އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށް ރައީސް މަރިޔަމް ޝިއުނާ އާއި ބާކީ ތިބި ދެ މެމްބަރުން އިސްތިއުފާ ދެއްވައިފިއެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު "ވަގުތަށް" މިއަދު ވިދާޅުވީ ކޮމިޝަންގެ ރައީސް ޝިއުނާ އާއި ފާތިމަތު އަނޫލާ އަދި އައިޝަތު އަބްދުﷲ މިއަދުގެ ވަގުތެއްގައި މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފެށުމާ އެކު، އެ ކޮމިޝަންގައި ތިއްބެވި ދެ މެމްބަރުން ކަމުގައިވާ މުހައްމަދު ޝަކީލް އާއި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މިއާއެކު، އެ ކޮމިޝަން ތަމްސީލް ކުރައްވަން މިހާރު އެއްވެސް މެމްބަރަކު ނެތެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ނިންމީ ތިން މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެގޮތަށް ނިންމީ ޝިއުނާ އާއި އަނޫލާ އާއި އައިޝަތު އަބްދުﷲ އަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހުގައެވެ. ކޮމިޓީން ފާސްކުރީ ކޮމިޝަނުން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލި ގިނަވެފައި ހުރި ކަމަށާއި އެކަން އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ވެސް އެކަން ފެންނަން އޮތް ކަމަށް ބުނެއެވެ.

ކޮމިޝަންގެ ތިން މެމްބަރުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން އާއްމުކުރި އޭސީސީގެ ޕަފޯމަންސް އޮޑިޓް ރިޕޯޓުގައި އެ ކޮމިޝަނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް ނުބަލާ ކަމަށާއި މައްސަލަތައް ފުނިޖެހިފައި ވަނީ އެ ކޮމިޝަނުގެ އިހުމާލަކުން ނޫން ކަމަށެވެ.

ތަހުގީގުތައް ދިގުލައިގެންދާ މައްސަލައިގައި އޭސީސީން ބުނެފައި ވަނީ ކޮވިޑް-19ގެ ސަބަބުން މައްސަލަތައް ތަހުގީގުކުރަން ތަންތަނަށް ދިއުމުގެ ދަތިތަކާ ކުރިމަތިވުމާއި ސަރުކާރުގެ އެހެން އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަން އުނދަގޫވުމާއި މުވައްޒަފުންގެ ދަތިކަމާއި އަދި ދައުލަތުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވުން ހިމެނޭ ކަމަށެވެ.

ކޮމިޝަނުން ބުނީ ހުށަހެޅޭ މައްސަލަތަކުގެ އަދަދާ ގާތްކުރާ މިންވަރަށް ވެސް މުވައްޒަފުން ނެތް ކަމަށެވެ. މިކަމަށް ހައްލު ހޯދުމަށް 2020 ގައި 25 މުވައްޒަފުން އަދި 2021 ގައި އަށް މުވައްޒަފުން ހޯދަން އެދިފައި ވިޔަސް ހައްލެއް ލިބިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ތަހުގީގުތަކުގައި ނުފޫޒު ފޯރުވިޔަ ނުދޭން ކޮމިޝަނުން ސާބިތުވެތިބުމުން ފާޑުކިއުން އަމާޒުކޮށް ފެއިލްކޮށްލަން މަސައްކަތް ކުރި ކަމަށާއި އިތުބާރު ނެތް ކަމުގެ ވޯޓެއް ތަކުރާރުކޮށް ނަގަން މަސައްކަތް ކުރީ ވެސް އެ ސަބަބާ ހެދި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަލަކަސް

    ތެން ޕީޖީ އިސްތިއުފާދިނީމާ އެއީއެބޯޅޭމިބައުޅޭގެ ތަންދޮރު އަދިދޮރައްޓެވެސް ނޭގޭ ރޯނުއެދުރެއް؟؟

