އަވައްޓެރި ގައުމުތަކާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތައް ކަމުގެ ދުވަހާއި ގުޅުވައި އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ ފަހުގެ ތާރީހުގައި ހިނގައިދިޔަ ހިޔާމަވެރި ހާދިސާތައް ކަމަށްވާ ސުނާމީ ކާރިސާއާއި ގުޅިގެން ރައްޔިތުން ދެއްކެވި އަހުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމަށް ކަމަށެވެ.

އެހާދިސާގައި ދުނިޔެއާއި ވަކިވެ ދިޔަ ދިވެހިންގެ ޒިކުރާ އާކޮށް، ދިވެހިން ދެއްކެވި އެއްބައިވަންތަކަމުން އިބްރަތް ލިބިގަންނަން ޖެހޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ސުނާމީ ކާރިސާ އަކީ އަވައްޓެރި ގައުމުތަކާ އެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރުވިޔަ ނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރުކަން ފާހަގަ ކޮށް ބަޔާނުގައި ބުނެފައިވަނީ ސިޔަސީ ދަހިވެތި ކަމަށް އެގައުމުތަކާއި މެދު ނަފްރަތު އުފެއްދުމަކީ އެގައުމުތަކާއި އެކި އޮތް ގުޅުން ހީނަރުވާފަދަ ނޭއްފާނީ އަމަލެއް ކަމަށެވެ.

"ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ގައުމުތަކާ މެދު ނަފްރަތު އުފައްދައި އެ ގައުމުތަކާއެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެރި ރައްޔިތުންނަށް ގޮވާލަން" އެ ބަޔާނުގައި ބުނެފައިވެއެވެ.

އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންނަށް ހާއްސަކޮށް ރާއްޖޭގެ ތަރައްގީގެ މުހިއްމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިހުތިރާމްކޮށް، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުސޫލުތަކުގެ ތެރެއިން އަހުވަންތަކަމާއި އޯގާތެރިކަމާއެކު އެމީހުންނާ މެދު އަމަލުތައް ބެހެއްޓުމަށް ވެސް އެޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ސުނާމީ ކާރިސާ ފަދަ ކޮންމެ ދަނޑިވަޅެއްގައި ފަސްޖެހުމެއްނެތި އަވަށްޓެި ގައުމުތަކުންނާއި ބައިނަލްއަގުވާމީ ކުޖުތަމައުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ބަލައިގަނެ ޕާޓީން އެފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ހުސޭނުބޭ

    ކަޅުފޮށި ޕާޓް 2 ކުޅެން ތައްޔާރުވަނީތަ

    61
    1
  2. Anonymous

    މައުމޫނު އިބޫކާަރި ބުނެބަލަ މިގައުމުގަ ތިބި އިންޑިޔާސިފައިން ބޭރުކުރާށޭ، ހޮޅިވާހަކަ ނުދައްކާ، މައުމޫނުވެސް ގައުމުދެކެ ލޯބިވަނީ ވެރިކަމަށް އަންނަންވީމަ ދޯ.

    68
    3
    • ޙަބޭ

      30 އަހަރު ވެރިކަން ކުރެއްވި ބޭފުޅަކު މިއަދު ދުނިޔަވީ އެދުމާއިހެދި ގައުމު ހަލާކު ކުރަން ލަދުގަންނަން ޖެހޭ. މިކޮޅަށްވުރެ އެކޮޅު ކައިރިވުމުންވެސް ﷲ އަށްޓަކައި މި ގުމުގައި ތިބޭފުޅާގެ ފަހުން އަންނަން ޖީލުތަކަށް ޓަކއިވެސް ހައްގުބަސް ބުނަން ނުކެރުނު.

