ރާއްޖޭގެ ދޮށީ އުމުރުގެ މީހުންނަށް ދޭ ފައިސާ އިތުރު ކުރައްވާނެކަން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާން ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިކަން އިއުލާނު ކުރައްވާފައިވަނީ މ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ.މުލަކުގެ ނަރުދަމާގެ ނިޒާމް ނިންމައި ޚިދުމަތް ދިނުން ރަސްމީކޮށް ފަށްތަވައިދެއްވުމަށް މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ވާޙަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ މި ފުދުންތެރިކަން އިތުރުވެގެންދާއިރު ދެން ކީތްވެގެންތޯ ދޮށީ ރައްޔިތުން ޤަބޫލު ކުރައްވަންވީ ތިމަންނަމެންނަށް ދެންވެސް ލިބޭނީ 5000ރ އޭ! ނޫން، އިރާދަކުރެއްވިއްޔާ އެއަށްވުރެ މާ ބޮޑު އަދަދެއްގެ ފައިސާ ތިބޭފުޅުންނަށް ހަމަޖައްސައިދެއްވާނަން." ދޮށީ އުމުރުގެ ރައްޔިތުންނަށް ވެވަޑައިގަންނަވާ ރިޔާސީ ވައުދު ހާމަ ކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބަދުލްޤައްޔޫމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޮޑު ދަރަންޏާ އެކީ ރައްޔިތުންނަށް ޚިދުމަތް ކުރަން އަންނަމުންވެސް އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް 5000ރ ދެއްވަން ވައުދުވެ އެކަން ފުއްދަވައިދެއްވާފައިވާއިރު، އިރާދަކުރެއްވީތީ ރާއްޖޭގެ ތަނަވަސްކަން އިތުރުވެ، ޤައުމީ އުފުއްދުންތެރިކަން އިތުރުވަމުންދާ ކަމަށާއި އެ ތަނަވަސްކަމުން ދޮށީ އުމުރުގެ ރައްޔިތުންނަށް ހަމަޖެހުން އެބައޮތް ކަމަށެވެ.

ޒުވާނުންގެ ހަމަޖެހުމާއި، ޒުވާނުންގެ ތަނަވަސްކަމާއި، އަންހެނުންނަށް ކޮށްދޭ ކަންތައްތުގެ ވާހަކަ ދައްކާއިރު، ދޮށީ ރައްޔިތުންގެ ގިންތިއާމެދު އިހުމާލު ނުވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނަށް އިތުބާރު ކުރައްވާ ދެވަނަ ދައުރެއްގެ ފުރުޞަތު ދެއްވަމުނަށް ރައީސް އެދިވަޑައިގަތެވެ. އަދި ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކޮށްދެއްވުމަށްވެސް ރައީސް ގޮވާލެއްވިއެވެ.

ދޮށީ އުމުރުގެ ރައްޔިތުންނަށް ދެމުން އަންނަ އެލަވަންސް އިތުރު ކޮށްދެއްވާނެކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވިއިރު، އަންހެނުންނާއި ކުޑަކުދިންނަށް ފަރުވާދޭ ހާއްޞަ ޤައުމީ ހޮސްޕިޓަލެއް ޤާއިމު ކޮށްދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ސަރަހައްދީ ހޮސްޕިޓަލްތަކުގައި ފިޒިއަތެރަޕީ ސްޕެސަލިސްޓް ޔުނިޓްތަކެއް ޤާއިމު ކުރައްވާނެކަމަށްވެސް ޔާމީން ވަނީ ވިދާޅުވެލައްވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކުގެ އިތުރުން މިއަދު ހެނދުނު އެއަތޮޅު ދިއްގަރަށް ވަޑައިގެންފައިވާއިރު، މިއަދު ހަވީރު އެއަތޮޅު މުއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. Anonymous

    ކޮންމެ އާއިލާއަކަށް ޑޮކްޓަރަކާއި ވަކީލެއް

  2. ޒުވާނާ

    އެހެންވިއްޔާ ވޯޓު ދޭނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުން ... މަށެއްވާ ނުދޭނަށް

