އިންޑިއާ ސިފައިން ނުވަތަ "އިންޑިއާ މިލިޓަރީ" ރާއްޖޭގައި ތިބި ކަމަށް ނިންމޭނެ ގާނޫނީި ހަމައެއް އޮތް ކަމަށް ނުދެކޭ ކަމަށާއި ވަކި މުއްދަތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބެގެން ފައިދާވާ ކަމަށް ސަރުކާރު ކޯލިޝަންގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭ ގޮތުން ޖޭޕީން މިއަދު ނެރުނު ބަޔާނެއް ބުނީ 2008 ގެ ގާނޫން އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި 17 ވަނަ މަޖިލީހުން ފެށިގެން، މިހާރު ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ( އެއްވެސް ގައުމަކަށް އެއްވެސް ގައުމެއްގެ ގައުމެއްގެ އަސްކަރިއްޔާ އަށް) ދިނުމަށް ފާސްކޮށްފައި ނުވާކަމަށެވެ.

"އެހެން ފާސްނުކުރަހާ ހިނދަކު އިންޑިޔާގެ މިލިޓަރީ ދިވެހިފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ގާނޫނީ ހަމައެއް އޮތްކަމަކަށް ޖުމްހޫރީ ޕާޓީއަކުން ނުދެކެން" ޖޭޕީގެ ބަޔާނުގައި ބުންޏެވެ.

އެ ޕާޓީން ބުނީ ދޭދޭ ގައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން، ގުޅިގެން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި، ތަޢުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައި އާއި ބޯޑަރު ބެލެހެއްޓުން ފަދަ ކަންކަމުގައި ވަކި މުއްދަތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެފަރާތަށްމެ ފައިދާ ލިބޭ ކަންކަން ކަމަށެވެ.

"މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަހައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ބަލައިގެންފައި. އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ މިލިޓަރީ ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށް އުޅޭ ކަމެއް" އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއްކަން ފާހަގަކުރަމުން ޖޭޕީން ބުންޏެވެ.

"އިންޑިޔާ އައުޓް" އޭ ގޮވުމަކީ މި ދެ ގައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހްމާލެއް ކަމުގައި ޖޭޕީން ދެކެމެވެ. ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ އަމަލުތަކުން މި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އަދި އެ ނޫންވެސް ޒާތީ އެކި އެކި މުއާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ، ޖުމްހޫރީ ޕާޓީ ކަންބޮޑުވުން ފާޅުކުރިއެވެ.

" އިންޑިއާ ދެކޮޅަށް މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހި ގައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫން" ޕާޓީގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ މިނިވަންކަމާއި، ދިވެހީންގެ ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، ގާނޫނު އަސާސީ އަށް ތަބައަވުމާއި، ގައުމުގެ ސަލާމަތާއި، އިސްތިގްލާލް ނަގަހައްޓާ ދެމެހެއްޓުމުގައި ފާރަވެރިއެއް ޖޭޕީ އޮންނާނެކަމުގެ ޔަގީންކަން އެ ޕާޓީން ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. ހަސަން

  ތި ވާ ފައިދާއެއް ވަނީ މިސަރުކާރަށާ ބުރުމާއަށް، ދިވެހި ރައްޔިތަކަށް އެއްވެސް ފައިދާއެއް ނުވޭ.

  117
 2. ޢަލީބެ

  ފައިދާއެއް ނޫން ވަނީ ފައި ދާ ވާނީ.

  73
  2
 3. އަލި ރަސްގެފާނު

  ގާސިމޫ... ކިހާވަރެއްގެ ދިރާސާއަކަށްފަހު ތި އަނގަތަޅަނީ؟ އެއްވެސް ގައުމެއްގެ ސިފައިއިން އަނެއް ގައުމެއްގަ ހިލޭސާބަހަށް އެގައުމެއް ކުރިއަރުވަން މަސައްކަތް ކުރަން އުޅޭކަމެއް ނުވަތަ އުޅެފަ އޮތްކަމެއް ދުނިޔޭގެ ތާރީހަކުން ނުދައްކާ، ގާސިމް ތިބުނާ ގޮތަށް އެންމެފަހުން އުޅުނު ބަޔަކީ އިރާގުގައި ވަކި މުއްދަތަކަށް (20އ) އެމެރިކާ ސިފައިން، ސުވާލަކީ އިރާގަށްވީ އެކަމުން ފައިދާތޯ ނުވަތަ ގެއްލުންތޯ؟

