ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ ހައްދު ފަހަނަ އަޅާފައިވާ ޖަމާޢަތެއް ކަމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ވައްދާ މީހެއް ކަމަށް އިސްތިޢުފާ ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ. އެޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ޑރ.ޝަހީމްއަކީ އައިއެސްއަށް މީހުން ވައްދާ ބޭފުޅެއް ކަމަށާއި އަދި ސައުދީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެކަމަށް ތާޢީދު ކުރައްވާ ކަމަށެވެ.

ނަޝީދުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމުން، ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީ އިން ރާއްޖޭގައި، ހަރުކަށި ފިކުރުތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުން، އާއްމުކަން މަސައްކަތް ކުރާކަން ހާމަވާކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އޭނާވަނީ، ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ޓެގު ކުރައްވާފައެވެ.

އެހެންނަމަވެސް، މިކަންކަމުގެ އެއްވެސް ތަފްޞީލެއް އަދި މިކަންކަން ސާބިތުކުރެވޭނެފަދަ އެއްވެސް ހެއްކަކާއި ދަލީލެއް ނަޝީދު ދައްކަވާފައި ނުވެއެވެ.

މީގެއިތުރުންވެސް، ނަޝީދަކީ ބޭރުގެ ބައެއް ފަރާތްތަކުގެ ރުހުން ހޯއްދަވަން، ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާއި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތައްވެސް އުޅެމުންދާކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ.

ނިރުބަވެރިކަމުގެ (ޓެރަރިޒަމް) ގެ މައްސަލައެއްގައި ޖަލު ހުކުމެއް ކުރައްވާފައިވާ އަދި އެޖަލު ހުކުމާ ފިއްލަވައިގެން އުޅުއްވާ ނަޝީދު މިހެން ބުނެފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރައްވަން އޭނާ މަސްކަތްކުރެއްވި ދުވަސްވަރު، ފޭސްބުކު މެދުވެރިކޮށް ކުރެއްވި ލައިވް އެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު، ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާކަމަށެވެ. އަދި، ބައެއް އަންހެނުން، ޖާރިޔާއިންގެ ގޮތުގައި ވިއްކާލާފައިވާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އޭނާއަކީ ދޭތެރެ ދޭތެރެއިން އިސްލާމް ދީނަށް، ފާޅުގައި ފާޑު ވިދާޅުވަމުންދާ ބޭފުޅެކެވެ. އެގޮތުން، ބޭރު ޤައުމެއްގައި ވާހަކަ ދައްކަވަމުން، މީގެކުރިން އޭނާ ވިދާޅުވެފައިވަނީ ކީރިތި ރަސޫލާގެ ހަދީޘް ނޫން އެހެން އެއްޗެއް ނުވަތަ "އޯލްޓަނޭޓިވް ނެރެޓިވް" އެއް ހޯދަން ޖެހޭކަމަށެވެ.

ސްރީ ލަންލާގައި ހުންނަވައިގެން އޭނާ މިހެން ވިދާޅުވެފައިވީނަމަވެސް، ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ގެ މަޤާމުގައިވެސް ހުންނެވި ޑރ. ޝަހީމަކީ ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައިދިޔުމާއި ހަރުކަށިވުމަށް ޖާގަ ނުދެއްވުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

65 ކޮމެންޓް

  1. ....

    ކަލޭ އަމިއްލައަށް ކުރާ ކަންތައް އެހެންމީހުންގެ ބޮލު ނާޅުވަބަލަ

  2. އިބްރާހީމް

    ނަޝީދަކީ މުސްލިމް ޤައުމުތައް ނައްތާލުމަށް އިސްރާޢީލާއި ގުޅިގެން މަސައްކަތްކުރާ ޓެރަރިޒަމަށް އެހީތެރިވާ ބޭފުޅެއްކަން އެންމެނަށްވެސް އެގެއެވެ.

    • ވަސިިބް

      ބޭފުޅެއް ނޫން..!! އަފުލާތޫނެއް

  3. ާއަހު

    ބުއްޅަބޭ ދޮގުހަދަނީ ފަރަންޖި

  4. ސަމި

    މި ކެނެރީގޭ ނަސީދަކީ މި ޤައުމަށް ދިމާވެފަހުރި ބޮޑު ނުރައްކަލެއް. އެ ސޮރުގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި އާމީން

    • ސަލީމު

      ޢާމީން

    • ޗިއްލޫ

      އާމީން

    • ާއާނ

      އާމީން

    • އިބޫ

      އާމީން

  5. ލޯކަނު

    ދޮގު ހެދާ ފިތުނަ އުފެއްދުން ނޫން ކަމެއް މީނަ ނުކުރޭ

  6. Anonymous

    ބޮޑު ދަތްޖާލު.! ޝެރޯންފަދައިން ކަލޭ އެނދުމަތި ކުރަށްވާށި. އާމީން.!

