މާލޭގެ ފިހާރައެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

އަލިފާން ރޯވެފައި ވަނީ ބުރުޒު މަގުގައި ހުންނަ އެސްބީ މާޓް ފިހާރައިގައެވެ.

އަލިފާނުގެ ހާދިސާ ހިނގި ފިހާރަ ކައިރީގައި އާއްމުންނާއި ފުލުހުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެމްއެންޑީއެފް އިން ބުނީ ޑރ. ޑީޑީ ކްލިނިކް ކައިރީގައި ހުންނަ އެސްބީ މާޓް ނަމަކަށް ކިޔާ ފިހާރައެއްގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރު 1:34 ހާއިރު ކަމަށެވެ.

އެތަނުގައި ރޯވި އަލިފާން ގަނޑު ނިއްވާލެވުނީ ދަންވަރު 1:44 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ފިހާރައިގައި ހަރުކޮށްފައި އިން އޭސީގައެވެ.

އަލިފާން ރޯވި ފިހާރަ ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި ސިފައިން ކުރި މަސައްކަތުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮމޮލިކާ

    ތަނެއްގަ އަލިފާންރޯވެ ކަމެއް ހިނގާއިރަށް ޖެހޭނެ ވީއެންމެ އަވަހަކަށް އެތަނަށް މީހުން އެއްވެ ތަން ފުރާލަން ހީވާކަހަލަ މީރިއަލިޓީ ޝޯއެކޭ

    5
    2
  2. ޚަލީލު

    ބުރުޒު މަގަކީ މާލޭގެ އެއްކޮޅުން އަނެއް ކޮޅަށް އޮންނަ މަގެއް. ބުރުޒުމަގުގައި ހުރި ފިހާރައެކޭ ބުނީމާ އެއީ މާލޭގެ ކިހާ ހިސާބެއް ކަމެއް އެނގެނީ ކިހިނެއް؟ ބުރުޒުމަގުގައި ކޮން އަވަށެއްގައި ހުރި ތަނެއްކަން ބުނެލިނަމަވެސް އެތަން ހުރި ހިސާބެއް ލަފާކޮށްލަން ފަސޭހަވީސް.