    22
  2. ނ ޗަރަންގީ

    މިވެރިން މިވެރިކަން ނިމިގެންދާއިރު މުއައްސަސާތަކުން ވައްކަންކޮށް ކާނެވަރަކަށް ކައިހުސްކޮށް އެއްމުއައްސަސާ އިން އަނެއްމުއައްސަސާއަށް ބަދަލުވެ ބަދަލުވެ ނާޗަަރަންގީ ކުޅޭނީ! މަރު ކޮމިޝަންވެސް އެހެން ! ކޯޓުތައްވެސް ހަމަ އެހެން! މުނާފިގުން އިންތިހާއަށް ފާޅުވެ ބޮޑު މުނާފިގު ކަލޭގެ އެހުރީ ހުދު ފޮށާއަންދަވާ ފުލްސެކިއުރިޓީގައި އެންމެ ބޮޑުމުސާރާަގައި! ނޫނޭ މީ ތާހިރު ދިރިއުޅުމަކަށް ގޮވި މީހުންގެ ހާލަތުމިއަދު. މިއަށްވުރެ ނުތާހިރު ޑިމޮކްރެސީއެއް ދުނިތޭގައިވެސް ނުހިނގާ! ލާދީނީ ފަރަންޖީތައް އިސްތިއުފާދީބަލަ ވެރިކަމުންެވެސް މި ގައުމުންވެސް!

    28
    1
  3. ސަރީފް

    އާނ ދެން ހަމަ ވަކިކުރަންވިއްޔާ ހިފާފަ އެތިބީ. ދެން ތިބޭނެ ކަމެއނެތެއްނު. ސުވާލަކީ ދެން އައްޔަން ކުރާބަޔަކަށް ޔާމީނުގެ ސަރުކާރުގައި އުޅުނު މީހުންނަށް އަދަބު ދެވޭނެހޭ. އިމްރާނު އަލީ ޒާހިރު އަދި ނަހުލާ ބޭރުކޮށްލެވޭވަރަށް މަސައްކަތް ކުރެވިދާނެ ބާއޭ މިއޮތް ކުޑަދުވަސްކޮޅަކު ތެރޭގައި.

    22
    1
  4. އީސީ ސަރީފޫ

    އެންމެ ވަރުގަދަ ތަޖުރިބާއައި ތަޢުލީމީ ވުޒާރާއިން މީހުންގެ ޤާބިލު ނުޤާބިލު ކިޔަން އެއުޅެނީ.

    19
    1
  5. ބިގް ބޮސް

    ދެން ލަ ލަ ލާ.ސަލާމް

  6. ކޮރަލް

    އަންހެނުން ބާރުވެރި ކުރުވަނީ އެވެ. އެނެމް މީހެއްގެ މައްސަލަ އެމީހުން ބޭނުން ވާގޮތައް ނުބެލީމަ ވަޒީފާ ދިޔަ އީ އެވެ.

    24
  7. ނަސްރު

    އަވަހަށް ގުޅޭ އިދިކޮޅާ. ކުރި ވައްކަންތަކާ ފޯރިވި ނުފޫޒް ޢަކުރުން އަކުރަށް ކިޔައި ދިނުން މުޙިއްމު. ބަޔަކު ބޭނުންވާގޮތަށް ކަންކުރަން އެންގީމަ ނުކުރީމަ ވީގޮތް. ވ ގަދަ. ކަޑާލިޔަސް އުފުރާލިޔަސް ނުފޫޒަކަށް ނުބަލާ ކަންކަން ކުރަންވާނީ. ވ ސަލާމް

    24
  8. މާލް

    މަސްއޫލިއްޔަތު އުފުލޭތޯ ބަލަން ސޯލިހު ތި ކޮމެޓީއަށް ފޮނުވާބަލަ. މަސްޢޫލިއްޔަތު ނުއުފުލޭކަމަށް ބުނާމެންބަރުންގެ ނަންވެސް ދަނީ ސޯލިހުގެ ފަރާތުން، އެހެންވީމަ މަަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރު ނިންމުމެއް ނެތް ކަމުގެ ޒިންމާ ސޯލިހުވެސް އުފުލަން ޖެހޭނު. ެެެެެެެެ

  9. އަލީމޫސާ

    ދެރަނުވާތި! އާހިތްވަރާއެކު ކުރިމަތިލާ. ނުފޫޒަށް ތަބާނުވީމަ ކަޑާލިޔަސް އޯކޭ.

