ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނައްތާލި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑެތި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތައިލަން ފެށުމަށް ކ. ދޫނިދޫގައި ބޭއްވި ރަސްމިއްޔާތަށް ފަހު، އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ނައްތާލެވުނު 314.82 ކިލޯއާއެކު މި ސަރުކާރުން އައި ފަހުން 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލެވިއްޖެ ކަމަށެވެ.
Gaumah dhimaavefaivaa Mifadha bodu vabaaeh nathaalumah kuraa masahkayi huttuvumah siyaasee ekieki shiaaruthakugedhashun masahkayi kurumakee balaiganeveyne kmehnoon, balaiganevigenvaane kamehvesnoon. pic.twitter.com/iwJXSbJyAl
— Imran Abdulla (@ShimranAb) December 28, 2021
"މިއީ މަގުމަތީ އަގުން 1.8 ބިލިއަންގެ މަސްތުވާތަކެތި،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ "ސަޕްލައި ރިޑަކްޝަން" މި މިންވަރަށް ހަލުވި ކުރެވުނީ އަވަށްޓެރި އަދި އެކުވެރި ގައުމުތަކުގެ އެހީ ބޮޑުކޮށް ލިބޭތީ ކަމަށެވެ.
"ގައުމަށް ދިމާވެފައިވާ މިފަދަ ބޮޑު ވަބާއެއް ނައްތާލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ސިޔާސީ އެކިއެކި ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ބަލައިގަނެވިގެން ވާނެ ކަމެއް ވެސް ނޫން،" ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ދެން އެއީ ކަލޭގެ މޮޅުކަންކަމަށް ބަލައިގެން އަހަރެމެން ސޮނިވެއްޓެފައި ތިބެންވީތަ. ބުރާންޗާ... މޮޑު މުސާރަދީފައި ތި ތިބެނީ ގަރުދިޔަ އޮލަކުރާކަށް ނޫން.
ދެއްކުން ތެރިކަން ، ތިޔަ މަގާމު ނަޝީދާ ހަވާލުކުރަން ގޮވާލަން.
މިސަރުކާރުން ޑްރަގް ނައްތާލަޔޯ އެކަމު އޭގެ ދެގުނަ އުފަންވޭ ދެންތިޔަ ނައްތާލުމުގެ ބޭނުމަކީ ކޮބައިހެއްހެވެ. އަނެއްކާ އެއޮތީ ފުލުހުން ބަޔާންނެރެފަ އަހަރަކު އަލަށް 500 މީހުން މަސްތުވާތަކެތި ބޭނުންކުރާކަމަށް ދެން ތިޔަނައްތާލުމުގެ ބޭނުމެއްއެބައޮތް ހެއްޔެވެ.