  108
  1
 4. ބަދަލުވަމުންދާ ސަޤާފަތް

  ގާނޫނު އަސާސީއާއި ޤާނޫނު ދަންނަ ކަމެއްތޯ ކޯޓު ގެ ބައެއް ފަނޑިޔާރު ނަށް ރިޝްވަތު ގެ ގޮތުން ފައިސާ ދީގެން އުފެދިފައިވާ ސަރުކާރެއް ވައްޓާލައި ޖަރީމާ ތަކެއް ހިންގެވި ކަމަށް އަމިއްލައަށް އިއުތިރާފުވެ އެ އިއުތިރާފު ގެ މައްޗަށް ޙުކުމްކޮށް ތަންފީޛުކުރަމުންދަނިކޮށް ފިލައިގެން ދިޔަބަޔަކު މިނިވަން ކުރުމަށް ޙުކުމް ނެރުނީ، އިންޑިޔާ މިލިޓަރީ ރާއްޖޭގައި އެބަތިބި އެމީހުންގެ ބެލުމުގެ ދަށުގައި ހަތިޔާރު ގޮތުގައި ބޭނުން ކުރެވިދާނެ ސާމާނުތައް އެބަހުރި، ހދ.ހަނިމާދޫގައި، ލ.ކައްދޫގައި.އައްޑޫގައި ތިބި މިލިޓަރީ މީހުންގެ ބެލުމުގެ ދަށުގައި، ރާއްޖޭގެ ސިފައިންނަށް މިކަން ދޮގުކޮށް، ރައްޔިތުން ނަށް އިންޑިޔާ މިލިޓަރީ ގެ ބެލުމުގެ ދަށުގައި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއް ނެތް ކަމުގެ ޔަގީންކަމެއް ދޭކަށް ދެތުހިތުން ނުކެރޭނެ.

  19
 5. އަލީ

  ޖޭޕީވެސް އައުޓް އެހެންވީރު، ތިބޭފުޅުންގެ ސްޓޭންޑް ސާފުވެއްޖެ

  111
  3
  • މުޙައްމަދުދީދީ

   ޖޭޕީ އައުޓް ވިތު އިންޑިޔާ

   28
   1
 6. އަލީ

  ގާނޫނުގައި އޮވެ ދިވެހި ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލީމީ ގައުމެކޭވެސް.

  81
  1
 7. Anonymous

  ކީއްކުރަންތޯ ބައިތިއްބަންވީ ؟ މިގައުމް މިއޮތީ އިޒްރޭލް ކައިރިއަކުނޫން އެހެންނޫނަސް މީގައުމް އަކީ އަލިއްލަ ފައިމަތީގައި އޮތްގައުމެއް

  86
 8. ނަސީ

  ކީއްކުރަންތޯ ބައިތިއްބަންވީ ؟ މިގައުމް މިއޮތީ އިޒްރޭލް ކައިރިއަކުނޫން އެހެންނޫނަސް މީގައުމް އަކީ އަމިއްލަ ފައިމަތީގައި އޮތްގައުމެއް

  61
 9. ރަދީފް

  ތިބުނާ މިންގަނޑުން ރާއްޖޭގަ ފްރާންސް ، ސައުދީ ، ގަތަރު ، އިރާން ، ބަހްރެއިން ، އޮސްޓްރޭލިޔާ ، އެމެރިކާ ، އިނގިރޭސި ، ޖަރުމަން ، ޖަޕާން ، ތައިލެންޑް އަދި ސައުތު އެފްރިކާ ، ބްރެޒިލް ، އާޖެންޓީނާ އަދި ރަޝިޔާ ސިފައިން ތިއްބަސް މަށަށް ހެޔޮ.މިހުރިހާ ގައުމުތަކަށްވުރެ އިންޑިޔާގެ މަކަރުވެރިކަން ބޮޑުވާނެ.އެހެންވެ އެމީހުންގެ ސިފައިން ތިބުމަށް ތާއީދެއް ނުކުރާނަން.ޖޭޕީން ތިޔަ ބަޔާން ތިނެރުނީ މަގާމްތަކުގެ ދަހިވެތިކަމުގަ.ގާސިމަށް ވެސް މާފެއް ނުކުކުރާނަން.#އިންޑިޔާމިލިޓަރީއައުޓް

