ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖު ދިނުމަށް "މިނިމަމް ވޭޖު އެލަވަންސް"ގެ ނަމުގައި އެލަވަންސެއް މިއަދު ތައާރަފްކޮށްފިއެވެ.

"މިނިމަމް ވޭޖް އެލަވެންސް" ތައާރަފް ކުރި ނަމަވެސް މި އެލަވެންސް ދޭން ނިންމާފައިވަނީ ޖެނުއަރީ މަހުގެ މުސާރައާއި އެކު ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ.

ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ފައިސަލް ވިދާޅުވީ އަސާސީ މުސާރައަށް ބަދަލު ނުގެނެސް އެލަވަންސެއްގެ ގޮތުގައި މިނިމަމް ވޭޖު ދިނުމަށް ނިންމީ މި ވަގުތު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް ހުރުމުން މި ވަގުތަށް އަސާސީ މުސާރައަށް ބަދަލު ގެނައުމަކީ ވަރަށް ބޮޑު މަސައްކަތަކަށް ވާތީ ކަމަށެވެ.

ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ފައިސަލް-- ވަގުތު އިމޭޖެސް: އަހުމަދު އަލީ

ފައިސަލް ވިދާޅުވީ، މިނިމަމް ވޭޖު އެލަވެންސް ދޭން ފެށުމުން 11،800 އަށްވުރެ ގިނަ މުވައްޒަފުންނަށް މި އެލަވެންސް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ބަލާއިރު:

  • 5928 މުވައްޒަފުންގެ މުސާރައިން 1500 ރުފިޔާ އިތުރުވާނެ
  • 4184 މުވައްޒަފުންގެ މުސާރައިން 1000 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދު އަދަދެއް އިތުރުވާނެ
  • 1288 މުވައްޒަފުންގެ މުސާރައިން 1000 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދު އަދަދެއް އިތުރުވާނެ
  • އަދި 430 މުވައްޒަފުންގެ މުސާރައިން 500 ރުފިޔާއަށް ވުރެ ދަށުގެ އަދަދެއް އިތުރުވެގެން ދާނެއެވެ.

މި ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ، އެބޭފުޅުން މަސައްކަތް ކުރަމުން އަންނަނީ ޖެނުއަރީ މަހުގެ 15ގެ ކުރިން އޮފީސްތައް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭ މިންވަރު އަންގައި ދިނުމަށް ކަމަށެވެ. އަސި މުވައްޒަފުންގެ ރޭންކުގެ ގޮތުން އެއް މުވައްޒަފާއި އަނެއް މުވައްޒަފުގެ މުސާރައިގެ ފަރަތުތަކެއް ހުރެދާނެ ކަމަށް ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު-- ވަގުތު އިމޭޖެސް އަހުމަދު އަލީ

"މިނިމަމް ވޭޖު އެލަވެންސް" ދިން ނަމަވެސް ދެން މުވައްޒަފުންނަށް ލިބެމުން އަންނަ އެހެން އެލަވެންސްތަކަށް އެއްވެސް ބަދަލެއް ނެތި ލިބިގެންދާނެ ކަމަށް މިއަދު ބައްދަލުވުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަޙްމަދު ނަޝީދު

    ތީ ގޯހެއް. މިނިމް ވޭޖަކީ އެލަވަންސެއްނޫން. މިނިމަމް ވޭޖަކީ މަސައްކަތްކުރާމީހާއަށް އޭނާގެ މަސައްކަތުގެ އުޖޫރައަކަށް ދެވޭނޭ އެންމެ ކުޑަ އުޖޫރަ. މިނިމަމް ވޭޖަކީ މަސައްކަތް ކުރާތީ އެންމެ ކުޑަ އެލަވަންސަށް ހަދައިގެން ނުވާނެ. މިނިމަމް ވޭޖް މިހާރު ދޭ މުސާރަޔަށް އިތުރުވުމުން ވަރަށްގިނަ ފައިދާ މަސައްކަތުމީހާ އަށް އޮންނާނެ. މުސާރައިގެ ތަފާތު ހަމަކުރާނީ ވަޒީފާޔަ މުސާރައިގެ އޮނިގަޑު ގެ ކަންތައްތައް ހަމަޖައްސުމުގެ މަސްއޫލިއްޔަތާ ޙަވާލުވެ ތިބޭ މީހުން. އެކަމާ މިކަމާ އޮޅުވާނުލާ