      7
      1
  3. Anonymous

    އެމްއާރްއެމް މަހައްދޭ. ހަމަ އިންޑިޔާ އައުޓް#

    67
    3
  4. ބަދަލުވަމުންދާ ސަޤާފަތް

    ރައީސް މައުމޫނުގެ ވާހަކަ އަޑުއަހާ ބަޔަކު އަދިވެސް އުޅޭތޯ؟ ދިވެހިރައްޔިތުން ގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރަތަ ކަށަވަރުކުރަންޖެހޭނީ، އެއަށްފަހު އެހެން ބަޔެއްގެ ކަމަކާއި އުޅެންވާނީ، ރައީސް މައުމޫނުގެ އަމަލު ފުޅުތަކައިމެދު ހިތާމަކުރަން.

    56
    2
  5. ކޮވިޑް

    ސީދާ އިންޑިއާ އޭ ކިޔަން ކާފަ އަށް ނުކެރުން. ތީ ފެންވަރު އަވައްޓެރި ޤައުމުތަކޭ ނުކިޔާ ހަމަ އެކަނި އިންޑިއާ އޯކޭ ޖާހިލް ކާފާ. # އިންޑިއާ އައުޓް #

    56
    4
  6. އައްލާ

    ކަލޭތިރީސްއ އަހަރުވެރިކަންކުރީ ބޭރުގަ އުމެ އްގެ
    އަސްކަރީބަޔަކު މިތާތިބެގެންތޯ؟ އެއއ އިރުތިބުނާ
    އަވަ އްޓެރިޔާ އާ އޮތްގުޅުންކުޑަތޯ؟

    50
    2
  7. ާަަްްްއަބުދުައްރަސީދު

    ކީއްކުރާނީ، މާބޮދަޑަށް ދަށުވެ ތާށިވީމަ ބުނެވޭނީ ހަމަތިހެން

    50
    3
  8. މަސްއޫދު

    ބާގީ މައުމޫނަށް އިގޭތޯ އިންޑިޔާގެ އަސްކަރިއްޔާ އާ ދިވެހި ސަރުކަރުން އެާ ދެމެދު ވެފައިވާ އެްބަސްވެފައިވާ އޮތްއެއްޗެއް ރައްޔިތުންނަށް ހާމަކޮށދީބަލަ އޭރުން އަވައްޓެރިންނާ ގުޅުން ރަގަޅު ކުރެވޭނެ!

    46
    3
  9. މެކް

    އަވައްޓެރި ގައުމުތަކުން ގައުމުގެ މިވިވަންކަން ނަގާލަން މަސައްކަތް ނުކ،ުރުންއެދެން.

    43
    2
  10. ސަމްސިއްޔާ

    ދެން އެމީހުން އައިސް ގައުމު ހިފިޔަސް އޯކޭ؟؟ ނަފްރަތު އުފެއްދުން ކަމަށް ތި ކިޔަނީ ކޮންގޮތަކަށް؟؟ އިންޑިއާގެ މިލިޓަރީ މީހުން ރާއްޖެއިން ފޮނުވާލުމަށް ގޮވާލާތީތަ؟؟ ބޭބެ ހަނދާން ނެތުނީތޯ 3 ނޮވެންބަރު 1988 ގައި އައިގޮތަކަށް އަތްގަދަކޮށް ނުފައިބާން އުޅުނުކަން؟؟

    42
    1
  11. Anonymous

    އެންމެފުށަތަމަވެސް ބުނެލަންއޮތީ ގަވައިދާ ހިލާފަށް މިގައުމުގައިތިބި އިންޑިއާ ސިފައިން މިގައުމުން ބާލާށޭ. ބޭފުޅާ ނޫނަސް އަޅުގަނޑަކީވެސް މިގައުމަށް މެދުނުކެނޑި 42 އަހަރު އިހުލާސްތެރިކަމާއެކު ހިދުމަތް ކުރައްވާފައިވާ ފަރާތަކީމެވެ. އަޅުގަނޑު އަބަދުވެސް ގޮވާނަން ގަވައިދާ ހިލާފަށްތިބި އިންޑިއާ ސިފައިން މިގައުމުން ބޭލުމަށް.