  85
  1
 10. ފައި

  އެއީ ކޮންފައިދާތަކެއްތޯ..؟ މިތާގަ ދާޚިލީ ހަނގުރާމައެއް އޮތީތޯ ބޭރުގެ ސިފައިން މިތާ ތިބެން.؟ ނުވަތަ ދިވެހި ސިފައިންނައް ދަސްނުކުރެވޭ ވަރު ކަންކަން ހުރީތޯ ހެލިކަޕްޓަރެއް ދުއްވަން ނޭނގޭވަރު ނުވަތަ ބަލަހައްޓަން ނޭނގޭ ވަރު އެކަމައް އިންޑިޔާ ސިފައިނ މިތާ ބައިތިއްބަން.؟ އިންޑިޔާ ސިފައިން މިތާ ތިބި ތިބުނާއި ތި ކޯލިޝަންނާއި ބޮޑު ގުޅުނެއް އެބަ އޮތްކަން މިހާރު އެބަ ހާމަވޭ.

  69
  1
 11. ޢަލީ

  ސާބަހޭ ސޭޓު؛ ތިވަރަށް ދެން މީހަކު ދަށުވާނީ، އިތުރު އެއްޗެއް ސޭޓާ ގުޅޭގޮތުން ބުނާކަން ނެތިން،

  79
  1
 12. އަބްދޫ

  މި ގައުމުގެ އަމާން ނަގާލުމަށް ހަރަދުކޮށް ވަގުނަސީދު ވެރިކަމަށްގެންނަން ހަރަދު ކޮށް ވެރިކަމަށް ގެނެސް ގައުމުގެ އިސްތިގްލާލާއި ގައުމުގެ އަބުރަ އިއްޒަތް ވެއްޔާ މޮޑެ ވެލާމާގެ އިން އާސާރީ 3 ތަޅާއި 2 ތަޅުދަނޑި ވަގަށް ނެގިކަމަށް ނަސީދު އިއުތިރާފްވެގެން ހުކުމް ތަންފީޒުކޮށްފައިވަނިކޮށް ގާނޫނޫއަސަސީއާހިލާފަށް ވެރިކަމަށް ގެނެސް ގައުމު ގެ ކަރަމަތާއި އަބުރު ނަގާލީ ތިޔަ ޕާޓީ އުފައްދައިގެ އުޅޭ ބުރުމާ ގާސިމް . ގާސިމް މިކުރާ ވިޔަފާރިއަކީ އިލްޔާސާއި މައުމޫނުގެ ވިޔަފާރި. ފިހާރަ ދޫީގެން ގައުމަށް އެތެރެ ކުރަންޖެހޭ ހުރިހާތލެއް ދީގެން އައްޑޫ ގަމުގަ ހުރި ހުރިހާތަކެތި ވިއްކާފަ ފައިސާދޭގޮތަސް ދީގެން ދަންވަރު 3 ޖަހާއިރު ފުނަދޫންތެޔޮ ދޫކޮށްގެން މަހުޖަނެއްގެ ސިފަ ދީގެން ގައުމަށް ހުރިހާގެއްލުމަކާ ހަލާކެއް ހޯދާދިން މީހަކީ ތިޔަ ބުރުމާގާސިމް.

  54
  1
 13. އަބްދޫ

  ވިއްސާރަ އިރު ކިލާފެންގަމޑުގަ ހިގީމަ ވެސް ފައިދާވޭ.

