ވިލިމާލެ ކައިރީގައި ލޯންްޗްއަކާއި ޑިންގީއެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓްގައި ދެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އަދި އެކްސިޑެންޓްވި ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 18:50 ހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވިލިމާލެ ދެކުނު ފަރާތުން ލޯންޗްއަކާއި ޑިންގީއެއް ޖެހިގެން އެކްސިޑެންޓް ވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި ޑިިންގީ އަޑިއަށް ގޮސްފައިވާއިރު، އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަތުރު

    ބޮޑެތި ލޯންޗް ދުއްވަން ތިބޭމީހުން ކުދި ޑިންގީ ،ބޮއްކުރާ ކަހަލަ އެއްޗެހި އައް ޖެއްސުން ކުރުމުގެ ގޮތުން މާކައިރިން ދުއްވާކަން ވަރަށް ފާހަގަކުރެވެ މިގޮތުން ރޭނގަނޑު ފަރު މަސްވެރިކަމަށް ނިކުމެ ތިބޭ ދިންގީ އާ ވަރަށް ކައިރިން ދުއްވާ މިހެން ވެ މިކަހަލަ ނުރައްކާ ތެރި ޙާދިސާ ތަކާ ކުރިމަތިވެ