    45
    1
  12. މާމީ

    ހުރިހާ އެންމެން އަވައްޓެރި ބައެއްގެ ހިލޭއެހީ ލިބުނީމަ ހާދަވަރަކަށޭ ޑިފެންސައް ފައިބާގެން މިއުޅެނީ....

    41
    1
  13. ރަން ރީނދޫ

    އަވަށްޓެރި ގައުމުތަކުން ނަފުރަތު ނުއުފެދޭގޮތަށް އަމަލު ކުރަން ގޮވާލަން.
    އަވަށްޓެރި ގައުމުތަކުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ނޫޅުމަށްވެސް ގޮވާލަން.

    34
    1
  14. މުހައްމަދު ބިން މުހައްމަދު

    ހީލަތްރެތިކަމާއެކު ފޮރުވިގެންތިބި ގައުމުގެ ގައްދާރުން ބޭޒާރުވަމުން ހާމަވަމުން ދާކަމަށްޓައި ޙަމްދުކުރަން. ދިވެހިންނަށް މިހާރު ސާފުވެއްޖެ ގައްދާރުންނަކީ ކޮބައިކަން. އިރާދަކުރެއްވިއްޔާ ބޭރުގެއެ މިލިޓަރީއާ ހުރިހާ ގައްދާރުންނާ އެކީ ބޭރުވާނެ، ހަމަ އައުޓް އިންޝާﷲ.

    36
    1
  15. ރަބަރޭ

    ކަލޯ ކަލޭ ތިޔަހަރީ މުސްކުޅިވި ދުވަހު ބޯގޮވާފަ

    35
    2
  16. Anonymous

    އިއްތިހާދު ހެދީބާއާވާތެއްކޮއްގެން ހުކުމެއްނެރެގެން ތިއިއްތިހާދުބައިވެރިން ބުނާއެއްޗެއް ގަބޫލެއްނުކުރާނެ ރައްޔިތުން ވެރިކަމާހެދީ ހޭބަލިވެގެން ތިމާގެއުފަން ދަރިއެއް އެކަމުގަހުރީ އެނަފުރަތުއުފައްދަން ވީމަގަބޫލެއްނުކުރެވޭނެ ތިމާދަރިންތަރުބިއްޔަތުކުރިނަމަ ނުތިބޭނެމަގުމަތީ ނަފުރަތުއުއްފައްދަން ރައްޔިތުންގެލާރިން 30 އަހަރުވަންދެން ކާންދީ ރަންތަޝީގަފާހާނާކޮއް ބޯހިޔާވަހިކަންދީ ދައުލަތުން

    27
    3
  17. މުހައްމަދު އަސްކަރީ

    އެމްޑީޕީގެ އިސްވެރިން ގެ ގޮތް މާކުރިންވެސްއެނގޭ، މިހާރު ޝައްކުފިލައި ޔަގީންވީ ގުރޫޕްތަކަކީ ގާސިމާއި ޖޭޕީ، މައުމޫނާއި އޭނާގެ ޕާޓީ، ކާނަލް ނާޒިމްގެ ގުރޫޕް، އިމްރާނާއި އަދާލަތު....މިގައްދާރީންގެ ކިބައިން ދިވެހިގައުމު ސަލާމަތް ކުރައްވާށި، އިންޑިޔާގެ މިލިޓަރީ ދިވެހި އިންތަކުން ބޭރުކުރައްވާށި. އާމީން.

    38
    1
  18. ގޮޅާބޯ

    އިއްތިހާދު ހެދީބާއާވާތެއްކޮއްގެން ހުކުމެއްނެރެގެން ތިއިއްތިހާދުބައިވެރިން ބުނާއެއްޗެއް ގަބޫލެއްނުކުރާނެ ރައްޔިތުން ވެރިކަމާހެދީ ހޭބަލިވެގެން ތިމާގެއުފަން ދަރިއެއް އެކަމުގަހުރީ އެނަފުރަތުއުފައްދަން ވީމަގަބޫލެއްނުކުރެވޭނެ ތިމާދަރިންތަރުބިއްޔަތުކުރިނަމަ ނުތިބޭނެމަގުމަތީ ނަފުރަތުއުއްފައްދަން ރައްޔިތުންގެލާރިން 30 އަހަރުވަންދެން ކާންދީ ރަންތަޝީގަފާހާނާކޮއް ބޯހިޔާވަހިކަންދީ ދައުލަތުން މިއަދުބައާވާއްކުރަމުންތިދަނީ މުސްކުޅިހާލުގަ