  54
 14. ހިހޫތަނުން ކެއުން

  ގައުމީ ލޯބި އޮތް ވައްތަރެއްގެ ބަޔާނެއްބާ ކޮއްމެވެސް ދިވެހި ދަރިއަކު ބުަނެލަ ދެއްވާ

  56
 15. ޢަލީ

  ބަލަ މިހިރަ މޮޔައާ! މިއީ ޝަމްޝުއްދީންގެ ދުވަސްވަރެއްނޫނޭ. ތިބުނާގޮތަށް ތިކަން އޮތްނަމަ މައްސަލައެއްނެތޭ. އެކަމަކު ކަންއޮތީ ތިގޮތަކަށް ނޫނޭ، އެމީހުންގެ ބަހެއްނެތި މިހާރު މިޤައުމުގަ އެހެން ޤައުމެއްގެ މީހަކަށް ފިޔަވަޅެއްނޭޅޭ، އަދި އަހަރެމެންނަށް އެހީއެއްވެސް ނުހޯދޭ، މުޅިން އަނގަބެދިފަ މިތިބީ.

  54
 16. ހޭހޭ

  ނަގޫފިތިފަ ތިބި އެއްޗިއްސަށް ޖެހޭނީ ބުނިގޮތެއްހަދާގެން އިނޑިޔާ ބޭނުންވާގޮތށް ބަޔާންނެރެން ނޫނީ ފިއްތާލިމަ ލޭރަހަލަންފަށާނީ އެމޑީޕީ ގެންގުޅޭ ޕަޕެޓުން ތިީ އިމުރާނަކީ މިނިސްޓަރުކަންލިބުނިމަ ވަތުކިބަ ބަދަލްކުރި އަދި ވަޒީފާގެ ބެނުމުގަ ދިނީން ވިއްކާ މުނަފިގުން

  51
  1
 17. މަރުޖީނާ

  ކަލޭވެސް މިހާރު މޮޔަ ގޮވަން ފެށިދޯ މީ ހާދަ ގޮތެއްނެތް މީހެކޭ އެހެއްނު ވާނި މުޅި އާއިލާއަށް މަތީ މަޤާމްތަށް ދީފިވިއްޔާ އެހެއވީމަ މިހާރު ހުއްނާނީ ނަގޫފިތިފަ ނޯ ޗޮއިސް

  55
  1
 18. Anonymous

  ޢެއްވެސް މުއްދަތަކަ ތިބެގެން ދިވެހި ރައްޔިތުންނަކަށް ފައިދާ ނުވާނެ ވިއްޔާވާނި ގެއްލުން
  ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިގޮވާލަނީ މިހާރުން މިހާރައް އިންޑިއާ ސިފައިން މިގައުމުން ފައިބަން
  ތިހެން ތިބުނީ ހިތާދެކޮޅަށް އިބޫ ލާރިކޮޅެއް ދިނީމަ ކަންނޭނގެ ތި ޤާސިމަކީ ހާދަ ސާބިތު ކަމެއް ނެތް އިންސާނެކެ ދޯ!

  52
 19. ާއަބުދުﷲ

  އުމުރުދުވަހު ނާޖާއިޒު ފައިސާ ގައުމު ފެލައިގެން ކައިގެން ކަމުންދާ މީހަކައް ގައުމުގެ މިނިވަންކަމަކީ ކޮބައިކަން ނޭގޭނެ. އެނގޭނީ މިހާރައްވުރެ ބޮޑު އަނެއް ފައިސާގެ އެޑުވާންޓޭޖު ނަގަން ރައީސަކައް ހުންނަމީހާ ބުލެކުމޭލުކުރަން.

