިތުރުން، އެރަށުގެ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީވެސް ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

48 މިލިއަނަށ ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މި މަޝްރޫޢު ހިންގާފައިވާއިރު، މި މަޝްރޫޢުގެ ދަށުން 750 ފޫޓު ދިގު އަދި 260 ފޫޓު ފުޅާ ބަނދަރެއް ވަނީ ހަދާފައެވެ. އަދި، ބޭރު ތޮއްޓާއެކު ބޮޑު ހިލަ ޖަހާފައިވެއެވެ.

ދިއްގަރުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކުރުމަށްފަހު ޚާއްޞަ ރަސްމިއްޔާތެއް މިހާރު އެބަ ކުރިއަށް ދެއެވެ. މި ރަސްމިއްޔާތުގައި، އެރަށުގެ ރައްޔިތުންނާ މުޙާތަބުކޮށް، ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ،

ރައީސް ޔާމީން މިއަދު ދިއްގަރަށް ވަޑައިގެންފައިވަނީ، މ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅެއްގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ދެން ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މުލަށް، މުލީ އަދި ކޮޅުފުއްޓަށެވެ.

މި ރަށްތަކަށްވެސް ވަޑައިގެން، އެރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަވާފައިވާ ބައެއް މަޝްރޫޢުތައް ފެށުމަށްވަނީ ނިންމާފައެވެ.

މި ދަތުރުފުޅުގައި، ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މެމްބަރުހުރީ ރައްޔިތުންގެ ފިކުރު ބޮލާލާޖަހާ ދުޝްމަނުންގެ މަޅީގައި ބެދިފައި! އެހެނަސް ދާއިރަގެ ތަރައްޤީ މިހުރީ މެކުހަށްޖަހަފައި! ސާބަސް ރައީސް ޔާމީން! ސާބަސް ދާއިރާގެ ރައްޔިތުން! ފިސާރި ޖޯޝުގައިނުކުމެ ފުރަތަމަބުރުން ރައީސް ޔާމީން ހޮވަންވާނެ!

    • ކަލޯ އައްޕަ

      އަމާބަފާގެ ލާރިޔެއް ނޫން ތީކީ. ނުވާނެ ތިކަމެއް

  2. ޙަބީބު

    ޝައްކެތް ނެތް ! އިންޝާއަﷲ

  3. ކެރަފާ

    ޢެއްބުރުން ރައީސް ޔާމީން އިންޝާ ﷲ.