    28
    1
  19. ހަސަން ރަހާ / ފޭދޫ

    ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ޕާޓީގެ މުހިންމު އަސާސެއް- އެމްއާރުއެމް.
    އަނގަފޮޑި ދެދުލުގެ ވެރިއެތް
    އެމް އާރު އެމް އައުޓް އެމް އާރު އެމް އައުޓް
    އެމް އާރު އެމް އައުޓް އެމް އާރު އެމް އައުޓް
    އެމް އާރު އެމް އައުޓް އެމް އާރު އެމް އައުޓް

    38
    1
  20. Anonymous

    ދިވެހިންނައްޖެހުނުހާ މުސީބާތެއްޖެއްސީ ކަލޭ ބެއްޔާ

    35
    2
  21. މުފައްކިރު.

    އަދިވެސް ޔާމީނާ މެދު އޮތް ޙަސަދަ ނިމުމަކަށް ގެންނާކަށް ނުވޭތޯ؟

    42
    2
  22. Anonymous

    އުމުރުން90 އަހަރު ވީމަވެސް ސިޔާސިދަހިވެތިކަމުގަ އުޅެނީކަލޭ ކަލެޭގެ އުދަގުލުން ދިވެހިން ސަލާމަތްކޮއްފަ ގޭގަ އޮވެބަލަ

  23. ނާދިރާ

    ބަލަގަ ތިޔައީ ސިޔާސީ ޕާޓީއެއް ނޫނޭ.

  24. އަޙްމަދް

    އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުސޫލުތަކުގެ ތެރެއިން އަހުވަންތަކަމާއި އޯގާތެރިކަމާއެކު އެމީހުންނާ މެދު އަމަލުތައް ބެހެއްޓުމަށް ވެސް އެޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.
    —————————————
    މައުމޫނު ކަލޭ އިސްލާމްދީނޭކިޔައިގެން އަނގަނުތަޅާ ހުރިއްޔާ މާރީތިވާނެ….
    އެހެން މީހުންނަށް އިސްލާމް ދީން ކިޔާދެވޭ ވަރުގެ މީހެއްނޫންތީ……
    ފުރަތަ ތިމާމީހާ ދީނުގެ ރިވެތިއުސޫލުތަކާއި އެއްގޮތަށް ޢަމާލުތަށް ބަހައްޓަބަލާ…..
    ދީނުގައި އަންގަވާފަތޯ އޮތީ އަވައްޓެރިގައުމު އިންޑިއާއަށް އޯގާތެރި ވުމުގެ ގޮތުން އަމިލަޤައުމުގެ މިނިވަންކަމާއި އިޤްތިޟާދު ވިއްކާލާ އެމީހުންގެ އަޅުވެތިކަމުގެ މަޅި ދިވެހިރައްޔިތުން ކަރަށް މަހާލަން…

  25. ޖާބެ

    ނޮވެމްބަރު 3 ގަ ވީ ކިހިނެއްބާ ދުނިޔެއަޅާދިއުމުގެ ކުރިން ކެރޭނެބާ އަސްލު ހަޤީގަތް ކިޔާދޭން

  26. ގަރާ

    އަވައްޓެރި ގައުމަކާއި ނަފުރަތެއް ނެތް.. އެކަމަކު މިނިވަންކަމައް ކިރިޔާވެސް ބުރޫއަތުވެދާނެފަދަ އެރޭންޖުމަންޓަކައް ތާއީދެއް ނުކުރެވޭނެ. އިންޑިޔާ ސިފައިން މިތާކު ތިބެންޖެހޭ އެއްވެސް މުނާސަބު ސަބަބެއް ނެތް. އެމީހުން މިހާރު މިތާ އެތިބޭގޮތައް ތިބުމަކައް ދިވެހި ރައްޔިތުންގެ މެޖޯރިޓީ ބޭނުމެއް ނުވޭ. އެމީހުން ޖެހޭނީ ފައިބަން.