    • އޭނަ

      ބަދު ދުޢަކުރުންހެޔޮނުވާނެ

    • ހުސޭނުބޭ

      އާމީން!!

  7. އަބްދުއްލާ

    ނަސީދަކީ ކްރިސްޓިއަނެއް އަދި ކްރިސްޓިއަންދީނަށް މިގައުމު ބަދަލުކުރަން އުޅޭ މީހެއް އަނެއް ދިވެހިރާއްޖެ އަކީ ކްރިސްޓިއަން ދިވެހިރާއްޖެ މިއީ ނަސީދު ބުނަމުންއައި ގައުމު ބަދަލުކުރުމަކީ މުސްލިމުން މިކަމަށް ހޭލައްވަވާ.

  8. Anonymous

    ނަޝީދަކީ މިމުސްލިމް ޤައުމު ނައްތާލުމަށް މަސައްކަތްކުރާ ޓެރަރިޒަމަށް އެހީތެރިވާ މީހެއްކަން އެންމެނަށްވެސް އެގެއެވެ.

  9. ސަމް މާލެ

    ހަމަރަގަޅައް ތުންތުނާ މޮޔަވެއްޖެ ވެރިކަންބޭނުން ވާވަރުން ކިޔޭނުކިޔޭ އެއްޗެއް ވެސް ނޭގޭ ހަމަޔަކުނޫން ހުރީކީ މާތްﷲ ގެ އިރާދަ ފުޅާ އެކު ޝަހީމު އާއި ޔާމީން ވެރިކަން ކާމިއާބު ކުރާނެ

  10. ބީތާ

    ތިކަން ކުރިން ނޭންގީ ކީއްވެ. އެހެންވީމާ ނަޝިދުވެސް އެކަމުގަ ބައިވެރިވީ ދޯ. ކަލޭ އަކަށް ނޯންނާނެ ދިވެހި ޤައުމާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ ހައްގެ. އަނގަ މަޑުން ލައިގެން އިނދޭ

  11. Anonymous

    ބުހުތާނު ދޮގު. މިކަލޭގެ ދެތުންފަތް އެއްކޮއް ބޮޑު ތަޅެއް އަޅުވަންވީ

  12. ދޮގުޖާޑި

    ހާދަހާ ޖާހިލު މީހެކޭ މީނާއަކީ މިހާ އިންސާނިޔަތު ކަމެއްނެތް ދޮގުތުހުމަތު މީހުންެ ބޮލުގައި އަޅުވާ ދޮގުހަދާ މީހަކު ދުވަހަކުވެސް ނުދެކެން މީނާ މިގައުމުގެ ސިޔާސީ ކަންކަމާއި އުޅެންފެށީސުރެ މިގައުމުގައި ދަނީ ފިތުނަ ފަސާދަ އުފެދި ބޮޑުވަމުން

  13. ޭއަބުރު

    ޢަންނިއަކީ އިސްލާމްދީން އަށް ހަޖޫޖަހާމީހެއް

  14. Anonymous

    ސާބަހޭ ނަޝީދު. 100000 ވޯޓު މިހާރުވެސް އޮތީ ޔަގީންވެފަ

    • ޜަސީދު

      ޙަމާގަ ނުހުއްނަ މީހުން އެކަނި ބުއްލަބެއައް ތާއީދު ކުރާނީ

  15. ފީނާ

    ހަމައިގަ ނުހުންނަ މީހެއް ކޮންމެ ފަދަ އެއްޗެކޭވެސް ކިޔަަފާނެ.

  16. ހެހެެހެ

    ޢީޔޫ އިން މިތަންހަލާކުކުރަން ކަނޑައަޅާފައިވާ ފިރުއައުނު ނަސީދު ކެނެރީ . މީނާ އަށް ހަލާކުހުރި.