    • ޖޮއްބެ

      ކަލޭގެ ބައްޕަޔޯ މަންމަޔޯ ޢާއިލާގައި ތިބި މުސްކުަޅިންނޯ؟ މިމީސްމީހުނަށް ކަލޭގެ ޖީބުން ކުރަންޖެހޭ ޚަރަދުތައް ކުޑަވުމުން އެއީ ކަލެއަށް ލިބޭ ފައިދާއެއްނޫންތަ؟ ނޫނޭ ކަލޭގެ ގަމާރު ކަން ބޮޑު. ބުނަންތަ ރަގަޅުވާހަކައެއް ކަލޭތިޔަ ވޯޓުދޭން ގަސްދުކުރާ ރީނދޫ މީހުންގެ ސަރުކާރެއް އަތުވެއްޖެނަމަ އެކައްޗެއްވެސް ނުލިބޭނެ މިހާރު ލިބޭ އެތިކޮޅުވެސް ކުޑަކުރާނެ.

  3. ހުސްވީ

    ރުފިޔާ މާގިނަވީތަ

  4. ޒާ

    އިތުރު ކުރުމުން މައްސަލައެއްނެތް. އެކަމަކު ކޮބާތޯ ސަރުކާރުގައި އެތައް އަހަރެއްވަންދެން ވަޒީފާއަދާކުރުމަށްފަހު ވަކިވި މީހާއާށް ލިބޭ އެއްވެސް އެއްޗެއް. އޭނާ އަތުން އަތުލި ފައިސާވެސް ލިބެނީ އުމުރުން 65 އަހަރުވީމާ. ޕެންޝަން ފަންޑުގައި ހުރިފައިސާއިން ނެތް ތިމާއަށްޖެހިފައިވާ ޒަރޫރީ އެއްވެސް މުހިއްމު ކަމަކަށް ހައްލެއް ހޯދޭކަށް. މީ ކޮން އިންސާފެއް.

    • ސާދުނާ

      ވަރައް ރަނގަޅުވާހަކައެއް..

    • ސާނީ

      ވަރަށް ރަނގަޅު ވާހަކައެއް. ޕެންސަން ފަންޑުގައި ވާ އަމިއްލަ ފައިސާ ބޭނުން ވީމަ ނެގެން ޖެހޭ. ކީއްތޯވާނީ އުމްރާ އަށް، ހައްޖަށް ދާން އެއިން ހަރަދު ކުރެވޭ ގޮއި ހަދަން.

    • ޕައިޑޭ

      ވެނުމަސް ވެނައް ކާންދެނީ

      • އިންތި

        ސަރުކާރު މުވައްޒަފުން މުސާރަވެސް ނުނަގާ، ހިލޭ ސާބަހައް މަސައްކަތް ކުރަންވީނުން. މުވައްޒަފުންނަށް މުސާރަދެނީ ރައްޔިތުންގެ ލާރިން. (ވެންމަސް ވެނަށޭ ކިޔާތީ ބުނެލީ)

        • މަރީ

          މުސާރަ އޭ ކިޔާ ހިފާ އިރު... ހާދާހާ މަދު މިންވަރެކޭ ކަލޯމެން ދެނީ މިހާރު ވެސް.

  5. ޝިޒީ

    ރައީސް ޔާމީން 2018 މިހާރުުވެސް ޔަގީން

  6. އަބްދުއްލާ

    ދޮށީ އުމުރު ގެ މީހުނަށް 5000 ރުފިޔާއިން 7000 ރުފަިޔާ އަށް ބަދަލުކުރެވޭއިރު ދަވްލަތަށް އެތައް ދުވަހަކު 20 އަހަރު ހިދުމަތް ކުރުމުން ފެންސަނުގެ ގޮތުގާ 2000 ރުފިޔާވެސް ހަމަނުވާ ބޭކަލުން މިގައުމުގާއެބަތިއްބެވި މިފަދަ ބޭކަލުންނާމެދު ހަނދުމަ ނެތީތޯ . މައުމޫނުގެ ވެރިކަމުގަ ވެސް 100 ރުފިޔާއިން ދަށުގެ ޕެންސަންތަކަށް ބަދަލު ގެންނެވި ވީމާ މިދަނޑިވަޅުގާ ޕެންސަނަރުންނަށް ވެސް މިހާރުގެ މަގާމްތަކުގެ ދަރަޖަ ނޫނަސް ކުރިއެރުމެއް އަންނަން ޖެހިއްޖެ