  27. ޓޮންގަތު އަލީ

    ބަލަ މިގައުމައް އެންމެ ބޮޑު ގެއްލުމެއް ދީފަ މިއަދު ކޮންވާހަކައެއް ދައްކާކައް ނާސިރު ވެރިކަމުން ވަޑައިގެންއިރު އޮއް 96 އާގްބޯޓް ތަކާ ރައްޔިކުންގެ ނަމުގަ އޮއް 2 ރިސޯޓް އާއީ ނުވީތާ ކައް ދޭތެރެ ދުރުކޮއް 3 ޖީލް ނައްތާލާ މިގައުމައް ބޭރުމީހުން ގެނެސް މުޅިގައުމު ބޭރުމީހުންގެ އައްމައޗައް ދުއްވާލާފައި ބިންތައް ހިސޯރުކޮއް ގޯތިނުދީ ފުލެތޤ އަޅައިގެން ކުލީގެ އަޅުންނައް ހަދާފައި ކޮން ވާހަކެއްތޯ ތިޔަ ދައްކަވަނީ ގައުމޭ ކިޔައިގެން ގައުމައް ރައްޔިތަކައް ލޯއްބެއް ނެތްބޭފުޅެއް އަމިއްލަ އާއިލާދެކެ ލޯބިވާނަމަވެސް ރަގަނޅު ބާތްކަރުތާހޭ

  28. މުހަނު

    އަޅެ މުސްކުޅި ހާލު ދޮގުހަދާ އުޅޭމީހުންނަށް ކިޔާ ހާއްސަ ނަމެއް.އޮވޭތޯ؟

  29. އަހްމަދު

    އިންޑިއާ އަސްކަރިއްޔާ މިތަނުންފައިބަންމިގޮވަނީ އެއްބައިވަންތަކަން ދަމަހައްޓަންވެގެން އަޅުގަނޑުމެންނަކީވެސް މިވަންގައުމެއް ގާނޫނުއަސާސީ ތަނެއްނުދޭ މިގައުމުގަ ބޭރުގައުމެއްގެ އަސްކަރީސިފައިންތިބޭކަށް އެހއންވެ #އިންޑިއާ# އައުޓުގޮވަންޖެހެނީ އެހެންނޫނީ ދުވަސްކޮޅަކުން ފޮރިންސެކުޓެރީ އައިސް ބުނާނެ އިބްރާހިމާ ހިނގާށޭ މަށާއެކު ޓީވީއައް އަރައި އަވަސް އިންތިހާބަކަށް އިޢުލާނުކުރަން އެހެންވީމަ އެދުވަސް އައުމުގެކުރިން އިންޑިއާއަސްކަރިއްޔާ އައުޓްކުރޭ

  30. Anonymous

    ދިވެހިން މާލެ އަރަން ކުޑަސިތީހެދުން ކަލޭގެނަންކިޔާލަސް ޖަލައްލުން ކަލެއައްސަނާކިޔަން 30 އަހަރު ތިބެންޖެހުން ސަނާނުކޔާމިހުން ޖަލައްލުން އެދުވަސް މއޮތީ ނިމިފަ

  31. ޙޯރަ

    ހާ ހާ ހާ. ތިޔައީ ސިޔާސީ ޕާޓީއެއް ނޫނެ ބަސް ބުނަން. ތިޔައީ ޢެންދެރި ޖަމިއްޔާ އެނގޭ ތަކުރާ. މިޤައު.މުގަ މިއަދު ކަލޭގެ ބަހެއް ނުވިކޭނެ. ކަލެއަކީ ބޮޑުވެގެންވާ ޤައްދާރެއްw

  32. ޢަބުދުﷲ

    މީނަމީ ގާސިމްގެ އަޅެއް . އޭނަ ހުރިގޮތަކައް މީނަ ހުންނާނީ . 30 އަހަރު ތެރޭގަ ޑުރަގު ކަރެޕްސަން. ނާއިންސާފު އާއްމު ކޮއްފަ ހުރި ޚާއިނެއް.