  17. އަލީމުގާދު

    ޔާމީން ޝަހީމް ނެގުމުން ކަލޭމެން ރަނގަޅަށް ސިގެން ދިޔަކަން އަހަރެމްނެނަށް މިހާރު ކަށަވަރުވީ އަނެއްކޮޅުން މިފަހަރު ވެސް އިންތިހާބު ހޯދަން ވިއްކޭނެ އެއްޗެއް ކަލޭމެން އަތަކުނެތް ބުދަކާއި ފުޅިއެއް ފޮޔަވާ. ލާހިކު ހައްގެއް ވެގެންނެއް ނުވޭ ކަލޭމެންގެ ބައިވެރިވުމެއް އޮތް ސަރުކާރެއް މިތާ ގާއިމްކުރާކަށް. ބޮކިބޭ ދައްޖާލު.

    • Anonymous

      ކަލޭ ތެޅިތެޅި ހުންނަން ޖެހޭނީ މިގައުމުންވެސް ކަލޭ ފަހާލާނަން އާއިލާގަނޑާއެކީ

  18. ސަމިސް

    ކީކޭބުނާނި ނަސީދުގެ މައްޗަށް ކޯފާލައްވާށި

  19. އިއްބެ

    Islam dheenakee vagunnai, aiy modey meehunnai, dhogu heki dheefai anehka anbura hekibas genna meehunnai, aniyaaveringe dheenehkan lha dharinnah visnaidheyn ulhey,
    kulee jamaa’atheh!

    އިންތި

  20. ކޮއްކޮ

    ރައީސް ނަޝީދަކީ ބަޣުދާދީ

  21. މިންނާ

    ނަޝީދު މާ ރަގަޅެއްނު ކަލެއާއި އެކީ އުޅޭ ހުދު ތުނބުޅި މީހުން އައިއެސް އަށް ވައްދާ ވާހަކަ ބުނިއްޔާ.

  22. 3ނިރު

    މީ އަޅެފަހެ އަބަދުވެސް ހިނދުކޮޅުގަ ހުންނަ މީހެއްތަ އެހެންނާފަހެ ކިޔާފަ ނުކިޔާނެ އެއްޗެއް ވެސް ނޭގިގެން ތެޅިބާލަނީ މިކަލޭގެ މިހުރީބުއްދި ގޯސްވެފަ މެންޓަލް ހިސްޕިޓަލަކަށް އަވަހަށް ހަވާލުކުރަންވީ

  23. އާބިދާ

    ކިހާބޮޑު ކަމެއް މިކަލޭގެ އަށް މާދަމާ ވާނެގޮތެއް ނޭނގޭނެ ޝޯކުރަން މިސްކިތައްވަދެ ފޮޓޯނަގާފާނެ އެކަމަކު މިކަލޭގެ ޖާހިލުކަން މިހިރަ ސާބިތުވަނީ މިފަދަ މީހަކު ނިސްބަތްވާ ޕާޓީއަކަށްވެސް ވޯޓްދޭކަށް ނުވާނެ

  24. ބކ

    ފަހުޒަމާނުގައި މިފަދަ ނުބައި ޖައްބާރެއް އެއްވެސް ގައުމަކުން ނާންނާނެ.

  25. ޑިމޮކްރަޓިސްޓް

    މިކަހަލަ ނުބައުނުލަފާ ދައްޖާލުންގެ މަރު އަވަސްނުވަނީ ކީއްވެބާ؟ އަބަދުވެސް އެކްސިޑެންގަވެސް ކަމާނުބެހޭމީހާ މި ދުނިޔެއަޅާދަނީ! އަނެެއްކަލޭގެ ސަލާމަތުން އަނެއްމީހާދުއްވާލަން ދުނިޔޭގަ ލަހައްޓަވާފަ! ހާދަދެރައޭ!

  26. އިނައްފު

    ހިނދު ކޮޅު އައިސް ކިޔޭ ނުކިޔޭ ނޭގި މިސޮނިބެ ފަރަންޖީން އުޅޭ ގޮތައް އުޅެން ލަންޑަނުގަ ހުރެބަލަ ރާއްޖެ ނާންނާތި .......

  27. މަކަރު އީޔޫ

    މިކަލޭގެ ޔާދިމާޔައް ފަރަންޖީ 100 ފަހަރު ކިޔުމަކީ އައުލާކަން ބޮޑުވެގެންވާ ކަމެއް.

  28. މަކަރު އީޔޫ

    އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައި ހުރި ދައްޖާލު ކެނެރީ ބުއްޅަބެ.

  29. ގޮތް

    ﷲ މީނާގެ ކިބައިން ދުނިޔެއަށް އަރާމް ދެއްވާންދޭވެ. އާމީން.

  30. ނަން

    ނަޝީދު.... ސިރިއާ އިޒް ކޯލިންގ.... މީ ކާކު ކާކުގ ވެރިކަމެއްގަ ހިންގި ކަމެއް؟

  31. ނަގޫރޯޅި

    ކިޔާނެ އެއްޗެއްކިޔާ، ޢީޔޫ އިން ކަލޭމެން ބުނާގޮތައް ފިޔަވަޅުވެސް އަޅާނެ، އެކަމެކު ﷲ ރަހްމަތްފުޅުން އަހަރުމެންގެ ރިޒުގެއް މަދެއްވެސް ނުވާނެ ތިބައިގަންޑު ބުނާގޮތެއްވެސް ނަހަދާނަން. ﷲރަހުމަތުން ރ.ޔާމީނާއި ޑރ.ޝަހީމް 2018ގެ ރިޔާސީއިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނެ

    • ާއާނ

      އިން ޝާ ﷲ

  32. އަޙްމަދު

    ނަޝީދުއަށް ދައުލަތުން ކުރި ހުކުމަކީ ރަނގަޅު ހުކުމެއްކަމަށް މިހާރު ޤަބޫލު ކުރެވޭ. މީގެ ފަހުން އަހަރެން ކިޔާނީ ޓެރެރިސްޓް ލާދީނީ ނަޝީދުއެވެ.

  33. Anonymous

    ރޯނާ ވެފަ ހުރި އެއްޗެއް ތި ނަޝީދަކީ

  34. ބެއްޔާ

    ހަމަ ތެދުފުޅެއް.

  35. ޚަމަނަ

    ތިތާ އުޅޭ އެންމެންވެސް ހަމަ އެއްގޮތް.
    ބޮޑު ބައްޔެއް މީ..

  36. ާއަލީ

    ޢާމީން

  37. މުންނި

    ދައްޔޫސް. އެލިޒަބަތު ކައިރީ ކޮއްޓާލަ ކޮއްޓާލަ އޮވެބަލަ ބޭކާރު އަނގަ ނާރުވާ. މިއަދު ބޯލާނެ އެތިކޮޅެއް ނުލިބުނީބާ

  38. ގަމާރުމޯލްޑިވިއަން

    ސައުދި އަރަބިޔާ ކާރިވި ގައުމެއް ދުވަހކުވެސް ސަލާމަތް ނުވޭ.އާލު ސައުދުން ގެކިބަޔިން މި ދުނިޔެ ސަލާމަތް ކުރައްވާ ތޯ ދުއާ ކުރުމަކީ އަހއރެމެން މުސްލިމުންގެ ވާޖިބެއް

  39. ފުދިއްޖެ

    ރައްޔިތުން ނިކުމެ އެމްޑީޕީގެ ވެރިން ގަންހިންގާ ހަވަރައްދޭންވެއްޖެ.

  40. ފާގަ

    އައިއެސް އޭ ތިބުނާ ޖަމާއަތުން އެމެރިކާޔާއި އެކީ ހަނގުރާމަ ކުރަނީ ސީރިޔާ ސަރުކާރާ ދެކޮޅަށް. ސީރިޔާ ސަރުކާރާއި އެއްކޮޅަށް ހަނގުރާމަ ކުރަނީ އިޒުރޭލުން. ކޮންމެ ކޮޅަކުން ބެލިޔަސް ގުޅުން ހުރީ އެމް.ޑީ.ޕީ އާއި.

  41. ބެއްޔާ

    ފަނޑިޔާރަކު ވަގަށް ނަގައިގެން ޓެރަރިސްޓެއްގެ ލަގަބު ލިބިފަ އޮތީ މިހާރުވެސް ކާކަށްތަ؟

  42. މޯދީ

    އިޒްރޭލުގެ އެޖެންޓެއް ތި ނަޝީދަކީ

  43. Anonymous

    މުއްލާތައް ހަޖަމްކޮށްލާ

  44. ނުރަބޯ

    ކަލެއަށް ހަލާކުހުރި ކަލެއަކީ ބަނގުރަލާ ފާޙިޝް ކަންތައްތަކަށް ގޮވާލާ އެކަމުގެ ތެރެއަށް މީހުންވައްދާ މީހެއް.

  45. ޙަސަން

    ކެނެރީ ޓެރަރިސްޓް .

  46. ރާބެ

    ކެނެރީގޭ ނަސީދަކީ ކަނޑައެޅިގެން އިސްލާމް ދީނާ ހިލާފުމީހެއް މީނާއަކީ ކާފަރުންގެ އެޖެންޓެއް މީނާއަކީ މިގައުމައް ޖެހިފަ އޮތް ބޮޑުވެގެންވާ މުސީބާތެއް މިނުބައި ނުލަފާ ޖައްބާރުގެ ކިބައިން މިލޮބުވެތިވަތަން ސަލައިމަތް ކުރައްވާންދޭވެ. ޢާމީން

  47. Boy eh

    Mee dhen varah moya kameh.Kithanme european style ah
    ulhuneema mi isis ah vahnan ulhey baekey bunaa meehun hahdhufahana alhaa nudhaane ekamun. ekamaku bayaku rasoola hadhees kurah vaafa huri kameh kuriyaa eii
    .hahdhufahana alhaa dhiyun emeehun eulhenee isis ah dhaanb bala aharen hithah aranee aharemen jeheny ehuriha kanthakeh kurimaa kan savaabu libeynee.dhen ehen viyaa aharemen jeheny savaabu libumun hahdhufahana alhaanudhaan dho???? shahadhah mibunee pis pis

  48. ޝަހީމު

    މައަންނިއަށް ތާއީދު ކުރަނީ ޖާހިލުންގެ ޖާހިލުކަމުން އަރައިގަންނަން މަސައްކަތް ކުރާތީ

  49. ބޮނަކު

    އައިސިސްއަކީ ސުންނީ މުސްލިމުން ނަމަ ޝަހީމުވެސް އެއީ ހަމަ އޭގެ މީހެއް. ދޮގެކޭ ބުނެބަލަ.

  50. މަޮޔަ

    ކަލޭމެންގެ އީމާންތެރިކަން ކޮބާ. ﷲ އިރާދަފުޅާ ނުލާ އީޔޫއަށް ކަމެއް ކުރެވޭނެތަ؟ އަންނި ދެކެ ަކަލޭމެން އެބަ ބިރުގަނޭ. ބިރުގަންނަންވީ ފަރާތްވެސް ކަލޭމެންނަކަށް ނޭނގޭ. ބަލަ އަންނިއަކަށް ވެސް ﷲ އިރާދަފުޅާ ނުލާ އީޔޫއާ ގުޅިގެން ދައްޗެއް ނުކުރެވޭނެ ނު. މިވެސް އަޖައިބެއް ނޫންތަ؟

  51. ޔާސިން

    މީނާ އަދުރޭއާ މިއީ އެއްހަމައެއްގެ ދެމީހުން ކޔޭ ނުކިޔޭ އެއްޗެއް ނޭގޭނެ އަގައިން ބަސްތަކެއް ބޭރުކޮއްލެވުނީމަ ނިމުނީ

    • ގަމާރުލް ގައުމު

      ކަލޭމެންގެ މޮޅު ޝޭކަށް ކިޔޭ ނުކިޔޭ އެނގޭތަ؟

  52. ގުބޭ

    މިގޮލާ ހީވަނީއަބަދު ބޮއެގެންހުންނަހެން

  53. ހެޔޮބަސް

    ނަޝީދު ދީންރަަގަޅަށްނޭގިހުރެ ދީންއެގިލައްވާ ޑ.ރ ޝަހީމްފަދަބޭފުޅަކަށް ނިސްބަތްކުރައްވާ ތިފަދަވާހަކަުފުޅު ނުދައްކަވާ ތިއީ ހަގީގަތެއްބާ ނޫނީ އިސްލާމްދީނަށް
    ފާޑުވިދާޅުވުން ތިބޭފުޅާއާދައަކަށް ހައްދަވާފައިވާތި ނޫނީ ޝަހީމަށް ހަސަދަވެރިވެ ލައްވާތީ
    ހަސަދައެއްފިލުވާލެއްވުމަށް ވިދާޅުވެލެއްވި ބަސްފުޅެއްތޯ؟އަހަރެމެންނަށްއެގެނީ މިވީހާތަނަށް ޝަހީމްގެފަރާތުންނޭދެވޭސިފައެއްފެނިފައިނުވާކަން އަދި ޝަހީމްބޭފުޅާއަކީ ދީނުގެނަމުގައި
    ހައްދުފަހައަޅައިދިއުމާއި ހަރުކަށިވުމަށްޖާގަނުދެއްވުމަށް ވަކާލާތުކުރައްވާ ބޭފުޅެއްކަމުގައެވެ.

    • ބޮނަކު

      ކަލޭ ދާންވީނު ދީން ލައިގެން ހޫރުންތަކުގެ އުނގަށް ވެއްޓި އޮންނަން ޖިހާދަށް؟