އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މަސައްކަތް ކުރަނީ އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އައްޑޫގައި ވެސް އިއްޔެ ވަނީ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

އެ ހަރަކާތަށް އިޝާރާތް ކުރައްވައި އެމްޑީޕީގެ މެމްބަރު ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ މަޝްރޫއުތައް ހުއްޓުވަން ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"ދަންނަވަން އޮތީ އެއްވެސް ޕްރޮޖެކްޓެއް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ވާހަކަ. އެއްވެސް އުނދަގުލެއްވާ ނަމަ އެ ވެރިންހުއްޓުވައިގެން ވިޔަސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ." ނިހާދު ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ގިނަ މަޝްރޫއުތަކެއް ދަނީ ހިނގަމުންނެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި މިހާރު ގާތްގަނޑަކަށް ނިމިފައިވާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް އެކެޑެމީ) ހިމެނެއެވެ. އެ ތަން އަންނަ އަހަރުގެ ތެރޭގައި ހުޅުވަން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު އާއި ހުޅުދޫގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ގާއިމް ކުރުމާއި ގޭދޮށު މަސް ފެކްޓަރީ އާއި އައްޑޫގެ އިކޯ ޓޫރިޒަމް މަޝްރޫއަކީ ވެސް ފާހަގަކޮށްލެވޭ ބޮޑު މަޝްރޫއުތަކެކެވެ.

އިންޑިއާ އިން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެސް ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    ތިން އަހަރު ވީ އިރު އައްޑޫމީހުން އެނިދަނީވެސް މަޝްރޫއު ތައް މަތީގަ ނިހާދޫ. ބަލަ އަހަރެމެން މި ކިޔަނީ އައްޑޫ މީހުން ނަކީ ގްބޯއިންނޭ . އެހެން ވީމަތާ އެމްޑީޕީ ޖަހާހާ ބެރަކަށް ތި ނަށަނީ. އައްޑޫ މީހުން ހަމަ ގަޅީ. # އިންޑިއާ އައުޓް #

    35
  2. ކޮއްޔާ

    ގިނަ ދިވެހިން އެދެނީ މުޅިރާއްޖޭންވެސް ބުމްބާއިން ހުއްޓުވަން // އިންޑިޔާ އައުޓް //

    35
  3. ނާބެ

    ނިހާދުމެންނަކީ އައްޑޫގެ ހަލާކު މިހާތަނަށް އައްޑުއަށް ވީ ހުރިހާ ގެއްލުމެއް ވެފައިވަނީ ތި ނިހާދުމެންގެ ގަޅި ވިސްނުމުގެ ސަބަބުން .

    22
  4. ހުސަންބެ

    މިގައުމުގެ މިނިވަންކަމާއި ސިޔާދަތު އަންނަށް ޖީލުތަކަށް ހިމާޔަތްކޮށްދީ ދެމެހެއްޓުމާއި އެންމެބޮޑަށް މަސައްކަތްކޮށް ފިކުރުކުރާނީ އެގައުމެއްގެ ނުވަތަ އެތަނެއްގެ ވަތަނީ ރައްޔިތުންނެވެ. ނަމަވެސް މިގައުމުގެ 4ގައްދާރުންނަށް މިވަރުވެސް ނޭގޭނޭގުމަކީ އެ4ގައްދާރުނަށް ނޫނެކޭބުނެ ވަތަނީ ލޯބިހުންނަށް މީހަކުވެރިކަމަށްގެންމަސައްކަތްކުރަންޖެހޭކަމެކެވެ