  53
 20. ޖާބެ

  މިކޯލިޝަން މިނީމުނީ އެއްކޮށް އަނެއްކޮޅައް ކުޑަކުއްޖަކު ލިޔަސް މިހާރު ސަރުކާރުގެ ކޯލިޝަން ބަލިވާނެކަން ޔަގީން

  62
 21. އުއްތަރަ

  ސާބަހޭ 2023 ގައި ވެރިކަމަށް އާދެވޭނެ ކަމުގެ ހުވަފެން ސޭޓަށް ދެއްކީތޯ އެހެންވިއްޔާ ރާއްޖޭގައި ވޯރާވިޔަފާރިވެރިން ތިބިއިރުވެސް ފައިދާވާނެތާ! ވަކިމުއްދަތަކަށް ކަޝްމީރުގަ އިންޑިއާ ސިފައިންތިބީމަވެސް އެހެރަދަނީ އިންޑިއާއަށް ހެސްކިޔާފަ ފައިދާވަމުން ކަޝްމީރު އާންމުން މަރަމުން ސޭޓުވެސް ސައިތާނާގެ ބަހަށް ހެއްލި އިންޑިއާ ސިފައިން ރާއްޖޭގަ ބައިތިއްބަން ސަރުކާރަށް ހިތްވަރުތިޔަދެނީ ކޮންކަމެއް ނުވެގެންތޯ.

  58
  • އަލިދީދީ

   ޤާސިމަކަށް މިޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމަކަށް ދުވަހަކުވެސް ނާދެވޭނެ. އިންޝާﷲ

   17
 22. ޥާނުވާ

  މިހިރަ ބުރުމާ ކަލޭމެން ތިނަގާ ފައިފާ ނަގަން ދެން މާގިނަ ދުވަހެއް ނެތް ، އަދި ކަލޭގެ ތިޔައަަނގައިން ރައްޔިތުން ކައިރިން މާފަން އެދޭނެ އެދުވަހަކުން އަަހަރެމެން ކަލެޔައް ތިޔަވި ފައިދާޔާޔަށް ޖަަވާބުދޭނީ އަހަރެމެންގެ އަތުން ވަރައް ސަލާމް.

  14
 23. Anonymous

  ކޮރަޕްޓް ބުރުމާ! މިމސަރުކާރުން ވިލާއިން ފައިސާ ކޮރަޕްޝަނަށް ނަގަނީ މިލިޔަނުން

  14
 24. އަޙްމަދް

  ހާވާފަ އޮތް ހަޑި ރީތިކުރާކަށް އުޅުއްވާނެ ކަމެއް ނެތް.
  ތިޔައީ ޤައުމަށް ޣައްދުވެފާއިވާ ނުބައި ނުލަފާ ބައެކެވެ.

  15
 25. އިންޑިޔާ ކާސިމްބެ އައުޓް

  އެހެންވީމާ ތިޔަ އެއްބަސްވީދޯ މިތާގަނ ގާނޫނުއަސާސީއާއި ޚިލާފަްް އިންޑިޔާ ސިފައިން ތިބިކަމައް އެހެންވީމާ ދެން އަހަރެމެން ކީކޭ ކިޔަންވީ ކާސިމްބެ ބުނިއެއްޗެއް އެކަމަކު މިފަހަރު ކިޔާނީ އިންޑިޔާއައުޓް އިންޑިޔާއުޓް ކާސިމްބެ އައުޓް

  14
 26. އަހްމަދު

  މިހާރު މިވީގޮތަކީ ދަރިފުޅައްބޯޑަކުން ޖާގައެއްދިނީމަ ބަޔާނެއް ނެރެން މަޖުބޫރުވީ 2023ގަ ރައްޔިތުންކައިރިއައްގޮސް ބުނާނީ ކީކޭބާ

  14
 27. Anonymous

  ދިވެހިރާޖެއިން ވާހާފައިދާއެއްވަނީ ގާސިމައް ދިވެހިރައްޔަތުންނަކައްނޫން އެވަރުން ނުފުދިގެން މިހާރު ވިލާއިން ސުޕަާރީޕެކެޓްވެސް ވިއްކާ ލަދު ކޮބާ

