އާ އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ބާއްވާ ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ގެންނަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހުގެރޭ ޝޯ އޮންނާނީ ހުޅުމާލޭ ދުވާ ޓްރެކްގައި ކަމަށެވެ. ޝޯގައި ދިވެހި ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ އެ ރޭ 20:30 ގައެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ޝޯގެ ޕާޓްނަރުންގެ ތެރޭގައި ބޮޑެތި ކުންފުނިތައް ހިމެނެއެވެ. އެއީ ފެނަކަ އާއި އެމްޓީސީސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އުރީދޫ މޯލްޑިވްސް އާއި ދިރާގާއި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި އެސްޓީއޯ އާއި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވިއަންއެވެ.

ހިންދީ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަންކިތު އެންމެ މަޝްހޫރުވެފައި ވަނީ "އާޝިގީ 2" ގެ ބައެއް ލަވަތަކުންނެވެ. އެ ފިލްމުގެ "ސުން ރަހާ ހޭ" އަކީ އޭނާގެ އެންމެ މަޝްހޫރުވި ލަވައެވެ.

މި ލަވައަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް ބޮޑަށް މަގުބޫލުވި ލަވައެކެވެ.

އުމުރުން 35 އަހަރުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އެ ލަވައިން ފިލްމުފެއާގައި ބެސްޓް މިއުޒިކް ޑައިރެކްޓާގެ އެވޯޑު ލިބުނެވެ. ބޮލީވުޑްގެ ފިލްމު "އޭކް ވިލަން" ގެ ލަވަ "ގަލިޔާ" ކިޔައިގެން ފިލްމްފެއާ އެވޯޑުގެ ބެސްޓް ޕްލޭ ބެކް ސިންގާގެ އެވޯޑު ވެސް އަންކިތަށް ލިބުނެވެ.

ދެހާސް ދިހަ ވަނަ އަހަރު މިއުޒިކް ދާއިރާ އަށް ނުކުތް އަންކިތު ، ކުޅަދާނަ ލަވަކިޔުންތެރިޔާ އަރްޖީތު ސިންގް ފިޔަވައި ފިލްމުފެއާ އެވޯޑު ލިބުނު ހަމައެކަނި ފިރިހެން ލަވަކިޔުންތެރިޔާއަށެވެ.

އޭނާ އަށް ވަނީ އެކި ފަރާތްތަކުން ބޭއްވި އެވޯޑު ހަފްލާތަކުގައި 13 އެވޯޑެއް ލިބިފައެވެ.

ކުރީގެ ސަރުކާރުން ވަނީ ބޭރުގެ ފަންނާނުން ގެނެސް، ވަރަށް ކުލަގަދަކޮށް އާ އަހަރުގެ ޝޯ ބާއްވައިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަހްމަދު އަދީބް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، ކޮންމެ އާ އަހަރާކާ ދިމާކޮށް މާލޭގައި މަޝްހޫރު ފަންނާނުންނާއެކު ޝޯ ބޭއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާނޭ

    ކޮބައިތޯ ނާޗަރަންގީ ނުކުޅޭ ކަމަށް ބުނެ ޝަރުޠެއް ނެތި، ހައްދެއް ނެތި ސޯލިޙަށް ތާއީދު ކުރާ ޑރ.އިޔާޒު؟ ކީއްވެތޯ ޓްވީޓް ނުކުރައްވަނީ؟ ކީއްވެތޯ ބަޔާން ނުނެރުއްވަނީ؟ ހަމަ ސަރުކާރާ ހިތާވާލެއް ބޮޑުކަމުން މިފާޑުގެ ފާޙިޝް ކަން ކަން ކުރިއަސް ބަހެއ ނުބުނެ ހުންނަނީ. ކިހިނެއްތޯ ހުއްދަވާނީ. ކޮން ގޮތަކުންތޯ ހަރުބީ ކާފަރުން ގެނެސްގެން އައު އަހަރު ފާހަގަ ކުރުމަށް ހުއްދަ ކުރެވޭނީ؟
    ކޮބައިތޯ އެއްކަލަ ޑރ. އިޔާޒުގެ ބޮޑު އަނގަ ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    10
    3
    • ލުކައުރަމީޒު

      ހަމަ އެގޮތަށް ނާޗަރަންގީ މަނާކޮށް ދީނާ ޤައުމުގެ ހައްޤުގަ އުޅޭ ސަލަފާއި އަލީ ރަމީޒް ބިން ލުކައު، މީގެ ކުރިން ޔާނު ވެރިކަމުގަ ބޭއްވި ނާޗަރަންގީތަޖާ ލޭޑީ އިން ރެޑްއާ އައިޑްލްތައް ހުއްޓުވަން ނޫޅުނީ ކީއްވެތޯ ވެސް އަހާލިނަމަ؟..

      2
      3
  2. ޢަހުމަދުވަގާރު

    ތޯރާބޯރާ ގުރޫޕް ވަރަށް ރުލި ގަދަ ވާނެ

  3. އުގުރި

    ޔާމީނު ވެރިކަމުގައި ގެނާ އޭކަން ގެ މައްސަލާގައި ސަލަފުން އެއީ ބޮޑު މުންކަރާތެއް ކަމައް ބުނި އަދި އެއީ މަގުފުރެދިފައިވާ މީހެކޭ ވެސް ބުނި ވީޑިޔޯ ތައް އަދިވެސް އެބަހުއްޓެވެ.

  4. ލައްޓި

    އާއަހަރު ފާހަގަކުރަން ލަވަކިޔާ ނާޗަރަންގީކުޅެން ސަރުކާރުންނާ ކުންފުނިތަކުން ބޮޑެތި ހަރަދު ކުރަން ފައިސާ ހުންނައިރު ކީއްވެތަ ހިޔާފުލެޓްތަކުގެ މީހުން މިކުރާ އާދޭސްތަކަށް އަޅާނުލަނީ؟ ތިޔަކަން ނުކޮށް ރައްޔިތުންގެ ފެންބިލާ ކަރަންޓް ބިލުން އެތިކޮޅެއް ކަނޑާލަދިނަސް ހަމަ އެންމެ ރަނގަޅުވާނެ.