ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު، އަޙުމަދު ނިހާން ޙުސައިން މަނިކުގެ ބަފައިބެ، ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ.
އަވަހާރަވެފައިވަނީ ވ. ވިލިނގިލި ޕެލަސް، މުޙައްމަދު އިބްރާހީމް އެވެ. އޭނާ ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.
އިބުރާހިމް އަވަހާރަވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވިލިމާލޭގައެވެ.
މަރުޙޫމުގެ މައްޗަށް ކުރެވޭ ކަށުނަމާދު މަސްޖިދުއް ތަޢާވުން އާސަހަރާ މިސްކިތުގައި މިރޭ 11:00 އިރު އޮންނާނެއެެވެ. މައްޔިތާގެ ޖަނާޒާ އޮންނާނީ މާލޭގެ އާސަހަރާގައެވެ.
އިބުރާހިމް އަވަހާރަވި އިރު އޭނާގެ އުމުރުފުޅަކީ 61 އަހަރެވެ.
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއުން
ﷲ އެ އަޅާއަށް ހެޔޮ ރަހްމަތް ލައްވާށި އާމީން
ރަހުމައްލައްވާށި!
ޢަލްހަމްދުލިއްލާހި
ނިހާން އިބްރަތެއް ހާސިލް ކުރަން ރަގަޅު
އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން
ސިހުރުވެރި