  12
  1
 28. ޥަތަނީމޭން

  ޢެއްްް ޤައުމުގައި އަނެއްްޤައުމުގެ ސިފައިން ތިބުމުގެ ރަނގަޅު ކަމަކީ ކޮބައިތަ ؟ 10 މީހުން ސްޕަރމާރކޭޓް ކައުންޓަރ އަށްލާރި ދައްކަން ކިޔޫ ގައި ތިއް ބެލުމެއްނެތި ކިޔޫ ޖަމްޕްކޮށް ކައުންޓަރަށް އަނެއްގައުމުގެ ސިފައިންގެ މީހާ ވީމާ ގަންނަން ހަރުތަކުން ނަގާތަކެތި އަޅާލާކިޔޫ އިގްނޯ ކޮށް ތެޅިބޭލުން ކަމަށްވަންޏާ އެހެރީ ބަރާބަރަށް، މިކަހަލަ ކަންތައްތަކަކީ ދިވެހިން ދަންނަ އަދި ޤަބޫލުކުރާ ކަންތައްތަ،؟ ޤާސިމަށްސަލާމް، އިންޑިއާބޭންކް ދޯ

  12
 29. މޕ

  އެގްރިމަންޓް އޮތް ގޮތް ނޭގޭ އިރު ކިހިނެއް އިނގެނީ ވަކި މުއްދަތެއްކަން ގާސިމުވެސް ކޮރޮޕްޓް އިންޑިޔާލާރީގަ ޖެހުނީތި

  15
 30. ޙަަަހަ

  އެހެންތޯ ޤާނޫނީ އަސާސީގައި އޮންނަނީ ، މަނިކިފާނުވެސް މެމްބަރުކަމުގެ މަޤާމުން އިސްތިއުފާދެއްވާ އަވަހަށް ، ކިހިނެއް ހައްދަވަންތޯ ތިއުޅުއްވަނީ ، މޮޔަފުޅުވީތޯ ، ބަލަ މިޤައުމުގެ ޤާނޫނުއަސާސީއަކީ އެމީހަކު ބޭނުންވީމަ ފައިފުއްސަކަށް ހަދަން އޮންނަ އެއްޗެއް ނޫން އިނގޭތޯ

  14
 31. ޙަދިސައިބު

  ޢެހެންވީއްޔާ ގާސިމުގެ ރިސޯޓުތަކުގައި ބައިތިއްބަންވީނޫންތޯ؟ މިވަރުގެ މީހުން ރާއްޖޭގެ ވެރިކަމަށް ފައިނަގަނީ، ކަލެއްށްވޔރެން ރަގަޅަށް ގައުނުގެ ކަންކަމާ އަހަރެމެން އޮފީހުގެ މަސައްކަތު މުހަންމަދުބެވެސް ވިސްނާ!

  13
 32. ވިލާ

  ކަލެޔައްތިއޮތީ ވެރިކަމައް އާދެވިފަ. ގައްދާރުން ވަކިވެ އެއްފަރާތްވަނީ. ހީކުރިން އިންޑިޔާއިން ކިތައްމެވަރަކައް ޕްރެޝަރ ކުރިޔަސް ތިބަސްތަކެއް މިގައުމާމެދުނުބުނާނެކަމައް. ތިމާޔާއި ތިމާގެ މުދަލައްވުރެ އިސްކުރަންވާނީ ގައުމު. އެގޭ ތިބަސްތަކެއް އެއްވެސް މީހަކު ހިތުންރުހުމުން ނުބުނާނެކަން.. ހަމަ ތިތިބީ މަޅީގަ އެޅިރަނގަޅައްވެސް ބާރުވެފަ ދެނެއް މަޅިއައް ދޫދެވޭނެ ގޮތެއްނެތް. ގައްދާރުން އެއްފަރާތް ވަނީ.

  12
 33. ސޭޓެއްކަމަކު

  ހެހެހެ... ސޭޓާ ވަކިމުއްދަތަކަށް އަފްޣާނިސްތާނުގައި އެމެރިކާސިފައިންތިބެ ފައި "ދާ" ވެގެން ފައިބައިގެން އެދިޔައީ. ދެންއެގައުމުއޮތްހާލަކީ އެތައްއަހަރަކަށްފަހު ފަތިސްވީއިރު ސުންނާފަތިވެފައި.

  13
 34. ލޯބިވާ ވަޠަން

  ބޯ ނެތް ބުރުމާ. މީ އަނެއް ޚާއިނު ކަލޭގެ.

