މާލޭގައި ހުންނަ މިސްކިތަކުން ފަންކާއެއް ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ފަތިހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

އޭނާގެ ބަންދާއި މެދު ގޮތެއްް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނަ 15 ދުވަހަށް ބަންދުކޮށް މައްސަލަ ކުރިއަށްގެންދިއުމަށް ކޯޓުން އަމުރުކޮށްފައެވެ.

ފުުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝީޒާ

    އޭ ވާނީ ނަފްސާނީ ބަލި ކުއްޖަކަށް

  2. ފައިޒް

    މިސްކިތްތަކައް ގެއްލުންދެމުން ދަނީ ވަކި ބާވަތެއްގެ ރިއެކްޝަނެއް މުޖުތަމައުގައި އުފައްދައި އޭގެ ފަހަތުން ކޮންމެވެސް ސިޔާސީ ފައިދާއެއް ހޯދައިގަތުމުގެ ބޭނުމުގައިކަމައް ގަބޫލު ކުރެވޭ.