ރައީސް ޔާމީން މުލީ އަށް ވަޑައިގެންނެވުން - ފޮޓޯ: ރައީސް އޮފީސް

މ.މުލީގައި ސަރުކާރުން ހަރަދުކުރައްވައި ކުރިއަށް ގެންދެވި ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ނިންމަވައިދެއްވައިފިއެވެ.

މުލީގެ ބިންހިއްކުމުގެ މަޝްރޫއު ދާދި ދެންމެ ރައީސުލް ޖުމްހޫރިއްޔާ ރަސްމީކޮށް ނިންމައިދެއްވާފައިވާއިރު، 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެއްޓެވި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމިފައިވަނީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ތެރެއިން މުލީގެ ބިމަށް 40 ހެކްޓަރު އިތުރުކުރެވިފައިވާއިރު، އެރަށުގެ ބިމުގެ ތަނަވަސްކަން ވަނީ ދެގުނައަށް އިތުރުވެފައެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 138 މިލިއަން ރުފިޔާ ހަރަދު ކުރައްވާފައިވާއިރު، ސަރުކާރުން މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެމްޓީސީސީން މި މަސައްކަތް ކޮށްފައިވަނީ މެލޭޝިޔާގެ ކުންފުންޏަކާ ހަވާލު ކުރައްވައިގެންނެވެ.

މުލީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުންވެސް ބޮޑެތި ތަރައްޤީގެ މަސައްކަތްތަކެއް މި ސަރުކާރުން އެރަށުގައި ކުރިއަށް ގެންދަވާފައިވެއެވެ. އޭގެ ތެރޭގައި ސްޕޯޓްސް އެރީނާގެ މަސައްކަތްތަކާއި، ހޮސްޕިޓަލްގެ މަސައްކަތްތަށް އަދި ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމާއި ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތަށް ހިމެނެއެވެ.

މ އަތޮޅަށް ރައީސް ކުރައްވަމުންދާ މި ދަތުރުފުޅުގައި މުލީގެ އިތުރުން އެއަތޮޅު ދިއްގަރާއި، މުލަކަށްވެސް ރައީސް ޔާމީން މިއަދު ވަޑައިގެންފައިވެއެވެ. އެ ދަތުރުގެ ތެރޭގައި ދިއްގަރުގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައި، އެރަށުގެ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ބޭނުންކުރަން ފައްޓަވައިދެއްވާފައިވެއެވެ. މީގެ އިތުރުން މުލަކުގެ ނަރުދަމާގެ ނިޒާމްވެސް ރައީސް ވަނީ ރަސްމީކޮށް ބޭނުންކުރަން ފައްޓަވައިދެއްވާފައިވެއެވެ.

މި ދަތުރުފުޅުގައި މާދަމާގެ ވަގިތެއްގައި ރައީސުލް ޖުމްހޫރިއްޔާ އެއަތޮޅު ކޮޅުފުއްޓަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިހާރު މުލީގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުލީގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޔާމިން ރަސްމީކޮށް ނިންމަވައިދެއްވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް މަޖްލީހުގެ އެމްޕީގެ މަގާމަށް އެމެންގެ މަރު އަތަށް ލައިގެން އައިސް ވޯޓް ދީގެން އެމްޕީ ކަމަށް ހޮވާދިން ކަމަށް ޓަކައި ވެސް އެމެންނަށް އެމެންގެ އަތޮޅުގައި އެެއާރޕޯރޓެެއް އަޅާދީ އަދި ޗައިނާގެ އިންޑަސްޓްރިއަލް ޕާރކެއް ހެދުމަށް ޓަކައި މީމު ކޮޅުފުށި ފަޅު އެއްކޮށް ހިއްކާ އެތަނުގައި ޑޮމެސްޓިކް އެއާރޕޯރޓް އަކާއި އަދި އެސްއީޒެޑް ގެ ދަށުން ޗައިނާގެ އިންޑަސްޓްރިއަލް ޕާރކް އަކާއި އަދި ޗައިނާގެ ވަރުގަދަ ސީޕޯރޓް އަކާއި އަދި ޗައިނާގެ މިލިޓަރީ އެއާރޕޯރޓް އެއްވެސް ޗައިނާ އާއި ގުޅިގެން ހަދަންވީއޭ އޯއް ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ ޓެލް މީ ވަޓް ޔޫ ވޮނާ ވޯންޓް އޭޒް އަ ފޭވަރ ފްރޮމް އަސް ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ މޭބީ ވީ ކޭން ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ..

  2. އެއަރޕޯޓް އެޅިގެންދާއިރު ބޭނުންވަނީ މާބަދި އެއްކޮށް ހިއްކާ މުލި-ކޮޅުފުށި ކޯޒްވޭ އަކުން ގުޅިފައި އޮތުން..