  15
 35. ޢަޒްރާ

  ދެވަނަ ލާދީނީ ކިތައްފަހަރުތަ ކަށި ޖަހަނީ އެއްހޮރަކުން

  13
 36. ސލ

  އިންޑިއާ ސިފައިން ރާއްޖޭގައި ތިބެންޖެހޭ ސަބަބު
  ބުނެދޭން ޖެހެއެވެ 75 ސިފައިންނަކީ ރާއްޖޭގެ އާބާދީގެ
  ނި ސްބަތުން މަދުބައެއް ނޫނެވެ އަދި އެމީހުންނަކީ ދިވެހި
  ސަރުކާރުގެ ކޮންޓްރޯލް އޮންނަ ބަޔަކަށް ނުވާއިރު އެމީހުން
  ކުރާ ކަންކަން ބެލޭނެ ގޮތެއްވެ ސް ނެތެވެ މިބާވަތުގެ
  ކަންކަމަކީ ވަރަށް ހަރުދަނާ އު ސޫލު ތަކެއްގެ ތެރެއިން ނޫން
  ގޮތަކަށް ކޮށްގެންވާނެ ކަންކަމެއްނޫނެވެ ރާއްޖެއަކީ ކުޑަ
  ގައުމަކަށްވެފައި އިންޑިއާގެ އެހީ ހޯދާމިންރު އިތުރުވުމުން
  މިކަމުގެ ނުތަނަވަ ސްކަން އިތުރުވެއެވެ. އެދުމެއްނެތި
  ވެދުމެއް ނުކުރާނެއެވެ.

  13
 37. އަލީ

  މިބުރުމާ ގާސިމަކީ ތަނެއް ދޮރެއްނޭނގޭ ބުރާންޗެކޭ މީނަ ހަމާގައިބާވޭހުރީ ބަލަގަ މޮޔަފުޅުވީތޯ؟

  13
 38. މާމީ

  ބޯކެހިން އުޅޭނެ އެހެން މިހާރު ލިބޭތާ ލިބިގަންނަނީ ދުވަސް ކޮޅަކުން ތިޔަހިތި ފެންނާނެ

  12
 39. ޙަސަނު

  ބުރުމާ އަށް ކިހާވަރެއް ދީގެން ގައުމު ވިއްކާލަން ތި ތެޅި އަރުވަނީ

  13
 40. ރަބަރޭ

  ކޮންމެ ސަރުކާރަކުން ވެސް ކަލެއަށް ބާާއަޅަށް ޖެހޭ ކަލޭގެ ބޮޑި ބޮޑު ކުރަން ޖެހޭ ކިހާބޮޑު މުސީބާތެއް

  12
 41. އަލީ

  މިތާ އިންޑިއާ ސިފައިން ތިބެންޖެހޭނީ ވަގަކަށް ނޫން ގާސިމް ބުނާ ގޮތަށް ތިބޭ ކަމަށްވަންޏާ. މައްސަލައަކީ ދާހިލީ ކަންކަމުގެ ތެރެއަށް އިންތިހާއަށް ދަނޑިބާނާ ރާއްޖޭގެ އަބުރުވެރި ފަހުރުވެރިކަންކަން މިތަނުގައި އޮތް ނަޖިސް ޕާޓީއަކާއި ގުޅިގެން ގެއްލުވާލާތީ. އެމްޑީޕީ އުފެދުނީ ވެސް ކުރީގެ ސަރުކާރުން ނަޖިހުގެ ގޮތުގައި ބޭރުކޮށްލި ޒަކީމެން އިބްރާމެން ފަސްބަޑި ޖެހިގެން ކިސަޑުވެގެން މިތަން ގަނޑުބަޑުކޮށްގެން

  13
 42. މަރުމޯލު

  އެވިދާޅުވީތެދުފުޅެއް! ވިލާއާއި ސަރުކާރާދޭތެރޭ ހަދަންޖެހޭ ޑީލުތައްހަދާނިމެންދެން އިންޑިޔާސިފައިން ރާއްޖޭގައިތިބުމުން އެބޭފުޅަށްލިބޭނީ ފައިދާ؟