    46
    2
  2. ޙަސަން

    ދެން ސިލިވިލްގެ މުސާރަ ބޮޑުކުރާނެކަމަކަށް ނުފެނޭ
    ޢެއީ ދާއިމީ މުސާރައެއް ދީފިނަމަ ލޯންގް ޓާމަކަށް ބަލާއިރު މި ސަރުކާރަށް ބޭނުނވާ ކަކަށް އެކަނ ނުވާނެތީ

    31
    1
  3. ހުސޭނުބޭ

    އެލަވަންސް ދިނީމާ އެއީ މިނިމަމް ވޭޖެއްނޫން. އެލަންސްއާއި ވޭޖާއި އެއީ ދެ އެއްޗެއް

    44
    1
    • ހޫން

      މުއާޒު ކޮބާ؟ އޭނަ ވަރަށް ފޮނި ކެޑި

  4. ޙަދިސައިބު

    ޢަމާބުނީތީ ފަރަށްދާގޮތަށް ކަންކަން ކުރާބައެއް މިސަރުކާރުގައި އަދި ސިވިލްސާރވިސްގައި ތިބީ ފަހުމީ ހުރިއިރުނޫނީ މިސިވިލްސަރވިސްއިން މުވައްޒަފުންނަށް އެއްވެސް ކަމެއް ނުކޮށްދޭ!

    32
    2
  5. ބޯހަލާކު

    މިނިމަމް ވޭޖު އެލަވަންސަކަށް ހެދީ، މުސާރައަކަށް ހަދައިފިނަމަ، ސަރުކާރުން %7 ޕެންޝަން ފަންޑަށް ޖަމާކުރަން ބޭނުން ނުވާތީ. ޕެންޝަން ގާނޫނު ހެދީމަ، ރިސޯޓުތަކުން ވެސް މުސާރަ ކުޑަކޮށްފައި އެލަވަންސް ބޮޑުކުރީ ޕެންޝަން ފަންޑަށް ޖަމާކުރާ ބައި ކުޑަކުރަން. ސަރުކާރުވެސް މިކުޅެނީ ހަމަ އެއް ކުޅިވަރެއް. އަހަރު ދުވަސް ލިބުނު ދޯ، ސިވިލް ސާވިސް މީހުންގެ މުސާރައިގެ އޮނިގަނޑު ހަމައަކަށް އަޅައޮ މުސާރަ ހަމަޖައްސަން. އެކަން ކުރަން ފެށީމަ ފެނުނީ. މިގޮތަށް ކުރެވޭވަރު އަދިނުވާކަން . ދެން ދުނިޔޭގައި މިނިމަމް ވޭޖު ނުދޭގޮތަކަށް އެންމެ ކުޑަކޮށް ލިބޭ އުޖޫރަ އެއް މިކަނޑައެޅީ. އެވެސް މި ނިމުނީ އެލަވަންސަކަށް

    30
    1
  6. ޢަހު

    ތިޔަ ކިޔާ އެއްޗެއް ނޭނގުނު

    26
  7. ޢަހު

    ޙެހެހެހހެ

    14
  8. ސަގީފު.

    ތީ މިނިމަމް ވޭޖް ދޭގޮތެއްނޫން.

    28
  9. ބޭރުމީހާ

    މިނިމަމްވޭޖޭ ކިޔާފަ ތިހެދީ ބޮޑު މަކަރަކާއި ހީލަތެކެ ވެ. މިސަރުކާރުން ރައްޔިތުންނަށް ވަޢުދުވީ ތިގޮތައް ތިކަންކުރަން ބާއެވެ؟
    ތިކަން ކުރިބަޔަކަށް ސިވިލް ސާވަންޓުންގެ މުސާރަ އެންމެފަހުން ބޮޑުކުރިއަހަރެއް، އޭރު ބާޒާރުގައި ތަކެތީގެ އަގުހުރިގޮތެއް، މިހާރު ތަކެތީގެއަގު ހުރިގޮތެއް އެނގޭބާއެވެ؟
    އެންމެ ފަހުން މުސާރަ ބޮޑުކޮށްފައިވަނީ 2008 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއީ އެންމެ ދަށް މުސާރައަކީ -/3100 ރުފިޔާ ކަމަށެވެ. ނަމަވެސް އޭރާއި މިހާރުގެ ކުޑަމިސާލެއް؛-
    * އޭރު 2 ލިޓަރުގެ ކުކިންގ ތެޔޮހަމެއްގެ އަގުހުރީ -/18 ރުފިޔާ އާއި -/25 ރުފިޔާ އާދެމެދުގައެވެ.
    * މިހާރު ތެޔޮހަމެއްގެ އަގުހުރީ -/70 ރުފިޔާ އާއި -/95 ރުފިޔާ އާ ދެމެދުގައެވެ!
    އަޅުގަނޑު ދެކޭގޮތުގައި މުސާރަ ބޮޑުކުރުމަށް ނުވަތަ އެންމެ އެކަށޭނަ ދަށް މުސާރައެއް ތަޔަ ކަނޑައެޅުމަށޭ ކިޔާފަ ތިޔަކުރި މަކަކީ “މޮހޮނނަށް އޮޑި ދިން”ފަދަ ކަމެކރވެ. ރައްޔިތުންނަށް ތިކަމެއް ނުއޮޅުވޭނެއެވެ!