  7. ޢަލީ

    ދޮށީ ޢުމުރުގެ މީހުނަށް އިނާޔަތް އިތުރުކޮށްދެއްވާތީ ވަރަށް ޝުކުރު. ހަމައެއާއެކު ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ އިނާޔަތްވެސް އިތުރުކޮށްދެއްވާނެކަމަށް އުއްމީދުކުރަން.

  8. ީތުއްތު

    ކޮބާހޭ އަހަރުމެންނަށް ޒުވާނުންނަށް އަހަރުމެންނަލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ އަގުތައްބޮޑު ވަނީބޮޑު ކޮބާ ހާއްސައެހީޔައް ބޭނުންވާކުދިން ވަރައް ހާލުގާ''އުޅޭބަޔެއް ކުދިން??????

  9. ހެ

    ޙާއްސައެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ވަޒީފާ އަކަށް ނުދެވޭފަދަ ހާލަތުގައި ތިބި މީހުންގެ އެލަވަންސް 2000ރ އަށް ވުރެ ބޮޑު ކުރުމަކީވެސް ވަރަށް އެދެވިގެންވާ ކަމެއް . މިހާރު ލިބޭ 2000ރ އަކީ ވަރަށް ކުޑަ އެއްޗެއް

  10. ފަރީ

    ޢަބަދުވެސް މުސްކުޅިންނަށް ފައިސާ ތިދެނީ ގައުމުގެ ޒުވާނުންނަށް އެއްވެސްއެހީއެއްނެތްތަ ތިފައިސާކައިގެންވެސް އިދިކޮޅުމީހުން ސަރުކާރަށް ގޮވަނީއެއްޗެއްސެވެ.މީހަމަހަގީގަތެވެ. ޢެންމެރަނގަޅުގޮތަކީ ކޮންމެގެއަކަށް 5000 ރުފިޔާ ދިނުމެވެ.

    • ޙަމޭ

      ބަލަ ދުވަސްވީ މީހުންނަކީ ގައިގަ ބާރު ނެތް މީހުުން. ޒުވާނުން މާ ކަންނެތް ނުވެބަލަ.

    • Anonymous

      ރާއްޖޭގެ ކޮންމެ ރައްޔިތަކަށް 2000ރ ދިނުން އެއީ އެންމެ ރަނގަޅު ގޮތަކީ

    • އަލީ

      ރާއްޖޭގެ ކޮންމެ ރައްޔިތަކަށް 2000ރ ދިނުން އެއީ އެންމެ ރަނގަޅު ގޮތަކީ

  11. ޢައިމީ

    ސާބަހޭ ޒުވާނުންގެ ރައީސް ރައީސް ޔާމީން. މިކަންތައްވެސް އެމްޑީޕީ މީހުންނަށް ވާނީ ބޮޑު ބިރަކަށް.

  12. މަ

    އެކަނިވެރި މައިން ނަށް ދޭ 1000ރުފިޔާ ބޮޑުކުރެވޭކަށް ނެތް ތޯ؟

  13. ާއައިންތު

    ސަރުކާރުގެ ދާއިމީ ވަޒީފާ އެއްގަ ފަސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށް ވަޒީފާ އިން ވަކިވެފަ ތިބި މީހުންނަށް ވެސް ކޮންމެވެސް އިނާޔަތެއް ދޭން ފެނޭ. އެއްހާސް ރުފިޔާ ނަމަވެސް

