ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުން ދަނީ މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވޭނެ ގޮތަށް ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު އައްޔަން ކުރަން ކަން ފާހަގަވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މި ބަޔާނަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ފަހުން އަމަލު ކުރި ގޮތް އެ ޖަމިއްޔާއިން ބެލުމަށް ފަހު ނެރެފައިވާ ބަޔާނެކެވެ.

އެ އިޖުރާއަތްތައް ކުރިއަށް ގެންދިޔަ ގޮތް ބެލުމަށް ފަހު އެ ޖަމިއްޔާއަށް ފާހަގަ ކުރެވުނު ކަންތައް ބަޔާނުގައި ހިމަނާފައިވާއިރު، އެއް ކަމަކަށް ފާހަގަ ކޮށްފައި ވަނީ މަޖިލީހުން މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމެވެ.

މީގެ އިތުރުން، މަޖިލިސް މެދުވެރިކޮށް މިނިވަން މުއައްސަސާތަކަށް އައްޔަން ކުރަން މީގެ ކުރިން ވެސް މަސައްކަތް ކޮށްފައި ވަނީ ވަކި ސިޔާސީ ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް ބުނެފައިވެއެވެ. އޭގެ ސަބަބުން އެ މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލި، ނަން ކިލަނބުވެފައިވާ ކަމަށް ބުނެފައިވެއެވެ.

އޭސީސީގެ އޮޑިޓް ރިޕޯޓަށް ރިއާޔަތްކޮށް ޓްރާންސްޕޭރެންސީން ބުނެފައި ވަނީ އެ އެ އޮޑިޓް ރިޕޯޓަކީ މިދިޔަ ފަސް އަހަރު ދުވަހު އެ ކޮމިޝަނުން ކުރި މަސައްކަތުގެ އޮޑިޓެއް ކަމުން، އެންމެ 10 މަސް ދުވަހު ކޮމިޝަންގައި ތިއްބެވި މެންބަރުންނަކަށް އެ ކަމުން ފިޔަވަޅު އަޅައިގެން ނުވާނެ ކަމުގައެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހުން މިހާރު އަމަލު ކުރަމުންދާ އިޖުރާއަތްތައް އިސްލާހު ކުރަން ވެސް ޓްރާންސްޕޭރެންސީން ގޮވާލާފައިވެއެވެ.

މިނިވަން މުއައްސަސާތަކުން އެ މުއައްސަސާތަކުގެ ފުރިހަމަ ޒިންމާ އަދާ ކުރަން ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ހަމަޖައްސައިދޭން ވެސް މަޖިލީހާއި ސަރުކާރަށް ގޮވާލާފައިވެއެވެ.

މުއައްސަސާތައް ގަވާއިދުން އޮޑިޓްކޮށް، ކުރެވޭ އޮޑިޓްތަކަކީ އެ މުއައްސަސާތަކުން ކުރާ މަސައްކަތަށް ފުރިހަމައަށް އަލިއަޅުވާލެވޭނެ ރިޕޯޓްތަކަށް ހަދަން ވެސް ގޮވާލާފައިވެއެވެ.

އޭސީސީ މި ވަގުތު ހުހަށް އޮތުމުން، ގާނޫނީ ހުސްކަމުގެ ތެރޭގައި އެ މުއައްސަސާ ބޭއްވުމުގެ ބަދަލުގައި ވީހާވެސް އަވަހަކަށް ގާބިލް މެންބަރުންތަކެއް އެ ކޮމިޝަނަށް އައްޔަން ކުރަން ވެސް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިވެތި

    ރިވެތި ގޮތަކީ ތީނޫކަށި ޒުވާނުން އަވަހާ ރައީސްޔާމީން ފަހަތައް އަރުއްވާ ކުރިޔައްދާންބޭނުންނަމަ އުންމީދު ކަނޑާނުލައްވާ ތީ ތބުރަމަސައްކަތުން ތައުލީމް އުގެނިގެން ތިއްބެވި ނޫކަށި ޒުވާނުން ރައީސްޔާމީން ނުލާހިކުމެ ބޭނުންފުޅުވެލައްވައްނެ ޒުވާނުން ބިކަނުވެ ގައުމާއިގެން ކުރިޔައް ގެންދާން އަވަސްކުރޭ ލަސްނުކުރޭ

  2. ސސ

    ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ވައްކަން ކުރަން ކުރިކަމެއް ނުންތޯ އެސީސީ މީހުން ބޭރުކޮށްފަ ވަގުތުން ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކާލިތަން !

  3. ހާކިމާ

    ތަތިހަދައްނޫ ދޮގެކެ . ރޮޒީ އަޅަ