    34
    3
  10. ތަކުރު އުތީމު

    ތިއޮތީ ވައުދު ފުއްދިފަ އަދިވެސް ދުވޭ މިވަރެއްނެތިގެން މުޅިންވެސް ޔަހުދީ ވަގު ހިޔަޅުން މިހާރު އެއުޅެނީ މާލެމީހުނަށް ގޯތިދޭން ބުނި ވައުދު ފުއްދަން ހިލާ ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާއިން ހިއްކި ހުޅުމާލެ ގުޅީފަޅުން މާލެމީހުނަށް އެކަނި ނުދެވޭނެ އެންމެހާ ދިވެހި އެންމެހާ ރައްޔިތުންގެ ހައްގެއް އެތަންތަނަކީ 2023 ގައި ވޯޓަށްޖަހާ ދަންތުރަތީ މުޅިގއުމު ބޭރުން ލޯނުނަގާ ދަރުވާލާފަ އިނޑިޔަގެ އުގައްވެއްޓި ގާދޫކޮލުން މިނިވަންކަން އޮޔާ އެދަނީ ދިވެހިން ހޭލާ

    37
    2
  11. ޝާހުރުކު

    ސިވިލްސާރވަންޓުންގެ މުސާރާގައި ތަޢުލީމީ ފެންވަރަށް ނުބަލައި މުސާރައިގެ ބޮޑެތި ފަރަގުތަކެއް ހުރިއިރުވެސް މިކަން އިސްލާހުނޮކޮށް އަނެއްކާވެސް އިތުރު އެލަވަންސެއް ކަނޑައެޅުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ހަޑި އަމަލެއް. މީ ހަމަ ރަނގަޅަށްވެސް ކިނބޫ ބުނީތީ ފަރަށްދިއުން.

    23
    2
  12. އަންނި

    އަމާބުނީތީ ފަރަށް

    ދަށް މަގާމުތަކުގައި 200 ގެ ތަފާތު އެމްއެސް 1 ގެ މަތީ މަގާމުތަކުގައި ބޮޑުތަނުން ތަފާތު

  13. huseynubey

    Musaara bodu nukoh elanvance eh dhineemaa promotion gaves mihaarekey ehves thafaatheh nuvaane kaman fennanee
    Kihinehtho allownce eh thafaathu kuraaneee... Makah nuvisnunu....

  14. ކައުންސެލަރު

    ކަލޯ މިއޮތޫ މޮހޮނަށް އޮޑި ދީފޭ. ކޮބޭ ލަދު؟

    11
  15. ސަދުނާ

    2023އަށް މިސޯލޭ އާއި ކެނެރީ މި ކުޅެނީ ހާދަ ބަލާހިއްނުވާ ފިލްމެކޭ ދޯ! މި ފިލްމުގެ ނަން ''ދޯކާ އެޖެންޑާ19'' އަށް ބަދަލުކޮށް އަވަހަށް ފޮށިފޮށްޓަށް އަންނައުނުތައް އަޅާ ބޭރު ކަރަކަރަޔަށް ފުރަން ތައްޔާރުވޭ! ސޯލިހު މަގުމަތީން ހޮވާގެން ޒިއްމާ ނުއުފުލޭ ބަލިސޮރުންނަށް ނުއުފުލޭ ވަރުގެ ބޮޑުމަޤާމާ ހަރާމްލާރިގަނޑެއްދީގެން ވެރިކަން ދިފާއުކުރަން އުޅުނަސް ސިވިލްސާވަންޓުންނަކީ ތިޔަކަހަލަ ހޭނުޖެހޭ ކަަންކަން މިނިމަމްވޭޖޭ ކިޔާގެން ވާވައްދާލެވޭނެ ބަޔަކަށްނުވާނޭ ސޫލިހޫ! ތިޔަކަމުގެ ބަދަލު ޓީޗަރުންނާއި ސިވިލްއިން ދޭނެކަން ދަނެގެންއޮންނާތި!

