އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން އައި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިން އާއި ފިރިމީހާގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާން މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
ޕީޖީ އޮފީހުގެ މީޑީއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ، މޭރީގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ފުލުހުން ހުށަހަޅުމުން އެމައްސަލަ ބަލައިގަނެފައިވާ ކަމަށާއި އެމައްސަލައާއި މެދު ޖެނުއަރީ 4 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ.
މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
މި ތިން މީހުން ވެސް މަސައްކަތް ކުރަމުން ދިޔައީ އައިޖީއެމްއެޗްގައި ކަމަށްވާ އިރު، ފިލިޕީންސްގެ ފިރިހެން މީހާ، ދިވެހި އަންހެން މީހާއާ ދޭތެރޭގައި ގުޅުމެއް އޮންނަ ކަން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ގާތް މީހުން ވެސް ޝައްކު ކުރެއެވެ.
ނަރުސްގެ މަރާއި ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ ދަން ޖެހިފައި ހުރި ކަމަށް ބުނެ ނަރުސް މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުން ކަމަށް ވެއެވެ. މޭރީގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ދިޔައީ ވެސް ފިރިމިހާއެވެ.
އެ އަންހެން ކުއްޖާގެ ވަނަވަރެއް ނެތީތަ؟
މިހާތަނަށް ތިގޮތަށް އަންބަކު ހުރި ފިލިޕީންސް ފިރިހެނަކުދެކެ ލޯބިވި އެއްވެސް ދިވެހި އަންހެނަކު ނެތް ސަލާމަތް ވެފައި. އެއްގޮތަކީ އަތުންފައިން ގޯސްހެދުން ، އަނެއް ގޮތަކީ އަމިއްލަޔަށް މަރުވުން ، ނޫނީ ދެއަންހެނުން ފައިޓަކަށް އަރައި ދިވެހި މީހާ ، ނުވަތަ ބޭރު މީހާ މަރުވުން. ، ފިލިޕީންސް ، ތައިލޭންޑު އަންހެނަކާއި ތިގޮތަށް ކުޅުން އުޅެފިއްޔާ ނަތީޖާ ހިތިވާނެ . ޢެއީ ވަރަށް ޗެލެންޖަށް ނުކުންނަން ހިތްވަރު ހުންނަ ބަޔެއް. ތާރީޙް އޮތީ އެގޮތަށް.
މިކަހަލަ އަންހެނުން ނަރުސްކަން ކިޔަވަނީކީއްކުރަން ،
މިމައްސަލަ ނިމިގެންދާނީ ސައިބޯނި ބޮތްކެއްހެން.އެއްވެސްކަމެއްނުވެ ފަޅައިގެންދާނީ.މީގަ ހިމެނޭ އަންހެންކުއްޖާއަކީ ސަރުކާރުހިންގާ މައިޕާޓީގެ ނުފޫޒު ގަދަ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކޭ ކިޔާއަޑުއިވޭ.އެންމެ ފަހުވަގުތު އުންސަރު ހަމަނުވެގެންދާނީ..