  14. މަހީ

    30 އަހަރު ވަޒީގާ އުޅެފަވިޔަސް ވަޒީފާއިން ވަކިވެއްޖެނަމަ އެއްވެސް އެއްޗެއްނުލިބޭ 65 އަހަރު ވަންދެން ދުނިޔޭގައި ހުރެއްޖެނަމަ ނޫނީ ކިހާދެރަކަމެއް އަދި ވަޒީގައި ހުރިއިރު އަތުންއަތުލި ލާރިކޮޅުވެސް ބައްޔެއްވެގެން ބޭސްފަރުވާ ނުކުރެވި މަރުވެދިޔާމާ ނޫނީ ނުލިބޭ ކިހާ ހެއްވާ

  15. ސޭމް

    މި ރާއްޖޭގައި ބައެއް ކަމަށް ބަލާގަތް ނަނީ ހަމައެކަނި 65 އަހަރު ވެފައި ތިބި މީހުންތޯ ކޮބައިތޯ ނުކުޅެދޭ މީހުން.. އެމީހުންނަށް ބޮޑު ކުރީމަމާ ރީއްޗެއްނު.. 65 އަހަރު ވީމަވެސް އެބައުޅޭ ވަޒީފާ އަދާކޮށް ފައިސާ ހޯދާ މީހުން.. ނުކުޅެދޭ މީހުންނަށް ބޮޑުކުރާ ދުވަހެއް ނާދެ.. ވަރަށް ދެރަ..

  16. ފަތޫ

    ސަރުކާރު ވަޒީފާގަ އުޅޭމީހުންނަށްވުރެ މުސްކުޅިންގެ އެލަވަންސް ބޮޑު...

  17. ވެންއިޓް

    ކޮން އީޔޫއެއްތޭ އީޔޫ އަށް އެއް ކަމެއްވެސް ނުކުރެވޭނެއޭ އީޔޫ އިން އަޅާ ފިޔަވަޅަކަށް އިޔޫގެ ގައުމު ތަކުގައި ތިބި ވަކި ވަކި ވިޔަފާރިވެރިން ބޯ ނުލަނބާނެއޭ މިސާލަކަށް ރާއްޖޭގައި ރޮބިންސަން އިން ޓީޔޫއައި އިން ކޮށްފައިވާ އިންވެސްޓްމެނޓް އަށް އަމުރެއް ނުކުރެވޭނެއޭ ޖަރުމަނު ބޮޑޭ އަށް ވެސް އޭނާ ޓީޔޫއައި ގެ ވިޔަފާރި އަށް ހުރަސް އެޅޭ ގޮތަށް އެެއްޗެކޭ ޓީޔޫއައި ގާތު ބުނުން އޭ ލަސް ވާނީ އޭނާ އަށް ޓީޔޫއައި އިން ބޯން ދޭނެއޭ އަމިއްލަ ވިޔަފާރި ވެރިން ކޮންޓްރޯލް ނުކުރެވޭނެއޭ އީޔޫ އަށް އދ. އިން އަޅާ ފިޔަވަޅު ތައް ވެސް ނުއެއް ދެމެހެއްޓޭ ދެން އީޔޫ އެއީ ކޮން ބަޔެއްތޭ ތިޔާ ގޮތަށް ފުއްޕާފައި އުޅުނު ކޮމަންވެލްތް ވެސް މިހާރު އެމެން ސައިޒުން ކަނޑާ ތިރި އަރުވާލީ އެމެން ނާށިގަނޑު ހިފައިގެން ސަލާން ޖަހަނީ އިންޑިއާ ވެސް ނާށިގަނޑު ހިފައިގެން ސަލާމް ޖަހަނީއޭ. ވެން އިޓް ކަމްސް ޓު ޔޫ ޑޯންޓް ބީ ބްލައިންޑް އޮން އިޓް...

  18. ީއިންސާފު

    ޤުރްއާން ހިތުދަސް މީހުނަށްވެސް ދެއްވާ އިނާޔަތް ބޮޑުކޮއް ދެއްވާ.

