އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހުންނަ ސަރަހައްދުން އާންމުންނަށް ދޫކޮށްފައިވާ ގޯތިތައް ނަގައި އެހެން ސަރަހައްދަކަށް ބަދަލު ކުރަން ކައުންސިލުން ނިންމި ނިންމުމާއި ގުޅިގެން އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

އެސަރަހައްދުން ނެގި ގޯތިތައް ކުރިން ހޮސްޕިޓަލް އަޅަން ނިންމި ސަރަހައްދަށް ބަދަލު ކުރުމަށް ކައުންސިލުން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އެކަމާއި ނުރުހުން ފާޅުކޮށް މައްސަލަ ކޯޓަށް ވައްދާފައެވެ.

އޭރު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެމައްސަލައިގައި ހުކުމް ކޮށްފައިވަނީ ކައުންސިލުން ނިންމި ނިންމުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެކޯޓުން އެގޮތަށް ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލައިގައި ހައިކޯޓުގައި ބޭއްވި އިސްތިއުނާފު އަޑު އެހުމުގައި އެކޯޓުން ވަނީ ސިޓީ ކައުންސިލުން ގޯތިތައް ނެގުމަށް ނިންމި ނިންމުމަކީ ގާނޫނުގައިވާ އިޖުރާއަތުގެ ބޭރުން ނިންމި ނިންމުމެއް ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ.

މީހުންގެ މުދާ އަތުލުން ގާނޫނު އަސާސީން މަނާ ކޮށްފައިވީ ނަމަވެސް އާއްމު ފައިދާއަށްޓަކައި ބަދަލު ދިނުމަށްފަހު މުދަލެއް ނެގިދާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އެމައްސަލާގައި އައްޑޫ ކައުންސިލުން ވެސް އަމަލު ކޮށްފައި ވަނީ އެ އުސޫލުން ކަމަށް ހައިކޯޓުން ބުންޏެވެ.

ހޮސްޕިޓަލް ސަރަހައްދުން އާންމުންނަށް ދޫކޮށްފައިވާ 35 ގޯތި އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކައުންސިލުން ނިންމާފައިވަނީ އެސަރަހައްދަކީ އައްޑޫގެ އިގްތިސާދާ ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއް ކަމުގައި ވާތީ އާއި، އެސަރަހައްދު ގުޅިފައިވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާއި ކަމުގައި ވާތީ އެވެ. އަދ އެސަރަހައްދު ތަރައްގީ ކުރެވޭއިރު، ހޮސްޕިޓަލާ ގުޅުންހުރި ބޭނުން ތަކަށާއި އާއްމު އެހެން ބޭނުންތަކަށް މި ސަރަހައްދުން ބިން ބޭނުންވާތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބީވާއިގޭ މަޝް

    ދެން އަވަހަށް އެވަގްރީން ހަމީދުމެންނަށް ފޮތިފޮތި ޖަހަފެއި ތެތަނި ތިބި ބިން ކުލިޔައް ދެރަފެ. ނިޒާރު އައި އެއްކޮށް ވޭނޑޭށިއެ ހައިކަ ބޯވަ އެވެންނަށަސް ލާގެން ހަމަ ޖައްސާށީ.

  2. ޢަހުމަދު

    ޢާންމު މަންފާއަކަށް ނޫން ތި ބިން ނަގަނީ. ވަގު ނިޒާރުގެ ޖިބަށް ފާއިސާ ލައި މުއްސަނދި ވުމަށް

  3. ސަމާސާ

    ހޮސްޕިޓަލަށް ޒިޔާރަތްކުރާ ހުޅުދޫ މީދޫ އަދި ގުޅިފައިވާ ރައްތަކުގެ މީހހުންނަށް އަގުހެޔޮކޮށް ތިބެވޭނެ އިންތިޒާމް ހަމަޖެއްސުން މުހިއްމު.
    ދުވާލަކު 500ރ ދީފައި ޓެކްސީއަށް ދެެކޮޅަށް 80ރ ދީގެން ބޭސްފަރުވާކުރާނެ ފައިސާއެއްނެތް.
    ޥީމާ ދުވާލަކާށް 150ރ ރޭޓުން ތިބެވޭ ގޮތަށްް ތަންތަން އަޅައި ކައުންސިލަށްވެސްް ދިގު މުއްދަތަކުން ފައިދާވާނޭގޮތަށްް ކަންކުރުން މުހިއްމު

  4. ނަންނު

    25 އަހަރު އެއްވެސް ކަމެއް ނުކޮށް އެކިމީހުން ގެދޮރު އަޅަން ނެގި ބިންތަށް ބޮޑެތި ޖަންގަލިގޮތަށް ރަށުގެ އެކި ހިސާބުގަ ތިބޭއިރު މި ބިންތައް ނަގާ ގެދޮރު ވަގުތުން ވަގުތަށް އަޅަން ބޭނުންވެފަ ތިބި މީހުނަށް ދީ ރަށް ތަރައްގީ ކުރަން އުޅެބަލަ.