އެނބޫދޫ ފަޅުގައި ތަރައްގީ ކުރަމުން އަންނަ ކުރޮސްރޯޑް މަޝްރޫއުގެ ވޯޓަރ ސުޕޯޓްސް ހިންގުން ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި އެނބޫދޫ ފަޅުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ބެސްޓް ޑައިވްސް ޕުރައިވެޓް ލިމިޓެޑް ޖެނެރަލް މެނޭޖަރު އެރިކް ވަން މެލިސްއެވެ.

އެއްބަސްވުމުގެ ދަށުން ސްކޫބާ ޑައިވިން މޯޓަރައިޒް އަދި ނޮންމޯޓަރައިޒްޑް ވޯޓާ ސުޕޯޓްސްގެ އިތުރުން ތަފާތު އެކްސްކާޝަންތަކުގެ ތެރެއިން ރާއްޖޭގެ ރީތިކަމާއި ކަނޑުއަޑީގެ ތަފާތު ސަގާފަތް ދައްކުވާލަދޭނެ ފަދަ ތަފާތު ހަރަކާތްތަށް ހިންގާނެ ކަމަށް ބެސްޓް ޑައިވްސް އިން ހާމަކުރެއެވެ.

ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓަޑު ޖެނެރަލް މެނޭޖަރު އެރިކް ވަން މެލިސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އިންޓަގްރޭޑް ރިސޯޓުގައި ފަރުތައް ދިރުވާ އާލާކުރުމަށް ކޮރަލް ރީޖަނަރޭޝަން މަޝްރޫއެއް ހިންގުމަށްޓަކައި ބެސްޓް ޑައިވްސްގެ ފަރާތުން ހާއްސަ މެރިން ބަޔޮލަޖިސްޓެއް ހަމަޖައްސަން ވަނީ ނިންމާފައެވެ.

އެގޮތުން ދިވެހި ރާޢްޖޭގެ ތިމާވެއްޓާޢި ކަނޑުތަކުގެ ދިރުން ރައްކާތެރިކުރުމުގެ ބެސްޓް ޕުރެކްޓިސް ތަންފީޒް ކުރުމަށްޓަކައި ފަތުރުވެރިންނާއި ރިސޯތުގެ މުވައްޒަފުން ހޭލުންތެރި ކުރުމަށް މެރިން ޑިސްކަވަރީ ސެންޓަރުން ކުރިޔަށް ގެންދަން ހަރަކާތްތަކެއް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެރިން ބަޔޮލަޖިސްޓްގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުރިން ދެންނެވި ކަންތައްތައް ކުރުމަށް ހަވާލު ކުރެވިގެންދާނެ ކަމަށް އެރިކް ވަން މެލިސް ނޫސްވެރިންނަށް މައުލޫމާތުދެމުން ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން މިހާތަަނަށް ކޮށްފައިވާ ތަޖުރިބާގެ މާނަ ބަދަލުކޮށްލުމަކީ އެ ކުންފުނީގެ އަމާޒު ކަމަށާއި މިގޮތުން ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަ ށްއިންގިލާބީ ބަދަލުތަކެއް ގެންނަވަން ބޭނުން ފުޅުވާ ކަމަށް އެރިކް ވިދާޅުވިއެވެ.

އެނބޫދޫ ފަޅުގައި ތަރައްގީ ކުރަމުން އަންނަ ކުރޮސްރޯޑް މަޝްރޫއުގެ ޕުރޮޖެކްޓް ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރު ނޮވެމްބަރަށް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞާލިޙް ޢަލީ

    ރައީސްޔާމީންގެ ދުރުވިސްނޭ ސިޔާސަތުތަކުގެސަބަބުން ދިވެހިރާއްޖެ ދެކެމުންމިދާ ޙައިރާންކުރަނިވި ތަރައްޤީ ހުއްޓި އަލން ސުމަކަށް ރާއްޖެ ގެންދާކަށް އަޅުގަނޑުމެން ނެތީމުއެވެ. އިންޝާއަﷲ ފުރަތަ ބުރުގެ ވޯޓުން އަޅުގަނޑުމެންރައީސް ޔާމީން އިންތިޚާބުކުރާނަމެވެ.

  2. ނިޔާޒް

    ކީއްވެބާ ދިވެހި ކުންފުންޏަކަށް ނުދިނީ، ބެސްޓް ޑައިވަކީ "ބެސްޓް" ކިޔާވަރުބައެއްބާ؟ މިއީ ބޭރުހިއްސާދާރުންގެ ކުންފުންޏެއް.