  19. ހަައިސަ

    ދޮށީ އުމުރުގެ މީހުންގެ އެލަވަންސް ބޮޮޑު ކުރާއިރު ހާއްސަ އެހީއަަށް ބޭނުންވާ ކުދިންނަށް ލިިބޭ 2000 އިން އެކުދިންގެ ތެރަޕީ ފީވެސް ނުދެއްކޭ

    • ޙަމޭ

      ޢެވެސް ބޮޑު ކުރާނެ ހާސްނުވޭ

  20. Anonymous

    އެކަނި ވެރި މަިއިން ކޮބައިތާޯ މަގޭ މަންމަ ވެސް ގެންގުޅޭ 3 ކުދިން އެފަދަ ކިތަށް މީހުން އުލޭނެ 3،4،5،6 ކުދިމް ގިޮވައިގެން

  21. އަބޯ

    މުސްކުޅިން ބަލަންޖެހޭ ބަޔަކީ ޒުވާނުން ނޫންތަ ؟މުސްކުޅިންނަށް އިނާޔަތް ދީ އިނާޔަތް އިތުރު މިކުރަނީ ޒުވާނުން މުސްކުޅިންނަށްޓަކާ އުފުލަމުންދާ ބުރަ ލުއިކޮށްދިނުމަށް.ވީމާ ހަގީގީ ފައިދާ މިލިބެނީ ޒުވާނުންނަށް ނޫންބާ ؟

  22. ބެއްޔާ

    ޢިންތިހާބު ކައިރިވަރަކައް ތިކަހަލަ މޮޅެތި ހުރިހާ ވާހަކައެއް ދައްކާތި....

  23. ާއައިސް

    ތިއައްވުރެ ރަގަޅު ވާނު ވަންނާނެ ބޯހިޔާ ވަހިކަމެއް ދިނިއްޔާ. ކޮންހާ 65 އަހަރެއް ކިޔާކައް. ދެމީހުންނާ އިންތާ ވެސް ބަފާ ގެ ހަދައިން ދަރިން ހޯދަންވީ މި ދޯ ބޮޑެ ވަރު.

  24. ާަަަދަރި

    ކޮބާ ނުކުޅެދޭ ކުދިން...ކޮބާ އެކަނިވެރި މައިން....ނުވީތާކަ ފްލެޓް ގަންޑެވެސް ދެވުނީކީ ނޫން......

  25. ޖައްސާތި

    ދޮށީ އުމުރުގެ މީހުންނަށް ދޭ 5000 ރުފިޔާ އިތުރު ކުރަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އޯއް އެ ފައިސާ ދައުލަތަށް ހޯދުމަށް ޓަކައި އެބަޖެހެއޭ ގުޅިފަޅުން ބިން ތައް ކުއްޔަށް ދޭން މާލެ ސަރަހަައްދުގައި ހުރި ވިޔަފާރި ކުރާ ކުންފުނި ތަކަށް އެގޮތުން މާލެ ސަރަހައްދުގައި ހުރި އަމިއްލަ 50 ހާސް ކުންފުނި ތަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކޮންމެ ކުންފުންނަކަށް 10 ހާސް އަކަފޫޓްގެ ބިމެއް 100 އަހަރަށް ދޭންވީއޭ އެއިރުން މަހަކު 500 މިލިއަން ރުފިޔާ ލިބޭނެ ނޫންތޭ ކުއްޔަށް އެއިރުން މިތަނުން 250 މިލިއަން ރުފިޔާ ަމަހަކު މުސްކުޅިންނަށް ދޭ އިނާޔަތެއްގެ ގޮތުގައި ދޭނީއޭ އަނެއް 250 މިލިއަން ރުފިޔާ އިން ގުޅިފަޅުއެއްކޮށް ހިއްކާލާ އަދި ތިލަފުށި އެއްކޮށް ހިއްކާލާ އަދި ގިރާވަރު ފަޅު ވެސް އެއްކޮށް ހިއްކާލާ އަދި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑުއޮޅި ވެސް ހިއްކާލާ އެ ހުރިހާ ތަންތަނުން އަނެއްކާ ގޯތި ދޭނީއޭ މަހަކު މިދެންނެވުނު އުސޫލުން ކުއްޔަށް ދޭ ބިން ތަކުން 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެން ދެން. އެއިރަށް ދެން މިދެންނެވުނު 2 ބިލިއަނުން 1 ބިލިއަން ރުފިޔާ މިގޮތަށް މުސްކުޅިންނަށް ޚަރަދު ކުރީމާ ނިމުނީ އެއް ނޫންތޭ.