  13
 43. ސޮރީ

  ސޭޓޫ ކޮވިޑް ނުނިމޭ އަދި ! 1 އަހަރުވަންދެން ބޮޑު ހޮހޮޅަޔަށްވަދެ އޮވެ ގައުމުގެ ރައްޔިތުން އިނދަޖެހުނީމަ ވެސް ސޭޓު އަރާމުގައި! 2023 އަށް މާ ހެޔޮވެ ހޮރުން ނުކުންނާނެކަމެއްނެތް! ނަޝީދު ކަލޭމެންއެންމެންގެ އަނގަމަތީ ތަފާލެއް ޖަހާފަ ތިތިބީ ! ދަށުވެފައި! ދެން މަޑުމަޑުން ގޭގައި އޮވޭ! ބޭކާރު އަނގަނުތަޅާ! ތިޔަ ކަހަލަ މުނާފިގު ވާހަކަށް ނަޝީދުވެސް ފެތުރީ! ރައްޔިތުންތިބީ ނިދާފައެއްނޫނޭ! ސޭޓޫ! ސާފް . ވަރަށްވާހަކަ!

 44. Anonymous

  މިމީހުންނަކީ ދެން ކޮން ބައެއް. އެއްވެސް އަގެއް ނެތް ބައެއް. އެންމެ ފަހުން އެއްބަސްވީތާ މިތާ އިންޑިޔާ ސިފައިން ހަރަކާތްތެެރި ވާ ކަމަށް. ކިތަންމެވަރަކަށް މިއީ އާންމު ކަމެއް ކަމަށް ދެއްކުމަށް މަސައްކަތް ކުރިއަސް އަހަރުމެންނަށް އެނގޭ ބޯޑަރ ބެލެހެއްޓުމާއި ކަނޑު ގެ ސަލާމަތް ކަށަވަރުކުރުމަށާއި ޑްރަގު ކޮންޓްރޯލް ކުރުމަށޭ ކިޔާ މިކުރަނީ ނުރައްކާތެރި ކަމެއްކަން. އަނެއްކާ އެމެރިކާއިން އެބަ ބައްދަލުކޮށް އެބަ އެހީވޭ މިލިޓަރީ ގޮތުންވެސް އިންޑިޔާ އަށް. މިޑްލް އީސްޓް އެއޮތީ ހަލާކުކޮށްފަ. މިހާރު އެއުޅެނީ އިންޑިޔާ ބޭނުންކޮށްގެން އޭޝިޔާ ބައްރުގެ ގައުމުތައް އަޅުވެތި ކުރަން. އިންޑިޔާ އައުޓް އަޑަށް ބާރުލާފަ ގޮވަން ޖެހޭ.

 45. ނަން އެކަނިރީތި

  ބަލކަލެޔައް ރަގަނޅުވާނެކަން އެނގޭ ކަލޭމެންޕާޓީތައް ހަދައިގެން ރައްޔިތުންގެ ފައިސާއިން ޙަރަދުކޮއް ހިތުހުރިކަމެއްކުރަމުން ތިގެންދަނީ ދުނިޔެއައްޓަކާ ވަރިހަމަ ރައްޔިތުން ކާޅައްދިނަސް ވޯޓްހޯދަންވީމަ ރައްޔިތުން ފެންނާނީ ވޯޓްލިބުމައްފަހު ވެރިންނައް ސަނަކިޔަމުން ރައްތައް ހޯދަމުން ބިންތައް ހޯދަމުން ތިޔަދުވަނީ އާހިރައް ދުވަސް ހަނދާން ނުވެގެން މިޔޮއްވުރެ ތަދުމަޑުހާލުގަ އުޅުނުއިރުވެސް ތިޔަ އިންޑިއާ ސިފައިންގެ ފައިދަށުވެގެންނެތް މިގައުމުގެ ކާބަފައިން އުޅެފައެއް މިނިވަންކަން ވިއްކާލާފައި ބައެއްގެއަޅުވެތިކަމުގަ އުޅުމުގެ ހުވަފެން ތިޔަ ދެކެނީ އޭގެ ހިތިރަހަ ނުލިބޭތީ