  10. ސަޅި

    ދެން އެނުމުނީ އެހިސާބުން. ކޮބާ ތި ކޮމިށަނުން ކުރި ބޭކާރު ހަރަދު ރައްޔިތުންގެ ލާރިން ؟ އަނެއްކާ އެސެޓް ރިކަވަރީ ކޮމިށަނަށް ފޮނުވަންވީ ؟! ހުސް ކޮރަޕްށަން.

    މޑޕ ގެ ތާރީހުން އެނގެ އެ އުފެދުނީވެސް މައުމޫނު ސަރުކާރުގަ ކެވުނުލެއް މަދުކަމުން ދަހިވެގެންކަން.

    މޑޕ އައުޓް !!!

  11. Anonymous

    އިސްތިއުފާދޭންވީ ބަޔަކުމީހުން އައިސް ޖަވާބުދާރީ ކުރުވަންޖެހުނީމާއެއްނޫން. މާކުރިންވެސް ތިކަން ކުރަންވެފަ ތިބި ތަނެއް ތިއީ. ނުނިމި ހުރި ކިތައް މައްސަލަތޯ ހުރީ. އެކަމަކު ބަރާބަރަށް މުސާރަ ނަގައިގެން ތިބިދުވަސްތަކޯ؟ އަމިއްލައަށްވެސް އެއްބަސްވެފަވޭ %1 ކަމަށް ނިމިފަވަނީ މައްސަލަތަކުގެ.

  12. Anonymous

    ދެން މަޖިލިސް އެއްކޮއް އިސްތިއުފާ ދީބަލަ މިގައުމައް ވަރަށް ގެއްލުންވާ ތަނެއް މަޖިލީހަކީ. ގައުމުގެ ދައުލަތް ހުސްވަނީ ނަޝީދާ މަޖިލިސް މެންބަރުން އަދި މެންބަރުންގެ އާއިލާ ބޭނުންކޮއް.

  13. ގެދަބުޅި

    މިހާރު އިންނާނީ ވަޒިފާހަމަޖެހިނިމިފައި. ރައީސްއެހާއޯގާތެރި. އަދި އަމުދުން ދީނަށް ފުރައްސާރަ ކުރާބަޔަކު ކިހިނެއް މިސަރުކާރުގައި ނާގާބިލްވާނީ. ރައީސް ވިދާޅުވާނެ ޒުވާނުން ވަޒީފާތަކަށް ނުކުތުމަށް ޒުވާނުންނަށް ކުރާފުރައްސާރައެއްހެންހީވަނީ. ތިޔަތިންމީހުންނަށް މާދަމާުފަތްކޮޅުއެރުވުންއޮންނާނެ.

  14. ބަކުރުބެ

    ސަރުކާރަކީ ނާގާބިލް ވެރިކަންކުރަންނޭނގޭ ސަރުކާރެއް މިހާރުވެސް ސަރުކާރު ދެމިއޮންނަނީ އިންޑިއާސިފައިން ރާއްޖޭގައި ބައިތިއްބައިގެންތިބޭތީ އެހެންނޫންނަމަ ލަސްތަކެއްނުވެ ސަރުކާރު ވެއްޓިދާނެ ބާރުގެބޭނުން ކޮށްގެން މިނިވަން މުއަށްސަސާތަށް ފޭރިގަތުމަކީ ސަރުކާރުން ހިންގާ ޖަރީމާތަށް ފޮރުވުމަށްޓަކާ ކުރާ ނުބައިއަމަލެއް މި އަމަލްތަކަށް ހިތްވަރުދެނީވެސް އިންޑިއާ އަޑީގަ އޮވެގެން.

  15. ކާކުތޯ ބަލާނެކަމެއް ނެތް

    ކޮމިޓީގަ ތިބޭ މޮޅެތި އެދުރުންނަށް ނޭގެ މައްސަލަ ތަޙްޤީޤުކުރާ މީހުނަށް ކިޔަނީ އިންވެސްޓިގޭޓަރުންކަމެއް