ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ 45 މީހަކު އުޅޭ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ހިޔާ ފްލެޓްތަކުގެ ތެރޭގައި މީހުން މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ޝަކުވާތައްވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މީޑިއާ ހާޒިރުކޮށްގެން މަސްތުވާތަކެތިިި ނައްތާލަން ދޫނިދޫގައި ބޭއްވި ރަސްމިއްޔާތަށް ފަހު "ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބުދެމުން ޑްރަގް އެންޑް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، މާލެ ސަރަހައްދުގެ ހުރިހާ ދިމާލެއްގައިވެސް މަސްތުވާތަކެއްޗާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައިވެސް އެތަންތަނަށް ފޯކަސްކޮށްގެން މަސައްކަތް ކުރާ ކަަމަށް ވިދާޅުވިއެވެ.

"ފާހަގަކުރެވެނީ މާލޭގައި މި ދެންނެވި ކެފޭތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ 45 މީހުން އެތަނުގައި އުޅޭކަން". ޝާކިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ 45 މީހުންގެ ތެރެއިން 39 މީހުންނަކީ މާލޭގެ ޑްރަގް ކެފޭތަކުގައި އުޅޭ މީހުން ކަަމަށެވެ. އަދި މާލެ އިން ފާހަގަނުވާ މަސްތުވާތަކެތި ބޭނުން ކުރާ ހަ މީހަކު އެތަނުގައި އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"މާލެއަށް މި އައި ބަދަލާއެއްކޮށް މަޑުމަޑުން އެއްކަލަ މީހުން މޫވް ކުރުމާއި ކަންކަން އެބަ ކުރޭ، ހައްލަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި ދޭތެރޭގައި އެޅެން އޮންނަ ފިޔަވަޅުތައް އެޅުން".

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލިއުސާ

    މަސްތުވާތަކެތްޗާ ދެކޮޅު ޕާޓީއެތް އުފައްދާނެ ބަޔަކުނެތްތަ މުޅި ގައުމާ ޖީލެތް ހަލާކުވެ މިދަނީ މި ވަބާގަ ޖެހިގެން ހުވާދެރަވެސްވޭ ރީތި ޒުވާނުން ފާޜުބުރި މަތީގަ ބިއްޖެހިފަ ކަމެތްނެތި ތިބޭތަން ފެނުނީމަ ގައިގަ ވަރުހުރި ޒުވާނުން ކާނެ އެތްޗެއް ނުލިބިގެން އެތަށްދުވަހަކު އައިސް އެބައާދޭސްކުރޭ ދެރަކަމަކީ މިފަދަ ޒުވާނުން ބޭނުން ކޮށްގެން ނާޖާއިޒް ފައިދާނަގާތީ

  2. އަބްދޫ

    45 މީހުން ތިބިކަންއެގެއިރު އެމީހުންދޫކޮށްފަ ތިބީ ކީއްވެ؟

  3. އިއްބެ

    ތިޔައީ ހަޖަމުގެ މައްސަލައެއް އަހަރެމެން އުޅޭ ގޯޅި ގަނޑުގަ އެކަނިވެސް ތިޔައްވުރެންގިނައިން އެބައުޅޭ ތަންކޮޅެއްޒިންމާދާރުވެބަލަ މިހާރުމާބިޑައްތި ކޮމެޑީ ވަނީ ހައްހާ

  4. ޢިކުރާމު.

    ދެންކީއްވެހައްޔަރުނުކޮއް އެ ތިބީ

  5. ރައްޔިތުމީހުން

    ދެން ހައްޔަރުކޮށް ގެން ގެންދަންވީނު..

  6. ކާފަބޭ2020

    އެނގިހުރެއެމީހުންމިނިވަންކަމާއެކުއުޅެންދޫކޮށްފަތިބެނީ އެޖެންޑާ19ތަންފީޒްކުރަންތޯ؟ މާދުރުދުރުންތިޔަކިޔާލަވަވަރަށް ބޮޑަށްސާފުވަމުންދަނީ! ތިޔަމީހުނާގުޅުވާ ވަކިމީހަކުހައްޔަރުކުރާ ސަޅިލަވައެއްގެ ސަރިގަމަޕާއެއްކިޔާލީތޯ؟

  7. ޝާން

    ބަލަގަ ކަލޭމެންނަށް ރައްޔަތުންގެ ޓެކްސް ފައިސާއިން މުސާރަދީފައިތިބީ ހަމަ އެކަނި މަސްތުވާތަކެތި ބޭނުން ކުރާމީހުންގެ އަދަދު ހޯދަންތަ؟ ގާނަުނު ތަންފީޒު ނުކުރެވެންޏާ އެންމެން އިސްތިއުފާދީފަ ގޭގަ މަޑުކުރޭ. ގާނޫނަ މަނާކޮށްފައިވާ މަސްތުވާ ތަކެތި ބޭނުންކުރާމީހުން އެގި އެމީހުން ހައްޔަރުކޮށް ފިޔަވަޅު ނޭޅެންޏާ ތިމީހުން ތިވަޒީފާގަ ތިބުމުގެ ބޭނުމެއްނެތް.

  8. ހައިރާން

    ތިޔަކަން އެނގޭއިރު ހިފައި ހައްޔަރުކޮށްފައި ގޮޅިއަކަށް ލާފައި ރައްޔިތުންނަށް ނޭވާލެވޭނެ ގޮތެއް ނުހަދައި ތިތިބީ ކީއްވެ؟

  9. މުއާވިން

    އިގެންޔާމު ގޮސް ހައްޔަރު ކޮށްބަލަ.. ކޮން ... ކިޔާކަށްތަ