ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވާ މީހުންނަށް ހަމަލާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހް ވިދާޅުވެ ދެއްކެވި ވާހަތަކާ ގުޅިގެން އެމައްސަލަ ބަލައި ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެމައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާކަން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަގުތަށް" ކަށަވަރު ކޮށްދެއްވާފައެވެ.

އެކަމާއި ގުޅިގެން އިދިކޮޅުން ބުނީ، އެއީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމުގެ ސަބަބުން ރާއްޖޭގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން މާލެ ދާއިރާ އަށް ހާއްސަކޮށްގެން ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވަނީ އިދިކޮޅު ކޯލިޝަނަޝާއި އެކޯލިޝަންގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވެފައެވެ. އެ ފާޑު ކިޔުންތަކުގެ ތެރެއިން ފަލާހް ވިދާޅުވީ، އިންޑިއާ އައުޓް ނުގޮވޭނެ ކަމަށާއި އެކަން ކުރާ ފަރާތްތަކުގެ ކަންފަތް މަތީގައި ޖަހަން ޖެހޭ ކަމަށެވެ.

"އެ ގޮވާ ކަމަށް ވާނަމަ، އަޅުގަނޑުމެން ޖެހޭނެ އެމީހެއްގެ ކަންފަތް މަތީގައި ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެ ކުރަން ޖެހޭ ކަމެއް މިހާރު." ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބޭ ކޮންމެ ގެއްލުމަކާ ގުޅިގެން އެހީތެރިވާން ތިބީ އިންޑީއާއެވެ. އެހެންވެ ކަންފަތް މަތީގައި ޖަހައިގެން ނަމަވެސް އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެމްޑީޕީ މީހާ

    އެމްޑީޕީ ބަލިކަށި ވަމުންދާ ދަޑިވަޅެއްގަ އަނެއްކާވެސް ދިވެހިން ރުޅި އަރުވާލަނީ. އެމްޑީޕީ ލީޑަޝިޕް ބަދަލުކޮއްގެން ނޫނީ ރައްޖެ ކުރިއަރުވަން އުދަގޫވާނެ

    36
  2. ނުކެރޭނެ

    މައްސަލަ ހުށަހެޅިޔަސް މިސަރުކާރަކުން ތިޔަމީހުންގެ މައްސަލައެއް ނުބެލޭނެ ބަލާކައްވެސް ނުއުޅޭނެ

    42
  3. ގލޅ

    މީހުންނަށް ހަމަލާދޭން ގޮވާލުމަކީ ކުށެކެވެ މީނަގެ މައްސަލަ
    ސަ ރީއަތަށް ހުށަހެހެޅުމަށް ގޮވާލަމެވެ އަދި މަޖިލިސް
    މެންބަ ރުކަމުން އިސްތިއުފާ ދިނުމަށް ގޮވާލަމެވެ.

    44
  4. ކިނބޫ

    ކުރިންވެސް އުޅުނު ތިފާޑަށް މީހަކު، ތަޅާނެ ކުދިންކޮޅެއް ހޯދައިގެން ފުލުހުން ގައިގަ ތަޅަން. އެކަމަކު ހަމަ ކަށަވަރު، ކޯޓަށް ގެންގޮސް އަހައިފިއްޔާ ބުނާނީ، އެހެން ބުނި އެއްޗެއް ނޫނޭ، ތިމަންމަނިކުފާނު ބުނީ ޖިސްމާނީ ގޮތުން ތަޅާ ވާހަކައެއް ނޫނޭ، ފެނުގަ ބަކަތަޅާ ވާހަކައޭ. އަޅެ ލައިކެއް ޖަހާހަލަބަލަ ކެރެންޏާ.

    20
    1
  5. Anonymous

    ލަޑާބަ ނިކަން

  6. ރައްްޔިތުމީހާ

    އިންޑިއާ އައުޓް ގޮވަންޖެހޭ ސަބަބު އެައޮތް އެހެންވީމާ އިންޑިއާ އައުޓް ކިޔާނަން
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް