ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖެއްކަމަށްވާ ކްލިކް ކޮލެޖުން މިއަހަރުގެ ޖުލައި އިންޓޭކްއަށް ހުޅުވާލައިފައިވާ ކޯސްތަކަށް ހިލޭ ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ

އެގޮތުން ކްލިކް ކޮލެޖުން ކުރިއަށްގެންދަން ނިންމާފައިވާ ކޯސްތަކަށް ހިލޭ ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މިއަދު ވެލާނާގެ ތިރީގައި ރެޖިސްޓްރޭޝަންއަށް ހާއްސަ ޓެންޓެއް ކްލީކް ކޮލެޖުން ޖަހައިފައިވާއިރު އެ ތަނުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ހިލޭ ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.

ކްލީކް ކޮލެޖުގެ ޖުލައި އިންޓޭކަށް ރަޖިސްޓަރ ވުމުގެ ކަންކަން ކުރިއަށްދަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދު 14:00 އިން 16:00 އަށް އެ ޓެންޓުން ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްދާއިރު މިމަހުގެ 12 ވަނަ ދުވަހުގައިވެސް ވަނީ ހިލޭ ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެކަން ފަހިކޮށްދިނުމަށް ވެލާނާގެ ތިރީގައި ޓެންޓެއް ޖެހުމަށް ހަމަޖެހިފައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގައި ރަސްރަނީގައިވެސް ކްލިކް ކޮލެޖުގެ ކޯސްތަކަށް ހިލޭ ރަޖިސްޓްރީކޮށްދިނުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކްލީކް ކޮލެޖުގެ ޓެންޓުތަކުން ރެޖިސްޓްރީވާ ފަރާތްތަކުން ކުރިން ރަޖިސްޓްރީވުމަށް ދައްކަން ޖެހޭ 500 ރުފިޔާގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.

އަދި ހިލޭ ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށާއި ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމަށް ކަމުގައި ކްލިކް ކޮލެޖުން ބުނެއެވެ.

ކްލީކް ކޮލެޖުގެ ޖުލައި އިންޓޭކަށް ރަޖިސްޓަރ ވުމުގެ ކަންކަން ކުރިއަށްދަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކްލީކް ކޮލެޖުގެ ޓެންޓުތަކުން ރަޖިސްޓްރީވާ ފަރާތްތަކަށް ޖުލައި އިންޓޭކްގައި ކްލިކް ކޮލެޖުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހުރިހާ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން އެގޮތުން ޔުނިވާސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް ( ޔޫޕީޕީ) އާއި ސީއޭޓީ ޕްރޮގްރާމް އާއި އޭސީސީއޭ އަދި ސީއޭޓީ ޕްރޮގްރާމްތަކުގެ އިތުރުން ޑިގްރީ އަދި ޑިޕޮލަމާގެ ކޯސްތަށް ހިމެނެއެވެ. އެގޮތުން އޭބީއީ ލެވެލް 4، 5 އަދި 6 ގެ ކޯސްތަށް ކުރިއަށް ގެންދިޔުމަށް ކްލިކް ކޮލެޖުން ވަނީ ނިންމާފައެވެ.

ކްލިކް ކޮލެޖުން ކުރިއަށް ގެންދާ ޑިގްރީ ކޯސްތަށް :

  • ބެޗެލާސް އިން ބިޒުނެސް އެޑްމިނިސްޓްރޭޝަން
    • ބެޗެލާސް އިން ބިޒުނެސް އެޑްމިނިސްޓްރޭޗޝަން ( މާކެޓިންގ)

ކްލިކް ކޮލެޖުން ހިންގާ ޑިގްރީ ކޯސްތަކަށް އެޕްލައި ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ 15 ޖުލައެވެ. ކްލިކް ކޮލެޖުގެ ކޯސްތަކާއި ޕްރޮގްރާމްތަކާއި ބެހޭ އިތުރު މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓު www.cliquecollege.edu.mv އިން ނުވަތަ ކްލިކް ކޮލެޖުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