    14
  16. ދަންނަކަލޭފާނު

    ސަރުކާރުގެ ބޮޑެތި ކަންކަން ނިންމައި ތަންފީޒު ކުރުމަށް ޕާޓީގެ އެކްޓިވިސްޓުން ތަނެއް ދޮރެއް ނުދަންނަ ޖާހިލުން ލައިގެން ވާނީ މިހާކަށްހާވަރު. ދެން މުވައްޒަފުންގެ މުސާރަ އަކީ 1000 ކަމަށް ހަދާފައި 10 ވައްތަރުގެ އެލަވަންސް ދީގެން ހަމަކޮށްލާ. އޭރުން ޕެންޝަން ފަންޑަށް ސަރުކާރުން ލާންޖެހޭނީ 70 ރުފިޔާ. ސަރުކާރަށް ސާބަސް! ސިވިލް ނޯކިރީން ކޮސް ވެފައި ތިބޭ!

    14
  17. ހޯހޯ

    ދެން އެއްޗެކޭކިޔާފަ އެއްމެ ކުޑަ އުޖޫރައޭކިޔާފަ 6000 ރގެއައް ގެންދިޔައިމަ ވަރައްފައްކާއެއީ މިކިޔާ މިނިމަމް ވޭޖަކީ ސަލި ނުވަންޔާ ނުވާނެޔޭބުނީމަނިމުނީ އަވަހައް ވެރިކަމުން ފޭބުން ރަގަޅުވާނެ ކަމައް ފެނޭ

    16
  18. މުފީދު

    މީ ކިހާދެރަކަމެއް..ތި އިދާރާ އުވާލަބަލަ...މީގެކުރިންކީ އެންމެ ކުޑައުޖޫރައޭ..މިހާރު މިވެއްޖެ ވަކި އެލަވަންސައަކަށް...މިއެކައްޗެއްތަ؟ ތި ތެޅެނީ މުސާރާބޮޑުކުރީމަ ޕެންޝަނަށް ދައްކަން ޖެހޭ ވަރު ބޮޑުވާތީ..ކީއްވެތޯ ސާފުބަހުން ވިދާޅުވާން ނުކެރިގެން ތި އުޅެނީ..ތި ޢަބްދުﷲ ސަޢީދަކީ މުޅި ސިވިލް މުވައްޒަފުންގެ ހަލާކު..މިކަލޭގެ ބޭރުނުވާހާހިނދަކު ތިޔަ ތަނެއް ރަނގަޅެއް ނުވާނެ... މިކޮމެންޓް ނޭގޭ ޖަހާނެކަމެއްވެސް އެކަމު މީ ހަގީގަތް

  19. ރަން ރީނދޫ

    ފެންނެތް ބޮޑު ކާށި ފެޅުން. ދައުރެއް ނިންމަނީ ބޮޑެތި ދޯކާ ރައްޔިތުންނަށް ދިނުމުގައި.

  20. ގަލަން ތުނޑު

    ކޮބާ ދިގުމުއްދަތުގެ އެލަވަންސް ..ކޮބާ ފަންނީ އެލަވަންސް.. އަލުން ދިނުމަށް ގޮވާލަން...މިއަދު ވަންނަމީހާ މާގިނަ ލާރިނަގާ ..ކޮބާ ދުވަސްވީމީހާއަށް ލިބެނީ ކުޑައެއްޗެއް...ތަޖުރިބާ...ބޭކާރުއެއްޗެއް.. އެކަޑަމިކް ޕާރފޮމަންސްއަކަށް ނުބަލާ...އޭނާގެ ތަޖުރިބާޢަކަށް ނުބަލާ...ޕެންޝަން ވެސް ކުރިން އޮތްގޮތަށް ހަދަން ފެނޭ