ޖުމްހޫރީ ޕާޓީގެ ބާނީ އޮނަރަބަލް ޤާސިމް އިބްރާހިމްގެ އަމިއްލަފުޅު ޕާޓީ، ޖުމްހޫރީ ޕާޓީގައިވެސް ޤާސިމްގެ ބާރެއް ނެތް ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، މ.މުލަކުގައި ސަރުކާރުން ޤާއިމު ކޮށްދެއްވާފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި އެރަށުގައި މިހާރު ކުރިއަށްދާ ހާއްޞަ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ، އޮނަރަބަލް ޤާސިމް އިބްރާހިމް އަމިއްލަ ފައިސާ ހަރަދު ކުރައްވައިގެން އަމިއްލް އިމާރާތުގައި ހިންގާ ޕާޓީއަށް އެހެން ބަޔަކު އަތްގަދަކޮށް އެ ޕާޓީން ޤާސިމްގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.

"ޖޭޕީގައި ޤާސިމްގެ ބާރެއް މިއަދު ނެތް، ޤާސިމް ބޭނުންވާ މީހަކު ރަނިންމޭޓަކަށް ނެގޭނެ ގޮތެއް ނެތް. ހަމަ އެއާއެކީގައި އެއަށް (ޖުމްހޫރީ ޕާޓީއަށް) ބޭރުން އައިސް ވަދެގެން އުޅޭ ބަޔަކު އަތްގަދަކޮށްގެން ޤާސިމް އެހުރިހާ ހަރަދެއް ކޮށްގެން އަމިއްލަ އިމާރާތެއްގައި، އަމިއްލަ ފައިސާ ހަރަދުކޮށްގެން ހިންގާ ޕާޓީގައި މިއަދު އޭނާގެ އެއްވެސް ބާރެއް ނެތް. އޭނަގެ އަންހެނުން ރަނިންމޭޓަކަށް ނެގޭނެ ގޮތެއްވެސް ނެތް." އަދުރޭ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެމަނިކުފާނުގެ ރަނިންމޭޓުގެ ގޮތުގައި ފެނިގެންދަނީ ދިވެހިންގެ ލޯތްބާއި ޤަދަރު ލިބިވަޑައިގެން ހުންނެވި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުޙައްމަދު ޞޯލިހް ނިކުންނައިރު، ރަނިންމޭޓެއް ކަނޑައެޅުމަށް ހަޖަމެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެރެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.