  26. މޮހޮނު

    މުސްކުޅިންނަށް ދޭންވީމަ ލާރި ގިނަވެފަ އޮވޭ ދޯ.

  27. ހުސޭނުބޭ

    ބައެއް ކާފައިންނަކީ ޅަފުރާގެ ދެ ޖިންސްގެ ކުޑަކުދިން ހަންޓްކުރާބައެއް. ދެން ތިވީގޮތުން ތަންކޮޅެއް ގިނައިން ހަންޓްކުރާނެ ދޯ!

  28. މަސޮރު

    ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކޮށްލަ ދެއްވާ... ފަހުން ދެއްވި އެލަވަންސްވެސް ދެވެމުންދަނީ މަނިކުފާނު ވިދާޅުވި ގޮތަށް ނޫންކަން ހިތާމަޔާއެކު ފާހަގަ ކުރަން... ރަނގަޅު ގޮތެއް ހައްދަވާދެއްވާނެ ކަމަށް އުންމީދު ކުރަން...

  29. ސިސް

    ވަޒީފާގަ ތިއްބަސް 20 އަހަރު ވީމަ ކުރިން ޕެންޝަން ލިބުނު. މިހާރު ނުލިބޭ. ނަމަވެސް
    މި ސަރުކާރަކުން ނޫން އޭތި ކަނޑާލީ. އަލުން އޭތި ދޭން ފެނޭ

  30. Nishy

    ކުރިން ވަޒީފާގަ 10 އަހަރުވީމަވެސް ދިގުމުއްދަތުގެ އެލަވަންސެއްދޭ! މިހާރު އެކައްޗެއްވެސް ނުލިބޭ

  31. މައްޔިތާ

    މޮޅުވާހަކަ ނުދައްކާ ސިވިލްސާވަންޓުންގެ މުސާރަ ބޮޑުކޮށްބަލަ

  32. ޙިޔާަލު

    ކީިއްތޯވާނީ ނުކުޅެދުންތެރިކުދީންނަށްދޭ އިނާޔަތް ބޮޑުކުރެއްވީޔާ

  33. ފަގީރުކޮއެ

    ގައުމަށް 40 އަހަރު ޚިދުމަތްކުރެއްވި އަޅުގަނޑުގެ ބައްޕައަށްވެސް ލިބެނީ 5000ރ. ޕެންޝަންގެ އަގު ވަޒަންކުރައްވާނެކަމަށް އުއްމީދުކުރަން.

  34. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ

    65 އަހަރު 60 އަހަރަށް ބަދަލު ކޮށްދެއްވުން އެދެމެވެ. އެހެނީ، މިރާއްޖޭގައި ޢާންމުކޮށް މީހުން މަރުވާ އެންމެ ދިގުޢުމުރަކީ، 62 ކަމަށް ރިކޯޑުތަކުން ދައްކައެވެ.

  35. މުސްކުޅި

    ސާބަހޭ ދަރިޔާ

  36. ގަމާރު

    އަދިވެސް މުސްކުޅިން ސިވިލްމުވައްޒަފުން މިތިބަ ހަނާވަނީ. ާ ނުދޭނަން ވޯޓެއް.

  37. ފަޔާޒް

    Kobatho private sector ga ulhey meehunge haqakee, ehmeehun miee dhivehi raiyithuneh noonba, haasakoh resort thakuga ulheymeehuge haqakee kobaba ehwes weriaku miwaahakathah nudhakanee keeweba, keewetha resort thakuge muwazafunge musaara minimum wegehge gothugai kada alhan $600 nihmanamey nubunanee keeweba.

  38. ތިނު

    އިންތިޚާބު ނިމުނީމަތަ؟