  33. ފާއިޒާ

    ހީވާގޮތުގާ ދިވެހިން އިންޑިއާއަށްއެތެރެވާއިރު ވެކްސިންކާޑަށްވުރެންބޮޑަށް ޕާޓީކާޑަށްބަލާނެ ؟؟

  34. ކާފަ

    އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް. އިންޑިޔާ ހަމަ މިހާރު އައުޓް.

  35. ތަހުޒީބު

    މައުމޫނު އަބަދުވެސް މަސައްކަތް ކުރަނީ އިންޑިއާ ރުއްސަން. ދިވެހި ރާއްޖެއަކީ ތަރައްގީ ވެވެން ކުރިއަރާދެވެން އޮތް ގައުމެއް. އެކަން މިއަދު މުޅި ދުނިޔެ ވެސް ގަބޫލްކުރޭ. އިނޑިއާ ބޭނުމެއްނުވޭ މި ރާއްޖެ ތަރައްގީ ވާކަށް. އިންޑޮއާ ގެ ސަރުކާރާ ދިވެހި ރީންދޫ ސަރުކާރު ގުޅިގެން ހިނގާ ޖަރީމާ ނުފެންނަނީ ޣައްދާރެއް ވީމަ.
    އަވައްޓެރި ބޮޑު ގައުމެއް ކުޑަ ގައުމެއް އަޅުވެތި ކުރާތަން ނުބަލާ ގައުމީ މަސްލަޙަތާ އެކު ތިބި ރައްޔިތުން ލޮލުގަ އަނދުނެއް އަޅުވަން އިނޑިއާ ރުހޭ ގޮތަށް ވާހަކަ ބައްތަންކުރުން ހުއްޓާލާ!

  36. ސަމާސާ

    ހިނގައި ދިޔަ އެކްސިޑެންޓެއްގައި އަޅުގަނޑުގެ ދެއަތުގެވެސް މެދުއިނގިލި ވަނީ ބުރިކޮށްފައި. ޢެހެން ނޫންނަމަ މަނިކުފާނަށް އެދެއިނގިލި ފެނުމުގެ ނަސީބު ލިބުނީސް.

  37. އަލީ

    ބަލަމޮޔަޔާއޭ އަހަރެމެން ނަފުރަތެއް ނުއުފައްދަމޭ އަހަރެމެން މިގޮވަނީ އިންޑިއާ ސިފައިން މިގައުމުން ބޭރުވާން.

  38. އަޙްމަދު

    ވަކިބަޔަކު ކަމެއްކުރީމާ ގޯސްވަނީ ކީއްވެތޯ! ލޮލަށް މިރުސް އެޅިފައި ތިބިބަޔަކަށް ކަންކަން ފެންނާނީ އެހެންމީހަކު ބުނެދިނީމާ! ސައުދީ އާއި ޗާއިނާއޭ ކިޔައިގެން ބަޔަކު މީހުން މުޅިޤައުމުގަޔާއި މުޅި ދުނިޔޭގައި ދުވިއިރު އެކަން ނުފެނުނީ ލޮލަށް މިރުސް އެޅިފައި ތިބުމުގެ ސަބަބުންތޯ! އެއީ ވަކި ޤައުމަކާއި މެދު ނަފްރަތު އެފެެއްދުމަކަށް ނުވަނީބާ!

  39. ޛިލް

    ނާގާބިލް ދަރިންކޮޅަށް މިނިސްޓަރކަން ހޯދާ ދިނުމަށް ގައުމުގެ މިނިވަންކަން ވިއްކާލަންދެން އަހަރެމެން ނުތިބޭެނަން ބެއްޔާ