    17
  5. އަހުމަދު

    އީ ކޯ ޓުއަރިޒަމް ހުއްޓުވަޖެހޭ އޭގެސަބަބުން މިތާ ދެވަނަ އިޒުރޭލެއް އުފެދުން ކާރި

    19
  6. އަހުމަދު

    ގެދޮރު އަޅާފަ ބޭރުމީހުންނައް ވިއްކުމަކީ ގައުމު ބޮޑު ނުރައކަލަކައް ވައްޓާލުމެއް

    20
  7. ޢަލީ

    އިންޑިޔާ އައުޓު ގޮވީމަ މަޝްރޫޢުތައް ހުއްޓެންޖެހޭތަ، އެއީ ލޯނުނަގައިގެން ހިންގާ ކަމެއްވެއްޖެއްޔާ އެކަންކުރީމަދޯ ލޯން ދައްކަން ފެށޭނީ، ހުލޭ އެހީވިޔަސް މީހަކަށް އެއްޗެއް ދިންކަމަށްވާނީ އެއެއްޗެއް ފުރިހަމަޔަށް ލިބުންދޯ، މިއުޅެނީ އިންޑިޔާ މީހުންދެކެ ނުވަތަ އިންޑިޔާގެ އެހީދޭތީއެއް ނޫނެ، މި އުޅެނީ އިންޑިޔާގެ ސަރުކާރުން މިހާރުގެ ސަރުކާރު ކޮންޓްރޯލްކޮށް އެމީހުންގެ އަސްކަރިއްޔާ މިތާ ތިބޭތީއޭ، ނިކަން ބަލާބަލަ ކުރިން އަހަރެމެން ކުޑައިރު، އަބަދުވެސް މި ގައުމަށް އެކި ޤައުމުތަކުގެ މަނަވަރު އައިސް އެއަށް އަހަރެމެންއަރާ އެކި ކަންކަން ކޮށްދޭ، އޭގެތެރޭގައި އެމެރިކާ އިނގޭރިސިވިލާތް ފަރަންސޭސި ވިލާތް އިޓަލީ ރަޝިޔާ ޗައިނާ ޖަޕާން މެލޭޝިޔާ މިހެންގޮސް ނަންހުސްކޮށް އާދެ، މިހާޜޫ އެނގޭތަ މިމީހުންގެ ހުއްދައެއްނެތި އެއިން ތަނެއްގެ އުޅަނދަކަށްވެސް ނާދެވެ. ހަމައެކަނި މި ސަބަބަށްޓަކާވެސް މިމީހުންގެ އަތްދަށުން ސަލަމަތްވާން އެބަޖެހޭ.

    24
  8. އިންޑިއާއައުޓް

    އިންޑިއާ އާއި ދެކޮޅު ހަރަކާތަކީ އެއީ ނޭއްގާނީ އަމަލެއް ނޫނޭ އެއީ ގައުމީ ކަމެކޭ އިންޑިއާ އަައުޓް ކެމްޕެއިން މަމެން ޕިންކީންގެ ގަޓް ރައީސް ހިންގަވަނީ އެއީ ސީދާ ގައުމީ ކަމަކަށް އެކަން ވުމުންނޭ މަމެން މިކަމުގައި އެއްގޮތަކަށް ވެސް ސިޔާސީ ކަމެއް ނުގެންގުޅެމޭ މަމެން ސިޔާސީ ފައިދާ އެއް ނުވެސް ނަގާނަމޭ މިކަމުގައި އައިސްވެއަރ މަމެން ނުނަގާނަމޭ ދެން މިކަން ކަށަވަރު ކުރުމަށްޓަކައި ގައުމީ ކެންޑިޑޭޓް ފައްތޭ އަށް ހުރިހާ ކުދިން ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި ދޭން މަސައްކަތް ކުރަންވީއޭ އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން އިންޑިއާ އައުޓް ފައްތޭ އިން

    15
  9. އަޙްމަދު

    ތިމާމެންނަށް ލިބޭ މަދު ފައިސާކޮޅަކަށް ހެއްލިގެން އުޅޭބަޔަކު މޮޔަވިކަސް ރައްޔިތުން ތިބީ ހަމާއިގައި! އިންޑިޔާ މިލިޓަރީ ތިބޭކަށް ނުޖެހޭ!!!

    14
  10. ނަސީ

    އިދިކޮޅުން ބޭނުންވަނީ އައްޑު މީހުންގެ ޅަދަރިން. އިނޑިޔާ އަޅުވެތިކަމުން ސަލާމަތް ކުރަން

    16
    1
  11. ހައިޖަންޕު

    ނިހާދުއަށް އެގޭތަ ފޭދޫ ރަށް ދެބައި މަގުހަދާތާ ދެއަހަރު ވީއިރުވެސް ޖަންކުޝަންވަޅުލާ ނުނިމޭކަން ރައްޔިތުންނައް އެނގޭމިސަރުކާރަށް އައްޑޫ ތަރައްގީ ނުކުރެވޭނަކަން.

    13
  12. ސައީ

    ޢިންޑިޔާއިން ތިދޭ ލާރި އަކީ މި މުސތހަގިއްލު ގައުމަށް ގަވާއިދާ ޚިލާފަށް އަރާ ނު ފައިބާ ތިބުމުން ވަމުން ދާ ޖުރިމަނާގެ ފައިސާ. އިންޑިޔާ ޢައުޓް

  13. ވިސްނާލަމާ

    ތިޔައީތޯ "އިންޑިބޭ" ބުނި ވާހަކައަކީ، ޤައުމުގަ ހުޅުޖަހަިގެން، ޤައުމުގެ ރައްޔިތުން ދަށްބަޔަކަށް ހަދައިގެން، ޤައުމު ފަނާކޮށްގެން ނަމަވެސް "އިންޑިބޭ"ގެ ޕްރޮޕެކެންޑާ ހިންގައިދިނުމަށް... އެގޮތަށްތޯ އެދުނީ... ސާބަސް.... ސާބަސް... ކަލެއަށް ހަލާކުހުރި... ސާފުކޮށް ވިދާޅުވެބައްލަވާ.... ދިވެހީން މި ތިބީ ކުޑަކަކޫ ޖަހާގޮތަކަށް ނޫން... ކާބަފައިން ވެސް އެކަން ނުކުރި... އަދި ކުރި ވަޞިއްޔަތަކީ ވެސް އެކަން ނުކުރުމަށް ..... ނިހާދު ތިޔައީ ހާދަ ފިނޑި ގޮލައެކޭ ދޯ....